ގާނޫނީ ރަދީފުގެ އެޕްލިކޭޝަން: އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން ވަނީ ލޯންޗް ކޮށްފައި
24 ޖޫން 2020 - 22:00
ގާނޫނީ ރަދީފު ފޮތުގެ އައިއޯއެސް އެޕްލިކޭޝަން މިއަދު އިފުތިތާހުކޮށްފި އެވެ.
ގާނޫނީ ބަސްތަކާއި އޭގެ މާނަ ހިިމަނައިގެން ސުޕްރީމް ކޯޓުގެ މިހާރު ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި "ގާނޫނީ ރަދީފު" ފޮތް ނެރުނީ 2018 ގަ އެވެ. އެ ފޮތުގައި 12،000 އަށް ވުރެ ގިނަ ގާނޫނީ ބަހާއި އޭގެ މާނަ ހިމަނާފައިވެ އެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން މީގެ ކުރިން ވަނީ އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. މިއަދު ނެރުނީ އޭގެ އައިއޯއެސް އެޕްލިކޭޝަނެވެ.
ގާނޫނީ ރަދީފު ފޮތަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. އަދި އޭގެ ދެ އެޕްލިކޭޝަންގެ ސަބަބުން ފަސޭހަކަމާ އެކު "ގާނޫނީ ރަދީފު" ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓަކީ ކުރިން ސުއޫދުގެ އިތުރުން ވަކީލް ޝަހުދީ އަންވަރުގެ ހިއްސާ އޮތް ލޯ ފާމުން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. އެކަމަކު ސުއޫދު ފަނޑިޔާރު ކަމަށް ވަޑައިގެން، އެތަނުގެ ހިއްސާ ވަނީ ދޫކޮށްލައްވައިފަ އެވެ.
މީގެ ކުރިން ވެސް ގާނޫނީ ބައެއް ކަންކަމާ ބެހޭ ފޮތްތައް އެ އިންސްޓިޓިއުޓުން ވަނީ ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ުވައިސޫރި
25 June 2020
ތިބުނާ ރަދީފެއް ބަލާނެމީހަކު ނުހުންނާނެ މިހާރުވެސް ދިވެހި ބަހުގާވެސް ރަދީފެއްއޮވޭ މިހާރުގެ ޅަކުދިންނައް ދިވެހި ބަހުގެ ރީތިބަސްތައް ބޭނުންކޮއްގެން ބަސްމޮށުންތެރިކަން ދަސްވެނި ވެފަކާނެތް ރަދީފު ބާވަންޖެހޭނީ މަތާރަން ފިލާމަތީގާ
ބުރުއްޓާ
25 June 2020
އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުން ބަނޑައްތަ ތިބެންވީ؟
ގާނޫނީ ރަދީފް
25 June 2020
މޯ"ލްޑިވްސް ލޯ އިންސްޓިޓިއުޓުން މީގެ ކުރިން ވަނީ އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. މިއަދު ނެރުނީ އޭގެ އައިއޯއެސް އެޕްލިކޭޝަނެވެ." އާރޓިކަލް އެއްކޮށް ކިޔާނަމަ....
ސިއްހީ ރަދީފް
24 June 2020
ސިއްހީ ރަދީފެއް ވެސް ހަދަން ފެނޭ.
ސީޒަން ޖެކްޝަން
24 June 2020
މިކަމުން އެންމެބޮޑު އުފަލެއްލިބިގެންދާނީ މިތާކޮމެންޓުކުރާ ރަދީފުގެ ތިމާގެ އެންމެހައި ފަރާތްތަކަށާ އޮރިޖިނަލް ރަދީފަށް.
ރަދީފުގެބަފައިބެ
24 June 2020
އެކޮއި ތިބުނީ ހެޔޮކޮށް.
ރަދީފްއޮފިޝިއަލް
24 June 2020
ރަނގަޅު މަސައްކަތެއް.