ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕީޕީއީ ހަދިޔާކުރަނީ.
14 ޖޫން 2020 - 14:55
ރާއްޖޭގެ ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕާސަނަލް ޕްރޮޓެކްޝަން އިކްޕްމަންޓް (ޕީޕީއީ) މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ފަންނާނުންގެ ނަމުގައި ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 1،000 ސާޖިކަލް މާސްކާއި 1،000 އަންގީގެ އިތުރުން 100 ސެނިޓައިޒާ ފުޅި އެވެ. މި ތަކެއްޗާ ފުލުހުންގެ އިސް ފަރާތްތަކުން ހަވާލުވެވަޑައިގެންނެވި އިރު ތަކެތި ހަވާލުކުރީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދާއި ފެޝަން ޑިޒައިނަރު/އެކްޓަރު ޖާދުﷲ އިސްމާއީލްގެ އިތުރުން މަޝްހޫރު ކެމެރާމަން އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ރައީސް އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.
#Thankyou @Maldives_Film for donating 1000 surgical masks, 1000 gloves, 100 sanitizer bottles to our officers. We are delighted with this humble act of courtesy towards our officers from our entertainment industry. Thank you so much! #Staysafe #Covid19Maldives pic.twitter.com/7jY2b2X5oE
— Maldives Police (@PoliceMv) June 14, 2020
މާސްކޭ ބުނީ ފުލުހުންނަށް ހަދިޔާކުރި ތަކެއްޗަކީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފަންނާނުންގެ ފަރާތުން ހަދިޔާކުރި ތަކެތި ކަމަށެވެ.
ފުލުހުން ކުރި ޓްވީތެއްގައި ވަނީ ފަންނާނުންގެ ފަރާތުން ލިބުނު އެހީ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ރާއްޖޭގެ މުނިފޫހިފިލިވުމުގެ ދާއިރާގެ ފަންނާނުންނަކީ އަބަދު ވެސް ރާއްޖެ އަށް ކުރިމަތިވާ އެކި ކަހަލަ ބޮޑެތި ކަންކަމާ ގުޅިގެން ހިންގާ ހަރަކާތްތަކުގައި މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެގޮތުން ޓެލެތޯންތަކާއި ފަންޑްރައިޒްކުރަން ހިންގާ އެކި ކަހަލަ ހަރަކާތްތަކުގައި ފިލްމީ ފަންނާނުން އަބަދު ވެސް ބައިވެރިވެ އެވެ.
އެގިފައިވާ ގޮތުގައި ފުލުހުންގެ އިތުރުން ސިފައިންނަށް ވެސް ފިލްމީ ފަންނާނުންގެ ފަރާތުން ޕީޕީއީ ހަދިޔާކުރަން ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިކެ
15 June 2020
ނިޢުމާއަކީ ފިސާރި ކަނބަލެއް
ޝާދިޔާ
15 June 2020
ފަންނާނުންނަަކީވެސް ގައުމީ ތަރައްގީގައި މުހިންމު ބައެއް
ފޭންނަ
15 June 2020
ސަރުކާރުން މާބޮޑު އެހީތެރިކަމެއް ނުދޭ ފިލްމީ ތަރިން މިވަރު ކޮށްލަދިން އިރު ސަރުކާރުން މިލިޔަނުން ހަރަދުކުރާ ދާއިރާތައް ކޮބައިބާ؟ ލަދު ކޮބާ؟
ވަރުވާ1
14 June 2020
ފަންނާނުންވީމަ އެހީއާ ސީދާ ހަވާލުވަނީ ސީޕީ. އެހެން އެހީތަކާ ހަވާލުވަނީ އާދައިގެ އޮފިސަރުން. ފަންނާނުންވީމަ އެހީ ހަގުނަ ބޮޑުވަނީތަ؟ ތީ އެހީވި އެހެންމީހުންނަށް ކުރި މަލާމާތެއް.
ކަސަބު
14 June 2020
ޝުކުރިޔާ
ދީފް
14 June 2020
އެކަމު ބުނާނެ ފަންނާނުންގެ އާމުދަނީވެސް ދައްވެގެން އެބުނާ ފޯމެއްފުރިވާހަކަ
ނިރު
14 June 2020
ސާބަހޭ ނިޔުމާ ތިކުރާހިތްވަރަށް