ދުނިޔެ / ކޮވިޑް-19

އުއްމީދުގެ ހުޅުކޮޅެއް: ވެކްސިން ތަހުލީލުގެ ނަތީޖާ ރަނގަޅު

އެމެރިކާގެ މެރީލެންޑުގައި ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

15 މެއި 2020 - 20:56

6 comments

ކޮރޯނާވައިރަސްއާ ދެކޮޅަށް ތަރައްގީކުރި ވެކްސިނެއް، ރާމާމަކުނަށް ދީގެން އުއްމީދީ ނަތީޖާތަކެއް ފެނިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އެކްސްފޯޑާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗު)ގެ ސައިންސްވެރިން ގުޅިގެން އެމެރިކާގައި ކުރި ޓެސްޓްތަކުގައި ބޭނުންކުރީ ހަ ރާމާމަކުނެވެ. ވެކްސިން ދިނުމަށް ފަހު، އޭގެ ހަށިގަނޑަށް ކޮރޯނާވައިރަސް ފޮނުވައިގެން، ކޮވިޑް-19 ޖައްސަން މަސައްކަތްކުރި އެވެ. އެކަމަކު ވެކްސިން ދިން ރާމާމަކުނުތަކުގެ ފުއްޕާމެ އާއި ވައި ހޮޅިތަކުގައި އުފެދުނީ ވަރަށް މަދު ވައިރަސްކޮޅެކެވެ.

މީގެ މާނައަކީ އިންސާނުންގެ ހަށިގަނޑުގައި ވެސް އެ ވެކްސިން އެގޮތަށް މަސައްކަތް ކުރުމެއް ނޫނެވެ. އެކަމަކު ބޭނުންކުރި ރާމާމަކުނުތަކުގެ ދިފާއީ ނިޒާމާއި އިންސާނުންގެ ދިފާއީ ނިޒާމް ދާދި އެއްގޮތް ކަމުން މިއީ ވަރަށް ބޮޑު އުއްމީދެއްގެ ގޮތުގައި ބެލެވެ އެވެ.

އިންސާނުން ބޭނުންކޮށްގެން މި ވެކްސިން އިނގިރޭސި ވިލާތުގައި މިހާރު ވަނީ ޓެސްޓްކުރަން ފަށައިފަ އެވެ. އޭގެ ނަތީޖާ ލިބެން އަދި ދުވަސްތަކެއް ނަގާނެ އެވެ. އެކަމަކު އާންމު ގޮތެއްގައި ވެކްސިންގެ ފުރަތަމަ އަޖުމަބެލުން އޮންނަނީ ޖަނަވާރު ބޭނުންކޮށްގެން ކަމަށް ވާތީ، މިހާރު މި ލިބުނު ނަތީޖާ އިން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރެވިދާނެ ކަމުގެ އުއްމީދު މި ވަނީ ބޮޑުވެފަ އެވެ.

ކޮރޯނާވައިރަހުގެ ވެކްސިން ޓެސްޓް ކުރަން މީހެއްގެ ގަޔަށް ޖަހަނީ. --ފޮޓޯ:އޭއެފްޕީ

އެ ވެކްސިން ދިނުމުން ރާމާމަކުނުތަކުގެ ހަށިގަނޑުގައި ނިއުމޯނިޔާ އުފެދުން ހުއްޓުވި އެވެ. ކޮވިޑް-19ގެ ނުރައްކަލަކީ ވެސް ފުއްޕާމެ އަށް ލިބޭ ގެއްލުންތަކާއި ނިއުމޯނިއާ ޖެހުމެވެ.

ވެކްސިންގެ ފުރަތަމަ ނަތީޖާ ރަނގަޅުވުމުގެ އިތުރުން ސައިންސްވެރިންގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް، ވެކްސިންގެ ސަބަބުން ދިމާވާ "އިމުން-އެންހޭންސްޑް ޑިޒީޒް"ގެ އަސަރެއް ވެސް އެ ޖަނަވާރުގެ ހަށިގަނޑުން ފެނިފައެއް ނުވެ އެވެ. މިއީ ވެކްސިންގެ ސަބަބުން ބަލި ބޮޑުވުމުގެ ފުރުސަތު ކުރިމަތިކުރުވާ ހާލަތެކެވެ.

ވެކްސިނެއް ތައްޔާރުކުރުމާއި ގިނަ އަދަދަކަށް އުފެއްދުން: އުނދަގޫ ކަމެއް؟

- އާންމު ގޮތެއްގައި ވެކްސިނެއް ތައްޔާރުކުރަން އެތައް އަހަރެއް، ބައެއް ފަހަރަށް، 10 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވޭ

- އެ މުއްދަތު މަދު މަސްތަކަކަށް ކުރުކުރެވިދާނެ ކަމަށް ބައެއް ސައިންސްވެރިން އުއްމީދުކުރޭ

- ގިނަ ތަޖުރިބާކާރުން ގަބޫލުކުރަނީ ކޮވިޑް-19 ޖައްސާ ވައިރަސްއަށް ވެކްސިނެއް އެންމެ އަވަހަށް ވެސް ލިބޭނީ 2021 ގެ މެދުތެރޭގައި ކަމަށް

- ވެކްސިނެއް ތައްޔާރުވިޔަސް، އެތައް ސަތޭކަ މިލިއަން ޑޯޒް އުފެއްދުމަކީ ވެސް ބޮޑު މަސައްކަތެއް

- ކޮވިޑް-19 ފެތުރޭ ނިސްބަތަށް ބަލާއިރު އެތައް ބިލިއަން ޑޯޒްގެ ވެކްސިން ބޭނުންވާނެ

- އާންމު ގޮތެއްގައި ވެކްސިން ތައްޔާރުކުރަނީ ބަލިޖައްސާ އަސްލު ވައިރަސް ބޭނުންކޮށްގެން

- އެކަމަކު މިހާރުގެ އާ ޓެކްނޮލޮޖީގައި ސީދާ ވައިރަސް ބޭނުންނުކޮށް ވެސް ވެކްސިން އުފެއްދިދާނެ

- ކޮރޯނާވައިރަސްއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށް

- ބައެއް ތަޖުރިބާކާރުން ބުނަނީ އެންމެ ވެކްސިނަކަށް ވުރެ ތަފާތު އެތައް ވެކްސިނެއް ބޭނުންވާ ކަމަށް

ކޮރޯނާވައިރަސްގެ އެހެން ބާވަތަކުން ޖެހޭ ސާސްއާ ދެކޮޅަށް، ޖަނަވާރު ބޭނުންކޮށްގެން ކުރި ތަހުލީލުގައި، އެ މައްސަލަ ކުރިމަތިވި އެވެ. އެއީ ސާސްގެ ވެކްސިނެއް ހަދަން އޭރު ދިމާވި ވަރަށް ބޮޑު ހުރަހެކެވެ.

އެމެރިކާގައި ހެދި ތަހުލީލުތަކުގެ ނަތީޖާ އެހެން ސައިންސްވެރިންނަކަށް އަދި ނުފެނެ އެވެ. ރަސްމީކޮށް ޝާއިއު ވެސް ނުކުރެ އެވެ. އެކަމަކު ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ނަތީޖާއެކެވެ.

ގާތްގަނޑަކަށް ހާހެއްހާ އިންސާނުން ބޭނުންކޮށްގެން ޔުނިވަސިޓީ އޮފް އޮކްސްފޯޑުން ކުރިއަށް ގެންދާ ތަހުލީލުގެ ނަތީޖާ ލިބޭވަރު ވާނީ އަންނަ މަހު މެދުތެރޭގަ އެވެ.

މި ވެކްސިންގައި ބޭނުންކުރަނީ ބާރު ދެރަކޮށްފައި ހުންނަ އަސްލު ވައިރަސްއެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮރޯނާވައިރަސްގެ ބޭރު ފަށަލާގައި ހުންނަ "ކޮޅުތަކާ" އެއްގޮތް ބައިތަކެއް، ހަށިގަނޑަށް ގެއްލުމެއް ނުލިބޭ އެހެން ވައިރަސްއަކާ ގުޅުވާލަނީ އެވެ. އެކަމަކު މި ވެކްސިން ދިނުމުން ހަށިގަނޑު ތެރޭގައި ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަން އެންޓިބޮޑީ އުފެދޭނެ ކަމަށް ސައިންސްވެރިން އުއްމީދުކުރެ އެވެ. އަދި ވެކްސިން ދީފައި ހުރި މީހެއްގެ ހަށިގަނޑަށް ކޮރޯނާވައިރަސް ވަންނަ އިރު، ދިފާއީ ނިޒާމް ހުންނަނީ އެއަށް ތައްޔާރުވެގެންނެވެ.

6 ކޮމެންޓް, 205 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ. ޒަންޖަބީލް

16 May 2020

ތިޔަ ވެކްސިން ވެސް ބޭނުން ކުރޭ. ޢެކަމު ދެން ކުރިއަށް އޮތްތާ އަންނަ ވައިރަސް އަކަށް އިންސާނުންގެ އިމިއުން ސިސްޓަމް ސްޓްރޯންގެއް ނުވާނެ މީގެ ސަބަބުން. ޢަދި ކޯވިޑްގަ މަރުވާ އަދި ބަލިވާ މީހުންނަށް ގިނަ ވާނެ. ވައިރަސް އަކީ ކޮންމެ 10 އަހަރަކުން ކަހަލަ ގޮތަކަށް އަންނަ އެއްޗެއް ސައިންސްވެރިން ޤުދުރަތީ ނިޒާމާ އެންމެ ކުރީއްސުރެން ކުޅެގެން މި ގެއްލުން ވަނީ. ނުކުޅުނު ނަމަ އިންސާނުން ވައިރަސްތަކަށް ހޭނި ވައިރަސްތަކަށް ވުރެން ދިފާއީ ބާރު ގަދަވީސް.

The name is already taken The name is available. Register?

Mohamed

16 May 2020

ކޮންމެ ގަރުނަކު އެއް ބޮޑު ބަލި. ދެން އަންނަ ގަރުނުގަ و الله اعلم

The name is already taken The name is available. Register?

އައްސައްތާރު1231321

16 May 2020

އަލްޙަމދު ލިއްލާހި

The name is already taken The name is available. Register?

falcon_autho

15 May 2020

އެމެރިކާއިން ޑަބްލިޔޫއެޗްއޯ އާ ނުގުޅުނީވެސް ކަމެއް ވެގެންތާ؟ އަދި އެމެރިކާއާއި އިނގިރޭސީންނާއި އޮސްޓްރޭލިޔާ އިން ޗައިނާގެ ބޮލުގައި މި ބަލިމަޑުކަން އަޅުވަން މަސައްކަތް ކުރީވެސް ކަމެއްވެގެންތާ؟ ދެން ޓްރަމްޕާއި އޭނާގެ ނައިބް ފޭސްމާސްކް ނޭޅީވެސް ކަމެއް ވެގެންތާ؟ ދެން އިނގިރޭސި ބޮޑުވަޒީރު އެންމެ ފުރަތަމަ ކްރޯނާ ޖެހިގެން އައިސީޔޫގައި އޮތީވެސް ކަމެއް ވެގެންތާ؟ ވިސްނާ ބަޔަކަށް މިކަންކަމުން ފިލާވަޅު ލިބިގަނެވޭނެ. ދުނިޔޭގެ ގައުމުތަކަށް ބޮޑުއަގުގައި ވިއްކަން.

The name is already taken The name is available. Register?

ކައްކާ

15 May 2020

ވެކްސިން އުފެއްދުމުގަ އެންމެ ކުރީގައި އޮތީ ޗައިނާ، މިހާރު 3 ވަނަ މަރުހަލާގެ ޓެސްޓުތައް ފަށައިފި އެކަމަކު ހުޅަނގު މީޑިއާގައި އެވާހަކަ ނުޖަހާ ދޮންމީހުންގެ ޕުރޮޕެގެންޑާ މިއޮންނަނީ، ކޮންމެދުވަހަކު އިނގިރޭސީންގެ މޮޅުކަމުގެ ވާހަކަ.

The name is already taken The name is available. Register?

އްުއްމީދު

15 May 2020

މަ ބަލައިފިން. ބީބީސީ އާއި ބޮޑެތި ޚަބަރުތަކުގައި ވެސް އެބައޮތް މިވާހަކަ. އުއްމީދުގެ ހުޅުކޮޅެއްކަން ގައިމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454