06 ޖޫން 2020 - 08:56
ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީންނާ އެކު ފޯބްސް އިން މި އަހަރު އާންމުކުރި ލިސްޓުން ވެސް ޖާގަ ލިބުނު ހަމައެކަނި އިންޑިއާގެ ފަންނާނަކަށް އަކްޝޭ ކުމާރު ވެއްޖެ އެވެ.
މިދިޔަ އަހަރު ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓަރުންނާ އެކު އަކްޝޭ ހިމެނުނީ ފޯބްސްގެ ލިސްޓުން ޖާގަ ލިބުނު ހަމައެކަނި އިންޑިއާގެ އެކްޓަރަށެވެ. މި ފަހަރު އޭނާ އަށް ޖާގަ ލިބުނީ ފާއިތުވި އެއް އަހަރު ލިބުނު 48.5 މިލިއަން ޑޮލަރާ އެކީގަ އެވެ.
އެކަމަކު އެއީ މިދިޔަ އަހަރު އަހަރު އޭނާ އަށް ލިބުނު އާމްދަނީ އަށް ވުރެ ދަށް އަދަދެކެވެ.
މިދިޔަ އަހަރު އެންމެެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންގެ ލިސްޓުން އަކްޝޭ، 52، އަށް ލިސްޓްގެ ހަތަރު ވަނައިން ލިބުނީ 65 މިލިއަން ޑޮލަރާ އެކީގަ އެވެ. އަކްޝޭ ފާހަގަކުރެވިފައި ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގަ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނު 100 ސެލެބްރިޓީންގެ ލިސްޓްގައި އަކްޝޭ ހިމެނެނީ 52 ވަނައިގަ އެވެ.
އޭނާ އަށް ލިބޭ އާމްދަނީން ހިލޭ ސާބަހަށް ވެސް ގިނަ ހޭދަތަކެއް ކުރެ އެވެ.
Announcing: The #Celeb100 2020 https://t.co/NGF2KrRn06 pic.twitter.com/mpBKd8BuVu
— Forbes (@Forbes) June 4, 2020
އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ހޭދަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް ކެއާސް" އަށް ވެސް އަކްޝޭ ޖުމްލަ 28 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހަދިޔާކޮށްފައިވެ އެވެ.
ފޯބްސް އިން މި އަހަރު އާންމުކުރި ލިސްޓަށް ބަލާ އިރު، ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކީ ކުރިން ވެސް އެ މަގާމު ލިބިފައިވާ ޑްވޭން (ރޮކް) ޖޯންސަނެވެ. އޭނާގެ އާމްދަނީ އަކީ 89.4 މިލިއަން ޑޮލަރެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންނަށް ބަލާ އިރު ތިން ވަނައިގައި އޮތީ ރަޔަން ރެނޯލްޑްސް އެވެ. އެއީ 71.5 މިލިއަން ޑޮލަރާ އެކީގަ އެވެ.
ފޯބްސްގެ އާމްދަނީގެ ލިސްޓް ދައްކާ ގޮތުން ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޒުވާން އަންހެން ވިޔަފާވެރިޔާ ކައިލީ ޖެނާއަށެވެ. އޭނާގެ އާމްދަނީ އަކީ 590 މިލިއަން ޑޮލަރެވެ.
މި ލިސްޓްގައި ހަދަ 10 ގައި ދެން ހިމެނެނީ ކަންޔޭ ވެސްޓް (170 މިލިއަން ޑޮލަރު)، ޓެނިސް ތަރި ރޮޖާ ފެޑެރާ (106.3 މިލިއަން ޑޮލަރު)، ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (105 މިލިއަން ޑޮލަރު)، ފުޓްބޯޅަ ތަރި ލައިނަލް މެސީ (104 މިލިއަން ޑޮލަރު)، އެކްޓަރު ޓައިލާ ޕެރީ (97 މިލިއަން ޑޮލަރު)، ފުޓްބޯޅަ ތަރި ނޭމާ (95.5 މިލިއަން ޑޮލަރު)، ރޭޑިއޯ ހޯސްޓް ހަވަޑް ސްޓާން (90 މިލިއަން ޑޮލަރު) އަދި ބާސްކެޓް ތަރި ލެބްރޯން ޖޭމްސް (88.2 މިލިއަން ޑޮލަރު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
06 June 2020
އަކްޝޭ އާއި ކްރިޝްޓިޔާނާ ގަ މިހުންނަ އެއްގޮތް ހިނިތުންވުމަކީ އާދަޔާ ޚިލާފު އެހެންމީހުންނާމެދު ރަޙުމް ކުރާދެސިފައެވެ. ބަލާބެލުމަށް ވަރަށް ބޮޑަށް އަމިއްލަނަފްސް ގެ މަށްޗައް އިތުބާރު ކުރާސިފަ މިދެމީހުންގެ ހުރެއެވެ. މުއްސަނދިކަމުންވެސް އެއްވަނާގައެވެ. އިންސާނީ ނަސްލަށް އޯގާތެރިކޮށް ހިތުމަކީ އާޚިރަތުގެ ނަތީޖާވެސް ހެޔޮވެގެން ދާނެފަދަ ނަސީބެކެވެ.
އެންދެރި
06 June 2020
ރާއްޖޭގެ ލިސްޓެއް ރާއްޖެ އިން ހަދާލަ ބަލާށެވެ.
މަކާރިއޯސް
07 June 2020
ރާއްޖޭގެ ޚިޔާލީ ލިސްޓް:- ގަދަ 5 1. ކޮލި މޮހޮދޭ 2. ޗަންޕާ އަފީފު 3. ބުރުމާ ގާސިމް 4. ސަންޓްރެވަލް ސިޔާމް 5. ސިމްޑީ އިބްރާހިމް ދީދީ
ޢިބޫ
08 June 2020
ޖާބިރޯ