އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވެފައި.-- ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް
11 އޮކްޓޯބަރ 2025 - 15:49
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ބެލެވިއްޖެ އެވެ.
ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތައް ވެސް ވަނީ މަރުވެފަ އެވެ. އަދި އެ ޕާކުގެ ފެންގަނޑުގެ ތެރޭގައި އުޅޭ މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް ވަނީ އަރައިފަ އެވެ.
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ މަސްތައް މަރުވެގެން ފެނުން މައްޗަށް އަރައިފައި.-- ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް
މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން މިއަދު "މިހާރު" އަށް ވިދާޅުވީ އެ ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވާކަން ފާހަގަވާން ފެށިތާ މިހާރު ދެތިން ދުވަސް ވެއްޖެ ކަމަށެވެ. އެ އެއްޗެހި މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް މިހާރު ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން ދިރުންތައް މަރާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ހީވަނީ ބަޔަކު ކޮންމެވެސް އެއްޗެއް އަޅައިގެން ކަމަށް. އެހެން މި ބުނަނީ ހަމައެކަނި އަސްދޫނިތަކެއް ނޫން މަރުވީ ކީ. އެ ތަނަށް ނެޗުރަލީ އައިސް އުޅޭ ރާބޮނދި ކަހަލަ ބައެއް އެއްޗެހި ވެސް މަރުވެފައި އޮއްވާ އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ އަސްދޫންޏަކާއި މަސްތައް މަރުވެފައި.-- ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް
އެ ފެންގަނޑުގައި އުޅޭ މަސްތަކާއި އެތަނަށް އަޅާފައި ހުރި މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިޒް ވިދާޅުވީ އާންމުކޮށް ހުޅުވާލާފައި އޮންނަ އެ ޕާކަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ހިތްހަމަޖައްސާލަން ދާ ތަނެއް ކަމަށެވެ. އަދި އެތަނަކީ ހުޅުދޫގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ހަދައި ރައްޔިތުން އަމިއްލައަށް ބަލަހައްޓަމުން އަންނަ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ ނެޗުރަލީ އެތަނުގައި އޮތް ފެންގަނޑެއް، އަޅުގަނޑުމެން އެތަން ރީތިކޮށްލައި މީހުންނަށް ގޮސް ތިބޭވެނެ ގޮތަށް ބެންޗުތަކާއި ޕްލެޓްފޯމަކާ އެކު ހަދައިފައި ހުރި ތަނެއް އެއީ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަކް ޕާކަށް ބަޔަކު ގެއްލުން ދިން ކަމަށް ބެލެވޭއިރު، މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ. އެ ކުޅީގެ 80 ޕަސެންޓް އަނދައިގެން ދިޔަ ކަމަށް ބެލެވޭއިރު، އެތަނުގައި ވެސް ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސީނު އަތޮޅު
12 October 2025
އިކޯ ގާޑަންގައި ދެއިރުދެދަޅައަށް އަލިފާން ރޯވުން މިއީ އިއްތިފާގެއް ނޫން! އަދި ޑަކް ޕާކަށް ދެވުނު ޙަމަލާ އަކީވެސް އިއްތިފާގެއް ނޫން! ދެން އަޑު އިވުން ގާތީ މަސްފެކްޓަރީއަށް ކޮންމެވެސް ގެއްލުމެއް ލިބޭ އަޑު؟ ހުޅުމީދޫ ޓޫރިޒަމަށް ފައްކާ ވާތީ ކޮންމެވެސް ބަޔަކު ހިތްޕުޅާ ނުވަނީ ބާ؟؟؟
އަންޒަމާނު ސައިންސް
12 October 2025
ކައުންސިލަރު: "ދޫނިތަކާއި މަސްތައް މަރުވާކަން ފާހަގަވާން ފެށިތާ މިހާރު ދެތިން ދުވަސް ވެއްޖެ.. ސަބަބު ނޭނގުނަސް ބޮޑަށް ބެލެވެނީ ބަޔަކު ފެންގަނޑަށް ވިހައެއް އަޅައިގެން ދިރުންތައް މަރާލީ ކަމަށް.." ލެބް ޓެސްޓެއް ސައިންސެއް ވެސް ނެތް ޒަމާނެއް... ކީއްކުރާނީ؟ ވިއައަޅައިގެން، ކަރަންޓް ލީކަކުން، ކެމިކަލް ވޭސްޓަކުން، ނޫނީ އެހެންވެސް އެކެއްޗެއްވެސް އެނގޭކަށް ނެތީ ދޮތަ؟
ނާސިހު
12 October 2025
ރަނގަޅު ތަހުގީގެއްކޮއް މިކަން ކުރިބަޔަކު ހޯދުމަށްފަހު ސީދާ ޓެރަރިޒަމްގެ ދައުވާ ކުރަންފެނޭ. މިފަދަ ބޮޑެތި ކުއްކުށަށް ބޮޑު އަދަބު ދޭން ޖެހޭނެ.
ޙައިރާ
12 October 2025
ކޮންމެ ބަޔަކު ކުރި ކަމެއްވިޔަސް އެންމެ އަޑީގައި ކޮންމެވެސް ކުލައެއްގެ ސިޔާސީ 'ވެރިއެއް' ހުންނާނެކަން ޔަގީން. ޒުވާނުންވެސް ސިޔާސީ މީހުން ޖަހާހާ ބެރަކަށް ނުނަށާން ވެއްޖެ. އައްޑޫގެ ރަށްތައް ވަކިކުރަން ފެންނަކަމަށް ނުވަތަ ނުފެންނަކަމަށްވެސް ވޯޓު ދޭނީ އަމިއްލައަށް ވިސްނާފަ، އައިބީ ނުވަތަ އަޒާން ބުނީތީއެއް ނޫން.
ބަޑިތަކުރު
12 October 2025
ހިސާބަށްވުރެ މީހުން ނުބައިވީމާ އެތަނެއް ދާނީ ފަނާވަމުން. ބައެއް މީހުން މިގައުމުގެ މުސްތަޤްބަލެއް ނެތްކަމަށް މިހާރުވެސް ދެކޭ. ފެންނަމުންމިދާ ކަންކަމުން އެވިސްނުމަށްބާރުލިބޭ. އަންނަން އޮތް ޖީލުތަކަށް މިގައުމު ފޯރާނީ ކޮން ސިފައެއްގައިތޯ މިހާރު ސުވާލުއުފެދޭހާވޭ. ހިތާމައިގެ ކޮޅެއްނެތް.
ޚުރާލް
12 October 2025
އައިފޯނު 17 ހިފާފަ، ލަވާޒާ ކޮފީ ބޮއެފަ، ވަރަށް ބާރަށް ސައިކަލު ދުއްވެނިކޮށް މަ މިހިރީ ކުރިއަރާ ތަރައްގީވެ ނިމިފަ.
އަލިދީ
12 October 2025
ހުޅުމީދޫގެ ޒަމާންވީ މައްސަލަ މުޅިން އާލެވެލަކަށް ގޮއްސި. އިހަށްދުވަހު މަތިކިޅި. ދެން އަސްދޫނި ފެންގަނޑު. ދެންއޮތީ ކޮންކަމެއްބާ؟
މިކަން
12 October 2025
ކޮބާބާ ފުލުހުން
ރަދީފްއޮފިޝަލް / ލޮޖިކް
12 October 2025
މީގެ އަހަރުތަކެއް ކުރިން މާލޭގެ ސަލްޓަން ޕާކްގަ އޮތް މަަސް ފެންގަނޑެއްގަ ތިބި މަސްތަކެއް ވެސް ބަޔަކު އެއްޗެއް އަޅައިގެން މަރާލި ކަމަށް ނޫސްތަކުގަ އޮތް.މާލޭގެ ރައްޔަތުން އެއީ ހާދަ ރަހުމް ކުޑަ ބައެކޭ. (ބައެއް ކޮމެންޓަރުންގެ ލޮޖިކް)
ދިގަލި
12 October 2025
އެވެދާނެ. އައްޑޫމީހަކަށް، އަދި މި ގެއްލުން މި ދިނީ ހަމަ އެކަކަށްވެސް ވެދާނެ. ލޮލް
ސުންދުސީ
12 October 2025
އެ ކަން ވެސް ކުރާނީ އައްޑޫ މީހުން! މާލޭ ގަ އުޅެނީ ހަމަ އެކަނި މާލޭ މީހުންނެއް ނުން
ސައިންސް
12 October 2025
މަސްފެންގަނޑެއްގައި މަހެއް ނުއެއް ތިބޭނެ !! މަސް ހުންނާނީ !! މާލެއަކީ މާލޭގެ ރައްޔިތުންނަށް ވުރެ އެހެން ރަށްރަށުގެ ރައްޔިތުން ގިނައިން އުޅޭ ތަނެއް !!! ހަމަޖެހޭ ވާހަކަ ދައްކަބަލަ
އަހައްމަދޫ
12 October 2025
މަސްއަލައެއްނެތެންނު ބާރަށް ސައިކަލް ދުއްވައިފަ ކޮފީ ބޮވެނިކޮން ނިމުނީ. ވަރަށް ނުބައިނުލަފާ ޢަމަލެއްމީ