ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ސޭފް ޓޫރިޒަމްގެ އުސޫލުތައް މަޖިލީހަށް ވަނީ ފޮނުވާފައި.
20 މެއި 2020 - 12:34
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ އޮންނަ ހާލަތުގައި ވެސް ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓަަކައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި އިންޑަސްޓްރީގެ ފަރާތްތަކަށް ފޮނުވާފައިވާ "ސޭފް ޓޫރިޒަމް"ގެ އުސޫލުތައްް ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވައިފި އެވެ.
ސޭފް ޓޫރިޒަމްގެ އުސޫލުތަކާ އެކު މަޖިލީހަށް ފޮނުއްވި ސިޓގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ އުސޫލުތައް ކަނޑައަޅާފައި ވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އުސޫލުތަކާއި ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްްޔާ (ޑަބްލިއުޓީއޯ)ގެ ލަފާޔާ އިރުޝާދުގެ މަތިން ކަމަށެވެ. އަދި އެ އުސޫލުތައް އެކުލަވައިލުމުގައި ދުނިޔޭގެ އެހެން ގައުުމުތަކުގައި އަމަލުކޮށްފައިވާ ގޮތް ބަލާފައިވާނެ ކަމަށް ވެސް ސިޓީ ގައި އޭނާ ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު އެދިވަޑައިގެންފައި ވަނީ އުސޫލުތަކާ މެދު މަޖިލީހުން ބޭނުންވާ ކަންތައްތައް އަންނަ ހޯމަ ދުވަހުގެ ކުރިން އެންގުމަށެވެ. އެ އުސޫލުތަކުގެ ދެލިކޮޕީ ދިރާސާ ކުރަން މަޖިލީހުގެ ރައީސް ފޮނުއްވީ އިގުތިސާދީ ކޮމިޓީ އަށެވެ.
އެ ދެލިކޮޕީގައިވާ ގޮތުން، އަލުން ޓޫރިސްޓުން ގެންނަ އިރު ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ އެވެ. އަދި އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ހިމަނާފައިވެ އެވެ.
އެއާޕޯޓުތަކަށް ޓޫރިސްޓުން ފައިބާ ހިސާބުން ފެށިގެން ޗުއްޓީ ނިންމައި، ރިސޯޓުން ފޭބުމާ ހަމައަށް އެކި މަރުހަލާތަކުގައި އަމަލުކުރާނެ ގޮތުގެ ފުރިހަމަ އުސޫލުތަކެއް އެ ދެލިކޮޕީގައިވެ އެެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި އަމަލުކުރާނެ ގޮތްތައް ވެސް އެ އުސޫލުގައި ވަކިވަކިން ކިޔައިދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތިހާ
20 May 2020
ރަނގަޅަށް ކިޔާ އެނގި ތިބެ ނޫނީ ފާސް ނުކުރާތި ފަހުން ނުބުނެވޭނެ ނުބެލުނީއޭ
އިންޑިއާރާއްޖެ
20 May 2020
ރިސޯރޓެއްގެ ރިސެޕްޝަނިސްޓެއްކާރީ އަހާލިނަމަވެސް ތިޔެއްވުރެ ރަނގަޅު އެއްޗެއްހަދާލަދިނީސް، މިނިސްޓަރު ކިހިނެއްތޯ ތިހައްދަވަނީ؟؟؟
އަދުހަމް 123
20 May 2020
ގޮތް ނިންމަން ޖެހޭނީ ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ އާއި ލަފާގެ މަތިން. މަބްރޫކަކަށް ވެސް ސަރުކާރަކަށް ވެސް އެރިސްކު އެކަނިމާ އެކަނި ނަންގަވާކަށް ނުޖެހޭނެ.
ރައިޔަތު އަހުމަދު
20 May 2020
ޓޫރިޒަަމކީ މާލޭގެ މަދު އާއިލާކޮޅަކަށް ފައިދާކުރާކަމެއް.. އެމީހުންނަށް 99 އަހަރަށް ރަށްތައްދީފައި.. ރާއްޖެތެރޭމީހުން އެމީހުންގެ ގުލާމުކުރުމަށް 99 އަހަރަށް ތިބުމަށް ނިންމީވެސް މި އަންނި..! ޓެކްސް ނަގަނީ %15 ކަންމަތީފިހާރައިގެ ރޭޓްުން އެކަމަކު ދައުލަތުން އެރިސޯޓު ތައް ޕްރޮމޯޓުކުރަން ޚަރަދު ކުރަނީ.. އަދި ހުރިހާ ލޯނު ނަގަން ދައުލަތުން ސޮވަރިންގ ގެރެންޓީ މިދެނީ.. މީ މަދު ބަޔެއްގެ މަންފާއަށް ކޮބާ ހަމަ ހަމަ ކަން ރިސޯޓުތައް ނަގާފަ ޕަބްލިކަށް ޝެއަރ ދީ
ހަސަނު1
20 May 2020
ތީ ކިހިނެތް ނިންމި ނިންމުމެއް؟ ޓޫރިޒަމް ދާއިރާއަށް ބަރޯސާވާ 30،000 އަށްވުރެ ގިނަ އާއިލާ އެބައުޅޭ؛ ދައުލަތަށް ލިބޭއާމްދަނީގެ %65 އަކީ ޓޫރިޒަމް؛ ރާއްޖޭގައި ހުރި ވިޔަފާރިތަކުގެ %60 ބަރޯސާވަނީ ސީދާކޮށް ނޫނީ ނުސީދާކޮށް ޓޫރިޒަމަށް؛ ހިލޭ ބޭސްފަރުވާ ދިނުމާއި، ހިލޭ ކިޔެވުމާއި، މުސްކުޅިންގެ އިނާޔަތްތަށް މިދެނީ ޓޫރިޒަމުން ލިބޭލާރިން. ކޮންމެ ވިޔަފާރިއަކުންވެސް ވެރިޔާއަށް ފައިދާވާނެދޯ؟ ދައުލަތުން ޕްރޮމޯޓްކޮށް މީހުންއައިމަދޯ ދައުލަތަށް ގިނަލާރިލިބޭނީ؟
ކެޔޮޅުބޭ
20 May 2020
ޓުއަރިޒަމް މަތިން ހަނދާން ނައްތާލާ! ތި ގައިޑްލައިން ލިވެފައިވާ ގޮތުން ޓުއަރިސްޓުންނަށް ރާއްޖެ އަންނަން ވިސާ ދިނުމަކީ ރާއްޖެއިން ޓުއަރިސްޓުން ނަށް ކޮށްދޭ "ފޭވަރ" އެއް. ދުނިޔޭގެ ހުރިހާ ގައުމަކުން ޓުއަރިސްޓުން ގެންނަށް "އިންސެންޓިވް" ދޭއިރު ރާއްޖޭ ގައިވާއިދުތަށް ލިވެފަ ވަނީ ފަތުރުވެރިން އައުން ޑިސްކަރޭޖް ކުރާ ގޮތަށް. ފަތުރުވެރިއަކަށް 14 ދުވަހަށް ވުރެ ކުރު މުއްދަތަކަށް ނާދެވޭ! ކޮންގައުމަކުން ކޮންބައެއްތޯ 14 ދުވަހުގެ ޗުއްޓިއަށް އަންނާނީ؟ ނުނިމޭ
333223
20 May 2020
މިނޫން ގޮތެއް އަދި ނެތޭ ބުރޯ. ކޮރޯނާއިން ސަލާމަތް ވީމަ ކިހިން ކިޔަން މަޑު ކޮށްލާ..
ތަނަވަސް ހިސާބު
20 May 2020
ގެސްޓު މީހާ އަންނަ ފުލައިޓުން 50 ހާސް ހުންނަ ރިސޯރޓުން 50 ހާސް ފޭބުމާއި އެކު100 ޑޮލަރު @ އެހެންވީމާ ގެސްޓު މީހާ ރާއްޖެ އަށް ދަތުރު ކުރާނަމަ އެހެނިހެން ޚަރަދާއި އެކު 14 ދުވަހަށް 5 ލައްކަ ޑޮލަރު ބޭނުން ވާނެ
އައްޗީޑި
20 May 2020
އަސްލު ނުޖެހޭނެ މަޖިލީހަށް ފޮނުވާކަށް. ތިކަން ކުރިމީހަކު ތިކަންތިކުރީ ބޮޑުވަޒީރުގެ ބުލެސިންހޯދަން.
ދޮންވެލި
20 May 2020
މަޖްލީހައް ތިޔަ ކަމަކު ނުދާނެ އެވެ.