ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް އޭނާ ހާޒިރު ނުކުރެވޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. -- ފޮޓޯ/މިހާރު
01 ޖޫން 2020 - 23:28
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ނުކުރެވޭތީ އެކަމާ މެދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށް، އޭނާ އެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހަދާފަައި ނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން މިރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭ ގިނަ ކަންބޮޑުވުންތައް އާންމުންގެ އެބަހުރި ކަމަށާއި އެކަމަކު މިހާތަނަށް މިނިސްޓަރު ނަހުލާ އެ ކޮމެޓީއަށް ހާޒިރު ނުކުރެވޭ ކަމަށެވެ. އަދި ކުރިން އެކިފަހަރު މަތިން އޭނާ ހާޒިރުވާން ކޮމެޓީން އެދުމުން ވެސް އެކި ސަބަބުތައް ދެއްކެވުމަށް ފަހު ކޮމެޓީއަށް ހާޒިރުނުވާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. ނަހުލާ ކޮމެޓީއަށް ހާޒިރުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައިި އެކަނި ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"ތިން ހަތަރު ފަހަރަކު މި ކޮމެޓީން މިނިސްޓަރު ހާޒިރު ކުރަން ހުށަހަޅައިފި. މިނިސްޓަރުގެ އެކިއެކި އުޒުރުތަކުގައި ހެދި ހާޒިރު ނުވެވި ހުރީ. އަޅުގަނޑު ދެކެނީ މި ކަންތައްތަކަކީ ބެލެން ޖެހޭނެ ކަންތައްތައް ކަމަށް. ރައްޔިތުންގެ މަޖިލީހުން މިނިސްޓަރަކު ޒިންމާދާރު ކުރަން ކުރާ މަސައްކަތަކީ އެ މިނިސްޓަރަށް ލުއި ފަސޭހަ ގަޑިއެއްގައި ފަސޭހަ ދުވަހަކުން ކުރާ ކަމެއް ކަމަށް ވަންޏާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ގެއްލިގެން އެ ދަނީ." އެމްޑީޕީއަށް ނިސްބަތްވާ މަނަދޫ ދާއިރާ މެމްބަރު އަހުމަދު ހާރޫން ވިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ ނަހުލާ ކޮޮމެޓީއަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، ހާޒިރުވާން ޖެހޭނެ ކަމަށެވެ.
ދަނގެތި ދާއިރާގެ މެމްބަރު އަދިި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގިނަ ކަންބޮޑުވުންތައް ހުރިއިރު ވެސް ނަހުލާ ހާޒިރު ނުކުރެވި އަހަރެއްހާ ދުވަސް ހޭދަވެފައިވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ނަހުލާ މާ ބޮޑު މަސައްކަތެއް ކުރައްވާ މަންޒަރު ނުފެންނަ ކަމަށާއި އެހެންވީއިރު، ކޮމެޓީއަށް ހާޒިރުވާން ވަގުތު ދެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަކުރާރުކޮށް، މިކަން ކުރަން އަޅުގަނޑުމެން މަސައްކަތް ކޮށްގެން ވެސް މިނިސްޓަރު މިކަމުން ބޯދަމައިގަންނަ ތަން މި ފެންނަނީ. މިނިސްޓަރަށް އަސްލު މި ކޮމެޓީއަށް ހާޒިރު ނުވެ، މިނިސްޓަރު ކަނޑައަޅާ ދުވަހެއްގައި މިތަނަށް ހާޒިރުވާ ގޮތަކަށް ނޫން އޮންނާނީ. އަހަރެއްހާ ދުވަސް ވެގެން ދިޔައިރު ވެސް ހާޒިރު ނުކުރެވި އޮތީމަ އަޅުގަނޑުގެ ކަންބޮޑުވުން އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.
ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ ކޮމެޓީއަށް ނަހުލާ ހާޒިރުވާން ޖެހޭނީ އޭނާއަށް ފަސޭހަ ގަޑިއެއްގައި ނޫން ކަމަށާއި ކޮމެޓީން ކަނޑައަޅާ ގަޑިއަކަށް އޭނާ ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި މިފަހަރު ނަހުލާގެ އެއްބާރުލުން ނުލިބިއްޖެ ނަމަ، އެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި ހިސާބަކަށް މިނިސްޓަރަށް ފަސޭހަފުޅުވާ ގަޑިތަކެއް ބަލަން ޖެހޭނީ. މި ގަޑީގައި މިނިސްޓަރުން ކުރާ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެކްޓިވްކޮށް އުޅޭ މިނިސްޓަރެއް ވެއްޖިިއްޔާ އަޅުގަނޑުމެންނަށް އެބަ އެނގޭ ހަގީގަތުގައި ޒިންމާ މި ގަޑީގައި ހުރި މިނިސްޓަރެއް ވިއްޔާ ބާކީ ތިބި މިނިސްޓަރުން އެއް ބަޔަކު ރިސޯޓުގައި، އަނެއް ބަޔަކު ގޭގައި ކަރަންޓީންވެގެން މިި ތިބީ. މި ގަޑީގައި މާ ބޮޑު ޒިންމާއެއް އަދާ ނުކުރާ މިނިސްޓަރެއް ކަމަށް ފާހަގަ ކުރެވެނީ ޓްރާންސްޕޯޓް މިނިސްޓަރަކީ،" ތޯރިގް ވިދާޅުވި އެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ ކޮމެޓީއަށް ހާޒިރުވާން އެންގުމުން ހާޒިރުވާން ޖެހޭނެ ކަމަށާއި އެކަމަކު ވަޒީރުން ކޮމެޓީއަށް ހާޒިރު ކުރަން ފަސް ދުވަހުގެ ނޯޓިހެއް ދޭންޖެހޭ ކަމަށެވެ. އެކަމަކު ނަހުލާގެ ކިބަައިން މަައުލޫމާތު ސާފު ކުރުމަށް ފަހު އޭގެކުރިން ވެސް ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާ
02 June 2020
ވަގުތު ޖެހުމުން ހާޒިރުވާނެ ކަންބޮޑުނުވޭ
މުހައްމަދު
02 June 2020
ވިދާޅުވި އެއްގަރާޖެއްގައި އެތަށްސަތޭކަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާ ވާކަވެސް އެކަންވެސް ހައްލިކުރާނަމޭ ކޮބަާ އެއްމެ ކިޑަމިނުން އެކަންތަށްވެސް މިހާރަކު ނެތް ހުސްވާހަކަ
ފަގީރުކޮއެ
02 June 2020
ކަންމތީ ޖަމިްޔާ ތަކަށް މާލެއިން އެއްވެސް އުސޫލެއް ނެތި ބިންދީ، ފުޓްސެލް ދަނޑު އަޅާ އެވެރިން ހިތު ހުރިގޮތަކށް ވިޔަފާރި އުސޫލުން ބޭނުން ކުރަން ދީފަ އޮންނަށް އޮތުމާ މެދު މަހުލޫފު އާ ސުވާލުކޮއްލަން ކެރޭނެ މަޖުލީހު މެންބރެއް އެބައުޅޭތަ؟އަހަރުން މިޖެހެނީ މި މީހުންނަށް ލާރި ދީގެން މިކަން ކުރަން. ޒުވާނުންނަށް މިވަނީ ވަކި ބަޔަކު
ހަކީމް
02 June 2020
ސިޔާސީ ވިޔަފާރިވެރިން ހާއްސަކޮށް ބުރުމާ ގާސިމް ކިބައިން ރާއްޖޭ ސަލާމަތް ވާނީ ކޮންއިރަކުން ބާއޭ ހިތަށް އަރާ. މިތަނަށްވެސް ޒީލަގަދަ އެއްވެސް ތަޖްރިބާއެއްނެތް އަންބަކު ލައިގެން ބޮޑު ނޮހޮރުއްޕާނެއް.
ކަނބިލި
02 June 2020
މިއީ ސަރުކާރުގެ މައްސަލައަކީ ކަމަށް ގާބިލުނޫން މީހުން ވަޒީރުކަމުގައި ތިބޭތީ ވަކި މީހަކު ރުއްސުމުގެ ބޭނުމުގައި. ރިޔާސީ ދައުރެއްގައި ނަތީޖާ ނެރެން ލިބިފައި މިއޮންނަނީ ކުރު މުއްދަތެއް. ކުރަން ހުރި ކަންތައް ބައިވަރު. ޓްރާްންސްޕޯޓް ދާއިރާއަކީ ރާއްޖެ ފަދަ ގައުމަކަށް ވ.މުހިންމު ދާއިރާއެއް. މިނިސްޓްރީ އަލުން ވުޖޫދަށް ގެނެސްފައި އެތާގައި ތިޔަ ބެހެއްޓީ ފޮޓޯ ގަނޑެއް. ސިޔާސީ ސަބަބުތަކަށް ޓަކައި ރައްޔިތުންގެ ހައްގުތައް ގުރުބާން ކުރަން ޖެހޭތޯ މިވިންވަރަށް
ސަރާ
02 June 2020
ޖަނަވާރު ކޮއްޓެކޭ ތަފާތު ނެތް ތަނެއް ތިމާމެން އަމިއްލައަަ އިއްޒަތް ތެރި މެމްބަރުންނޭ ކިޔަސް އާއްމުންގެ ކުރިމަތީގަ ކަހެރުވަކުގެ ތޮއްޓަށްވުރެ އަގުދަށް ބަޔެއްތީ މިފަދަ ބައެއްގެ ކޮން ހައިބަތެއްގެ ވާހަކައެއް މިދައްކަނީ
ކޮއިފުޅު.
02 June 2020
ތިއުޅެނީ ސޭޓުގެ އަންހެނުންނާ ކުޅެން؟ ނުވާނެ ތިކަމެއް.
ޝަރީފް1
02 June 2020
އޮން ލައިންކޮށް ބައްދަލުވުންބާއްވާ އޭރުން ބޭނުންވާ މަގުސަދުހާސިލުވާނެ
ބޮޑުމީހާ
02 June 2020
ސްލޯލިހު ކެބްނިޓަށް މީހުން ލައިގެން އުޅެނީ ގައުމު ހިންގާކަށެއް ނޫން. ތިމާއަށް ވެރިކަން ހޯދައިދިން ލީޑަރުން ހިތް އުފާކޮށްދިނުން ބޭނުމަކީ. ކުފޫހަމަވާ އެންމެ ވަޒީރެއްވެސް ނެތް
ކުފޫ ބޮޑުވަގު
02 June 2020
ކުފޫހަމަވާ ވަޒީރުންތިބީ ޕީޕީއެމްގެ ވެރިކަމުގަ. އެހެންވެ ރައްޔިތުން އަންބާކިޔާފަ ނުކުމެ ހަފޮޅުން ބޭރަށް ހޫރާލީ. ކިއްލި ތަޅަން ދޭބަލަ.
ނުކެރޭސޯލިހ
02 June 2020
ތިމާމެންގެ ވެރިކަން ބޭއްވުން މާ މުހިއްމޭ ގައުމު ހިންގުމަށްވުރެ. ކޯލިޝަން މީހުން ބޭރުކޮށްލެވޭހާ ގަޓެއް ނުހުންނާނެ ގައުމުގެ ކަންކަން ނުހިންގިގެން ފަތިވިއަސް. ޔާމީނަށް އެކަނި ކެރޭނީ ކޯލިޝަން މީހުން ބޭރުކޮށްފަ ގައުމު ހިންގާ ތަރައްގީ ކުރަން. ޔާމީން ކޯލިޝަން މީހުން އޮބިއަޅާފަ ގައުމު ހިންގިއަސް މިހާރު ޖެހޭނީ ގައުމުގެ ކަންކަން ހުއްޓާފަ ކޯލިޝަން މީހުން ކުޅޭ ޑްރާމާ ބަލާލާ ބަލާލަ ތިބެން.
ވާނުވާ ޕާޓީ
02 June 2020
މިހާރުވެސް ކަމެއް ކުރެވޭ ވަޒީރަކު ވިއްޔާ ހުރީ ކޯލިޝަން ޕާޓީމީހެއް. އެންމެ ކަން ނުވާ ވަޒީރުން ތިބީ އެމްޑީޕީގައި .
މަޒް
02 June 2020
ކަލޭމެން ރައްޔިތުން މަޖިލިހަކީ މާ ހައިބަތު ބޮޑުތަނަކަށް އަމިއްލައަށް ދެކިގެން އުޅެނީ.. ދެން އަމިއްލަ އަތުން ލިޔެ ތިޔަ ތަނީ ހައިބަތު ބޮޑު ތަނެއްކަމަށް ތިޔަ ދެކެނީ.. ބޮޑު މޭޒުން ފެށިގެން ގޮސް ކުޑަ މޭޒާ ހަމަޔަށް