ޚަބަރު / ސުހައިލް އަހުމަދު އެމްޑީ، (އެޗްޑީސީ)

ފްލެޓުގެ ކުއްޔަކީ 5،600ރ. ކަމަށް ބުނަނީ ރަނގަޅަކަށް ނޫން: އެޗްޑީސީ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކެއް: ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުންނައިރު، 100 މީހުން ދިރިއުޅޭނެ ކަަމަށް އެޗްޑީސީން ލަފާ ކުރޭ. --ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،600ރ. ކަމަށް ކުރީގެ ސަރުކާރުގެ އިސް ވެރިން ވިދާޅުވާ ވާހަކަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ދޮގުކޮށްފި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ކުރީގެ ސަރުކާރުގެ ނިންމުމަކީ ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުލީގެ ގޮތުގައި 5،600ރ. ނެގުމެވެ. މި އަދަދު ހަމަަޖަސައިގެން ވެސް އެޗްޑީސީ އަށް ފައިދާވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަގާ ގުޅޭ ސިޓީއެއް އާއްމުކޮށްފަ އެވެ.

އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް އާއްމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ވެސް އޭގައިވެ އެވެ. މިއަށް ވުރެން ބޮޑުކޮށް މި ސަރުކާރުން އަގު ނަގަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް އިއްޔެ ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އަގު ރަނގަޅު ނޫން ކަމަށެވެ. ބޮޑު ލޯނަކުން އިމާރާތްކޮށްފައިވާ 7،000 ފްލެޓަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއަށް ވުރެން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެން ބޮޑުނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: މި ފްލެޓްތަކުގެ މަހު ކުއްޔާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅުން ދައްކާ ވާހަކަ ދިމައެއް ނުވޭ. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ، ސުހެއިލް ވިދާޅުވި ގޮތުގައި، ފްލެޓަކަށް 62،000 ޑޮލަރުގެ މަގުން 7،000 ފްލެޓަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ އަގަކީ 434 މިލިއަން ޑޮލަރެވެ.

"ކުޑަކޮށް އެ ވިދާޅުވާ އަދަދަކީ ރަނގަޅު އަދަދެއް ނޫން، އަޅުގަނޑުމެން ވެސް ހިސާބުތައް ހަދާފައި އަގު އާއްމުކުރީ،" ސުހެއިލް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން އަށް 11،000ރ. އަކީ ބޮޑު އަދަދަކަށް ވާތީ، ސަރުކާރުގެ ވައުދަކީ އެއަށް ވުރެން ކުޑަ އަގެއް ހަމަޖައްސައިދިނުމެވެ.

އޭނާ ވިދާޅުވީ އެއްބަސްވެފައިވާ ގޮތުން ނަމަ، ފްލެޓްތައް ދޭން ނިންމާފައި ވަނީ ފިނިޝިން ނުހިމަނަ އެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުމަށް ފަހު، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ލޯނު ނުނަގާށެވެ.

އެހެންކަމުން ފްލެޓްތައް މިހާރު ދޭނީ މުށި ނުޖަހައި ކޮޓަރި އާއި ފާޚާނާގައި ވެސް ދޮރުތައް ނުލައި ބޮތްކާއި ފަންކާ ވެސް ނުލަ އެވެ. ކައްކާ ތަންކޮޅުގައި ވެސް ހުރީ ހަމައެކަނި ބެންޗެކެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ. އެޗްޑީސީން ބުނިގޮތުގައި ފްލެޓްތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެޗްޑީސީން އުއްމީދުކުރަނީ ފްލެޓްތައް ނިންމަން ކޮންޓްރެކްޓަރާ އެކު މިހާރު އެއްބަސްވެފައިވާ މިންވަރަށް މަސައްކަތްތައް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

ފްލެޓްގެ ހައްގުވެރިންނަށް، އޭގެ ފަހުން ދޮރުތައް ބަހައްޓައި، މުށި ޖަހައި ކުލަ ލާން ވަގުތުކޮޅެއް ދޭނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. ފްލެޓް ހަވާލުކޮށް ހިނގާ އެ މުއްދަތުގައި، ކުލި ނުނަގަން މިހާރު ވަނީ ނިންމައިފަ އެވެ.

124 ކޮމެންޓް, 157 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 5%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަށްޑޫ ކަތީބު

27 June 2020

މި ސަރުކާރު މިހެން ފުލެޓޭ ފުލެޓޭ ކިޔަން ތިއްބާ 5 އަހަރު ނިމޭނީ. ރައީސް ޔާމީނު އަޅުއްވާ ދެއްވި ފުލެޓް ހަވާލު ނުކުރެވިގެން އުޅޭކަން ރައްޔިތުންނަށް ވަރަށް ސާފު. ނާގާބިލު ވިޔަސް މީ ބޮޑުވަރު

The name is already taken The name is available. Register?

ވަކީލު މީހާ

27 June 2020

ދެ އަހަރުގެ ދައުލަތުގެ އެންމެ ބޮޑު ބަޖެޓު ދިނީމާވެސް ރައްޔަތުން ފެލާލި ބަޔަކަށް ދެން އިތުބާރެއް ނުކުރާނެ ... ވަރަށް ސަލާމް

The name is already taken The name is available. Register?

ސަންދޯ

27 June 2020

އަނެއް އޮޅުން

The name is already taken The name is available. Register?

ޢަލިބޭ

26 June 2020

ގޫގްލްގަ ލޯންކަލްކިއުލޭޝަން ޖަހާލީމާ އަންނާނެ ހަދަންވިގޮތް ސުހައިލު ތިބުނާ އަދަދު އަންނަނީ 100% ތިބޭފުޅުން ފައިދާލީމަ، ފައިދާ ނުލައި 20 އަހަރަށް ހެދީމާ އިންޓަރެސްޓާއެކު 5500ރ 15 އަހަރަށް ހެދީމާ 7100 މީ މިހާރު ހިސާބު ނުކިޔެވިއަސް ހެދޭ އެއްޗެއް.

The name is already taken The name is available. Register?

ސަންޕާޅޯ

26 June 2020

108 ޑޮލަރު އަކަފޫޓަކަށް ޚަރަދު ކުރީ ކޮރަޕްޝަން ލައިގެން. އެއީ 1600 ރުފިޔާ ކަމަށް ބަލަމާ. ދެން މަނިކުފާނުމެން 5 ރުފިޔާ އަކަފޫޓަކަށް ދީގެން 15*15 ފޫޓުގެ ކޮޓަރި އެހާ އަވަސް މުއްދަތެއްގައި ހަދާފައި ރައްޔިތުންނަށް ދޭންވީނުން. ބޭކާރު އަނގަ ނުތަޅާ.

The name is already taken The name is available. Register?

ސަޖޯ

26 June 2020

އެއްފަހަރާ 62000 ޑޮލަރު ދޭން ލިބޭނީ ކިތައް މީހުނަށްބާ؟ ހިސާބު ޖަހަން މޮޅު މީހާޔަށް އެގޭތޯ ލޯނުނެގީމާ ލޯނަށް އިންޓަރެސްޓް އަރާކަން 50000 ރުފިޔާގެ ސައިކަލް އިންސްޓޯލްމަންޓަށް ނެގީމާ ޖުމްލަ ކިހާވަރެއް ދައްކަިގެންތޯ ސަލާމަތްވަނީ

The name is already taken The name is available. Register?

ބޯގަރާރު

26 June 2020

ދޮން ކަލޯ ސައިކަލު ކާރުގެ އިންޓްރެސްޓް ރޭޓަކު ނޫން އެތަނަށް ފައިނޭންސް ހޯދީ. އެވަރެޖް ކޮށް ގިނަވެގެން ވެސް އަރަނީ %5 ގެ އިންޓަރެސްޓު. ބޮލުގަ ތެޔޮލައިގެން ހިސާބު ނަހަދަ ބަލަ.

The name is already taken The name is available. Register?

ބާދަގަނޑަށް

26 June 2020

ސަރުކާރަކުން އާއްމު ނިކަމެތި ރައްޔިތުމީހާއަށް 11ހާސް ރުފިޔާއަށް ފުލެޓްދިނުން . އަދިި މިބައެއްގެ ބަހުން ކޮތަރު ކޮއްޓެއް .ތިދެން ބޮޑުވަރު . ތިރީގަ ފުލެޓްނަހަދާއެބައިއުނިކޮއް ވިޔަފާރީގެބޭނުމަށް ކުއްޔަށްދީގެންވެސް ތިކިޔާލޯނަށް ފައިސާދެއްކޭނެ ރައްޔިތުންނަށް ތިވަރު ނުކުރިއަސް .ވިޔަފާރި ކުރާނީއަމިއްލަމުދަލުން ނިކަމެތިންގެއިހްސާސް ތައްއެގިތިބެ ވެރިކަންކޮއްބަލަ .

The name is already taken The name is available. Register?

އޮޅުވާނުލާ

26 June 2020

އެޗްޑީސީ އިން ބުނަނީ ފްލެޓަކަށް 62000 ޑޮލަރު ޚަރަދުވި ކަމަށް. އެއީ 956000 ރުފިޔާ. 20 އަހަރަށް ބަހާލީމަ މަހަކު 3984 ރުފިޔާ ދައްކަންޖެހޭނީ. 11000 ރުފިޔާ އަކީ ފްލެޓަކަށް ޚަރަދުވި އަދަދަށްވުރެ 3 ގުނަ ބޮޑު އަދަދެއް. އަދިވެސް ރައްޔިތުންނަށް އޮޅުވާލައިގެން ވައްކަން ކުރަން ހިފާފަ މިތިބީ. ހިޔާ ފްލެޓްތައް 6000 ރުފިޔާއަށް ނުދެވޭންވީ އެއްވެސް ސަބަބެއްނެތް

The name is already taken The name is available. Register?

ލާމު!

26 June 2020

ހުޅުމާލޭ ބިންތައް ވިއްކާ ސުހައިލު ތެދުބަހުން ވާހަކަ ނުދައްކާނެ ދުވަހަކުވެސް! މިސަރުކާރު ވެރިކަމާ ޙަވާލު ވުމާއެކު ފުލެޓްތަކާ ބެހޭގޮތުން ހަދަމުން ދިޔަ އެތައްދޮގެއް މިހާރުވަނީ ފަޅައި އަރާފައެވެ.

The name is already taken The name is available. Register?

ޝައުކަތު

26 June 2020

ފިނިޝިން ނިންމަންށޭ ކިޔައި ދެއަހަރު ބޭކާރުކޮށްލައިފި. އެކަމަކު އެއިން އެއްވެސް ކަމެއް ނުކޮށް އެންމެ ފަހުން އަގުވެސް ބޮޑުކޮށްފަ ތިޔަ ދެނީ. ތީތި ކަޑައޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454