ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން/ އޭޝިއާ

ރާއްޖެ މެޗުތައް ހިމެނޭ ގޮތަށް އޮކްޓޫބަރުގައި ކޮލިފައިން ފަށަނީ

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް މިދިޔަ އަހަރު ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑް-19ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން ނިންމައިފި އެވެ.

އޭއެފްސީން މިއަަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މެޗުތައް އެ ތާރީހުގައި ބާއްވަން ނިންމާފައިވަނީ މެމްބަރު އެސޯސިއޭޝަންތަކާ އެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު އެވެ. އެގޮތުން މެޗުތައް އޮންނާނީ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ.

"އޭއެފްސީން ދާނީ ވަރަށް ރަނގަޅަށް ހާލަތު މޮނިޓާކުރަމުން. ސަލާމަތީ ހުރިހާ ކަމަކަށް ވިސްނާނަން. މީގެ ދަތުރު ފަތުރުގައި ހުރި ކަންތައްތަކާއި ގައުމުތަކުގެ ސަރުކާރުތަކުން ނިންމާ ނިންމުންތަކަށް ވެސް ބަލަން ޖެހޭ. ކޮވިޑް-19ގެ ސަބަބުން ބަދަލުވަމުންދާ ހާލަތުތައް ބަލާނަން،" އޭއެފްސީގެ އޮފިޝަލަކު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ގައުމީ ޓީމު ކޮލިފައިންގައި ދެން ކުޅޭ މެޗުގައި އޮކްޓޫބަރު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. މި މެޗަކީ ކުރިން މާޗް 26 ވަނަ ދުވަހު ކުޅެން ރޭވި މެޗެކެވެ. އޭރު ޗައިނާގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން އެ މެޗު ތައިލެންޑަށް ވެސް ބަދަލުކުރި އެވެ. އެހެން ނަަމަވެސް ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރޭތީ ހުރިހާ މެޗެއް މެދުކަނޑާލީ އެވެ.

ކޮލިފައިންގައި ރާއްޖެ ދެން އެންމެ އަވަހަށް މާލޭގައި ކުޅޭ މެޗު އޮތީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ސީރިއާއާ އެވެ. ކޮލިފައިންގެ މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު މަހު 17 ވަނަ ދުވަހު ރަށުންބޭރުގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސާ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ކޫޕްމަން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕުގެ ގަދަ ދެ ޓީމު ތެރޭގައި ހިމެނިގެން އޭޝިއަން ކަޕްގެ ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތެވެ. މި ގްރޫޕުގެ ކޮންމެ މަގާމެއްގައި ނިންމި ނަމަވެސް ރާއްޖެ އަށް އޭޝިއަން ކަޕްގެ ހުރިހާ ދޮރެއް ބަންދެއް ނުވާނެ އެވެ. އެކަމަކު މި ގްރޫޕްގެ ނިންމާ މަގާމެއްގެ ސަބަބުން ރާއްޖެ އަށް ކޮލިފައިންގައި ކުރިއަށް ދިއުމުގައި ފަސޭހަތަކެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިއްޖެނަމަ އޭޝިއަން ކަޕް ކޮލިފައިން ތިން ވަނަ ބުރުން ސީދާ ޖާގައެއް ލިބޭނެ އެވެ. ގްރޫޕުގެ ހަތަރެއްގައި ނިންމައިފިނަމަ އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ތެރޭގައި ހިމެނިގެން އޭޝިއަން ކަޕް ކޮލިފައިން ތިން ވަނަ ބުރުގެ ޖާގައެއް ލިބިދާނެ އެވެ. ގްރޫޕްގެ އެންމެ ފުލުގައި ނިންމައިފިނަމަ ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ކޮލިފައިންގެ މެދުތެރެއިން ރާއްޖޭން ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސިއިރު، އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

އާ ކޯޗިން ސްޓާފުންގެ ބެލުމުގެ ދަށުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ޕްރެކްޓިސްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ކޮވިޑް-19ގެ ހާލަތުން އަރައިގަނެ މިހާރު އޮތް ލޮކްޑައުން އަށް ދޭ ލުއިތަކަށް ބެލުމަށް ފަހު ނިއު ނޯމަލްގެ ތެރެއިން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށަން އަންނަނީ މަސައްކަތްކުރަމުންނެވެ.

2 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަައަހަންމާ

08 June 2020

ކާކުތަ ބަލަން އުޅެނީ..

The name is already taken The name is available. Register?

ސޫތްކުޅި

06 June 2020

އަހަރެމަނައް ހިޔޮނުކުލުނައްސް ، ބޭކާރުހަރަދު ތިޔަކުރަނީ މިހާލަތުގަ ވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454