ތަކުރު ވޯސް ގޭމް: މިއީ ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔާ މޯބައިލް ގޭމް.
17 ޖޫން 2020 - 20:41
ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕާއެއް ކަމަށްވާ "އާސިލްސް" އާ ގުޅިގެން ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔާ ނުވަތަ އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މޯބައިލް ގޭމެއް ތައާރަފު ކޮށްފި އެވެ.
"ތަކުރު ވޯސް" ގެ ނަމުގައި ތައާރަފްކުރި މި ގޭމަކީ ދިވެހި ރާއްޖޭގެ އާދަކާދަ އާއި ތާރީހާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓާތަކާއި މާހައުލުތަކެވެ. މި ގޭމްގައި މައިގަނޑު ފަސް ދިވެހި ކެރެކްޓަރާސް އުޅޭނެ އެވެ. އަދި ބޭނުން ގޮތަކަށް މި ކެރެކްޓާތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެ އެވެ. އަދި މި ކެރެކްޓާތަކުގައިވާ "ސުޕާ ޕަވާސް" އަދި ހާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ގޭމާސްއާ ވާދަކޮށް ލީޑަބޯޑްގެ އެންމެ ކުރިއަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ގޭމް މިހާރު ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.
ދިރާގުގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ.
"އެގޮތުން، އަޅުގަނޑުމެން އުންމީދު ކުރަނީ އިޖުތިމާއީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލާ، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މި ގޭމްއާ ގުޅޭ ގޮތުން އާސިސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާފިއު ވިދާޅުވީ، ރާއްޖޭގައި ގޭމެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"އަޅުގަނޑުމެން މި ކުންފުނި ހެދުމުގެ މަގުސަދަކީ ވެސް އެއީ. މި ހުވަފެން ހަގީގަތަކަށް ވުމުން އެކަމާ ވަރަށް އުފާކުރަން. އަދި އަޅުގަނޑުމެންގެ މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޓެ
18 June 2020
ތަޅާފޮޅާ ގޭމް ނޫނީ ހަދަންވެސް ނޭގޭ؟
ައަހުމަދު
17 June 2020
ތިޔައްވުރެ މާރަނަގަޅުވާނެ އިންޓަރނެޓު ސްޕީޑު ރަނގަޅުކުރިއްޔާމުން ، ފިނިހަކަ ސްޕީޑު ނުވާތާކަށް އެހާއަގުބޮޑު.
މަހޭ
17 June 2020
އޮންލައިން ގޭމމް ކުޅެން ރަނގަޅު އިންޓަނެޑް ސްޕީޑެއް ބޭނުން ވޭ. ދިރާގަ ރަނގަޅު ސްޕީޑެއް ކަސްޓަމަރުން ނައް ދެވޭތަ؟
ޑިސްއޮނަރަބަލް އަފީފު ދީދީ
17 June 2020
ސަޅިކަމެއް. މަބޭނުންވަނީ "ތަކުރުވޯސްގާ" އަނދިިއަނދިރީން ނޫނީ ވިޔަޒޯރުގެ ދުވަސްދުއްވާލުން އެމީހުން އުޅޭކަމަށްވަންޏާ.