މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ކާލީ ޕީލީ" ގެ މަންޒަރެއް.

އިންޑިއާގެ ހުނަރުވެރި ބަތަލާ ރާދިކާ އަޕްޓޭގެ އިންޓަނޭޝަލް ފިލްމު "އަ ކޯލް ޓު ސްޕައި" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ނިންމައިފި އެވެ.

މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. ފްރާންސް ބަހުން ހަދާފައިވާ "އަ ކޯލް ޓު ސްޕައި" ލީޑިއާ ޑީން ފިލްޗާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އިތުރު އެމެރިކާގައ މި ފިލްމު ދެއްކުމުގެ ޒިންމާ ނަގަނީ އައިއެފްސީންނެވެ. އެ ކުންފުންޏަކީ "ބޯއިސް ޑޯންޓް ކްރައި" އާއި "ސްލީޕިން ބިއުޓީ" ފަދަ ފިލްމުތަކުގެ ފަހަތުގައި ވެސް އޮތް ކުންފުންޏެވެ.

ރާދިކާ ސީކްރެޓް އެޖެންޓެއްގެ ރޯލް ކުޅެފައިވާ ފިލްމުގެ ވާހަކަ އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

"އަ ކޯލް ޓު ސްޕައި" ގެ ކާސްޓުންގެ ތެރޭގައި ސްޓާނާ ކެޓިކް، މެތިލްޑީ އޮލީވިއާ އަދި ސާރާ މެގަން ތޯމަސްއާ އެކު ބޮޑު ކާސްޓެއް ފިލްމުގައި ހިމެނެ އެވެ.

"ސަޅަކް 2" ގެ ޝޫޓިން އަލުން ފަށަނީ

ކޮވިޑް-19އާ ދިމާކޮށް އިންޑިއާ ލޮކްޑައުންކޮށް، ހުއްޓުނު ފިލްމީ މަސައްކަތްތަކާ އެކު، ޝޫޓިން މެދުކެނޑިފައިވާ މަހޭޝް ބަޓްގެ "ސަޅަކް 2" ގެ ޝޫޓިން އަލުން ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މަހޭޝް 1991 ގައި ގެނެސްދިން "ސަޅަކް" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާނެ އެވެ. ފިލްމުގެ ބާކީ އޮތީ އެންމެ ލަވައެއްގެ ޝޫޓިން ކަމަށްވެ އެވެ. މީގެ ޝޫޓިން އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

"ސަޅަކް 2" ގެ ތަރިންނަކީ ފުރަތަމަ ބައިގައި ލީޑް ރޯލް ކުޅުނުސަންޖޭ ދަތާއި ޕޫޖާ ބަޓްގެ އިތުރުން އާލިއާ ބަޓާއި އަދިތިއާ ރޯއި ކަޕޫރެވެ.

މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން އޮތީ އަންނަ މަހުގެ 10 ގަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނީ ޑިޒްނީ+ހޮޓްސްޓާ އިން ކަމަށް މީޑިއާތަކުން ބުނެ އެވެ.

"ކާލީ ޕީލީ" ރިލީޒްކުރާނެ ގޮތެއް އަދި ނުނިންމާ

ކުރިން އޮތް ގޮތުން ނަމަ އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ފިލްމު "ކާލީ ޕީލީ" އޮންނާނީ މި މަހުގެ 12 ގައި ރިލީޒްކޮށްފަ އެވެ.

އެކަމަކު ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓުމުން އެ ފިލްމުގެ މަސައްކަތް އޮތީ އަދި ނިންމައިނުލެވި އެވެ. ފިލްމުގެ ބާކީ އޮތީ ގާތްގަނޑަކަށް ނަގަން ޖެހޭ އެންމެ މަންޒަރެކެވެ. މަގުބޫލު ޚާން ޑައިރެކްޓްކުރާ "ކާލީ ޕީލީ" ގެ ތަރިންނަކީ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރެވެ.

އަލީ ބުނިގޮތުގައި ފިލްމު މިހާރު އެޑިޓް ވެސް ކުރަމުން އަންނަ އިރު ފިލްމު ރިލީޒްކުރާނެ ގޮތަކާ ދޭތެރޭ އަދި ވަކި ގޮތެއް ނުނިންމަ އެވެ. އޭނާ ބުނީ ބޭނުން ވަނީ ސިނަމާތަކުގައި ފިލްމު އަޅުވަން ކަމަށާއި މަސައްކަތް އެއްކޮށް ނިންމާފައި ގޮތެއް ނިންމާނެ އެވެ.

ސިނަމާތައް ހުޅުވުން ލަސްވާ ނަމަ ޑިޖިޓަލްކޮށް ފިލްމު ޕްރިމިއާކުރުމަކީ ވެދާނެ ކަމެއް ކަމަށް އަލީ ބުންޏެވެ. ނަމަވެސް "ކާލީ ޕީލީ" އަކީ ޒުވާން އާ ޖޯޑެއްގެ ފުރަތަމަ ފިލްމަށްވެފައި މިއީ ކޮމާޝަލް ފިލްމަކަށްވާތީ އުންމީދަކީ ސިނަމާގައި ފިލްމު ރިލީޒްކުރުމެވެ.

"ބަންޓީ އޯރް ބަބްލީ 2" ގެ ފަހު ޝެޑިއުލަށް ތައްޔާރު

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" ފަހު ޝޫޓިން ޝެޑިއުލަށް ތައްޔާރުވުމުގެ ގޮތުން އެ ސްޓޫޑިއޯގައި ސެޓް ހަދައިގެން ބާކީ ހުރި މަންޒަރުތައް ނަގަން ތައްޔާރުވާން ފަށައިފި އެވެ.

އިންޑިއާގެ ފިލްމީ ޝޫޓިންތައް ހުއްޓުނު އިރު، އެ ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ވަނީ އަބޫދާބީގައި ނަގައިފަ އެވެ. ވަރުން އޭ ޝަރުމާ ޑައިރެކްޓްކުރާ "ބަންޓީ އޯރް ބަބްލީ 2" ގެ ތަރިންނަކީ 2005 ގައި ގެނެސްދިން ފުރަތަމަ ފިލްމުގެ ބަތަލާ ރާނީ މުކަރްޖީގެ އިތުރުން ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ޝަރްވާރީ އެވެ.

"ބަންޓީ އޯރް ބަބްލީ 2" އަކީ ކުރިން މި މަހުގެ 26 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. ނަމަވެސް ލޮކްޑައުންއާ ހެދި އެކަން ނުވީ އެވެ.

ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. ވައިއާރްއެފުން ކުރިން ބުނެފައިވާ ގޮތުގައި އެތަނުގެ ފިލްމުތަކެއް ޑިޖިޓަލްކޮށް ޕްރިމިއާއެއް ނުކުރާނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454