ޚަބަރު / އާއިޝަތު މުހައްމަދު ދީދީ (ޖެންޑާ މިނިސްޓަރު)

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް މެތަޑޯންގެ ފަރުވާ ރާއްޖޭގައި އަލުން ފަށަނީ

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް މެތަޑޯންގެ ފަރުވާ އަލުން ފަށަނީ އިންޑިއާގެ އެހީތެރިކަން ލިބިގެން ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރާއްޖޭގައި ދިނުން ހުއްޓާލާފައި އޮންނަތާ ތިން އަަހަރަށް ފަހު އެ ފަރުވާ އަލުން ދިނުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަަަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު އާއްމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ފަރުވާ އަލުން ފަށަން އުޅެނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އިތުރުން، އެ ގައުމުގެ މެޑިކަލް ސައިންސަސް (އެއިމްސް)ގެ ފަންނީ އެހީތެރިކަމާ އެކު، މެތަޑޯން ތެރަޕީ ރާއްޖޭގައި އަލުން ފެށުމާ ބެހޭ މަޝްވަރާތައް ކޮށް، ބޭނުންވާ ބޭސްތައް ގެނެސް، އަންނަ ސެޕްޓެމްބަރު މަހު ފަރުވާދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފަައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނެސް ތެރަޕީއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ރާއްޖޭގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ޕްރޮގްރާމް ވަނީ މީގެ ތިން އަަހަރު ދުވަސް ކުރިން ހުއްޓާލައިފަ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަސްތުވާތެކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަކީ އަބަދުވެސް ތަރައްގީކޮށްް، އާ ހޯދުންތަކުގެ އަލީގައި ކުރަން ޖެހޭ ކަމެކެވެ. އެއީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ އެކަނި މަަސައްކަތެއް ނޫން ކަަމަށާއި އެކަމުގައި ފަރުދުންނާއި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު، އެ ކަމުން ސަލާމަތް ވުމުގެ ފަރުވާ ލިބި ރިހެބިލިޓޭޓްވެގެން ނުކުންނަ މީހުންނަކީ މުޖުތަމައުން ބަލައިގަންނަ މީހުންނަށް ހެދުމަށް އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަަމާށް ވެސް އާއިޝާ ވިދާޅުވި އެވެ.

"...ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަށް ފަރުވާގެ އިންްތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި، ބޭނުންވާ ފަރުވާ ލިބިދިިނުމުގައި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްފި ނަމަ މިކަމުގައި އިތުރު ކާމިޔާބީތައް ލިބިގެންދާނެ އެވެ،" މެސެޖުގައި އޭނާ ވިދާޅުވި އެވެ.

23 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 2%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޓަރޭ- ދަމެން

05 July 2020

ޗައިނާފްލެޓްގެ އުކުޅަވަހިތައް މަސްތުވާތަކެތީގެ ކިއްލާތަކަކަށް ބަދަލުވަމުންދާ ޚަބަރު ދަނީ އަޑުގަދަވަމުން

The name is already taken The name is available. Register?

ރާއިދު

27 June 2020

ތިކަމުން ފައިދާ ކުރާނީ ބޯކުދިންގެ ގްރޫޕްތަކާއި ނަންނަމުގައި ހަދައިގެން އުޅޭ އެންޖީއޯ ޖަމްއިއްޔާ ތަކަށް. އެ މީހުންގެ ބޭނުމަކީ ޖަލަށް ނުގޮސް އެއްޗެކޭ ކިޔައިގެން ރަށުތެރޭ އެނބުރުން.

The name is already taken The name is available. Register?

ކަނބިލި

27 June 2020

މިިއީ އެއްވެސް ދިރާސާއެއް ނުކޮށް ނިންމި ނިންމުމެއް ކަމަށް ފެންނަނީ. ކުރީ ސަރުކާރުން ހުއްޓާލީމާ މިވެރިން ފެއްޓީ. ނޫނީ ކަމެއް ނުކުރެވޭތީ ނޫނީ ކުރަން ނޭގޭތީ ކަމެއް ކޮށްލީ ކަންކުރާކަން ދައްކަން

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

27 June 2020

ކުރަންވީކަން އެންމެނަށް އެގޭ. ނަމަވެސް މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހުންނާއި އެތެރެކުރަމުންދާ މީހުންނާއި އެކަމުން ހޯދާ ނާޖާއިޒު ނަފާގެ ވާހަކަ ދައްކަން ކެރޭ ސަރުކާރެއް ނުފެނުނު. (ކެމްޕޭނު ފަންޑު) ދެން ކިހިނެއްތޯ އެތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވާނީ؟ މަމެން އާންމު ދިވެހިންގެ ޙައްޤަށްވުރެ ކުށްކުރާ މީހުންނާއި ކުށްވެރިންގެ ޙައްޤު މާ މުހިންމު. މިއޮތީ އެމެރިކާގެ ފެންވަރަށް ޖޫޑިޝަރީ ގެންދެވިފަ. މިހާރު މާފިޔާވެސް މިދިމާލަށް ދަތުރު ފަށައިފި.

The name is already taken The name is available. Register?

ގާސިމް

27 June 2020

މެތަޑޯން ފަރުވާ ހޯދަން ރިހެބްއަށް ދަނީ އެމީހުންނަށް މަސްތުވާތަކެތި ލިބުން ދަތިވާން ފެށީމަ އެއްގޮތަކަށްވެސް ރަނގަޅު ވުމުގެ ނިޔަތަކު ނޫން.

The name is already taken The name is available. Register?

އަންދު

27 June 2020

ދޮންކަލޯ އަދި ރީހެބްގަ އޭތި ދޭކަށް ނުފަށަޔޭ. ފަށާށޯ އުޅެނީ.

The name is already taken The name is available. Register?

ވަޙީދު

27 June 2020

ޙަޤީޤަތުގައިވެސް ތިޔަކަން ހުއްޓުވަން ބޭނުން ނަމަ ތިޔަހުރިހާ އުނދަގޫ ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ތިޔައެތި މިޤައުމަށް އެތެރެވިޔަނުދޭންވީ އެކަންކަން ކުރާމީހު ހިފައި ހައްުޔަރު ކުރުމަށްފަހު މުއްދަތް ހަމަވުމުމުގެ ކުރީން ދޫވެސްނުކުރާގޮތަށްް ހަމަޖައްސަންވީ!

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

27 June 2020

އެތެރެވުން ހުއްޓުވުމާއެކު ނަގާކުދިންނަށް ފަރުވާވެސް ބޭނުންވާނެ. ނޫނީ ކިޔަންޖެހޭނީ ބައިބައި.

The name is already taken The name is available. Register?

sooza

27 June 2020

އައިޝަތު މުޙައްމަދު ދީދީ އަކީ ކޮންޕާޓީއެއްގެ ބޭފުޅެއްތޯ؟

The name is already taken The name is available. Register?

ޑެފައިތަޅާ ގެންޑާ

27 June 2020

ތިފަރުވާއެއްކޮއްގެން ރަންގަޅުވި މީހެއްދަެއްކަބަލަ

The name is already taken The name is available. Register?

ހުސްނުބާނޫ

27 June 2020

ޑަސް އިޓް މެޓަރ؟

The name is already taken The name is available. Register?

ބުރަކި

27 June 2020

ޖެމްޑަ މިނިސްޓްރީ ވަނީ ފެއިލްވެފަ ސިދާތާ އައްވުރެ މީނަގެ ފަރުވާ ކުޑަ

The name is already taken The name is available. Register?

ބަސް

27 June 2020

މަސްތުވާތަކެއްޗަކީ ވަރަށް ކުރު މުއްދަތެއްގެތެރޭ އެ ވިޔަފާރި ކުރާމީހުން މަހުޖަނުންނަށް ބަދަލުކޮށްލާ އެމީހުނަށް ބޮޑު ފައިދާއެއް ލިބޭ އެއްޗެއް. ބޭނުންކުރާ މީހުނަށް ދެ ދުނިޔޭގެ ހަލާކު. މިކަން ނުހުއްޓުވެނީ ވިޔަފާރިއަކަށްވުމުން. ވިޔަފާރިވެރިން ކުރާ އެއްވެސްކަމެއް އެއްވެސް ގައުމެއްގައި ހުއްޓުވުނުތަ؟ އެމީހުންގެ ސަޕޯޓަކީ ސިޔާސީ މީހުން. ދުނިޔޭގައި ހިނގާ ހުރިހާ ނުބައެއް ގެ މުލަކީ މި ދެފަރާތް. ކެރޭބަޔަކު މި މޫ ލުހެލަބަލަ.

The name is already taken The name is available. Register?

ފަރުދު

27 June 2020

މެތަޑޯން ފަރުވާ ހުއްޓާލީ ކަމެއްް ވެގެން ނޫންތަ؟މެތަޑޯން ފަރުވާ ދިންއިރުވެސް މަގުތަަކުގައި އެހާގިނަ މަސްތުވެގެން ތިބޭ މީހުން..ދުނިޔޭގެ ވާހަކަ ނުދައްކާ...ރާއްޖޭގެ ޖަލަކީވެސް މަސްތުވާ ތަކެތީގެ ހާއްޔެއް..ވިއްކާ މީހުން ތިބޭ ..ގޭގައި ތިބޭ އިރަށްވުރެ މިނިވަންކަމާއިއެކު ޖަލުގައި މަސްތުވެވޭ..

The name is already taken The name is available. Register?

އަލީ!

27 June 2020

މަގުތަކުގައި ބިއްޖެހިފަތިބެނީ މެތަޑޯން ފަރުވާކުރަމުންދާމީހުންތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454