ޕެންޝަން އޮފީހުގެ އެކްޓިން ސޯއީއޯ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
23 މެއި 2020 - 16:12
ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ އާބާދީގެ 55 ޕަސެންޓް މީހުންގެ ފަންޑް ބެލެންސް އުޅެނީ 100،000ރ. އަށް ވުރެ ދަށުގައި ކަމަށް އެ އޮފީހުން ބުނެފި އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުން ފާތިމަތު ސުޖާތާ ހަލީމު ވިދާޅުވީ، ޕެންޝަން ފަންޑުގައި ތިބި 154،385 މީހުންގެ ތެރެއިން ގިނަ ބަޔެއްގެ އެކައުންޓުގައި ހުރީ ވަރަށް މަދު އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވި، 19 ޕަސެންޓް މީހުންގެ ފަންޑުގައި ހުރީ 10،000ރ. އަށް ވުރެ ދަށް އަދަދެއް ކަމަށެވެ. އެންމެ ބޮޑު ޕެންޝަން ފަންޑުގެ ގޮތުގައިވާ 450،000ރ. އަށް މަތީގެ އާމްދަނީގެ ޕެންޝަންގައި ހުރީ ޕެންޝަން ފަންޑުގައި ބައިވެރިވި މީހުންގެ ދެ ޕަސެންޓް މީހުންގެ އެވެ.
"އަޅުގަނޑުމެންގެ ޕާޓިސިޕެންޓުންގެ އޭޖަށް ބަލައިލައިފިއްޔާ ވަރަށް ޔަންގް ޕޮޕިއުލޭޝަނެއް މިއުޅެނީ. ފަންސާސް ޕަސެންޓަށް ވުރެ ބޮޑު ޕޮޕިއުލޭޝަނެއް މިއުޅެނީ 45 އަހަރުން ދަށުގެ އާބާދީ. އެހެންވީމަ މި ބޭފުޅުންނަށް އެބައޮތް ވަގުތު ފަންޑުގައި ހުރި ފައިސާ އިންވެސްޓްކޮށްގެން ރަނގަޅު ރިޓަޔަމެންޓެއް ހޯދުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.
ސުޖާތާ ވިދާޅުވީ، ލިބޭ އާމްދަނީން ކޮންމެ މަހަކު ގާތްގަނޑަކަށް ހަތް ޕަސެންޓް ކެނޑިގެންދާ އިރު މި އަދަދަކީ ރިޓަޔާވާ އިރު އެ މީހަކަށް އެ މީހެއްގެ އާމްދަނީ ލިބޭނެ ވަރުގެ އަދަދެއް ކަމަށެވެ. އެހެންކަމުން މީގެއިން އިތުރު ކަންކަން ކުރަން ވިސްނައިފި ނަމަ ލިބޭ ޕެންޝަން ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޖާތާ މިހެން ވިދާޅުވެފައިވާ އިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ދޫކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވައިލައިފަ އެވެ. މީގެ އިތުރުން މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ ފަންޑުން ބައެއް ނެގޭނެ ގޮތް ހަދައިދިނުމަށް އެދެމުންނެވެ.
ޕެންޝަން ފަންޑަށް 10 އަހަރުވެގެން ދިޔަ އިރު މިހާތަނަށް 3.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާ އެ އޮފީހުން އަންނަނީ ލޯންގް-ޓާމް އިންވެސްޓްމެންޓްތަކުގައި ހޭދަކުރަމުންނެވެ. މިގޮތަށް އިންވެސްޓް ކުރުމުގައި އެވްރެޖްކޮށް ކޮންމެ ޕޯޓްފޯލިއޯއަކުން ނުވަތަ އިންވެސްޓްކުރާ ފެސިލިޓީއަކުން ފަސް ޕަސެންޓްގެ ފައިދާ ލިބޭ ކަމަށް ސުޖާތާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ވެސް ފަންޑަށް ލިބޭ ފައިސާ އިންވެސްޓް ކުރުމުގެ އިތުރު ފައިދާހުރި ގޮތްތައް އަންނަނީ ބަލަމުންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވެ އެވެ. މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެ އެވެ. މިހާރު ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،385 މީހުންގެ ތެރެއިން 21 ޕަސެންޓަކީ 25 އަހަރުން ދަށުގެ އާބާދީ އެވެ. އަދި 38 ޕަސެންޓަކީ 26-35 އަހަރާ ދެމެދުގެ އާބާދީ އެވެ. ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން 55 އަހަރުން މަތީގެ މީހުންގެ އާބާދީއަކީ އަށް ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމު6
24 May 2020
އެބުނާ %5 ރިޓާންއަކީ ފަންޑުގެލާރި ދަރަންޏަށް ސަރުކާރަށްދީގެން ލިބޭއެތިކޮޅެއް. އަނެހެން ބޮޑު ފަންޑެއް ހަދާ އެތައްބައިވަރު މުވައްޒަފުންނަކާ ބޮޑެތިޚަރަދުތައް ނުކުރިއެއްކަމަކު އެވަރުގެ ރިޓާންލިބޭނެ. ދެން މިފަހަކުން ދެތިން ކުންފުންޏެއްގެ ހިއްސާ ގަނެފި. ތިއީއެކްޓިވް ކޮށް މެނޭޖްކުރަންޖެހޭ ފަންޑެއް ނޫން. ފަންޑުގެ ޚަރަދުކުޑަކޮށް، ފަންޑުގެލާރިން ރާއްޖޭން ބޭރަށް ކުރާ ބޮޑެތި ދަތުރުތަކާ ބޭކާރު ޚަރަދުތައް ނުކުރިއެއްކަމަކު ސަރުކާރުގެ ޓީބިލުން ލިބޭ ރިޓާންއެއް ލިބޭނެ.
ދޮންމަނިކުބެ
24 May 2020
ދުވަސްވީ ވަރަކަށް އަރާނީ ވަޔަށް.
ސަންޕަދަރި
24 May 2020
މާވާހަކަ ގިނަނުކޮށް ހުރި އެއްޗެއްގެ ދެބައިކުޅަ އެއްބައި ނަމަވެސް ދޭންވީނު, 80 ޕަސަންޓް މީހުން މިހާރުވެސް ތީގެ ބޭނުން ނުހިފި ދުނިޔެ ދޫކޮށް ދަނީ, ތިޔަ ފައިސާ އަކީ އެމީހެއްގެ އަމިއަލަ މިލްކެއް, މިއަށްވުރެ ތިޔަ ބޭނުން ކުރަން ރަނގަޅު ވަގުތެއް ނާންނާނެ, މަރުވީމަ އޭގެ ބޭނުމެއްނެއް ހުރިހާ ފައިސާއެއްވެސް ފައިދާއެއްވެސް ސަރުކާރަށް.
ޙުންން ލާ
24 May 2020
ޙުންނަ ލާރި މަތު ވާނެ އެއް. ޕެންސަން އޮފީހުގެ ކޮންމެ ދިވިސަން އެއް ގެ މުސާރަ 45ހާހައި 50 ހާހައި ދެމެދުގަ ހުންނަނީ. ޟީނިކަމެތިބރައއޔޮތުން ގެ 5000 ރުފިޔާ މުސާރައިން ޕެންސަން އަށް ކެޑޭ އެތިކޮޅަށް މިމީހޖން ހަދާ ގޮތް. ޅާރި އެއް ނެތަން މިމީހުން ގެ ޒިން މާ އެއް ނެތް. ބަޑު މުސާރަ ނަގައިގެނއ ތިބީމަ ވީއެއް ނު. މީ އެބުނާ އީކުއަލް ޕޭއަކީ.ޕޭ ކޮމިޝަން އަށް މަގޭ ސަލާން
ތިމާވެށި
24 May 2020
ސިޔާސީ މީހުންގެ މުސާރަ ބޮޑުވެފަ ސިވިލް ސާވިސް މިނިމަން ވޭޖް ކުޑަ އީ އެވެ.
މަދީން
24 May 2020
ބޭކާރު ވާހަކަ ނުދައްކާ. ލާރި ނުދެން ތި އުޒުރަކީ ޙުއްޖަތެއްނޫން. ފަހުން ވަޒީފާއަށް ވަން މީހުންގެ މަދުވާނެ، ކުޑަ މުސާރައިގެ މީހުންގެ މަދުވާނެ، އެކަމު 20 30 އަހަރު ވަޒީފާ އަދާކޮށް ޖަމާގަ ލާރި ހުރި މީހުންނަށް ހައްޤުދީ. މިހާލަތު ލޯނު ނުނަގުވާ އުމުރުން ދުވަސްވީމަ ދަރަނިވެރިވާން ބޭނުންވާނި ކާކު. ފާޑު ފާޑު ނަންނަމުގަ ލޯންތައް ތަޢާރަފުކޮށްފަ މިހާލަތުގަ ވެސް ރައްޔިތުން ފެލާލަން
ޖޯޖް
24 May 2020
ބަަލަ މޮޔަޔާ 20 30 އަހަހ ހަރު މީ ހާ ވަޒީފާގަ އުޅުނަސް ޕެންޝަން ފަންޑަށް ލރުފިޔާ ލާން ފެށިތާ އަދި މިވީ 10 ވަރަކަށް އަހަ ހަރޭ
މެސީ
24 May 2020
މަގޭ އެކައުންޓްގަވެސް 3 ލައްކަ ވަރު ހުންނާނެ އެކަމު މި ހާރު ޕެންޝަން އެޕަށް ނުވެސް ވަދެވޭ...
ސިކުނޑި
24 May 2020
ކޮންމެވެސް މީހަކު ބުނެދީބަލަ ޕެންޝަން ފައިސާ ލިބޭ އުސޫލެއް! ޢުމުރުން 50 އަހަރުގަ ވަޒީފާ އަދާކުރުން ހުއްޓާލީމަ އެފައިސާ އަތަށް ލިބޭތަ؟ އެހެން ނޫނީ 65 އަހަރު ވީމަ މަހަކު 5000 ތަ ލިބޭނީ؟ އެވަރު ލިބޭ ވަޒީފާ އަދާ ނުކުރާ މީހުނަށްވެސް.
Ahmed Naseer
24 May 2020
އެހެންވީމާ ސުޖާތާ ތިބުނަނީ މަމެން ހަޅޭނުލަވާ ތިބޭށޭތަ. ހަޅޭލަވާ މީހުން ނަކީ މާގިނަ ލާރި ޕެންސަން އޮފިސްގަ ހުރި ބައެކޭ ނޫންތަ. މަމެންނަށް ވެސް އެނގޭ ބޮޑު މުސާރަ ލިބޭ ބޮޑު މީހާކަން ގިނަ ލާރި ހުންނާނީ.
ހެޔޮނުވާނެ
23 May 2020
އޯކޭތާ. މެމްބަރުންތައް އެތިބީ މެމްބަރުކަމުން ވަކިވުމުންވެސް 30،000 ރުފިޔާގެ މުސާރައާއި ސިންގަޕޫރުން ހިލޭ ފަރުވާކުރެވޭ ގޮތަށް އިމްތިޔާޒުގެ ބިލެއް ފާސްކޮއްގެން. ކޮން ޕެންޝަނެއް، ކޮން އާދައިގެ ރައްޔިތުންނެއް. ގޮނޑީއަށް ނަގާބޭންދީމަ ހުރީޙާ ކޯޅަކުން އަމިއްލަ ފައިދާ ނަގާލާފަ އެތިބެނީ އަރާމުގަ ބުނާ ބަހަކުން އަދި ކުރާކަމަކުން ކޯޓަށްވެސް ނުގެންދެވޭހާ ބާރު ދައްކައިގެން. ﷲ މިބަިއމީހުން އަމިއްލައަށް ނަގަިއގެން ތިބި ބާރުތަށް އެމީހުން އަތުން އަތުލައްވާންދޭ.އާމީން