ފައިސާގެ ވެރި ފަރާތް އަލީ އަބްދުއް ސައްތާރު (ކ.2)، އެ ފައިސާ ހޮވި ހުސެއިން ކޮމާލް އަށް ފައިސާގެ އިނާމެއް ހަވާލުކުރަނީ -- ފޮޓޯ: ފުލުހުން
11 ޖޫން 2020 - 14:41
އައްޑޫ ހިތަދޫގެ މަގަކުން 100،000ރ. ހޮވި ބިދޭސީ މީހާގެ އަގުވަޒަންކޮށް، ފައިސާގެ އިނާމެއް އިއްޔެ ދީފި އެވެ.
ސިޓީއުރައެއްގައި އޮތް 100،000ރ. ހޮވީ ބަންގްލަދޭޝް މީހެއް ކަމަށްވާ އެމް.ޑީ ކަމާލް ހޮސައިން މިދިޔަ ހުކުރު ދުވަހެވެ. އެ ފައިސާތައް އޭނާ ފުލުހުންނާ ހަވާލުކުރުމުން މިދިޔަ ހޮނިހިރު ދުވަހު އެ ފައިސާގެ ވެރި ފަރާތް ހޯދައި ހަވާލުކޮށްފައި ވެ އެވެ. ފައިސާގެ ވެރި ފަރާތް އަލީ އަބްދުއްސައްތާރު ވަނީ ކަމާލް ހޮސެއިން އަށް ޝުކުރު އަދާކޮށްފަ އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުން ވަނީ ކަމާލް ހޮސެއިންގެ އިހުލާސްތެރިކަމާއި ތެދުވެރިކަން އަގު ވަޒަން ކުރުމަށްޓަކައި ހަނދާނީ ލިޔުމަކާއި ހަދިޔާއެއް ދީފަ އެވެ. އޭނާ އަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސައުތު ޕޮލޮސް ޑިވިޝަންގެ ކޮމާންޑަރު އަމީން އަބްދުލް ގައްޔޫމެވެ.
އެ ފައިސާގެ ވެރި ފަރާތް އަލީ ވަނީ ކަމާލް ހޮސެއިން އަށް ފައިސާގެ އިނާމެއް ވެސް ދީފަ އެވެ. އަދި އޭނާ ހިންގާ ހޮޓަލުން އެއް މަސްދުވަހުގެ ކެއުން ހިލޭ ލިބޭނެ ގޮތް ވެސް ހަމަޖަައްސަދީފައި ވެ އެވެ. އެއްވެސް ދުވަހަކުން ކަމާލް ވަޒީފާއެއް ނެތިއްޖެ ނަމަ، ކަމާލް އަށް ވަޒީފާއެއް ދޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަ
12 June 2020
މިކަހަލަ ތެދުވެރިން މަދުވާނެއް ﷲ ދެފާރާތަވެސް ރަހްމަތް ލަވާށިއެވެ އަދި މިކަމަފާޑުކިޔާމީހުންނަ ހެޔޮވިސްނުންދެވާށިއެވެ
ހުސެން
12 June 2020
ދިވެއްސަކުވިޔަސް 100،000ރ މަގުމަތިން ފެނުމުން ނުވަތަ ހޮވައިގެން ގޮސް ޕޮލިހާ ހަވާލުކުރާނެކަމަށް ގަބޫލެއްނުކުރަން، އަދި އަމުދުން ބަންގާޅީއަކު ތިޔަފަދަ ކަމެއް ކޮށްފިޔޭ ބުނީމާ ކިހިނެއްތޯ ގަބޫލުކުރެވޭނީ، މިކަން ކުރި ބަންގާޅީއާ އިންޓަވިއުއެއްކޮށް މިކަން ވެގެން އުޅޭގޮތެއް އޭނަގެ އަނގައިން އަޑުއެހުމަށްފަހު ނޫހުގައި ގެނެސްދިނުން އެދެން، ތިޔައީ މިޒަމާނުގައި ވެދާނެކަމަށް ބުއްދިގަބޫލުކުރާ ކަންކަމެއްނޫން،
ސަންޕާޅޯ
11 June 2020
ފަރަށް އަރަނިކޮށް ގެމަނަފުށީ މަސްވެރިން ވަނީ ވަރަށް މަދު ވަގުތު ކޮޅެއްގައި އެތައް މިލިޔަން ރުފިޔާގެ ނާލު ބޯޓެއް ސަލާމަތް ކޮށްފައި. އެކަން ފާހަގަކުރަން ޖެހޭ ކަމަށް ދެކެން.
ބާބާ
11 June 2020
ބަންގާޅީންގެ ތެރެއިން ތިފަދަ މީހަކު ފެންނާނީ ހާލަކުން ފަހަރަކުއެވެ. ބަރަކާތް ހުއްޓެވެ.
މުހަންމާ
12 June 2020
ބަންގާޅީ ކިޔަންޏާ ނަޒްލާ ރުޅިއައިސްފާނެ.
މުދިމު ކަތީބު
11 June 2020
ތެދުވެރިކަމުގެ އަގު ވަޒަން ކުރުމަކީ އިންސާނިއްޔަ ރީތި ސިފައެއް
ށ.އަތޮޅު މީހާ
11 June 2020
ތީހަމަ ރަންގަނޑެއް!
ދޮނަމޫސަ
11 June 2020
ތިޔަކުރި ވައުދުތަކުގައި ހިފަހައްޓައިފިނަމަ ތިޔަމީހަކީ ހަމަ ހެޔޮމީހެއް .. ހެޔޮޖަޒާ ދެއްވާށިއެވެ. އާމީން..
ޑީސީ
11 June 2020
ތީ އެމީހުންނާ ޕޮލިހުން ގުޅިގެން ކުޅުނު ގޭމެއް
ގެދާނޯމޮސް
11 June 2020
ހަމަހޭގައި ބަހައްޓައިގެ ތި އެރުވިފިލާ ފިޔަވާ އެފަދަ މީހަކަށް ދިންހަދިޔާ އަކުން އޭނައަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެއްމަސް ދުވަހުގެ ކެއުމަކީ 1500 ރ ވަރެވެ. މީ ނާގެ ދަހިކަން ބޭޒާރުވުން ފިޔަވާ މީނައަށް ލިބުނު އެއްވެސް ޝަރަފެއްނެތެވެ.
ދނސނ
11 June 2020
ތިމާތަ ހުރިހާ ކަމެއް ނިންމަނީ؟؟؟ މަމޮޅޭ ހެދިގެން ނޫޅެބަލަ
ނުއައި މު
11 June 2020
ހެޔޮކަ މުގެ ބަދަލުގައި ހެޔޮކަ މެއް.. ދިވެއްސެއްގެ ބަދަލުގައި ބަނގުލަދޭޝް މީހަކައް ފެނުނުކަން ވަރައް ރަނގަޅު.
އަހައްމާ
11 June 2020
ދިވެއްސަކަސް ބަންގްލަދޭޝް މީހަކަސް ޔޫރަޕް މީހަކަސް ތެދުވެރި މީހުން ތެދުވެރި ވާނީ.