ރިޕޯޓް / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ދެ ވަނަ ރާޅަކަށް ފުރުސަތު ނުދޭތި!

ކޮވިޑް-19 އަށް ޓެސްޓްކުރަން ސާމްޕަލް ނަގަން ރެޕިޑް ރެސްޕޮންސް ޓީމަކުން ހަރަކާތްތެރި ވަނީ. ލުއި ދިނަސް ފަރުވާތެރިވާން ޖެހޭނެ. ފޮޓޯ: އަހުމަދު އަވްޝަން / މިހާރު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މީހުން ކަންފަސޭހަކޮށްލައިފާނެކަމެވެ. ކޮވިޑް-19ގެ ދެވަނަ ރާޅު ބިންދާލައި، ކުރިން ކުރި މަސައްކަތް ފެނަށް ވެގެން ދަނީ އެ ކަންފަސޭހަކޮށްލުމުގެ ތެރެއިންނެވެ.

"ލޮކްޑައުން އަށް ލުއިދިނުމާ އެކު ބައެއް ގައުމުތަކުން ފެނިފައި ވަނީ ކޭސްތަކުގެ އަދަދުތައް މައްޗަށް ދާތަން. ޓެސްޓްކުރުން އިދާރާތަކުން ކުރިއަށް ގެންދާ އިރު އާބާދީތަކުން އެމީހުންގެ ނަފުސު ރައްކާތެރި ރަން ޖެހޭނެ،" މިދިޔަ ހުކުރު ދުވަހު ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގަރެޓް ހެރިސް ވިދާޅުވީ ލޮކްޑައުންތަކަށް ލުއިދީ، ބަލި ފެތުރުން ހުއްޓުވަން ކުރިން އަޅާފައި ހުރި ފިޔަވަޅުތައް މަދުކޮށްލުމާ އެކު އެއީ ހާލަތު ރަނގަޅުވެ، ކޮވިޑް-19ގެ ކަންކަން ނިމުން ކަމަށް މީހުން މާނަކުރާ ކަމަށެވެ.

ނަމަވެސް "މިކަމެއް ނުނިމޭ. ދުނިޔޭގެ އެއްވެސް ތަނެއްގައި ވައިރަސް ނެތް ހާލަތު ނާންނަނީސް މިކަމެއް ނުނިމޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަކީ ކޮވިޑް-19 ފެތުރޭތީ އެންމެ ދުރާލައި ފިޔަވަޅު އެޅި އެއް ގައުމެވެ. އެކަމުގެ ނަތީޖާއާ މެދު ބައެއް މީހުންނަށް ބަހުސް ކުރެވިދާނެ އެވެ. އެކަމަކު ފެންނަން އޮތް ހަގީގަތަކީ ހާލަތު މެނޭޖް އެބަ ކުރެވޭ ކަމެވެ. ބަލިމީހުން ގިނަވެ ހޮސްްޕިޓަލްތަކެއް އަދި ނުފުރެ އެވެ. ވެންޓިލޭޓަރަށް ލާން ޖެހުނު މީހުންގެ އަދަދު މަދެވެ. ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތް ބުރަވެގެން ގޮސް ބޮއްސުންލާ ހިސާބަކަށް ވެސް ނުދެ އެވެ.

މި ނަތީޖާތަކާ އެކު ހާލަތު މިވަނީ ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށައިފަ އެވެ. ފޭސްތަކަކަށް ބަހާލައިގެން ވީއްލުންތަކެއް އަންނަނީ ދެމުންނެވެ. ޑަބްލިއެޗްއޯއިން އެބުނާ ނާޒުކު ވަގުތަކީ މި އެވެ.

ހާލަތަށް އައީ ކޮން ބަދަލެއް؟

ކޮވިޑް-19 އަށް ޓެސްޓްކުރަން މީހެއްގެ ސާމްޕަލް ނަގަނީ. ޓެސްޓް ކުރާ އުސޫލު މިހާރު ވަނީ ބަދަލުކޮށްފައި.

ކޮވިޑް-19 ބާރަށް ފެތުރުމަށް ފަހު އާއްމު ދިރިއުޅުމަށް މަޑުމަޑުން އިއާދަވުމަށްޓަކައި ރާއްޖޭގައި ވެސް، މިހާރު މި ވަނީ ލުއިިތަކެއް ދޭން ފަށައިފަ އެވެ. ގެއިން ބޭރުގައި ކުރަން ޖެހޭ އެކި ކަންތައްތަކަށް އެއް ފަހަރާ ހުއްދަ ލިބޭނެ މީހުންގެ އަދަދު މާލޭގައި އިތުރުކުރުމަކީ އެއް ބަދަލެވެ. ކޭސްތައް ނެތް ރަށްތަކުގައި މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދުކުރަން ފެށުމާއި ކުޅިވަރު ކުޅެން ހުއްދަ ދިނުމަކީ ވެސް ލުޔެކެވެ.

މާލެ ލޮކްޑައުން ކުރުމުން ތާށިވި އެތައް ބަޔަކު ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ރަށްރަށަށް ދަތުރުކުރަން ފުރަތަމަ ހުއްދަ ދިނެވެ. އެ އިންތިޒާމް ވެސް މިހާރު އެއަށް ވުރެ ފަސޭހަކޮށްފި އެވެ. ކޮވިޑުން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ގެނައި ބަދަލާއި އެންޓިބޮޑީ ޓެސްޓް ހަދަން ފަށަން ނިންމުމާ އެކު ރަށްރަށުގައި ގޭގައި ކަރަންޓީނު ވުމުގެ ފުރުސަތު ވެސް ހުޅުވާލައިފި އެވެ.

ރަނގަޅުވި ކަމަށް ކުރިން ބަލާ މިންގަނޑަކީ ޕީސީއާރު ޓެސްޓުން، ޕޮޒިޓިވް ކަމަށް ދެއްކި މީހަކު ހަމަ އެ ޓެސްޓުން ނެގެޓިވް ކަމަށް ދެއްކުމެވެ. ދެވަނަ ފަހަރަށް ޓެސްޓް ކުރަނީ އަލާމާތެއް ނެތް ނަމަ 14 ދުވަސް ފަހުން އަދި އަލާމާތްތައް ހުރި ނަމަ އަލާމާތްތައް ފިލުމުންނެވެ. އެކަމަކު އާ އުސޫލުގައި ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަން އިތުރު ޓެސްޓެއް ހަދާކަށް ނުޖެހެ އެވެ.

ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ރޭ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބަލި ޖެހުނު މީހުން ދޫކުރަމުން އައީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ކަމަށާއި އެ ޓެސްޓުގެ ނަތީޖާ 3-4 ހަފުތާ ފަހުން ވެސް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށެވެ.

އެކަމަކު އެންމެ ފަހުގެ ދިރާސާތަކަށް ރިއާޔަތްކޮށް، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ބަލި ޖެހޭތާ 10 ދުވަސް ފަހުން، އެ މީހެއްގެ ގައިން އެހެން މީހަކަށް ކޮވިޑް-19 ނާރާނެ އެވެ.

އެންޓިބޮޑީ ޓެސްޓުގައި ބަލަނީ ކޮވިޑް-19 ޖެހިފައިވޭތޯ އާއި އެ ބަލި ޖެހިފައި ރަނގަޅުވެފައިވޭތޯ އެވެ. މިއީ ހަށިގަނޑަށް ވައިރަސް ވަންނަތާ ނުވަ ވަރަކަށް ދުވަސް ފަހުން އެނގޭ ކަމެކެވެ.

ބަލިން ރަނގަޅުވިކަމަށް ކަނޑައެޅުމާއި ޓެސްޓް ކުރުމުގެ އުސޫލަށް މި ގެނައި ބަދަލުގެ ސަބަބުން ލިބޭނެ ވަރަށް ބޮޑެތި ފައިދާތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ ސިއްހީ ނިޒާމަށް ބޮޑު ލުޔެއް ލިބުމެވެ.

މިހާތަނަށް ކުރަން ޖެހިފައި އޮތް ކަމަކީ ކޮވިޑް ޖެހިދާނެ ކަމަށް ބެލެވޭ މީހުން ޓެސްޓް ކުރަމުން ދިއުމާ އެކު، ކަރަންޓީނު މުއްދަތު ހަމަކުރާ މީހުންގެ ވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހުމެވެ. ރާއްޖޭގައި ކޮވިޑަށް ޕީސީއާރު ޓެސްޓް ހެދޭނެ ގާބިލްކަން މިވަގުތު ހުރީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯޓްރީ އަދި އޭޑީކޭގަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ކަރަންޓީނު މުއްދަތު ނިންމާ މީހުންނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީނުކުރާ މީހުން އަދި ރަށްރަށަށް ދާން ޓްރާންސިޓް ކަރަންޓީން ނިންމާ މީހުން ޕީސީއާރް ޓެސްޓް ހަދަން ޖެހުމުން، ޓެސްޓިން ކެޕޭސިޓީ އިންތިހާއަށް ދަށްވެ، އިސްކަންދޭ ތަރުތީބު ކަނޑައަޅަން ވެސް ދަތިވެ އެވެ.

އާ އުސޫލާ އެކު އެކަން މިވަނީ ބަދަލުވެފަ އެވެ. އެހެންވީމާ ސަވައިލެންސް ސާމްޕްލިން އަދި ރެންޑަމް ސާމްޕްލިން އިތުރުކޮށް، ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރުގެ ސާފު މަންޒަރެއް ހޯދައިލުމުގެ މަސައްކަތް ދެން ހަލުވިވާނެ އެވެ.

ފަސޭހަ ކޮށްލައިގެން ނުވާނެ

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ޕްރެސް ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ފަސޭހަކޮށްލައިގެން ނުވާނެ ކަމަށް.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު ދެމުން އަންނަ ލުއިތަކަކަކީ އާ އާއްމު ހާލަތަކަށް ދާން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. ނަމަވެސް މިއީ ވަމުންދާ ގޮތް ވަރަށް ގާތުން، ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުން ދާން ޖެހޭ ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ފުރަތަމަ ދެ ހަފްތާ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ލިބޭ ކޭސް ނަމްބާސްތަކާއި އެއްޗިހި ވެސް އަޅުގަނޑުމެން ބަލާނަން ކިހިނެއްތޯ ވަނީ. ދެން އިން ފޭސްއަކާ ހަމައަށް ދެވޭ ވަރަށްތޯ ހާލަތު ހުރީ ނުވަތަ އަޅުގަނޑުމެން އާ ވިސްނުމަކަށް ދާންވީތޯ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދާރާތަކުން މިހާތަނަށް ބަލަމުން އައި ވަރަށް ކަންކަން ބެލުމުގެ ފުރުސަތު މިހާރު މިދޭ ލުއިތަކާ އެކު ކުޑަވެގެން ދާ އިރު މީހުން އަމިއްލައަށް ސަމާލުވާން ޖެހޭ މިންވަރު ބޮޑުވާނެ އެވެ. އެކަމަކު އޭގެ މާނައަކީ އުސޫލުތަކާ ހިލާފުވާ މީހުންގެ ކަންކަމަށް އަޅާނުލައި ދޫކޮށްލުން ނޫން ކަމަށް ވިދާޅުވި އެވެ. މިސާލަކަށް އޭނާ ނެންގެވީ ހޯމް ކަރަންޓީނުގައި ބައިތިއްބާ އިރު ހުރިހާ ވަގުތެއްގައި އެމީހުން އުޅޭ ގޮތް ބަލާނެ މީހަކު މި ހާލަތުގައި ނުހުންނާނެ ކަމެވެ.

"ފަރުދީ ޒިންމާ އެންމެ ބޮޑަށް [އަދާ]ކުރަން ޖެހޭ ވަގުތަކީ މިއީ،" އެކަމަށް އިޝާރަތްކުރައްވާ އޭނާ ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނަމަވެސް ގެތަކުގައި ބަންދުވެގެން ތިބެން ޖެހުމަކީ ބުރައެކެވެ. އޭގެ ސަބަބުން ބައެއް މީހުން ދިރިއުޅުމަށް ކުރަމުން އައި މަސަައްކަތް މުޅިން ހުއްޓި ބަނގުރޫޓްވާ ހިސާބަށް ވަނީ ގޮސްފަ އެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ލިބިފައިވާ ލުއި ދަމަހައްޓައި، އިތުރު ލުއިތައް ހޯދަން އެންމެން ވެސް ފަރުވާތެރިވާންވީ އެހެންވެ އެވެ.

"މިހާރު އަޅުގަނޑުމެން މިކަމުގައި މިހާ ދުވަހު މި ދަތީގައި އުޅެފިން. އެހެންވީމާ ކުރިއަށް އޮތް ތާނގައި ވެސް ވީހާވެސް އަވަހަކަށް މިކަމުން މިންޖުވާން އަޅުގަނޑުމެން އެންމެން ވެސްް ބޭނުންވޭ. އެހެންވީމާ މިހާރު އަޅުގަނޑުމެން އެންމެން ވެސް އެބަ ޖެހޭ ވިސްނައިގެން، [ކުރަން ޖެހޭ ކަމެއް] އަޅުގަނޑުމެން މިދޭ އިރުޝާދުތަކުގެ މަތިން އަޅުގަނޑުމެން ގޭގައި މަޑުކުރަން ބުނާ މީހަކު ހަމަ ރީއްޗަށް ގޭގައި މަޑުކޮށްލައިގެން [ހުންނަން]،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެގޮތަށް އިރުޝާދަށް ތަބާވުމަކީ މިކަމުން ނުކުމެ ގަތުމުގެ މަގުތައް ފުޅާވެގެން ދާނެ ކަމެކެވެ.

ޑަބްލިއު އެޗްއޯއިން ވެސް ދީފައި އޮތީ ހަމަ މި އިރުޝާދެވެ. ކަންތައްްތައް ފަސޭހަކޮށްލައިގެން "މިހާރު ދެން އޯކޭއޭ" ހީކޮށްގެން ނޫޅުމުގެ އިރުޝާދެވެ. މީހުންގެ މެދުގައި ދުރުމިން ބެހެއްޓުމާއި މީހުންގެ ތެރެއަށް ނުކުންނަ އިރު މާސްކް އަޅައި ނިވާކުރުމާއި ގިނަގިނައިން އަތް ދޮވުން ފަަދަ އާދަތަކަށް ބަަދަލު ނުގެނައުމުގެ އިރުޝާދެވެ. "އާ އާއްމު ހާލަތެކޭ" ކިޔަނީ މިހެންވެ އެވެ.

37 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 12%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާ ޒިން

07 June 2020

ދެވަނަ ރާޅަށްވެސް ފުރުސަތު ދެނީ ސަރުކާރު. ކީއްވެތޯ މީހުން މަގުމައްޗަށް ނުކުތުމަށް ފުރުސަތު ދިނީ. މިހާރު ބިރުވެރިކަން މާ ބޮޑުވެއްޖެ. މީހުން އުޅޭނެ ގޮތަކަށް އުޅެން ފަށާފި. ޑަބްލިއު.އެޗް.އޯ ބުނާހާ ގޮތެއް ހަދަން ހަދާން މިގައުމު ހަލާކުވެެއްޖެ.

The name is already taken The name is available. Register?

ސޭޓް

07 June 2020

ދެވަނަ ރާޅު ކީއްކުރަން ތިންވަނަ ރާޚުވެސް ނަގާނެ ގައު މުގަ އަ މިއްލަ އެދުން ބޮޑީއާ ، މިހާލަތައް ވެސް ދާންޖެހުނީ ތި މާމ މެންގެ އާއިލާ ބޭފުޅުން ނާއި ބޭބޭފެޅުން ގައު މުން ބޭރުގަ ތިއްބަ ގެނުވީ މަ

The name is already taken The name is available. Register?

ހަސަދު

07 June 2020

ޜާޅު އަޔަސް ނަޔަސް އުޅެވޭނީ ކައިބައި އުޅެވިގެން. ގިނަމީހުންނަކީ އަމިއްލަ މަސައްކަތް ކޮށްގެން އުޅޭމީހުން. ރާޅު އަތުވެދާނީ ލޮކުގައި އެންމެން ބައިތިއްބައިގެން މަރުވާނީ ކޮވިޑަކު ނޫން ބަޑަށް. ދަރިން ބޮޑުވާނީ ނުކިޔަވާ. އެއްޖީލް ހަލާކުވަނީ. ވަރަށް އާދޭހާ އެކު މިގައުމުގައި މިހާރު ތިބި ރައީސުންނަށް (3 އެބަތިބި، މަޖުލިސް ރައީސް، ހެލްތު މިނިސްޓަރު ދެން އަސްލު ރައީސް) ބަލި ޖެހުން ދުރުވާނެ މޮޑެލް އެއް ހޯއްދަވާ ގައުމު ހުޅުވާ ދެއްވާށޭ.

The name is already taken The name is available. Register?

900 ޑިގުރީ

07 June 2020

މިގައު މުވެސް މިސްރާބު ހުރީ ތިޔަދި މާލަށް އަންނި ބޭނުންވަނީ އެދި މާއަށް 2 ވަނަ ރާޅަށް ފުރުސަތުދޭން ޕްލޭނިން މިނިސްޓަރގެ އަ މާރުވެސް ހުރީ ޕާޓީގެ ބޮޑު މީހާ ބުނާގޮތް ހަދަން

The name is already taken The name is available. Register?

މަރިޔާނާ

07 June 2020

އަންނަނީ އަންނަނީ. ދެވަނަ ރާޅު އަންނަނީ. ރާއްޖޭގެ ބޮޑު ސްޓޭޖަށް ދެވަނަ ރާޅު އަންނަނީ.

The name is already taken The name is available. Register?

ބޮޑުމީހާ

07 June 2020

ވެކްސިނެއް އައުމުގެ ކުރިން މިކަމުން ސަލާމަތެއް ނެތް. ދެވަނަ ރާޅެެއް ނައިސް ނުދާނެ! މިހާރުވެސް ބައެއް ގައުމުތަކުގައި ދެވަނަ ރާޅު ނަގަން ފަށައިފި

The name is already taken The name is available. Register?

ސދފޅޯޑ

07 June 2020

ވެކްސިިން ލިބެންދެން ދިވެހި ރައްޔަތުންނަށް އާމްދަނީ ދޭންވީނުން ކަލޭ ޖީބުން ނަގާފަ

The name is already taken The name is available. Register?

ރަދީފްް

07 June 2020

ކާރުތަކުގައި ފާހާނާ ތަށި ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ!! ގެދޮރުނެތި ޑުރައިވްރުން މަގުމަތިވަނީ! ސަރުކާރުގެ އަޅާލުނެއްނެތް

The name is already taken The name is available. Register?

ނެކްސްޓް

07 June 2020

ބޯޑަރު ހުޅުވާލުން އެއީވކުރެވޭނެ އެންމެ ވިޔާނުދާ ކަންތައް. ޢެކަންނުކޮށް ޤައުމުގެ އެހެން ކަންކަން ހުޅުވާލަންވީ. ވިޔަފާރީ ތަކާއި ވަޒީފާޔަކަށް މީހުން ނެރެންވީ. ބޯޑަރު ހުޅުވައިގެން އަނެއްކާ ގޭބަނދުގައި ރައްޔިތުން ހަނާވަނީ

The name is already taken The name is available. Register?

އަލީގ

07 June 2020

ތިބުނާހެން ބޯޑަރު ހުޅުވާލުމުން ވައިރަސް ގައުމައް އެތެރެވުމައް އިތުރު މަގެއް ހުޅުވުނީ އެހެންވެ އެކަން ވަރައް ރަގަޅައް މެނޭޖްކުރަންޖެހޭ. އެކަމަކު އެކަމާނުލާ ދެން ކޮން ވިޔަފާރިތަކަކާ ވަޒީފާތަކެއް މިގައުމުގަ އޮތީ. ސީދާ ގޮތުންނާ ނުސީދާގޮތުން ގައުމުގަ އޮތް ވިޔަފާރިއަކާ އާމްދަނީއެއްއޮތީ ޓުއަރިޒަމްއާގުޅިފަ. ނޭންގުނަސް ޓެކްސީ ކުރާމީހާއައްވެސް 30ހާސް 40ހާސް މަހަކު ލިބެނީ މިގައުމުގަ ޓުއަރިޒަމްވެސް ކުރިއަރާފަ އޮތްވަރުން. އެހެންމަސައްކަތްތައްވެސް ހަމައެހެން.

The name is already taken The name is available. Register?

ނެކްސްޓް

07 June 2020

ދެން އެހެން ގޮތެއް ހަމަ ނެތީ؟ އެބަޖެހޭދޯ ޓޫރިޒަމް ނޫން ގޮތެއްވެސް ހޯދަން. ސިޔާސީމީހުންނާ ހެދި ގައުމު މިއޮތީ ހަލާކުވެފަ

The name is already taken The name is available. Register?

ވިޝަން

07 June 2020

ޑަބްލިއުއެޗްއޯ އަށް އެހީދިނުން އެމެރިކާއިން ހުއްޓާލީ ހަމަ ހުއްޓާލަންވެގެން ޑަބްލިއުއެޗްއޯ އިން ބުނާ އެއްޗެއްބުނާނީ ހަމައެކަނި ސިއްހަތާއި ބޭހޭގޮތުން އެކަމު ސިއްހަތެއްވެސް ނޯންނާނެ އިގްތިޞާދެއް ނެތިއްޔާ ސިއްހަތު ސަލާމަތްކުރަން ގަންނަންޖެހޭ ތަކެތި އެހާމެގިނަވެފައި އެހާމެ އަގުބޮޑު ދެން އަމުދުން ދިވެހިރާއްޖެ ކަހަލަ ގައުމުތަކުން ޑަބްލިއުއެޗްއޯ އިން ބުނާހާ އެއްޗަކަށް އަމަލުކޮށްކޮށް ނުތިބެވޭނެ. އަވަހަށް އިގްތިޞާދީ އިންޖީނު ސްޓާޓް ކުރޭ!

The name is already taken The name is available. Register?

އަލީގ

07 June 2020

މަށައް ހީވާގޮތުން މިދިޔަ ދުވަސްތަކުގަ އެނގުނު އެންމެ މުހިންމުކަމަކީ ރާއްޖޭގަ މިބަލި ކުރިން ހީކުރިހާ ނުރައްކާ ނުވުން. އެންމެ ފުރަތަމަ ބަލަންޖެހޭނީ އެންމެ ގޯސްގޮތައް އެކަމަކު އެހާކަންތައްތައް ގޯސްނޫންނަމަ ލުއިތަކެއް ދެވިދާނެ އަދި ދޭންވެސް ޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454