ބަންޑާރަ ނައިބު ރިފްއަތު: ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 އަށް ވުރެ ގިނަ ބިލް ވަނީ ހިމަނާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
01 ޖޫން 2020 - 19:46
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލުދޭ ގޮތަށް ހަވާލުކުރަން އެންގުމަކީ ދައުލަތަށް މުދާ ނެގުން ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން، ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށްޓަކައި އަމިއްލަ މީސްމީހުންގެ އިމާރާތްތައް ދައުލަތަށް ނެގުމުގެ ބާރު ލިބޭ ގޮތަށް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ގަވައިދެއް އެކުލަވައިލައިފަ އެވެ. އެކަމަކު، އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމިއްލަ މީސްމީހުންގެ ގޯތިގެދޮރު ދައުލަތަށް ނެގުން ކަމަށް ބުނެ ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ގަވައިދުގައިވާ ގޮތުގެ މަތިން ސަރުކާރަށް އަމިއްލަ މީހެއްގެ އިމާރާތެއް ނެގުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތުން މުދާ ހޯދުމާއި މިލްކު ކުރުމާއި ވާރުތަ ކުރުމާއި ދިނުމާއި އަދި އެއިން މުއާމަލާތް ކުރުމުގެ ހައްގު އެންމެންނަށް ވެސް ލިބިގެންވެ އެވެ. އެއްވެސް މީހެއްގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް އެ މާއްދާގައި ބުނެފައި ވެ އެވެ.
"...ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް،ފައިސާ ދައްކާ ގޮތަށް،ޢާންމު މަންފާއަކަށް ޢިމާރާތެއް ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން.ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ.
— I.Riffath (@ibriffath) June 1, 2020
އޭޖީ ރިފްއަތުގެ ޓުވީޓް
ބަންޑާރަ ނައިބު ވިދާޅުވީ، ކަރަންޓީންގެ ބޭނުމަށް އަމިއްލަ މީސްމީހުންގެ އިމާރާތްތައް ނެގޭ ގޮތަށް ގަވައިދެއް އެކުލަވައިލީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ ގޮތަށް ކަމަށެވެ. ވަކި އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ވަޒީރަށް [ހެލްތު މިނިސްޓަރަށް] ދީފައި ވަނީ ރިފްއަތު ވިދާޅުވި ގޮތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
"އެއީ، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި/ކަރަންޓީނު ކުރުމަށް އެތަނެއް ކޮންމެހެން ވެސް ބޭނުން ނަމަ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ހާލަތެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަމިއްލަ މީސްމީހުންގެ އިމާރާތްތައް ދައުލަތަށް ނެގޭނެ ކަމަށެވެ. އެ ނިންމުން އެ ފަރާތަކަށް ގަބޫލުނުކުރެވޭ ނަމަ އިމާރާތެއް ހަވާލުކުރަން ކޯޓުން އަމުރުކުރެވޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
މި ގަވައިއިދުގައިވާ ގޮތުން، ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީން ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ ހެލްތް މިނިސްޓަރެވެ. އެ ބޭނުމަށް މީހެއްގެ އިމާރާތެއް ނަގައިފި ނަމަ އެފަދަ ތަންތަން ބޭނުންކުރާ މުއްދަތަށް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަަމަށް ވެސް ގަވައިދުގައިވެ އެވެ. އެގޮތަށް އިމާރާތެއް ހޯދަން ޖެހޭނީ އެ ތަނެއްގައި ބަޔަކު ދިރިއުޅޭ ނަމަ، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 June 2020
ކަރަންޓީނު ކުރާނެ ތަންތަން މަދީތަ! ތިއުޅެނީ ދައުލަތުގެ ބަޖެޓު ޕާޓީގެ އެކްޓިވިސްޓުން ކޮޅަކަށް ހުސްކޮށްލަން. 1.3 ބިލިއަން ރުފިޔާގެ ނުހައްގު ބަދަލު ދިން ބަޔަކު ކޮށްފާނެ ކޮންމެ ކަމެއްވެސް.
ލޯޔަރު
02 June 2020
"އެ ނިންމުން އެ ފަރާތަކަށް ގަބޫލުނުކުރެވޭ ނަމަ އިމާރާތެއް ހަވާލުކުރަން ކޯޓުން އަމުރުކުރެވޭނެ" ކަމަށް ވިދާޅުވާން އެނގުނީ ކިހިނެތްތޯއެވެ؟
ރެފިއުޖީ
01 June 2020
މާލޭގަ ވަރަށް މަދު އަމިއްލަ ބިންތައް. ގިނައީ ބަންޑާރަ ބިން. ގިނަ، ބޮޑެތި ގޭގެ ހަދާފަ ހުންނަނީވެސް އެކަހަލަ ބިންތަކުގަ
ޏަމްޏަ.
01 June 2020
މިހުރިހާ އެއްޗެއް އިނގޭ މީހެއް މީނައަށް އެކަނި ޤާނޫނު ވެސް އިނގެނީ
ކުރަހާ
01 June 2020
މީހެއްގެ މުދަލެއް އެމީހާގެ ނުރުހުމުގައި 1 އަހަރަށް ވިޔަސް ނެގޭނެ ދީނީ ގާނޫނީ ދުނިޔެވީ ހަމައެއް ނެތް.
ދޮންދޫނ
01 June 2020
ކަލޭމެން ބުނާ އެއްޗަކައް ކާކު އިތުބާރު ކުރާނީ، މިގައުމައް ޖެހިފަ އޮތް ބޮޑު ކކ އެއް
އަލިފުތު
01 June 2020
ދެން ބުނާނީ ކޮވިޑް ކޮންޓްރޯލް ކުރަން މީހުންގެ ބޭންކު އެކައުންޓުގައި ހުރި ފައިސާވެސް ނަގަން ބޭނުން ވެއްޖެއޭ ކަންނޭގެ!
ސަފްހާ
01 June 2020
ސިޔާސީގޮތުން ތަސައްރަފް ނުފުދޭ ބަޔަކު ތިބި ތަނެއްގައި މީގެ ބޭނުން ނުހަމަ ގޮތުގައި ހިފާނެ...ގާނޫނު ހަދާމަޖިލީހަކީ މިހާރު ޒާތީ ހަސަދައިން ފުރިފައޮތް ތަނެއް...ސަރުކާރަށް ބާރު ލިބޭގޮތައް ކޮންމެ ގާނޫނެއްހދަންޖެހުނަސް ހަދާނެ...އެމްޑީޕީއަކީ އަބަދުވެސް ބާރުލިބުމުން ބާރުގެ ބޭނުން ނުހަމަގޮތުގައި ކުރާބއެއް.ވެރިކަމުގައި ނެތިއްޔާ ރަންއިލޮށިން ކަދުރު..
މަރުޖާނު
01 June 2020
ޥަގުތީ ގޮތުން ނަމަވެސް ހަމަ މުދާ އެނަގަނީ އެނޫން ގޮތަކަށް ނުވާނެ ކިތައްމެ ލޯބޮޑުކުރިޔަސް ވެރި ފަރާތުގެ ބާރެއް ނުހިގާ ގަދަބާރުން އަތުލަނީ ތިޔަވަރަށް މުނާފިގުވާކަށް ނުވާނެ ހެޔޮ ނުވާނެ ސްކޫލް ތަކާ ރައްޔިތުންގެ މަޖްލިސްވެސް އެއޮތީ އަދި މިލިއަނުން ޚަރަދުކޮށްފަ ހެދި ތަންތަން ކޮބާ
މަންނާނު
01 June 2020
ދެންކޮބާތޯ މުދާނެގުމަކީ މަސްލަހަތު އޮންނަ ކުންފުނި ތަކަށްބަދަލު ދިނުމަކީ ތިމާޖީބައް މަންފާކުރާނެ ކަމެއްތޯ