މުނިފޫހިފިލުވުން / ޓޮމް ކްރޫޒް

"މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިން ސެޕްޓެމްބަރަށް

އިޓަލީގައި ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ކޮރޯނާވައިރަހާ ހެދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަސައްކަތްތައް މަޑުޖައްސައިލަން ޖެހުނު ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ތައްތާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވެރައިޓީން ބުނި ގޮތުގައި ކުރިން ރޭވި ގޮތާ ހިލާފަށް އިޓަލީން ޝޫޓިން ފަށަން އޮތް ނަމަވެސް، ފިލްމުގެ ޝޫޓިންތައް ފަށާނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެ ގައުމުގައި "މިޝަން އިމްޕޮސިބަލް 7" ގެ ވަރަށް ގިނަ އައުޓްޑޯ މަންޒަރުތައް ނަގާފައި ދެން އެހެން ގައުމަތަކަށް ދާނީ އެވެ.

މިކަމާ ބެހޭ ގޮތުން ފިލްމުގެ ކާސްޓްގައި ހިމެނޭ ސައިމަން ޕެގް ބުނިގޮތުގައި ޝޫޓިންތައް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅައިގެން، ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެެއްގޮތަށެވެ.

ބީބީސީ ރޭޑިއޯ 4 ގެ "ޓުޑޭ" ޕްރޮގްރާމްގައި "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ކުރިއަށް އޮތް ދެ ފިލްމުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޓޮމީ ގޯމެލީ ބުނީ ސެޕްޓެމްބަރަށް ޝޫޓިން ތާވަލުކުރަނީ އެހާތަނަށް އަންނަ އިރު، ކޮރޯނާވައިރަހާ އެކު ގައުމުތަކުން އިއުލާންކޮށްފައި އޮތް ލޮކްޑައުންތަކަށް ބޮޑެތި ލުއިތަކެއް އައިސް، ދަތުރުފަތުރުގެ ހިދުމަތް ވެސް އާންމު ހާލަތަކަށް އަންނާނެ ކަމަށް ބެލެވޭތީ އެވެ.

"އެހެންވެ ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ފިލްމުގެ މަންޒަރުތައް ނަގަން ޖެހޭ ގައުމުތަކުގައި މާ ބޮޑު ހުރަސްތަކަކާ ނުލައި ޝޫޓިންތައް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވޭ." އޭނާ ބުންޏެވެ.

ޓޮމީ ބުނިގޮތުގައި ފިލްމުގެ ޕްރޮޑަކްޝަން ހައުސް ޕެރަމައުންޓް ޕިކްޗާޒުން ވެސް އޮތީ ސެޕްޓެމްބަރު މަހަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އެހެންވެ މިހާރު ތާވަލުކޮށްފައި ހުރި ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ބުންޏެވެ.

"މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިން އަށް އެރި ބުރުލާ އެކު، ފިލްމު ސިނަމާތަކަށް ގެންނަ ތާރީހަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ކުރިން އަންނަ އަހަރުގެ ޖުލައި 23 އަށް ތާވަލުކުރި ފިލްމު އަންނަ އަހަރުގެ ނޮވެމްބަރު 19 އަށް ފަސްކުރިކަން އިއުލާންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

"މިޝަން އިމްޕޮސިބަލް 8" ސިނަމާތަަށް ގެންނާނީ ނޮވެމްބަރު 4، 2022 ގަ އެވެ. ކުރިން އެ ފިލްމު ގެނެސްދޭ ގޮތަށް އޮތީ އޮގަސްޓް 5، 2022 ގަ އެވެ.

"މިޝަން އިމްޕޮސިބަލް" ގެ ކުރިއަށް އޮތް ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ 2018 ގައި ގެނެސްދިން "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" ގެ ޑައިރެކްޓަރު ކްރިސްޓޯފާ މެކްއަރީ އެވެ.

ކްރޫޒް ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރު 23 ގައި ގެނެސްދޭ "ޓޮޕް ގަން: މެވެރިކް" އިންނެވެ. ކުރިން މި މަހުގެ 24 ގައި ގެނެސްދޭން އޮތް އެ ފިލްމު ވެސް ފަސްކުރީ ކޮވިޑް-19އާ ހެދި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454