ބީއެމްއެލްގެ ކާޑު ސެންޓަރުން ކާޑު ދޫކުރުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައި--ފޮޓޯ: ބީއެމްއެލް
01 ޖޫން 2020 - 14:49
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގައި އޮތުމަށް ފަހު ލުއިތަކެއް ދޭން ފެށުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލުން ކާޑު ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ. އަދި މިގޮތަށް ހިދުމަތްދޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިދުރުކަން ބަހައްޓަން ޖެހޭނެ ގޮތްތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް އެޕޮއިންމެންޓް ދީގެން ދުވާލަކަށް 300 މީހުންނަށް ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.
"ކޮންމެ ދުވަހަކު ވެސް ކާޑު ދޫކުރަމުންދާނީ އެޕޮއިންޓްމެންޓް ހަމަޖެހިގެން، ޕޮލިސް ޕާމިޓާ އެކު ކަސްޓަމާ ސާވިސް އިން ވަޑައިގަންނަވާ ކަސްޓަމަރުންނަށް،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ބޭންކުން ކާޑު ނަގަން ބޭނުންވާ ކަސްޓަމަރުންގެ ތެރެއިން މާދަމާ އަށް އެޕޮއިންޓްމެންޓް ހެއްދުމަށްޓަކައި ރޭ ދަންވަރު 12:00 އިން މިއަދު ހަވީރު 5:00 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.
ބީއެމްއެލްގެ ކަސްޓަމަރަކަށް ކާޑު ދޫކުރަނީ-- ފޮޓޯ:ބީއެމްއެލް
އެޕޮއިންޓްމެންޓް ހެއްދުމަށް ޖެހޭނީ 455 އަށް އެސްއެމްއެސް އެއް ކުރާށެވެ. އެސްއެމްއެސް ކުރާނެ ގޮތަކީ ބޭންކްގެ ބްރާންޗް ނުވަތަ ސާވިސް ސެންޓަރުގެ ކީވޯޑް ޖެހުމަށް ފަހު އައިޑީ ނަންބަރު ޖެހުމަށް ފަހު އެ މީހެއްގެ ނަމާއި އެޑްރެސްގެ މައުލޫމާތު 455 އަށް ފޮނުވާނީ އެވެ. އެޕޮއިންމެންޓް ހަމަޖެހޭ ގަޑިއަށް ދާން ދަތިވާ މީހުން އޭގެ އަނެއް ދުވަހަށް އެޕޮއިންޓް ހެއްދުމަށް ބޭންކުން އެދެ އެވެ.
ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހެވެ. މި ތިން ދުވަހަކީ ބޭންކްތަކުން ހިދުމަތްތައް ދިނުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ ދުވަސްތަކެވެ. އެގޮތުން މި ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 2:00 އަށް ހިދުމަތްތައް ދޭނެ އެވެ.
ސައީދު ވިދާޅުވީ، ކާޑު ނަގަން ދާ އިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ މާސްކް އަޅައިގެން އައުމަށް ހުރިހާ ކަސްޓަމަރުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ކަސްޓަމާ ސާވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާއި އަމިއްލަ ގަލަން ގެނައުމަށް ވެސް ބޭންކުން އެދެ އެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ނުރައްކާ ބޮޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަޑު ހަވާލުކޮށްދިނުމަށް ބޭންކުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ.
"ކާޑު ނަގަން އެސްއެމްއެސް ކުރާ އިރު އައިޑީކާޑު ނަންބަރު ޖެހުއްމަފަހު ކާޑު ޑެލިވަރީ ޖެހުމަށް ފަހު 7990200 ނުވަތަ 9990200 އަށް އެސްއެމްއެސް ފޮނުވާލާނީ،" އޭނާ ވިދާޅުވި އެވެ.
މިގޮތަށް އެސްއެމްއެސް ކުރާ ކަސްޓަމަރުންނަށް ބީއެމްއެލްގެ މުވައްޒަފުން ގޮސް އެ މީހެއް ދިރިއުޅޭ ގެއަކަށް ކާޑު ހަވާލުކޮށްދޭނެ އެވެ. ބީއެމްއެލްގެ މުވައްޒަފުން ކާޑު ފޯރުކޮށްދޭނީ ކޮންމެ އިމާރާތެއްގެ ވެސް ގްރައުންޑް ފްލޯއާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުންސާލި ހުސެއިން
02 June 2020
ތިއީ ވަރަށް ފަސޭހަކަމެއް ނޫންހެއްޔެވެ.މޯލްޑިވްސް ޕޯސްޓް ބޭނުންކޮށްގެން ޑޯސްޓެޕް ޑެލިވަރީ ހަދާށެވެ.ނޫނީ ޕިކްޕޯސްޓްގެ ޚިދުމަތްދޭށެވެ.ދެން ކޮންހާ ކަރުދާސްތަކެއް ގިނަ ކުރާކަށްހެއްޔެވެ.ޢުމުރުން ދުވަސްވީ މީހުން ތިކަން ތިމަގުން ކުރާނީ ކިހިނެތްހެއްޔެވެ.ބީ.އެމް.އެލް.ގެ ކަސްޓަމަރު ޑައިރެކްޓަރުގެ މުސާރަ އަދި އިތުރަށް ބޮޑުކޮށް މާރކެޓިން މީހުންގެ މުސާރަތައްވެސް ބޮޑުކުރާށެވެ.މުޅިތަން މިހާރު ފެންނަނީ އުރީދޫގެ ތަނެއްހެން ވިއްޔާއެވެ.ބަލަ މިއީ ބޭންކެކެވެ.
ގަޓް ބްރޯ
01 June 2020
ބީއެމްއެލް އަކީ ކަސްޓަމަރުންނަށް އެއްގޮތަކަށްވެސް އިހުތިރާމް ކުރާތަނެއް ކަމަކަށް ނުބެލެވޭ. މި ދަތި ދަނޑިވަޅުގަވެސް އަމިއްލަ ބައެއް ފަރުދުންގެ އެކައުޓްތަކުގަ ފައިސާމަދުވުމުން ސަސްޕެންޑް ކުރަންޖެހިދާނެކަމަށްބުނެ އެބަ މެސެޖްކުރޭ. މިވަގުތަކީ އެކައުންޓް ތަކަށް ފައިސާ އެޅޭވަރަށްވުރެ ގިނަ ބައެއްގެ އަތްމަތި ދަތި ދުވަސްވަރެއް. ރަނގަޅުގޮތަކީ މިދުވަސްވަރު އެކައުންޓްތައް އުވާނުލާ މަޑުކޮށްލުންހެން މަށަށް ހީވަނީ.