15 މެއި 2020 - 22:53
މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށް މި އަހަރު ފިތުރު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތާއި މި އަހަރުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި މީހުން ހާލުގައިޖެހިފައިވާ ކަމަށާއި އެހެންވެ މި އަހަރު ޒަކާތް ބަހާއިރު ލިސްޓު އާ ނުކޮށް ޒަކާތް ބެހުމަކީ ޝަރުއީ ނަޒަރަކުން ބަލާއިރު ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
ޝަހީމް ވިދާޅުވީ ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ.
Mi dhiya aharuge haalathu mi aharuge haalathaa thafaathu! Mihaaru ethah bayeh ge vazeefaa gelli meehun haalugai jehifaivaa iru, midhiya aharuge list ah Amalu kurumaki sharuee nazarun balaa iru ves hama jehey kameh noon. Dheenee kankan kuran jeheynee Haalathah ri'aayay koh! https://t.co/tzoWrMbQv3
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 15, 2020
ޒަކާތުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިފައިވާއިރު، މި އަހަރުގެ ފިތުރު ޒަކާތް ބަހަން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ކަމަށް އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒާހިރު ވަނީ ޓީވީ އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި ވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ 8،764 މީހުންނެވެ. މިހާރު ހާލަތު އޮތް ގޮތުން ނިންމާފައި ވަނީ ޒަކާތް ލިބޭ މީހުންނަށް އެ މީހުންގެ އެކައުންޓަށް ޒަކާތުގެ ފައިސާ ޖަމާވާނެ އިންތިޒާމް ހަމަޖައްސަން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު މުޅި މާލެ ލޮކްޑައުންކޮށްފައިވާއިރު މިއަހަރުގެ ފިތުރު ޒަކާތް ދެއްކުން އޮތީ ހަމައެކަނި އޮންލައިންކޮށް ފައިސާއިންނެވެ. ގޮވާމުން މިފަހަރު ޒަކާތް ބަލެއް ނުގަނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުދިމު ކަތީބު
16 May 2020
ރޮހިންޖާ ފަންޑުވެސް ގުދުސް ފަންޑުވެސް ބޮސްނިޔާ ފަންޑުވެސް ވީ ހުދު ކާފޫރަށް ! ބުރަ މަސަތްކަތުން ހައްޖަށް ދާން އެއްކުރާ ފައިސާ ކޮޅުވެސް މި މީހުން ގެ އަތުގައި ޖެހޭއިރަށް ގަނީމާ މުދަލުގެ ގޮތުގައި ބަހާ ފައިސާ އަށް ހިޔާނަތްތެރިވޭ...1 ..ކުރީ ޒަމާނު ވާހަކަ ތަކުގައި ވެސް އަޑުނާ ފަދަ ހިޔާނާތްތެރިންތަކެއް
ކަންނާޑި
16 May 2020
މުދަލު ޒަކާތް ވެސް ހިތުހުރި ބަޔަކަށް ބަހާތަނެއް . އުޥަލަން ޖެހޭ މިނިސްޓްރީ އެއް
ދަރަނި ދަންތުރަ
16 May 2020
މިވެރިން މިކުރާ ހުރިހާކަމެއްވެސް ހަމަ ރަނގަޅުދޯ އަމީނު ދީދީ ދައުރުގެ ފަގީރުންގެ ލިސްޓަކަށް މިހައަރު ޒަކާތްބަހާބަލަ މާރަނގަޅުވާނެ ކޮންމެ މީހަކު ބުއްޏަސް ރަނގަޅުވާހަކައެއް ވާނީ ރަނގަޅުވާހަކަޔަކަށް ބަސްބުނާ މީހަކަށް ނޫންބަލަންވީ ބުނިބަހަށް ބަލަންވީ...
ހަސަނު1
16 May 2020
މިއޮއްފަދަ ސަރަހައްދުގައި ނެތްވަރުގެ އާމްދަނީގެ ގޮތުން މުއްސަނދި ގައުމުގައި (ޖީޑީޕީ ޕަރ ކެޕިޓާ އަހަރަކަށް 150،000 ރުފިޔާ ޖެހޭ)، %100 މުސްލިމް ގައުމުގައި، ފިތުރު ޒަކާތް ދީގެން ފަގީރުންނަށް މިލިބެނީ ބޮލަކަށް އަހަރަކަށް 600 އެއްހާ ރުފިޔާ؟ މާނައަކީ 400000 ދިވެހިން ޒަކާތްދެއްކީމައި މީހަކަށް މިދެވެނީ އަހަރަކަށް 15 އަށް ވުރެ ކުޑައެއްޗެެކޭ؟ ޝޭމް އޮން އަސް.
މުނާފިޤުންބާ!
16 May 2020
ދީނީ އިލްމުވެރިން އެއްބަޔަކު އަނެއްބަޔަކާ ހިޔާލުތަފާތުވާ ކަންކަމުގައި ޢާންމުންގެ ތެރޭގައި ގޮންޖައިހައި ހެދުންތޯ އިސްލާމްދީނުގައި އޮންނަ އުޞޫލަކީ؟ ނޫނީ މީ އަމިއްލައަށް މަޝްހޫރުވާ އުޅޭ މީހެއްބާ؟
ތެދު އާބިދާ
16 May 2020
ޝަހީމް ބުންޏަސް އެއީ ތެދެއް،،، އަޅެ އިޔާޒު މިކަމާ ބަހެއް ބުނެބަލަ... ހައްގު ބަސް ބުނާކަށް ނުކެރޭނެ
ޑީޑިި23
16 May 2020
ޢެލިސްޓު އެންމެ ކުރީގާ އިންނަން ވާނީ ސަހީމްގެ ނަން. ދެން ފަގީރުންކަމަ ރަޖިސްޓުރީވީ މީހުން މަޑު ކޮއްލަން ޖެހޭނީ. ޢާ ލިސްޓެއް ހެދެންދެން. ދެ ތިން މަހެއް ނަގާފާނެ. ކެއިކޮއްލާ އޭނަ ބުނީމަ ހަދަންތާ ޖެހޭނީ.
ހަސީނާ ހުސައިން
16 May 2020
ފިތުނަ ނުއުފައްދާ
ޚަނިފަސަ
16 May 2020
ރައްޔިތުން ބަލައި ނުގަތީމަ ގައުމު ދޫކޮށް ފިލި މީހެއް މިގައުމުގެ ކަންކަމާ ނުބެހިހުރޭ
ނަޒީރު ހުސައިން ޢަލީ
16 May 2020
ނޭގޭ ވަހަކަ ނުދައްކާ އިސްލާމީ އުންމަތް އެމަނިކުފާނު ބަލައިގަނޭ.
ކަޅުކަޅު ދޮނޭ
15 May 2020
ހިތުން ސަރުކާރު ޒިންމާދާރު ކުރުވަނީ.. މީނައަށް ބައިއެޅޭ ގޮތަށް އާ އޮނިގަޑު ހެދީމަ ހުންނާނީ ރަގަޅަށް..
ޖަމީލާ
16 May 2020
ފަހުދިހައިގެ ރޭތަކުގައިވެސް ތިޔަ ސިޔާސީ ހަސަދަވެރިކަން ދޫކުރާކަށް ނުވޭތަ. ކޮންމެ މީހަކު ބުންޏަސް ހެޔޮ ވާހަކައެއް ވާނީ ހެޔޮ ވާހަކައަކަށް. އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިި މިއަދު ވަނީ ނިކަމެތިވެފަ. މި ދަނޑިވަޅުގަ ރަނގަޅުވާނީ ލިސްޓް އިޞްލާހުކުރުން. އޮންލައިންކޮށްވެސް އެކަން ކުރެވެން އެބަ އޮތް.
ސިމްޕަލް
15 May 2020
ޑރ. ޝަހީމް ތި ވިދާޅުވިގޮތަށް ހާލަތަށް ރިއާޔަތްކުރާއިރު އާންމުހާލަތުގައި ފަގީރުންގެގޮތުގައި ރަޖިސްޓްރީވެފައިވާ 8،764 މީހުންގެ ދިރިއުޅުމުގެހާލަތު މިދަޑިވަޅު ވަޒަންކޮށްލަންވެސް އުދަގޫ. މިހާރު އެންމެބޮޑު ނިކަމެތިކަމެއް ލިބިފައިވާނީ އެމީހުންނަށް. ސަބަބަކީ އާންމުހާލަތުގައި އެ 8،764 މީހުން އުޅޭނީ މިއަދު ވަޒީފާ ގެއްލިފައިވާ މީހުންގެ ފަރާތުން ލިބޭ އެހީން ކަމަށްވެފައި މިދުވަސްވަރު އެމީހުންގެ ފަރާތުން ފަގީރު އަވައްޓެރިއާއަށް ދޭނެ އެއްޗެއްވެސް ނޯންނާނެތީ.
ހެޔޮބަސް
16 May 2020
ވަރަށް ދެރަ ކަމެއް! އެއް އަހަރު ފަގީރުކޮށް ހުންނަ މީހާ އަނެއް އަހަރު ފަގީރުކަން ފިލައި ވަޒީފާވެސް ލިބޭ. އެއަހަރެއްގެ ޒަކާތް ނަގަން ޖެހޭނީ އެއަހަރަކު އެވަގުތަށް ފަގީރުންނަށް ގޮތުގައި ލިސްޓުކިރެވޭ މީހުންނަށް. ހާލަތެއް ބަދަލުވުމަށް އެއް އަހަރަކީ ވަރަށް ދުވަސް.