ވެލައެއް ދަލެއްގައި އޮޅިފައި- ފޮޓޯ: މަނާލް
19 ޖޫން 2020 - 09:58
ސ. ހުޅުދޫގެ ބަނދަރާ ދިމާލު އަތިރިމައްޗަށް ސާނީ އާއި އޭނާގެ ރައްޓެހިންތަކެއް މިިދިޔަ އަންގާރަ ދުވަހު ދިޔައީ ފޮޓޯ ޝޫޓަކަށެވެ. މެންދުރު ފަހު 3:00 ހާއިރު ފޮޓޯ ނަގައި ނިންމާލުމަށް ފަހު، ރީތި ބޮއްޔާއި ރިނދަލި ފަދަ އެއްޗެހި ހޮވަން އުޅެނިކޮށް ފެނުނީ ހިތްދަތި މަންޒަރެކެވެ.
އެ މީހުންނަށް ފެނީ ބަޔަކު މޫދަށް ދޫކޮށްލާފައި އޮތް ދަލެއްގައި ޖެހި މިޔަރާއި ވެލަޔާއި މަޑި ފަދަ އެއްތައް އެއްޗެއް މަރުވެފައި ތިއްބަ އެވެ. ގިނައީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކެވެ.
ދަލުގައި އޮޅި މަރުވެފައި އޮތް މަޑިއެއް.-- ފޮޓޯ މަނާލް
ސާނީ ބުނިގޮތުގައި މޫދު ކައިރިއަށް ދިޔައިރު، އެއްވެސް ހަރަކާތެއް ނެތި، ތިން ވެލާ މޫދުގައި އޮތްތަން ފެނުނު ކަމަށެވެ. އޭގެ އެއްވެސް ހަރަކާތެއް ނެތުމުން ގޯހެއް އުޅޭކަމަށް އެމީހުންނަށް ވިސްނުނެވެ. އެއީ ރާޅު ޖަހާ ހިސާބުން ފެށިގެން ފަސް ވަރަކަށް މީޓަރު ބޭރެވެ.
"ކައިރިވެފައި ރަނގަޅަށް ބަލައިލިއިރު ނެޓެއްގައި ޖެހިފައިވާކަން މި އެނގުނީ. ފުރަތަމަ ނެޓު ދަމާލީމަ ގާތްގަނޑަކަށް ފޫޓެއް ވަރުގެ ތިން ވެލާ ފެނުނު. ވަޅިއެއް ގެނެސް އެ އެއްޗެހި ސަލާމަތްކުރަން އުޅުނީ،" ސާނީ ބުންޏެވެ.
ވަރައް ގިނައިންފެންނަ މަންޒަރެއް ދަތުރުގޮސް އުޅޭއިރު ފަސޭހައިން މަސްހިފާލަން ދަލެއް ބަޭނުންކޮއްލާތަން ،މަސްހިފާނިމިގެން ފަރުވާކުޑަކޮއްލާފަ މޫދައް ނުވަތަ އަތިރިމައްޗައް އެދާ އެއްލާލާފައި ދިއުމުން މިކަހަލަ ދެރަމަންޒަރުފެނުން ވަރައް ގާތް. މީއިއްޔެ ރަށެއްގެބަޔަކުނެގި ދަލެއް pic.twitter.com/6Fo70aC7L8
— xoonti (@xoooms) June 18, 2020
މަރު ނުވެ އޮތް ކުޑަ ތިން ވެލާ ސަލާމަތްކުރަން އުޅެނިކޮށް ބޮޑު ވެލައެއް ވެސް ފެނުނެވެ. ނަމަވެސް އޭތި އޮތީ މަރުވެފަ އެވެ.
ދާ ނަގަން ދަމަމުން ދިޔަ ވަރަކަށް ދަލުގައި ޖެހިފައި ހުރި އެއްޗެހި ދިޔައީ އިތުރަށް ފެންނަމުންނެވެ. އޭގައި އެކި ވައްތަރުގެ މަޑި އާއި ކުދިކުދި ފަސް ވަރަކަށް މިޔަރު ފެނުނު ކަމަށެވެ. އެ ހުރިހާ އެއްޗެހީގެ ތެރެއިން ސަލާމަތްވީ ކުޑަ ތިން ވެލާ އެކަަންޏެވެ.
"ފަހަރަކު ވެލައެއް މޫދަށް ދޫކޮށްލަމުން ދިޔައީ. ވަރަށް ދެރަވި މަންޒަރެއް އެއީ،" އޭނާ ބުންޏެވެ.
ސާނީ ބުނީ، އެ އެއްޗެހި އަމިއްލައަށް ސަލާމަތްވުުމަށްޓަކައި ތެޅުމުން ދާ ވެސް އޮތީ ވަރަށް ބޮޑަށް ބާރުވެފައި ކަމަށެވެ.
— އާސިމާ ނިޒާރު (@AasiKaleyfaan) June 19, 2020
ދާ އަޅައިގެން މަސް ހިފުމަކީ މަނާ ކަމަކެވެ. އެހެންވެ އެ އެކަން އެ މީހުން ވަގުތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް އެންގި އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އަށް ގުޅުމުން އިއްޔެ ބުނީ އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ. އަދި ކައުންސިލުން ވެސް ބުނީ މިފަދަ ކަމެއް ހިނގިކަން އެނގިފައިނުވާ ކަމަށެވެ.
ސާނީ ގަބޫލުކުރާ ގޮތުގައި އެ ދަލަކީ އެ ހާދިސާ ހިނގުމުގެ އެއް ދުވަސްކުރިން އެ ސަރަހައްދުގައި މީހަކު އެޅި ދަލެކެވެ.
Heartbreaking
— Hassan Ali 🇲🇻 (@HassanuAyya) June 18, 2020
އެ ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އިންސާނިއްޔަތުކަން އިސްކޮށް ކަނޑުގެ ދިރުންތައް ސަލާމަތްކުރަން ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.
ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ ޑައިވަރު ޒޫނާ ނަސީމް، ވީޑިއޯއާ އެކު އިއްޔެ ކުރި ޓްވީޓަށް ކޮމެންޓް ކުރި މީހަކު ބުނީ އެއްލައިލާ ދަލުން ކުރިމަތިވަނީ ކިހާ ބޮޑު ނުރައްކަލެއްކަން ފީނާ މީހަކަށް އެނގޭނެ ކަމަށެވެ. އެއީ ހިތާމަވެރި މަންޒަރެއް ކަމަށް ޓްވީޓުގައި ބުންޏެވެ.
Look at the number of sea creatures tangled in just one net thrown in the sea?We can see Sharks,Turtles, Rays and other fishes all dead because of this net. We all need to work together to create awareness to stop fishermen from throwing their nets into the Ocean!! #SaveTheOcean https://t.co/H70cKthLSm
— CLEAN Maldives (@clean_maldives) June 18, 2020
ދާ އަޅައިގެން މަސް ހިފުމަކީ މަނާ ކަމަކަށް ވިޔަސް މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އަދި ހާއްސަކޮށް، ދަތުރު ގޮސް އުޅޭއިރު ފަސޭހައިން އަވަހަށް މަސް ހިފަން ދާ ބޭނުންކުރެ އެވެ. މިގޮތަށް ގެންގުޅޭ ދާ މޫދަށް އެއްލައިލުމުން ކަނޑުގެ ދިރުންތައް ނުރައްކަލަށް ހުށަހެޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިޔާމް
20 June 2020
ތި މިޔަރު ތަކާއި ހެދި މަސްވެރިން އުޅެނީ މަސްކޮޅެއް އަތު ނުޖެހިގެން. މަސް ދޯންޏައް އެރުވުމުގެ ކުރިން މިޔަރު އައިސް މަހުގެ ދެބައިކުޅަ އެއްބައި ނޫނީ އެއްކޮށް ކާލާ.
އަލީއިމްރާ
20 June 2020
މިޔަރް ހިފުންމަނާކުރީވެސް ރައްޔިތުންނައް ރުފިޔާލިބޭލެއް ގިނަވީމަ ހާލުގަޖައްސަން މިގައުމުގަ އެކަނި ތިޔަމިޔަރު ހިމާޔައްކޮއްގެން މިޔަރުގެ އގަބަލަން ޓޫރިސްޓުން އަންނާނޭ ކިޔައިގެން އިންސާނުން ހިމާޔައް ކުރާތަނެއް ނުފެނޭ މީކޮންކަހަލަގެ ބަޔެއްތޭ
ބޮލިރަވާކުމާރު
19 June 2020
މިއީ ދުނިޔެ ތަރައްގީގައި ކުރިއަށްދާން ހައްދުފަހަނަޅާފައިވާވަގުތެއް. އެބަޔަކަށް ފައިދާހުރި ތަކެތި އުފެއްދުމާއި ފައިދާހުރިގޮތަކަށް އުޅުމުގައި ކޮޅެއްނެތް. ޕްލާސްޓިކުގެ ވާހަކަ މުޅިދުނިޔެ ދައްކާއިރު ޕްލާސްޓިކު އުފެއްދުން ހުއްޓާލިބާ. ތިމާވެށީގެ ހޭލުންތެރިކަން ދިވެހިންގެކިބައިގައި ބޮޑުއިރު ނިސްބަތުން އެންމެގިނަ ގިރި ފަރު ފަޅު ހަލާކު ކުރަނީ އަހަރުމެން ނޫންތޯ. ދެން މިހެން ފެންނަ މިއަރެއްގެ ވާހަކައަކުން ކީއްކުރާނީ. ސްޓާފިސް ސްޓޯރީއަކުންް ހައްލެއްނުލިބޭނެ.
އޮޑިވެރިއެއް
19 June 2020
ތިޔަހެން ވެދާނެ. އެކަމަކު މިޔަރާޢި ހެދި މިހާރު މަހެއް ބޭނޭ ވަރެއް ނުވޭ. ދޮށިން ކޮށްގެން މިގޮތަކަށް މަސްވެރިކަން ކުރާނެ ގޮތެއް ނެތް. އެތައް މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ދޯނި ފަހަރު މިބަންނަނީ.
ޙާލިދު
19 June 2020
ހުޅުމީދޫ ގައި މަސްވެރިކަން ކުރަނީ ވަކި ލިމިޓެއް ނެތި. ކައުންސިލުން މިކަން މޮނީޓާ ނުކުރޭ.
ދާއަަޅާޖަވާދު
20 June 2020
ހުޅުމީދޫ ކޮންމެ ދެގެއިން އެއް ގޭގައި ސަތޭކަފޫޓު ދަލައެއް އޮވޭ ! ފަރުމަސް ހިފަން ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައި ވެސް މީހުން މޫދުގައި އުޅޭ !
ރަދީފްއޮފިޝިއަލް
19 June 2020
ކަތުރު ، ވަޅި ، ކަޓަރު ، ކޯރާޑީ ވެސް ފިހާރަތަކުން ގަންނަން ލިބޭ.ދެން މީހަކު ޒަހަމްކޮށް މަރާލުމަށްފަހު ބުނަންވީ ފިހާރައިން ގަންނަން ލިބެއޭތަ؟؟ ސާބަސްތިހިރަ ހަނި މޮޔަ ވިސްނުމަށް.ވ.ވެދުން
ފަހުދު
19 June 2020
މަނާކަމެއް އެކަމު ފިހާރަތަކުން ގަންނަން ލިބޭ.
ރަދީފްއޮފިޝިއަލް
19 June 2020
ކަތުރު ، ވަޅި ، ކަޓަރު ، ކޯރާޑީ ވެސް ފިހާރަތަކުން ގަންނަން ލިބޭ.ދެން މީހަކު ޒަހަމްކޮށް މަރާލުމަށްފަހު ބުނަންވީ ފިހާރައިން ގަންނަން ލިބެއޭތަ؟؟ ސާބަސް ތިހިރަ ހަނި މޮޔަ ވިސްނުމަށް.ލަދު ކޮބާ???
މަނަދޫ ގާދިރު
19 June 2020
ރައްޔަތުން މިތިބަ ދަތިހާލުން އަރައިގަންނަން މިޔަރު އުރަހަ ޔާ މިޔަރު މަސް ސީރަ ކުރުމުގެ ހުއްދަ ސަރުކާރުން ދިނުމަކީ ރަގަޅު ކަމެއް ކަމައް ފެނޭ..
ޙަބީބު
19 June 2020
ދިވެހިން ދިވެހިންގެ ގޮތުގަ ގަ މާރުކަން މަތީ އަބަދައް
ސަސޒި
19 June 2020
ހަމަ އެކަނި މަގޭ ބޭނުންތަކާއި ހާޖަތްތަށް ފުއްދުމަށް ވިސްނުން ހުންނަބަޔަކަށް، ތިމާ ކުރާކަމަކުން ނުކުމެދާނެ ދެރަ ކަމަކަށް ނުވިސްނާނެ.