ފުރުވާލުމަށް ނިންމާފައިވާ ބަންގްލަދޭޝްގެ މީހުން ހުޅުމާލޭ ފެސިލިޓީއަށް ގެންދަނީ-- ފޮޓޯ: އެމްޕީއެލް
13 މެއި 2020 - 01:16
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ފޮނުވާލަން ނިންމާފައިވާ މީހުން ހުޅުމާލޭ ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.
މިމަހުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ބަންގްލަދޭޝްގެ 1،500 މީހުން އަނބުރާ ގައުމަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގައުމަށް ފޮނުވާލާ ބިދޭސީންގެ ތެރެއިން ބައެއް މީހުން އެމްޕީއެލްގެ ބަސްތަކުގައި މިރޭ ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. ފުރަންވަންދެން އެމީހުން ތިބޭނީ އެތަނުގަ އެވެ.
ފުރުވާލުމަށް ނިންމާފައިވާ ބަންގްލަދޭޝްގެ މީހުން ހުޅުމާލޭ ފެސިލިޓީއަށް ގެންދަން ބަހަށް އަރުވަނީ-- ފޮޓޯ: އެމްޕީއެލް
އެ މީހުން ހުޅުމާލެއަށް ގެންދިޔައީ ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕް ކައިރިއަށް އެއްކުރުމަށް ފަހުގަ އެވެ. ފުރަން ތައްޔާރުވެގެން އެތައް ސަތޭކަ ބިދޭސީން އެތަނަށް ގޮސް ތިއްބެވެ. އެ މީހުން ބަސްތަކަށް އެރުވީ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ބަލައި ޔަގީން ކުރުމަށް ފަހުގަ އެވެ.
ބިދޭސީން ފުރުވާލުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާއެއްގެ ބަހެއް އަދި ނުލިބޭތީ އެ މީހުން ގައުމަށް ފުރާނެ ދުވަހެއް އަދި ނޭނގެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 904 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މަރުވި ތިން މީހުންގެ ތެރެއިން އެކަކީވެސް ބަންގްލަދޭޝްގެ މީހެކެވެ.
ފުރުވާލުމަށް ނިންމާފައިވާ ބަންގްލަދޭޝްގެ މީހުން ހުޅުމާލޭ ފެސިލިޓީއަށް ގެންދަން ބަހަށް އަރުވަނީ: 1،500 މީހުން ފޮނުވާލަން ވަނީ ނިންމާފައި-- ފޮޓޯ: އެމްޕީއެލް
ބަންގްލަދޭޝްގެ މީހުންގެ މެދުގައި ކޮވިޑް-19 އާދަޔާ ޚިލާފު ބާރު މިނެއްގައި ފެތުރޭއިރު، އެ މީހުން ފޮނުވައިލުމަށް ސަރުކާރުން އަންނަނީ މި ދުވަސްވަރު މަސައްކަތްތަކެއް ކުރަމުންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި އެކަމާ މެދު މަޝްވަރާ ކުރެއްވި އެވެ. އަދި އެ ކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ފަހުން ވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ވަނީ 68 މީހަކު އަނބުރާ ގެންގޮސްފަ އެވެ. އެއީ އެ ގައުމާއި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން ރާއްޖެ އައި މަތިންދާބޯޓެކެވެ.
ބަންގްލަދޭޝްގެ މީހުން އަނބުރާ ފޮނުވާލުމުގެ އިތުރުން ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހުޅުމާލެ އާއި ގުޅީފަޅުގެ ލޭބާ ކުއާޓާތަކަށް ބިދޭސީން ބަދަލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ
14 May 2020
1500 އެ ކޯޢްޗެއް
އޮނަރަބްލް އަފީފު ދީދީ
13 May 2020
މިކަމުގެ ނަތީޖާބޭނުންވާނަމަ ބޯޑާރކޮންޓްރޯލްކޮށް އިމިޤްރޭޝަންޤާނޫނާއި ޤަވާއިދުއިސްލާޙްކޮށް ހަރުދަނާކުރައްވާ. # މިގޮތުން އީޔޫގެޤައުމުތަކާއި، ސްވިޓްޒަލެންޑް، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ޗައިނާ، ރަޝިޔާ، ތައިލެންޑް، ސިންގަޕޯރ އަދި ސާކް ސަރަހައްދުން އިންޑިޔާ ލަންކާނޫން އެހެންއެއްވެސްޤައުމެއްގެ އޯޑިނެރީ ޕާސްޕޯޓްހޮލްޑަރުންނަށް އެޑްވާންސްވީސާނެތި ރާއްޖެއައުން މަނާކުރައްވާ. ކާމިޔާބުއޮތީ މިހެންހަދައިގެން.
ޢަހުމަދު އީސަ
13 May 2020
ޙުޅުމާލޭ2 ފޭސް އާބާދުކުރެވުނީ
މުދިމު ކަތީބު
13 May 2020
ހިއުމަން ޓްރެފިކިން ސަރުކާރު ތެރޭ މޫލާފަ
ފަސްކުޅަދުބައި
13 May 2020
އިގްތިސާދު ފައްޓަން އަގުހެޔޮ ލޭބަރުން އިންތިހާ އަށް ބޭނުންވާނެ. ޖަޒުބާތެއްގައި ޖެހި ރިއެއްކޝަނެއް ނެގުމަށް ވުރެ ދުރަށް ވިސްނުން ރަގަޅުކަމަށް ދެކެމެވެ.
ސަގަރު
13 May 2020
ވިލާގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ފުރާގެން އެދަނީ ހުސްއަތާ މާރޗް މަހުން ފެށިގެން އެން މެ ލޯލާރިއެއްވެސް ނުދޭ ކިހާދެރަ އެއީވެސް އިންސާނުން، ގާސިމަށް ޓަކައި ޖާނުއާޢި މާލުން ގުރުބާންް ކޮއްްފަަ އަނބިދަރީން ގާތަށް ހުސްއަތާ އެދަނީ. ދަރިންނަށް ކާންދޭނެ އެއްޗެއްނެތް ސޭޓް މަޖުލިހަށް ނުގޮސް އެތަނުން މުސާރަ ނަގައިގެން އަބިދަރިން ރިސޯޓަށްގެނެސް އަހަރެ މެންގެ ދަރިން ނުކައި ނުބޮއި ތިބޭއިރު އަހަރެ މެންގެ އަތުން ގާސިމުގެ އާޢިލާއަށް ކާންދޭން ދެނީ
ހަޖާމުބޭބޭގެ މަޖިލީސް
13 May 2020
ސަރުކާރުން ބޭނުމެއްނޫން ވަގުން ހިފާހަތްޔަރު ކުރާކައް ސަރުކާރުން ބޭނުންވީ ޔާމީން ޖަލައްލާން އެހިސާބުން އެނިމުނީ' އަދީބުގެ މައްސަލަ އިތުރައް ކުރިޔައް ގެންދަން ބޭނުމެއްނުވޭ އެމައްސަލަ އިތުރައް ކުރިޔައްގެންގޮސްފި ކަމައްވާނަމަ އެމްޑީޕީގެ ގިނަބަޔަކުވެސްވީ އަދީބު އަތުންފައިސާ އަތުލާފަ އޮތީމަ އެމްޑީޕީ އަޮތީވަރައް ބޮޑައްނަގޫ ފިތިފަ
ރިޝް
13 May 2020
ދެން އިތުރަށް ބަންގާޅުން މީހުން ނުގެނެސްބަލަ! ޓޫރިސްޓް ވިސާ ގަ އައިސް ފަ ވެސް އަމިއްލަ އށް ފިލާގެން ރަށްރަށަށް ނޫނީ ރިސޯޓް ތަކަށް އައިސް މަސއްކަތް އެބަ ކުރޭ... އެމީހުން އަމިއްލަ އަށް މީހުން އެބަ ގެނޭ! އެމީހުންގެ ވިގަ ބޮޑު... ބަންގު ރައްޓެހިން ގިނަ ވީމަ އެގެނީ މި މައުލޫމާތު!
ބަސް
13 May 2020
އަލްޙަމްދު ލިއްލާހި. ތިގޮތަށް ފޮނުވާވެސް ތިމީހުން މަދުކުރެވޭތޯ ބަލާ. އެމީހުނަކީވެސް އަހަރުމެންފަދަ އިންސާނުން. ބައެއް މީހުން ފައިސާގެ ދަހިވެތިކަމުގަ ކުރާ ކަންތަކުން އަހަރުމެނަށް އަދި އެމީހިނަށްވެސް ދަތިތަކާ ކުރިމަތިވޭ. އަދި މީގެތެރޭ ގާނޫނާ ގަވާއިދާ ޚިލާފު ކަންތައް ކުރާ މީހުންވެސް މަދެއް ނޫން.
ޒަމީރު8
13 May 2020
ބޯޑަރުހުޅުވާލާތަނުން އަންނާނެކަން ޔަގީން. އެމީހުންނަން ރާއްޖެއައުމަކީ އުދަގޫ ކަމެއްނޫން އަދި ނުވި ތާކަން އެމީހުން ބޭނުމިއްޔާ މުަޅި އާއިލާވެސް ގެނެވޭ ވަރަށް ފަސޭހައިން މަސައްކަތް ކުރާށޭ ކިޔައިގެން.ބަންގްލާދޭޝްއަށް އެއްމެގިނައިން ޑޮލަރު ވައްދާ ގައުމަކީ ދިވެހިރާއްޖެ. މިތާތިބެ ތިބައިގަނޑު މަރުވިޔަސް ބަންގާޅީ ސަރުކާރަކުން ބަލާނާނަނާނެ. ގަވާއިދާ ހިލާފަށް އުޅޭމީހުން ރަށަށް ނުގޮސް އޫޅެންޏާ އުމުރަން ޖަލަންލާބަ. ގާނޫނު މުގުރާ މީހުން.