ލައިފްސްޓައިލް

ކަރަންޓީނުގައި ދަސްކުރީ ކަރުދާސް ހެދުން ތައްޔާރުކުރަން

ކަރުދާހުން ތައްޔާރުކުރި ހެދުމެއްގައި.

ކަރަންޓީނުގެ ތެރޭގައި ދަސްވި އާ ކަމަކީ ކޮބައިތޯ އަހައިފި ނަމަ މި އަންހެން މީހާ އަށް ދެވޭނެ ވަރަށް ފުރިހަމަ ޖަވާބެއް އެބައޮތެވެ. އޭނާ ދަސްކުރީ ކަރުދާހުން ހެދުން ތައްޔާރުކުރާށެވެ.

އޮސްޓްރޭލިއާ މީހެއް ކަމަށްވާ އޭޝްލީ ޕީރީ އަށް ވެސް ކަރަންޓީނުގައި އޭނާގެ ރަސްމީ މަސައްކަތްތަކާ ދުރުވާން ޖެހި، އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހުނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި، އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ކްރޫޒް ޝިޕްގެ ދަރުތުތައް ހުއްޓި، ދެކުނު އެމެރިކާގައި ކަރަންޓީނުވެގެން ގާތްގަނޑަށް ދެ މަސް ދުވަހު އޮންނަން ޖެހުނެވެ. އޭޝްލީ އަކީ "އެމްއެސް ޒާންޑަމް ކްރޫޒްޝިޕް" ގައި ނެށުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ.

އެކަމަކު ލޮކްޑައުނާ އެކު ދަތުރުތައް ހުއްޓި، ކްރޫޒްގައި ކަނޑުމަތީގައި 60 ދުވަސް ހޭދަކުރުމަށް އެނބުރި ގައުމަށް ގޮސް އަނެއްކާ ވެސް ޖެހުނީ އާއިލާ ކައިރި އަށް ދިއުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީނެއް ފުރުހަމަކުރާށެވެ. ކޮޓަރި ތެރޭގައި ކަމެއް ނެތި ފޫހިވެފައި އިންނަން ޖެހުމުން އޭނާ އަށް އައި ހިޔާލަކީ ކަރުދާހުން ހެދުން އުފެއްދުމެވެ.

ކަރުދާހުން ތައްޔާރުކުރި ހެދުމެއްގައި.

އެ ކަރުދާހަކީ ކާ ތަކެތި ޕެކްކޮށްގެން ގެންނަ ކަރުދާސް އުރަ އެވެ. އެ ތަކެތި ޖަމާކޮށް ބަހައްޓާފައި އޭޝްލީ ފެށީ "ފެޝަން ޑިޒައިނިން" ގެ މަސައްކަތެވެ. ކަރުދާހުން އޭނާ ތަފާތު ގޮތްގޮތަށް ހެދުން ފަރުމާކޮށް، ހެދުން ތައްޔާރުކޮށް އެ އެއްޗެހި ލައިގެން ފޮޓޯ އާއި ވީޑިއޯ ވެސް ނަގައި އާންމުކޮށްފައިވެ އެވެ. ދުރުން ފެންނަ އިރަކު އޭޝްލީގެ އެ ހެދުންތަކަކީ ކަރުދާހުން ތައްޔާރުކޮށްފައިވާ އެއްޗެހިކަން ހީވެސް ނުވާ ވަރަށް އޭނާގެ އުފެއްދުންތެރިކަން ދައްކުވައި ދީފައިވެ އެވެ.

އޭޝްލީ ކިޔައިދިން ގޮތުގައި އަބަދު ވެސް ކްރިއޭޓިވިޓީއަކީ ހުންނަ ކަމެކެވެ. އެހެންވެ ކަރުދާހުން ހެދުން ފަރުމާކުރަން ފެށުނީ އެ ފަދަ ހިޔާލުތަކެއްގެ ތެރެއިން ކަމަށް ބުންޏެެވެ.

"ކިޔެވި އިރު އާޓަކީ ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެވުނު ކަމެއް. އެހެންވެ އަބަދު ވެސް ސިކުނޑީގައި އެނބުރެނެ ކްރިއޭޓިވް ކޮންމެވެސް ހިޔާލެއް،" ސީއެންއެން އަށް ދިން އިންޓަވިއުއްގައި އޭޝްލީ ބުންޏެވެ. "އަދި އުޅޭ ދާއިރާގެ ގޮތުން ވެސް ކޮސްޓިއުމް ޑިޒައިނަކީ އެހާ ބީރައްޓެހި ކަމެއް ވެސް ނޫން."

ކަރުދާހުން ތައްޔާރުކުރި ހެދުމެއްގައި.

އޭނާ ބުނީ ކަރުދާހުން ހެދުން ތައްޔާރުކުރަން ފެށި މަސައްކަތަށް ވަރަށް ބޮޑަށް ހިތް ޖެހުނެވެ. އަދި ހީކުރި ވަރަށް ވުރެ މާ ރނަގަޅަށް ވެސް މަސައްކަތްކުރެވުނު ކަމަށް ބުންޏެވެ.

"ބޭނުންވީ ބަލައިލަން ވެސް ރީތި އަދި ލައިގެން ހުންނަ އިރު ފޮތިން ފަހާފައި އޮންނަ ހެދުމެއް ލައިގެން ހުންނަހެން ދައްކުވައިދޭ ގޮތަށް ހެދުންތައް ތައްޔާރުކުރަން،" އޭޝްލީ ބުންޏެވެ.

އޭނާ ތައްޔާރުކުރި ހެދުންތަކުގެ ތެރޭގައި ހޮލީވުޑްގެ ފިލްމު "ވޮންޑަ ވުމަން" ގައި ބަތަލާ ގަލް ގެޑޯ ބޭނުންކުރާ ކޮސްޓިއުމާ ވައްތަރު ފަރުމާއަކާއި ޓެނިސް ކުޅޭ އިރު ލާ ކަހަލަ ކުރު ޓޮޕަކާއި ސްކާޓެއް ވެސް ހިމެނެ އެވެ. އަދި މީގެ ތެރޭގައި ކަރުދާހުން ތައްޔާރުކުރި ތޮއްޕާއި ރެކެޓް ވެސް ހިމެނެ އެވެ.

އޭޝްލީ ވަނީ ކަރުދާނުން ތައްޔާރުކުރި ހެދުންތަކަށް އަމިއްލަ އަށް ވެސް ނަން ވެސް ދީފަ އެވެ. އޭގެ ތެރޭގައި ޓެނިސް ކުޅިވަރު ރަމްޒުކޮށްދޭ ހެދުމަށް ކިޔާފައި ވަނީ ޓެނިސް ތަރި މާރިއާ ޝަރަޕޯ އަށް ނިސްބަތްކޮށް "މާރިއާ ޕެޕަ-ޕޯވާ" އެވެ. މީގެ ތެރޭގައި ދެން ހިމެނީ "ކްއީން ކޮރަންޓީނާ" އާއި "އޮރިގާމީ ޑީވާ" ގެ އިތުރުން "ބެގެ-ރީނާ" އެވެ.

މި އުފެއްދުންތެރި މަސައްކަތާ އެކު އޭޝްލީ އޭނާގެ ކަރަންޓީނު މިހާރު ސިފަކުރަނީ، އުފާވެރި، އުފެއްދުންތެރި، ވަގުތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނު ހިތްހަމަޖޭ ދުވަސްތަކެއްގެ ގޮތުގަ އެވެ.

"މިއީ އަސްލު ކަނޑުމަތީގައި ދެ މަހެއްހާ ދުވަހު ތާށިވުމަށް ފަހު، އަނެއްކާ ހޮޓަލެއްގެ ކޮޓަރީގައި ކަރަންޓީނުވާން ޖެހުމުން ނަފުސާނީ ގޮތުން ވެސް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެވުނު ކަމެއް." އޭޝްލީ ބުންޏެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454