21 މެއި 2020 - 23:28
އައްޑޫ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުން ތިބި ނަމަ އެ މީހުން އައްޑޫގެ އަވަށްތަކުގައި ގާއިމްކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކް ތަކުގައި ނަން ނޯޓު ކުުރުމަށެވެ. އަންނަ ހޯމަ ދުވަހުގެ ރޭ 8:00 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އައްޑު އަށް ބަންގްލަދޭޝް މީހުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ މީހުންނަށް ވެސް އެ މީހުން ގެނެސްފައިވާ ބަންގްލަދޭޝް މީހުން ފޮނުވާލުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.
އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް މީހުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުވާ މީހުންނަށް ވެސް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.
- ހިތަދޫން 7789042
- މަރަދޫން 7789043
- މަރަދޫފޭދޫން 7789045
- ފޭދޫން 7789044
- މީދޫން 7789041
- ހުޅުދޫން 7789046
މާލޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ ކޮވިޑް-19 އާ ގުޅިގެން އެ މީހުންގެ ގައުމަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށެވެ.
ރާއްޖޭން ކޮވިޑް-19 އަށް 1,216 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.
ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންްގްލަދޭޝް މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލ
22 May 2020
ތިގޮތަށް ހުރިހާ ރަށެއްގަވެސް ހަދާބަލަ... އައްޑޫ އެކަނިތަ؟؟
ފަނި
22 May 2020
ބަލަ ވެއްދިގޮތަކަށްފޮނުވާލަބަލަ މާގިނަސަކަރާތްތަކެއްނުޖަހާ!!!!!!!!!!!
އިބުރާހިމް
22 May 2020
އިމިގުރޭޝަނުގެ އިހްމާލު ވަރަށް ބޮޑު ރަގަޅަައްވެސް މީހަކު ނުގެންގުޅެވޭ ހުސްކަޓު
ޚިޔާލު
22 May 2020
އައްޑޫ ކައުންސިލުން ދެން ކުރާންވީ ކަމަކީ މާލޭގައި ދިރިއުޅޭ އައްޑޫ އާއިލާތަކުގެތެރެއިން މިވަގުތު ރަށަށް ބަދަލުވާން ބޭނުންވާ މީހުންގެ ނަންނޯޓުކޮށް އެއާއިލާތަކަށް ކައުންސިލުން ދެވެންއޮތް އެހީއެއް ވެދޭންވީ. އަދި ދަރިން އައްޑޫ ސްކޫލްތަކަށް ބަދަލުކުރަން ބޭނުންނަމަ އެކަންވެސް ކޮށްދޭން އެހީވާންވީ. އައްޑޫގައި ހުރި ވީރާނާވެފައިހުރި ގެތައް ހަދާދޭންވެސް އެހީވާންވީ. އިގިރޭސިން ފޭބުމާއި ހަމައިން ބިކަވެފައިވާ އައްޑޫ އަލުން ދިރުވަން ގިނަބަޔަކު އައްޑޫއަށް ގެންދަންޖެހޭ.
ޙަލީލު.
22 May 2020
އަހަރުމެން އެބުރި ރަށަށް ދާން ބޭނުން. އެކަމަކު ރަށުގައި ހުރި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފަ. ގެ ހަދަން 3 ލައްކައެއް ހާ ރުފިޔާގެ ލޯނު ނުވަތަ އެސްޓީއޯ ނޫން ނަމަ އައްޑޫގެ ފިހާރަތަކުން ގެ ހަދާން ބޭނުންވާ މުދާ ލިބޭގޮތް ހަދާފަ މަސައްކަތުގެ އަގު ކައުންސިލުން ދައްކާފަ 5 އަހަރު ތެރޭ އަބުރާ ލާރި ދައްކާގޮތަށް ގެއަށް ވަދެވޭ ވަރުކޮށްދީ.
ހުސަން ސާލިޙް
22 May 2020
މޭޔަރާއި ކައުންސިލަރުންކާރީގަ ތިވާހަކަ ދައްކާތާ އެތައްދުވަހެއް. ކުރިއަށްއޮތް 2 އަހަރުވެސް މާލޭގައި ކުއްޔަށް އުޅޭނެ ފައިސާ ހޯދުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްކަމަށް ނުވާތީ އައްޑޫގެ ގިނަބަޔަކު އެބުރި ވަޒަނަށް އަންނާނެ ކަމަށް ބުނެ އެމީހުނަށް ލޯނު ލިބޭނެ އިންތިޒާމެއް ސަރުކާރުގައި ދަންނަވައިގެން ހޯދާ ދިނުމަށް މިމީހުންކާރީގަ ކިތަންމެ ވަރަކަށްވެސް ބުނެވިއްޖެ.
ހަސަން. އައްޑޫ ސިޓީ.
22 May 2020
މިސިޓީގެ ގިނަ ވިޔަފާރިވެރިން ތިބީ މާލެދޫކޮށް އަންނަ ރައްޔަތުންނަށް ލުއިގޮތަކަށް ގެއަށް ބޭނުންވާ ސާމާނު އިންސްޓޯލްމަންޓް ބޭސިސްއަށް ދޫކުރާން ތައްޔާރަށް. އަދިވެސް ސިޓީ ކައުންސިލާއި މޭޔަރު މިކަމަށް ތައްޔާރުވާ ތަނެއް އަދި މާލޭގައި ތާށިވެފައިވާ މީހުން ގެނައުމަށް މަސައްކަތް ކުރާތަނެއް ނުފެނޭ.
ރިސޯޓް ބޯއީ.
22 May 2020
މާލޭގައި ވިޔަފާރިނުކުރާ އާއިލާތަކާއި އަމިއްލަ މީހުން މިވަގުތު މާލޭގައި ތިބެން އުޅެފިނަމަ އެމީހުންގެ އަތްމަތި ހުސްވެ ދަރަނިވެރިވުން ނޫން ކަމެއްނުވާނެ. މިދަތިކަން އެތައް ޒަމާނެއްވަންދެން ދެމިއޮންނާނެ. ރިސޯޓްގައި ފިރިމީހާ ކޮއްކޮ ނުވަތަ ދަރިފުޅު ހުރެގެން މާލޭގައި އުޅޭތަނަށް ކުލިދެއްކި މީހުނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިކަން ނިމުމާއި އެކު އައްޑުއަށް ބަދަލުވެ ކުދިން އައްޑޫގެ ސްކޫލް ތަކަށް ވެއްދުން. ލަސްކޮށްފިނަމަ ފަހުން ދިމާވާ ކަންކަން އަދިބޮޑުވާނެ.
ސައްލޭ.
22 May 2020
އާދޭ އާދޭ. އައްޑޫ ކުދިންނާއި މުލައް ހުވަދޫ އަދި ލާމާއި ތ. އަތޮޅުން ކީއްކުރަން ތުރާކުނު ކުދިންވެސް އައްޑޫގެ ސްކޫލް ތަކަށް ކިޔަވަން އަންނާންވީ. އަދި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލަށް ބޭސްކުރާން އައުމަސްވެސް އަހަރުމެން މަރުޙަބާ ކިޔަން. އައްޑޫ ހޮސްޕިޓަލުން ނުވާ ވަރު ކަމެއް ކުރަން މާލެ ދިއުމުގެ ބަދަލުގައި ގަމުން ފުރައިގެން ލަންކާ އިންޑިޔާ އަދި ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ދެވޭނެ. ސްރީލަންކަންގެ ޝެޑިއުލް ފްލައިޓް ހަފުތާއަކު 3 ދުވަހު ގަމަށް އޮވޭ.
ގްރީން
22 May 2020
ކިހާދެރަ ކަ މެއް. އެން މެން ބޭރުކޮށްބަލަ
ބައިސްކަލްު
22 May 2020
ބަލަ ގަވާއިދާއި ހިލާފަށްއުޅެންޏާ ހައްޔަރުކޮށް ކުޑަގޮޅިއަށްލައިގެން އެންމެން ފޮނުވަންވީ، ބޭނުންތޯ ބަލާކަށްނުޖެހޭ.
ހޮޅިސަރުކާރު
22 May 2020
ވަޤުތުން އެކްޝަން ނެގޭ ވެރިއެއް ނޮން ހުރީ .
Ali Gasim
22 May 2020
ޢެބޭފުޅުންނަށް ދަންނަވައިގެން އެބޭފުޅުން ރުހެންޏާތާ ތިކަންވާނީ މިސަރުކާރަކީ އެބޭފުޅުންނަށް ހިދުމަތްކުރަން އައިސް އޮތްސަރކާރެއް. ޢެބޭފުޅުންގެ ދިރިއުޅުއްވުމުގެ ހާލަތު ރަގަޅުކޮށްދެއްވާނެކަމަށް އެންމެ ފަހުން ދެއްވި ތަގުރީެުގަވެސް ރައީސް ވިދާޅުވި މީ ބަގުލަދޭސް ބޭފުޅުންގެ ސަރުކާރު އެބޭފުޅުންނަށް ވަzީފާޔާ ގެދޮރާ ކެއުންބުއިން ބޭސްފަރުވާވެސް ދިވެހި ރައްޔިތުންގެ ފައިސާއިބް ހިލޭކޮށްދެއްވާ ސަރުކާރެއްމީ އަދި މިބޭފުޚުންނަށް އެލަވަންސެއްވެސް އިތުރުދޭންފެނޭ
ކޮރަލް
22 May 2020
މާލެ އިން ފުރަން ބޭނުންވާ މީހުން ވ ގިނަ އެވެ. މާލެ އިން ފުރަން ބޭނުން މީހުން ގުޅާނެ ނަންބަރު ތަކެއް ދިނުން އެދެމެވެ. ވ ހާލުގަ ބައެއް މީހުން އެބަ އުޅެ އެވެ.
އަލިފުޅު3
22 May 2020
މީގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން ގޮސް އުޅެވުނު ތަނެއްގަ އުޅެން ބޭނުންވި ގޮތަކަށް އުޅެފަ މިހާރު އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ހާލުގަ ޖެހުނު މީހުންކަމަށް ވުން ގާތެވެ. އެފަދަ މީހުންނަށް ވަޒީފާ ދިން ފަރާތުން ވެސް އަދި ސަރުކާރުން ވެސް ކޮށްދޭނީ ކީއްތޯއެވެ؟ އެފަދަ މީހަކު ފެނިއްޖެ ނަމަ ކުރަންޖެހޭ ސުވާލަކީ ހާލުގަ ޖެހުނީ ކޮން ދުވަހަކު ތޯ އެވެ؟ ދެން ބަލަން ޖެހެނީ މިދިޔަ ހައެއްކަ މަހު ކިހާ ފައިސާއެއް ރަށަށް ފޮނުވިން ތޯއެވެ؟
އޮނަރަބްލް އަފީފު ދީދީ
22 May 2020
ބަންގްލަދޭޝް މީހުންގެ ތެރެއިން ރާއްޖެއައިސްތިބި ވަރަށް ގިނަމީހުންބަކީ އެޤައުމުގައި ކްރިމިނަލް ކުށުގެ ރެކޯޑް އޮތް މީހުންކަމަށްވޭ. ޕޮލިސް ރިކޯޑަކަށް ބެލުމެއްނެތި ވާރކް ވީސާދޭތީ މިފަދަ އެތައްބަޔަކުވެސް އެބަތިބި. # އިމިޤްރޭޝަން ޤާނޫނާއި ޙިލާފްމީހުން ޑްރަޤްވިއްކުމާއި ސެކްސް ރިންގްތައް ހިންގުންފަދަ ކުށްކުށާއި ވައްކަމާއި ފޭރުން އަދި މާރާމާރީ އާއި މީހުން މެެރުމާއި ހަމައަށް ނުބައިކަން ފަތުރާލައިފި. އަހަރުމެން އަވަސް ފިޔަވަޅު ބާޅައިފިނަމަ ދެވަނަ ރޯހިންގޔާ އަށްވެދާނެ.