ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީ: އޭނާއަށް ވަނީ އޭޝިއާގެ "ނޮބެލް ޕްރައިޒް" ލިބިފައި.-- ފޮޓޯ: ޕާލޭ މޯލްޑިވްސް
04 ސެޕްޓެމްބަރ 2025 - 12:09
ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް އޭޝިއާގެ "ނޮބެލް ޕްރައިޒް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ރެމޮން މެގްސޭސޭ އެވޯޑް ލިބިއްޖެ އެވެ.
ރެމޮން މެގްސޭސޭ އެވޯޑް ފައުންޑޭޝަންގެ ވެބްސައިޓުގައި ބުނީ ޝާހިނާއަކީ ވަރަށް ޅައުމުރުން ފެށިގެން ތިމާވެއްޓަށް ލޯބިކުރާ އަދި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް، ޕްލާސްޓިކް ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އޭނާ ކުރައްވާ މަސައްކަތް ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
ޕްލާސްޓިކް ކުނި މަދުކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސްގައި އޭނާގެ ލީޑާޝިޕްގެ ދަށުން ރަށްރަށުގެ އާންމުންނާއި ސްކޫލްތަކާއި ވިޔަފާރިތަކާ ގުޅިގެން ޝާހިނާ ކުރައްވާފައިވާ މަސައްކަތްތައް ވެސް އެ ފައުންޑޭޝަނުން ފާހަގަކޮށްފައިވެ އެވެ. ރަށްރަށުގެ ގޮނޑުދޮށްތައް ސާފުކުރުމުގެ 700 އަށް ވުރެ ގިނަ ޕްރޮގްރާމް މިހާތަނަށް ހިންގާފައިވެ އެވެ. ރަށްރަށުގައި ޕްލާސްޓިކް ކުނި މަދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ. އަދި ތިމާވެށީގެ އިލްމު ކުރިއެރުވުމަށް 70 އަށް ވުރެ ގިނަ ސްކޫލާ ގުޅިގެން އެކި މަސައްކަތްތައް ވެސް ވަނީ ކުރައްވައިފަ އެވެ.
ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ވެއްޓާ ގުޅޭ އެހެން މައްސަލަތަކުގައި ވެސް އަޑުއުފުލައި، ސަރުކާރާއި އިދާރާތަކުގެ ސިޔާސަތުތައް ވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަށް ތަންފީޒުކުރުމަށް އޭނާގެ ވިސްނުމާއި ހިޔާލު ހިއްސާކުރައްވާފައިވެ އެވެ. އަދި އާންމުން ހޭލުންތެރިކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
އެ ފައުންޑޭޝަނުން ބުނީ މި އަހަރު މި އެވޯޑަށް ޝާހިނާ ހޮވުމުގައި ފަނޑިޔާރުން ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އޭނާ ދެއްވާ އަހަމިއްޔަތުކަމާއި ގެންގުޅުއްވާ ދުރުވިސްނުންތަކާ އަދި މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އަދި އޭނާގެ މި މަސައްކަތްތަކުން އަންނަ އޮތް ޖީލަށް ގިނަ ފައިދާތަކެއް ކުރާނެކަން ޔަގީންކޮށްފައި ކަމަށެވެ.
ފިލިޕިންސްގެ ކުރީގެ ރައީސް ރެމޮން މެގްސޭސޭގެ ހަނދާނުގައި ދޭ މި އެވޯޑަކީ އޭޝިއާގެ އެކި ގައުމުތަކުގައި ތަފާތު ދާއިރާތަކުން އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ބޭފުޅުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 1958 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ ވަރަށް ޝަރަފުވެރި އެވޯޑެކެވެ.
ޝާހިނާއަށް މި އެވޯޑް ލިބުމާ ގުޅިގެން ރެމޮން މެގްސޭސޭ އެވޯޑް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން އޭނާއާ އެކު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
މި އަހަރު މި އެވޯޑް ލިބުނީ ޝާހިނާގެ އިތުރުން އާންމު ހިދުމަތް ކުރައްވާ ފިލިޕިންސްގެ ބޭފުޅެއް ކަމަށްވާ ފްލެވިއާނޯ އެންޓޯނިއޯ އެލް ވިލާނޫއެވާ އަދި އަންހެން ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭ އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑިއުކޭޓް ގާލްސް އަށެވެ.
މި އެވޯޑް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ޕިލިޕިންސްގެ ވެރިރަށް މަނީލާގަ އެވެ. މިއީ މި އެވޯޑު ދޭ 67 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުގޯހެކޭދޯ
04 September 2025
ދިވެހި އަންހެނުން ރާއްޖޭން ބޭރު ޕްލެޓްފޯރމް ތަކުގައި ތަމްސީލްވާއިރު އިސްލާމީ އެންމެ ރިވެތި އުސޫލު ކަމަށްވާ ބުރުގާ އެޅުން އެއީ ގާނޫނަކުން ކުރަން ޖެހޭ ކަމެކޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ ސަރުކާރުގެ އޮފީސް ތަކުގައި އުޅޭ ހުރިހާ އަންހެނުން ޖެހޭނެއޭ ބުރުގާ އަޅަން އިންކާރު ކުރާ މީހާ ގެއަށް ކަނޑާލަންވީއޭ މީ އިސްލާމީ ގައުމެކޭ އައި ޔޫ ކިޔާ ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ ތިމާ އުފަން ގައުމަށް ގައްދާރު ވަމުންދާއިރު ވެސް ތިމާއަށް ނޭގުން މީ
ސައީދުދ
04 September 2025
މަރުހަބާ. ވަރަށް ހައްގު އެވޯޑެއް
އަވަރ މަމް އިޒް ދަ ބެސް
04 September 2025
މަގެ މަންމަޔަށް ތިޔަށްވުރެ މާ ބޮޑު ދޭންޖެހޭ އެވޯޑު. އެތައް މަސައްކަތަކުން މި ހިސާބަަށް ހެޔޮގޮތުގައި ބަލައި އަހަރުމެން ގެނެސްދީފަ މިތިބީ.
ހާކިމް
05 September 2025
މީހަކަށް ކާމިޔާބީ ވަގުތު އިހްތިރާމް ކޮއް ރިވެތި ކޮއް ތަހިނިޔާ އެއް ކިޔުން އެއީ ކިބުރުވެރި ނޫން މީހުން ކުރާނެކަމެއް. ހެޔޮބަހެއް ބުނަން ބޭނުން ނެތިއްޔާ އަގަމަޑުން ލައިގެނަ ހުރުން ބުއްދިވެރި. މަގޭ މަގޭ ތިކިޔަން ޖެހެ ސަބަބަކީ ކޮބާ؟ ހެޔެހޮގޮތުގަ މަންމަ ބޮޑުކުރީތީ އުފާކުރޭ މުޅި ދުނިޔެ އެކަންނޭގުނަސް. ޢިގޭ ފަރާތްތަކަށް އިގޭނެ.
ސަލީމު އިދުރީސް
04 September 2025
މަރުހަބާ ތިކަހަލަ ކަނބަލުން މިގައުމައް ބޭނުންވަނީ
މުގުރީ
04 September 2025
ތީދޮގެއް މިގައުމަށް ބޭނުންވާ ކަހަލަ މީހެއްނޫން މިގައުމަށް ބޭނުންވަނީ ދައުލަތަށް އެބައެއްގެ އިލްމު މުހިންމުވެގެން އެކަން ފާހަގަކޮށް މަހުން މަހަށް ދައުލަތުގެ ފައިސާއިން އިނާޔަތްދޭކަހަލަ އިލްމުވެރިން
ޝުކުރިއްޔާ ޝާހީނާ
04 September 2025
މަރުޙަބާ. ވަރަށްވެސް ޙައްޤު އެވޯރޑެއް. ސްކޫލްތަކާ ގުޅިގެން ޕާރލޭ ގެ މަސައްކަތް ގެންދާކަމީ ކުރިމަގުގައިވެސް މި މަސައްކަތަށް މީހުން ނުކުތުމުގެ ފުރުޞަތު އިތުރުވާނޭ ކަމަކަށްް ވާނެ. ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަން ތި ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ.
ހަރުބޯ
04 September 2025
ހަޤީޤަތަކީ އީޒީ މަނީ މޭކް ކުރާމީހެއްތީ.. ހިލޭ ހުސްފުޅިލިބެނީ... ސްކޫލްތަކުން ދަރިވަރުންލައްވާ "ހިލޭ" ހުސްފުޅިތައް ގޭގެއިން ގެނުވާފަ އެންމެ ގިނަ ފުޅި ގެންނަ ކުއްޖާއަށް ޕޮައިންޓްސްދީފަ، ސްކޫލްތަކުން ހުސްފުޅިި އެއްކުރަން ޖާގަދީފަ ދެން ސްކޫލް އަކުން މިމީހުންލައްވާ ސީއެސްއާރު ދަށުން ކުޑަ ކަމެއްކޮށްދޭން އެދުނަސް އެއްކަމެއްވެސް ކޮށްނުދޭ ބަޔެއްތީ.. އެކަމަކު މިމީހުންނަށް ހުރިހާ ކަމެއްކޮށްދޭންޖެހޭ،،، މީ ހަޤީޤަތް އިނގެންޖެހޭ ރައްޔިތުންނަށް.
ސާމީހުސޭން
04 September 2025
މަގޭ މަންމައާ ނުބެހެއްޗޭ. އީޒީ މަނީ ނަމަ ކީއްވެ ކަލެޔަށް ނުވަނީ. ކޮލިޓީއެއްހުރީމަ އީޒީ ވާނީ. ކަންކަންނެނގޭމީހަކަށް އީޒީ އެއް ނުވާނެ އެއްކަމެއް ވެސް.
ނާމާނީ
05 September 2025
ނޭގޭވާހަކަ ނުދައްކާ. އެކުރަނީ ވަރަށްވެސް ބުރަ ރަގަޅުކަމެއް. އަނގަތެޅުމަކީ ވަރަށްފަަސޭހަކަމެއް. އެކިނަންނަމުގައި ކޮމެންޓްކުރެވިދާނެ ފަސޭހައިން. އީޒީމަނީ ކަމެއްކަމުގަައި އެގުނީވެސް ބަޔަކުކުރީމާދޯ؟ އީޒީމަނީ ހޯދަން ތިމާވެސް އެކަން ފަށަންވީނު؟
2025
04 September 2025
ކަލޯ ތީ ފިސާރި ކަނބަލެއް މާލަސްވެސް ވެއްޖެ ތި އެވޯޑްދޭން..... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
04 September 2025
ހަޤީގަތުގައިވެސް ޕާލޭ މޯލްޑިވްސްގެ ފަރާތުން "ރާއްޖޭގައި ޕްލާސްޓިކްގެ ކުނި އުފެދުން މަދުކުރަން" މަސައްކަތް ކުރޭތޯ؟ ނުވަތަ ޕާލޭ މޯލްޑިވްސްއިން މަސައްކަތްކުރަނީ ބޭނުންކޮށްފައި ހުންނަ ރިސައިކަލް ކުރެވޭ ޕެޓް ބޮޓަލް އެކްސްޕޯޓްކޮށްގެން އެއިން އާމްދަނީ ހޯދަންތޯ؟ ތިމާވެއްޓަށް މަސައްކަތްކުރާނަމަ ކީއްވެގެންތޯ 500 ML އަށް ވުރެން ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތަކާއި ބެހޭގޮތުން ހަދާފައިވާޤާނޫނު ތަންފީޒުކުރަން ބާރުއަޅަން ކަމެއް ނުކުރަނީ؟
ޥާސް
05 September 2025
ޢަފީފޫ. ކަމެއްގެ ހާގީގަތް ނުބަލާ ކޮމެންްޓް ކޮއް. ޚުރި ކަމެއް ވެރިފައި ނުކޮއް، ގައުމަށް ވީ ފައިދާ އެއް ދިރާސާ ނުކޮއް، ނުވެއޮތް ކަމެއް ގޮވުން އެއީ ކޮންކަހަކަ ކަމެއް؟
ބޭޗާރާ
05 September 2025
ބޭފުޅާ ހަމަބުއްދިން ވިސްނާލަބައްލަވާ. އުކާލެވޭ 5 ލީޓަރު ޕްލާސްޓިކް ފުޅި މަދެއްނުވޭތޯ؟ މަސައްކަތެއްކޮށްގެން އާމްދަނީއެއްހޯދުމަކީ މައްސަލައަކަށް ދެކެނީ ދެއްތޯ؟ ނޫނީ އާމްދަނީއެއްހޯދާތީ ހަސަދަވެރިވަނީތޯ؟ ހަމަގައިމުވެސް އެބޭރުކުރާ 5 ލީޓަރުގެ ފުޅިއަކީ ރާއްޖޭގެ މާހައުލުން މަދުވާނެއެއްޗެއް. 500މލ ފުޅި އުކާލުން ތިބޭފުޅާ އިސްވެހުންނަވާ ކުރިޔަށް ގެންދަވަންވީނޫންތޯ. އޭގެން އާމަދަނީއެއްހޯދިޔަސް މައްސަލައެއްނެތް އެގޭތޯ. ބަލަން މިތިބީ
ސަނދަރަބޮލި
04 September 2025
ވަރަށް ގަދަ މީހެއް. ވަރަށް ނައިސް މީހެއް.
މޮޔައިން
04 September 2025
މިއީ ފިސާރި އަންހެނުންނަކީ..