ނަހުލާއާއި ފިރިކަލުން ގާސިމް މާމިގިއްޔަށް ކުރިން ކުރެއްވި ދަތުރެއްގައި މާމިގިލި އެއާޕޯޓްގައި. އެއާޕޯޓާއި އެއާލައިން އިންޓަނޭޝަނަލް ކުރަން ވަނީ ހުށަހަޅާފައި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
06 ޖޫން 2020 - 12:24
ކުރިން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމަށް ފަހު ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައިވާ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަަމަށް ވިދާޅުވެ، އެ އެކަން އެގޮތަށް ހަމަޖެހިދާނެކަމުގެ އިޝާރާތެއް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ކުރައްވައިފި އެވެ.
މާމިގިލި އެއާޕޯޓް ހިންގަނީ ނަހުލާގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕުންނެވެ. އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރޭގައި ބޭއްވި ބައްދަލުވުމުގައި ދަގެނތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރަމުުން އަންނަ ކަމަށެވެ. އެކަމަކު އެއީ މިނިސްޓްރީގެ ފަރާތުން ބަލަން ޖެހޭ ކަންތައްތައް ބެލުން ކަމެއް ނުވަތަ އެއާޕޯޓުން ކުރަން ޖެހޭ ކަންތައްތައް ކުރުން ކަމެއް އޭނާގެ ވާހަކަ އިން ސާފެއް ނުވެ އެވެ.
"މީގެ ކުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މާމިގިލީގެ އެެއާޕޯޓް ބޭނުންކުރެވިގެން އައިސްފައި ވަނީ. އެކަމަކު ފަހުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ގައި ބޭނުންކުރެވިގެން ދިއުމާ ގުޅިގެން، މިހާރު އަނެއްކާވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަންޏާ އަަޅުގަނޑުމެން ސިވިލް އޭވިއޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ފޮލޯ ކުރަން ޖެހޭ ކަންތައްތަކެއް ވުމާ އެކު އެ ކަންތައްތައް ފޮލޯކުރަމުންދާ ވާހަކަ އަޅުގަނޑު އިއްޒަތްތެރި މެމްބަރުގެ މައުލޫމާތަށް ޓަކައި ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.
މާމިގިލީ އެއާޕޯޓުގެ ވާހަކަ ނަހުލާ ދެއްކެވީ، ރީޖަަނަލްް އެއާޕޯޓްތައް އިންޓަނޭޝަނަލް ކުރުމާ މެދު ޖުމްލަކޮށް މިނިސްޓަރުގެ ވިސްނުން ހުރި ގޮތަކާއި ހާއްސަކޮށް، މާމިގިލި އެއާޕޯޓްގެ ކަންތައް އޮތް ހިސާބެއް އޮޅުން ފިލުއްވުމަށް ދަގެނތީ ދާއިރާގެ މެމްބަރު ނާޒިމްގެ ސުވާލު ކުރެއްވުމުންނެވެ.
އޭގެ ތެރެއިން ނަހުލާ ތަފްސީލުކޮށް ވިދާޅުވީ މާމިގިލި އެއާޕޯޓްގެ ސްޓޭޓަސް އެވެ. އެހެން ނަމަވެސް ޖަވާބު ނިންމަވައިލައްވަމުން ވިދާޅުވީ އިންޓަނޭޝަނަލް ކޮށް ހުޅުވައިލަން އެދިފައިވާ އެއާޕޯޓްތަކުގެ މަސައްކަަތް ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވައިލާ އިރު ފެށިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެ ކަންތައްތައް ފޮލޯކޮށް ނިމުމާ އެކު ﷲގެ އިރާދަފުޅުން ޓޫރިޒަމް މި ހުޅުވިގެން ދާއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިގޮތަަށް އެދިފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވައިލާ އިރު އިންޓަނޭޝަަލްކޮށް ހުޅުވަން އެދިފައި ވަނީ މާމިގިލި އެއާޕޯޓްގެ އިތުުރުން މާފަރު އެއާޕޯޓެވެ.
އެއާޕޯޓްތަކަށް ހުއްދަ ދިނުމާ ބެހޭ ތަފްސީލު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭަޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ވިލާ އެއާ އިން އެދިފައި ވަނީ މާމިގިލީ އެއާޕޯޓުގެ އިތުރުން ފްލައިމީ ވެސްް އިންޓަނޭޝަނަލް ކުރަން ކަމަށާއި ހުށަހަޅާފައިވާ ލިޔެކިއުންތައް ބަލަމުން އަންނަ ކަަމަށެވެ. މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ދަތުރުތަކަށް ހުޅުވައިލަން ސަރުކާރުގެ ޑިވެލޮޕްމެންޓް ޕްލޭނަކު ނެތް ކަމަށާއި އެހެންވީމާ އެކަމާ މެދު ގޮތެއް ނިންމުން ވާނީ ސަރުކާރުގެ ޕޮލިސީ ޑެސިޝަނަކަށް ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓްތައް އިންޓަނޭޝަނަލް ކުރުމަށް ގައިޑްލައިނެއް ވަނީ އެކުލަވާލާފައިފަ އެވެ. އެ ގައިޑްލައިނާ އެއްގޮތަށް ހުއްދަ ދޭނެ ތަންތަން ނިންމާނީ ގައިޑްލައިން އަށް އަމަލުކޮށްފައިވާ މިންވަރު ބެލުމަށް ފަހު ކަަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް-19 އާ ގުޅިގެން މި ހުޅުވާ ޕްރައިވެޓް ޖެޓް އަދި ޗާޓަރު ފްލައިޓްތައް ޖައްސަން ހުޅުވާ އެެއާޕޯޓްތަކުގެ ތެރޭގައި އަޅުގަނޑުމެން ތައްޔާރުކޮށްފައި އޮންނާނެ ގައިޑްލައިނެއް. އެ ގައިޑްލައިންގައި އެހެރަ ކްރައިޓީރިއާ ތަކަށް ފިޓްވާ އެއާޕޯޓްތަކަށް ހުއްދަ ދިނުމާ ނުދިނުން ނިންމާނަން އަޅުގަނޑުމެންގެ އެ ޗެކްލިސްޓަށް ބަލާފައި، އަޅުގަނޑުމެންނަށް ހުއްދަ ދެވެން ހުރި އެއާޕޯޓްތަކަކަށް ހުއްދަ ދޭ ގޮތަކަށް ޕޮލިސީ އޮތީ" ޒުހައިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒުހައިރު ވިދާޅުވީ ޓޫރިޒަމަށް ރާއްްޖެ އަލުން ހުޅުވައިލާ އިރު އުއްމީދުކުރާ ވަރަށް އެއާލައިންތައް ނައުން އެކަށީގެންވާ ކަމަށާއި ގިނައިން އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭތީ އިތުރު ދެތިން އެއާޕޯޓަކަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތެއް ހެދޭތޯ ބަލަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހަލީމު
07 June 2020
ޢަ މިއްލަ ބާލީހަށް ބަންޑާރަ ކަފަ ލައްވައިގެން އުޅެނީ ކާކުބާ މިހާރު؟؟؟ މުވައްޒަފުންނާ ދި މާލަށް އެހެންބުނަން ލަދެއްވެސް ނުގަންނަ ހަޔާތެއް ނެތް އަންހެނެއް މީ ހުވާ!!!!
ރަ ދީފް ހުސެން
06 June 2020
ޕްރައިވެޓް ޖެޓެއް ޖައްސަންވީމަ "ެ އިންޓަނޭސަނަލް އެއަރޕޯޓް" ގެ ބޯޑު. ެެެެެ ހެލިކޮޕްޓަރެއް މީހަކު ގަތީމަ ހެލިކޮޕްޓަރު ދުއްވަން ގަވައިދު ވާސްވެ ނިމުނީ. ެެެެ އުސޫލެއް ހަމަޔެއް ނެތް ބަޔަކު ވެރިކަމައް އާދެވުނީމަ ވަކިކަމެއް ނޫން ކޮންމެ ކަމެއްވެސް މިއުސޫލު
ރަދުން999
06 June 2020
ތަޔައީ ޖޯކެއްތަ. ޔާމީން ސަރުކާރުން މާމިގިލި އެއަރޕޯޓް އިންޓަނޭޝަނަލް ކޮށް އޮއްވައި ލަގާއެއްދޭން ބޭނުންވީމާ އިންޓަނޭޝަނަލް ނޫން ތަނެއްގެ ގޮތުގައި ހެދީ. މިހާރު ސަރުކާރުން ބޭނުންވީމާ އިންޓަނޭޝަނަލް ވަނީތިޔަ. އެގޮތަށް ކާޑެއްދޫ އެއަރޕޯޓްވެސް އެސަރުކާރުން އަތުލައިގަތީ ފަޔަރސޭފްޓީ ނެތީއޭ ކިޔައިގެން. އަތުލުމަށްފަހު ހަމަ އެދުވަހު އެތަނަށް އެއްވެސް ފަޔަރ ލޮރީއެއް ނުގެނަސް އަދި ފެން ހޮޅިއެއްވެސް ނާޅާ 12 ފުލައިޓް ޖެއްސި.
މޫސަ ގޯތި އާދަނު
06 June 2020
ވިޔަފާރި ކޯލިސަނެއް .
ކަންނާޑި
06 June 2020
އަނެއްކާވެސް ނަން ބޯޑު ބަދަލުވަނީ . އިންޓަނޭސަލް އެއަރޕޯޓު ތަކުގައި ކޮނޑުގައި ލަގެޖެއް ނު އުފުލާނެ
އަލާއުއްދީނުބެ
06 June 2020
ހިޔެއްނުވޭ އައިސާހާ ބުރަކޮށް މަސަކަތްކުރާމީހެއް މިއުޑުދަށުގާވެސް ހުންނާނެއެކޭ.
ޭއައިށާ
06 June 2020
އަ މިއްލަ ވިޔަފާރި ފުޅާކުރުންދޯ މި މަންޖެގެ ކަ މަކީ. އެހެންވެ ލާފަ ހުންނަ މީހެއްވިއްޔާ
ސީޒަން ޖެކްޝަން
06 June 2020
ގާސިމުމެން ބޯހުރެއޭ!
ހަކީމް
06 June 2020
މީ މާކުރިންވެސް އެނގޭ ކަމެއް. ވިޔަފާރި ޕާޓީ މިކަޔަނީ ކަމެއް ވެގެން.
ޢަލީ ބަނާތު
06 June 2020
ބަލަގަ ބޮޑުސޭޓު ދައްކަންހުރި ހުރުހައި ޓެކްސް ފައިސާ ދެއްކީބާ ؟ ގިނަމީހުނަށް މިބެލެނީ އަބަދުވެސް ކޮންމެވެސް ލާރިގަނޑެއް އަތްދަށު ކޮށްލައިގެން ޖީބުފުރާލެވޭތޯދޯ ! އަބަދަކު ދިވެހިންނަށް ފޮތިކާންދެވޭނެހެނެއް ހީޔެއްނުވޭ ހުރިހައިކަމަކަށްވެސް ނިމުންއަންނާނެކަން އަހަރެމެން އެންމެން ހަނދާން ބަހައްޓަން އެބަޖެހޭ ..
@ބަނާނ
06 June 2020
ބަނާތު ޢަލީ އެބުނީ ރަނގަޅަށް