ރިޕޯޓް / ނެޝަނަލް ޑްރަގް އޭޖެންސީ

މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!

މަސްތުވާތަކެއްޗާ ބެހޭ ގާނޫނެއް ހަދައި އެންޑީއޭ އުފަންކުރީ ވެސް ޑްރަގްސް ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރެން. އެކަމަކު އެންޑީއޭގެ ބޯޑާއި އެ އެޖެންސީ އޮތީ ވަރަށް ހާލުގައި.

ބައެއް މީޑިއާތަކާ އެކު، ފުލުހުން މިދިޔަ ނޮވެމްބަރު މަހު ގެންދިޔަ ޑްރަގް އޮަޕަރޭޝަންގައި ބަޔަކު ފާސްކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކިއު ދިގުވުމާއި ފަރުވާ ރަނގަޅުނުވުމުގެ އެތައް ޝަކުވާތަކެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އަމާޒުވާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އިދާރާ ހިންގުމަށް ސީއީއޯއެއް ހަރުނުލުމުން ފެށިގެން މުޅި އެޖެންސީ އޮތީ މައްސަލަތަކުން ފުނިޖެހި އެކަމުން ހިންދަމައި ނުލެވިފަ އެވެ. ހާލަތު ގޯސްވަމުން ގޮސް، އިޖުތިމާއީ ބޮޑު ކަމެއްގެ ފަރުވާ ދޭން އުފެއްދި އެޖެންސީ، އެހެން ބަޔަކަށް ފަރުވާ ދިނުމުގެ ކުރިން އެތަނަށް މިހާރު މިއޮތީ ފަރުވާ ދޭން ޖެހިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނެއް ވުޖޫދުކޮށް އެންޑީއޭ އުފަންކުރީ ވެސް ޑްރަގްސް ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމަށެވެ. އެކަމަކު އެންޑީއޭގެ ބޯޑާއި އެ އެޖެންސީގެ ހިންގުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ އެ ތަން މިހާރު އޮތީ ވަރަށް ހާލުގަ އެވެ.

އެކަން އެންމެ ބޮޑަށް ހާމަވި އެއް ސަބަބަކީ، ހަތަރު މަސް ފަހުން އައްޔަންކުރި އެންޑީއޭގެ ސީއީއޯ މުހައްމަދު ހަބީބު، ހަތަރު މަސް ފަހުން މިދިޔަ މަހުގެ 16 ގައި މަގާމުން ވަކިކުރުމުންނެވެ. އޭނާ އެ މަގާމުން ވަކިކުރަން އެންޑީއޭ ބޯޑުން ނިންމީ ޕްރޮބޭޝަންގެ މުއްދަތުގައި ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް އެނގިފައި ވެ އެވެ.

އެ މައްސަލައިގައި އެކަނި ވެސް އެންޑީއޭގެ ބޯޑުގެ ބައެއް މެމްބަރުންނާއި އެ ތަން ހިންގުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ.

ބޯޑުން ބޭނުންވި ބަދަލު ގެންނާނެ ހިތްވަރެއް އެންޑީއޭއަކު ނެތް

އެ އެޖެންސީގެ ބޯޑު މެމްބަރަކު ވިދާޅުވީ މަސްތުވާތަކެތީގެ ހާލަތަށް ބަލައި އެކަށީގެންވާ ފަރުވާ ދޭނެ ކެޕޭސިޓީއެއް އެންޑީއޭއަކު ނެތެވެ. މި ފަދަ ހާލަތަކަށް އެ އެޖެންސީ ވެއްޓިފައި އޮތީ ފާއިތުވި އަހަރުތަކުގައި ތަައްޔާރުވެފައި ނޫން ކަމަށާއި އެ ކަންކަމަށް މަސައްކަތް ވެސް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މެމްބަރު ވިދާޅުވި ގޮތުގައި އެންޑީއޭގެ ކަންކަން ހިނގަނީ ވެސް ގާނޫނު ތަރުތީބުކޮށްފައިވާ ގޮތަކަށް ނޫނެވެ. ކ. ހިންމަފުށީގައި ހިންގާ ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ރިހެބިލިޓޭޝަން ސެންޓަރު ވެސް ހިންގަނީ ދޯދިޔާ ގޮތަކަށް ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ގިނަ މަރުކަޒުތައް ހުރީ ނަމެއްގައި ކަމަށް ވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"އަސްލު ދޭންވާ ގޮތަށް ފަރުވާ ދެވޭ އެއްވެސް މަރުކަޒެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި މި ވަގުތަކު ނެތް. އެ ހުރިހާ ކަމެއް ހުރެފައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް އިތުރުވެފައި، ކޮވިޑުގެ ހާލަތު އައީމަ މަގުމަތިވެގެން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މަންޒަރުތައް ވަރަށް ބޮޑަށް ހާމަވެގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑްރަގް ކޮންޓްރޯލް ކައުންސިލެއް އުފައްދަން ޖެހެ އެވެ. ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވާ އެ ކައުންސިލުން ފާއިތުވި އަހަރުތަކުގައި ކުރި ކަމެއް ނޭނގެ އެވެ. ނަމަވެސް ހާލަތު ބޮއްސުންލައިގެން ދިއުމާއެކު އެ ކައުންސިލް އެކްޓިވްވެފައިވާ ކަމަށް އެންޑީއޭ ބޯޑުގެ ބައެއް މެމްބަރުް ފާހަގަކުރައްވަ އެވެ.

"މި ހުރިހާ ތަނެއް ވެސް އަސްލު އޮތީ ވަރަށް އިންއެކްޓިވްކޮށް. އެންޑީއޭއިން އެ މީހުން ކުރާ ކަމެއް އެ މީހުން ކުރަނީ. [ޑްރަގް ކޮންޓްރޯލް] ކައުންސިލުން ވެސް އެގޮތަށް ކުރަން ގާނޫނުގައި، ނައިބު ރައީސްގެ ބެލުމުގެ ދަށުން އެކަން ކުރަން އޮތަސް އެކަންކަމެއް އެ ގޮތަށް ހިންގާފައި ނެތީމަ އޭގެ ސަބަބުން އެ ހުރިހާ ކަމެއް އެއްފަހަރާ ފެނިގެންދިޔައީ. އެ ހާލަތުގައި އޮތީ."

އޭނާ ވިދާޅުވީ އެންޑީއޭގެ ކުރީގެ ބޯޑުގައި ވެސް މައްސަލަތަކެއް ހުރުުމުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އާ ބޯޑު އުފެެއްދީ އުއްމީދުތަކާ އެކު ކަމަށެވެ. އެ ބޯޑު ބޭނުންވީ ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރަން ކަމަށް ވިޔަސް އެ ނަތީޖާ ނެރޭނެ ހިތްވަރެއް އެންޑީއޭގައި ނެތެވެ.

"ބޯޑު އެކްޓިވްވުމާ އެކު، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ވެސް އެކަންކަމުގައި މަސައްކަތްކުރަން ދިޔައީ. އެއް ވަގުތެއްގައި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާއި ބޯޑާ، މި ހުރިހާ ތަނެއް އެކްޓިވޭޓްވީ. ދެން ވިކްޓިމައިޒް ވާނީ ކޮންމެ ގޮތެއް ވިޔަސް އެކަމަށް ކަނޑައަޅާފައިވާ މަރުކަޒުތާ. އެއީ ނޭޝަނަލް ޑްރަގް އެޖެންސީ."

ގާނޫނުގައިވާ ގޮތުން އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިިވާނީ ސީއީއޯ އެވެ. މި ފަހުން ވެސް އެންޑީއޭގެ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވީ އެ އެޖެންސީ ހިންގުމުގައި ބޯޑުން އަމަލީގޮތުން ބައިވެރިވާން ފެށުމުންކަން ބައެއް ބޭފުޅުންގެ ވާހަކަތަކުން އެނގެ އެވެ.

އެ މެމްބަރު ވިދާޅުވީ އެންޑީއޭގެ ދުވަހުގެ ހިންގުމަށް ބޯޑުން ވަންނަން މަޖުބޫރުވީ ހުރިހާ ދިމާލެއްގައި ޑިމާންޑުތަކެއް ހުރެފައި ނަތީޖާ ނުނެރެވޭތީ ކަމަށެވެ. އެންޑީއޭގެ މުވައްޒަފުންގެ މެދުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީކީ ހައްލުކުރަން ފަސޭހަ މައްސަލައެއް ނޫން. ހިއެއް ނުވޭ ފަސޭހައިން ހައްލުވާނެހެން. މުޅި ސިސްޓަމް އެއްކޮށް ބަދަލުކުރަން ޖެހޭނީ. އެންޑީއޭ އެކަންޏެއް ނޫން."

އެންޑީއޭގެ ހުރިހާ ގުނަންތަކެއް ގުޑާފައި، ބޯޑުން ބޮޑެތި ގޯސްތަކެއް

އެންޑީއޭގެ ދުވަހު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ އެ ތަނުގެ ސީއީއޯ އަށް ހަމަޖައްސަވާ ބޭފުޅުން ރަނގަޅު ކަމަށެވެ. ބޯޑާއި މިނިސްޓްރީން އަންގާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަން ރަނގަޅަށް މަސައްކަތްކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަހަރު ވެސް މައްސަލަ ގޯސްވެގެން ދިޔައީ އޮންނަ އުސޫލާ ހިލާފަށް ކަންތައްތައް ކުރުމުގެ ސަބަބުންނެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، ޖަމިއްޔާތަކުގެ ޑިމާންޑާ ހެދި، ޑޮކިއުމެންޓެއް ނެތި ވެސް ބޯޑުން އަންގާ ގޮތަށް އެ ފަރާތްތަކަށް ވަކި މަސައްކަތްތަކެއް ހަވާލުކުރުމެވެ.

"މި ކަހަލަ ކަންތައްތަކެއްގެ ޕްރެޝަރުގެ ތެރޭގައި. ދެން ވައިބާ ގްރޫޕުތަކާ އެއްޗެހި ހަދައިގެން އެންޑީއޭގެ މުވައްޒަފުން ގްރޫޕުތަކަށް ވައްދައިގެން. މަދަނީ ޖަމިއްޔާއާ ރިކަވަރީ ކޮމިއުނިޓީއާ އެންޑީއޭއާ މި ދިޔައީ ވަރަށް ބޮޑު ހަނގުރާމައަކަށް މީގެ ސަބަބުން."

"ކްލަބް ޖަމިއްޔާތަކުން އެގޮތަށް ޑިމާންޑުކުރީމަ ބޯޑުން ހިތަށް އަރަނީ އެގޮތަށް އެކަން ކުރަންޖެހޭނެއޭ. ނޫނީ އެގޮތަށް އެކަން ނުކޮށްފިއްޔާ ވަރަށް ގިނަ ކަންތައްތަކެއް ދިމާވެދާނެއޭ،" އޭނާ ވިދާޅުވި އެވެ.

ބޯޑުން ނިންމާފައި ހުރި ގާނޫނާ ގަވައިދާ ހިލާފު ވަރަށް ގިނަ ކަންކަން ތަންފީޒުކުރަން ސީއީއޯ އަށް ބާރުއެޅިއަސް ހަބީބު، މުވައްޒަފުންނަށް އެންގެވީ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތްކުރާށެވެ. ވަސީލަތްތައް ނެތި ވެސް ފާއިތުވި އަހަރުތަކުގައި އެންޑީއޭ ހިންގީ ގަވައިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އެ މުވައްޒަފުން އެގޮތަށް ސްޓޭންޑް ނެގީމަ ބޯޑުން އެ މައުލޫމާތު އެބަ ދޭ ސަބްސްޓެންސް އެބިއުސް ކޮމިއުނިޓީ އަށް، ތި މީހުންގެ މިވެނި ކަމެއް ނުކޮށްދީގެން އުޅެނީ މި ވެނި ސެކްޝަނަކުން މި ވެނި މީހެކޭ. ބޯޑުން އެބަ ބުނޭ އެ މީހުންނަށް މައުލޫމާތުދީފައި. ދެން އެންޑީއޭއިން އިއުލާނުކޮށްފައި ހުންނަ މައުލޫމާތު ޝީޓާ އެއްޗެހި ބަޖެޓާ އެއްޗެހި ބޯޑުން މި ބުނާ ޖަމިއްޔާތަކާ ފޯރުކޮށްދޭ. މިއީ ސިއްރު އެއްޗެހި. އެ ހުންނަނީ ވަރަށް ހައްސާސް ކަންކަން. އެ ކަހަލަ ކަންކަން ކުރާކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މި ފަހުން ޖަމިއްޔާތަކާ ގުޅިގެން ހިންގި "ހޭހަން" ކެމްޕެއިން ހިންގަން ވެސް ޖަމިއްޔާތަކާ އެކު ސޮއިކުރީ އެއް ރޭގެ ދަންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީއީއޯ އަށް އޮތް މަޖުބޫރުކަމަކީ، ސީއީއޯ މި ހުންނަވަނީ ބޮލުގައި ހަަމަ ދެ އަތުން ހިފަހައްޓައިގެން، ހަމަ އެއްވެސް އެއްޗެކޭ، ބަހެއް ވެސް ނުބުނެ... ފުރުސަތެއް ނުލިބުނަސް މުވައްޒަފުން ގޮވައިގެން މަސައްކަތްކުރުމަށް އުޅުނު،" އޭނާ ވިދާޅުވި އެވެ.

"ތިރިން މައްޗަށް ހުރިހާ އޯޑަރުތަކެއް ދާންފެށީ، ޗެއާ ވިދާޅުވިއޭ މިހެން، މިވެނި މެމްބަރަކު ވިދާޅުވިއޭ މިވެނި އެއްޗެއް ޖެހެއޭ އެވެނި ދުވަހެއްގައި ހަދަން... މިހެން ދަމުން ގޮސް އެންޑީއޭއަށް ކެތްނުވެގެން އެންމެ ފަހުން އެންޑީއޭގެ މުވައްޒަފުން ނިންމީ ތިމަންނަމެން މި ސްޓޭންޑް ނަގައިފީމޭ. ދެން އިތުރަކަށް ނުވާނެއޭ."

އެ މުއްދަތުގެ ތެރޭގައި އެސެސްމަންޓް ހަދާ ފަންނީ މުވައްޒަފުންނާއި ކައުންސެލަރުންނާއި ސައިކޮލޮޖިސްޓުން ވެސް އިސްތިއުފާ ދެއްވާފައިވާތީ ސެންޓަރުތަކުގެ ހިންގުން މުޅިންހެން އޮތީ ހުއްޓިފަ އެވެ. އެހެންވެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި ސައިކޭޓްރިސްޓުން ހޯދަން ވަރަށް ފަހުން ވަނީ އިއުލާންކޮށްފަ އެވެ.

"ބޯޑުގެ މި ކަހަލަ ކަންތައްތަކުގެ ސަބަބުން މުވައްޒަފުން ކެނޑިގެން ދިޔަ ވަރަށް ބައިވަރު. މިހާރު ވެސް އެބަތިިބި އެދިފައި ކެނޑެން ބައިވަރު ބަޔަކު. އެސެސްމަންޓް ސެކްޝަނާއި މި ހުރިހާ ތަނެއްގައި ތިބި އިސްވެރިން ވެސް ކެނޑިގެން ދިޔައީ. މި މައްސަލައިގައި އެންޑީއޭގެ މުވައްޒަފުން ހިތާމަކުރަން ފެށީ. އެންމެ ފަހުން ކެތްނުވެގެން މުވައްޒަފުން ބުނީ ތިމަންނަމެން ދެން ނުކުރާނަމޭ. މި ތަން ހުއްޓުމަކަށް އައިއިއްޔާ ހުއްޓުމަކަށް އައިއޭ. މި ލެވެލް އަށް ކަންތައް ދިޔައީ."

އޭނާ ވިދާޅުވީ ރިކަވަރީ ކޮމިއުނިޓީއާއެކު އެންޑީއޭއިން ބޭއްވި ރަނގަޅު ގުޅުން، ގޯސް ހުވަފެން ދައްކައިގެން ހަލާކުކޮށްލީ ބޯޑުން ކަމަށެވެ.. އޭގެ އެއް ކަމަކީ ޖަމިއްޔާތަކާ އެކު މި ފަހުން ހުޅުމާލޭގައި ބޭއްވި "ހޭހަން" ކޭމްޕުގައި ބައިވެރިވި ބައެއްގެ ކުށުގެ ރިކޯޑު ފޮހެލާނެ ކަމަށް ބޯޑުން ބުނުމެވެ. އެކަމަކު އެއީ އެންޑީއޭއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެންޑީއޭއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި އެއްވުމުގައި މީހަކު ބޯޑެއް ހިފަހައްޓައިގެން.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ހެޔޮ ނިޔަތުގައި އެ މީހުންނަށް ކޮށްދޭން މި އުޅެނީ. އެކަމަކު އެ މީހުންނަށް ނުވާނެ ގޮތަށް، ނުރަނގަޅު މައުލޫމާތު ދީގެން ކަންކަން ކުރަނީ."

ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދެއްކެވި އެންޑީއޭގެ މުވައްޒަފު ވިދާޅުވީ ކަންކަން ގޯސްވުމުގައި، އެ އެޖެންސީ ކުރިން ހިންގި ޖެންޑާ މިނިސްޓްރީގެ އިސްވެރިންގެ ޒިންމާ ވެސް އެބައޮތެވެ. ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލެއް ނުލިބުމުން އެންމެ ފަހުން މިދިޔަ މަހުގެ 5 ގައި ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ އެވެ.

އޭގެ ކުރިން، މިދިޔަ އަހަރުގެ ފަހުކޮޅާއި މި އަހަރުގެ ގިނަ ކަންކަމަށް އެންޑީއޭއިން ހަރަދުކުރީ ބަޖެޓުގެ ބޭރުންނެވެ.

"ސީއީއޯ އަށް ވެސް ނުވެސް އަންގާ މިކަން ކުރީ. މިހެން ދިޔައީމަ ވާ ގޮތަކީ މުޅި އެންޑީއޭ މި އޮތީ ގުޑާފައި. އިމާރާތެއް އެތައް ބުރީގެ މަތިން ވެއްޓިގެން ބިންމަތީގައި ޖެހޭ މީހާގެ މުޅި ހަށިގަނޑުގެ ކަށިތައް ގުޑާ ފަދައިން އެންޑީއޭގެ ހުރިހާ ގުނަންތަކެއް މި ހުރީ ގުޑާފައި. ދެން އެންޑީއޭ އޯވަހޯލް ކޮށްގެން، ކޮޅަށް ތެދުވެ ހިންދެމިގެން މަސައްކަތްކުރެވޭނީ،" އެ މުވައްޒަފު ވިދާޅުވި އެވެ.

27 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެވަންދުނި

06 June 2021

މިއީ ގައުމު އޮތް ހާލަތު ވުޒާރާތަކަ މުއައްސަސާތަކާ ބޯޑް ތަކާ ކައުންސިލް ތައް ހަދާފަ ބޮޑު މުސާރަ ދެވިދާނެ!ދެން ތިބޭނީ އެކަކު އަނެކަކަށް ބަސް ކިޔަން!ނިމޭއިރު އެއްކަލަ ޒުވާނުންތައް ހާލާކުވެ މިއޮއްދަނީ އެއީ މާދަމާގެ ކުރިމަގު.މީ ޓެކްނޮލޮޖީގެ ޒަމާން އަދިވެސް އެޒުވާނުންނަށް ފަރުވާދެވޭނެ ވަސީލަތެއް ނެތް.ސަރުކާރުތަކުން ޒުވާނުންނަށްވާ އިހުމާލު ހުއްޓާލަށްޖެހޭ.

The name is already taken The name is available. Register?

މާކު

05 June 2021

އެއްފަހަރު ބުނާނެ ބޯޑު ކަމަކުނުދެޔޭ. އަނެއްފަހަރު ބުނާނެ ސީ.އީ.އޯ ވަރަށް ރަނގަޅޭ. ސީ.އީ.އޯ މަސައްކަތްކުރަނީ ބޯޑުން އަންގާގޮތަށޭ.

The name is already taken The name is available. Register?

ފާޔިން

05 June 2021

ތިޔަ އެއްވެސް އިދާރާއެއްގެ ބޭނުމެއް ކޮބާ؟ އެއްބަޔަކު މިކަމުން ސަލާމަތް ނުވެގެން މަސައްކަތް ކުރާއިރު އަނެއްބަޔަކު އެމީހުންނަށް ލިބޭ މާލީ މަންފާގައި ނިކަމެތިން ގުރުބާންކުރަނީ. މޫގަޑުކޮށައިނުލާ ގަސް ކޮށިޔަސް ވާނީ ކީއް؟ މނޑފ އާއި ފުލުސް، ކަސްޓަމާއި އިމިގްރޭޝަން ފަދަ ތަންތަނުގަ ތިބި ޒަމާންވީބޮޑުންނާއި ގުޅިގެން މީ ފުޅާކޮށް ކުރާ ވިޔަފާރިއެއްކަން ކަމާބެހޭ ފަރާތްތަކަށްވެސްއެގޭ. އެއިންތަނަކަށް އަލަށްވަދެ ރަގަޅުމަސައްކަތެއްކުރާމީހެއްގެނަމަވެސްދުވަސްދުއްވާލާ

The name is already taken The name is available. Register?

އަރުތަ

05 June 2021

"ކްލަބް ޖަމިއްޔާތަކުން އެގޮތަށް ޑިމާންޑުކުރީމަ ބޯޑުން ހިތަށް އަރަނީ އެގޮތަށް އެކަން ކުރަންޖެހޭނެއޭ. ނޫނީ އެގޮތަށް އެކަން ނުކޮށްފިއްޔާ ވަރަށް ގިނަ ކަންތައްތަކެއް ދިމާވެދާނެއޭ،" ދިމާވާނެ، ހުރިހާ ތަނެއްގަވެސް އޮތީ ސިޔާސީ ދިޔަވަރު އެހެންވީމަ ދިމާވާ މައްސަލަ، ވަކިކުލައަކަށް ބަރޯސާވެގެން ތިހުރިހާ ތަނެއްގަ މަސައްކަތްކުރާ މީހުންވެސް މަސައްކަތްތައް ކުރަނީ، ކަމެއް ނުކުރެވުނަސް ނަތީޖާ ނުނެރެވުނަސް މުސާރަލިބޭނުން،

The name is already taken The name is available. Register?

ކާސިންޖީ

05 June 2021

ކީއްކުރަންތަ ޑުރަގް ބޭނުން ކުރާމީހުންނައް ސަރުކާރުން ހަރަދު ކުރަން ޖެހެނީ؟ ވަކިރަށެއް ހަދާފަ، ފެންސު ޖަހާފަ އެތަނައް އަޅާލާ، އޭރުން ތިބެދާނެއެއްނުން.

The name is already taken The name is available. Register?

ޝޭޚް

05 June 2021

ވަރަށް ފުރިހަމަ ރިޕޯޓެއް . ބޯޑާ މެދު މުވައްޒަފުން ދައްކަފައިވާ ވާހަކަ އަދި އެން.ޑީ.އޭ ގައި އެވަރު ކެޕޭސިޓީއެއް ނެތް ކަމަށް ބޯޑުން ބުނާ ވާހަކަ.. ދެފަރާތަުންވެސް ދައްކާ ވާހަކަ ރަނގަޅު.

The name is already taken The name is available. Register?

ރާއްޖެ

05 June 2021

އެންޑީއޭ އިން ފަރުވާގެ ނިޒާމު ބަދަލު ކުރާކަށް މަސައްކަތެއް ނުކުރޭ. ނަތީޖާ ނުނިކުންނަ އިރުވެސް ހަމަ ހުރިހާތަނެއްގައިވެސް އެއް ފަރުވާތަކެއް ހިންގަންވަނީ. އެންޑީއޭގައި ކަމެއް ނެތިފައި ތިބި ބޮޑެތި މީހުންގެ ކަމަކީ ދަށުން ތިބޭ މުވައްޒަފުންނަށް ގޮތް ކިޔައި، އާދައިގެ މުވައްޒަފުންގެ ގައިން ދާ އޮހޮރޭވަރަށް މަސައްކަތް ކުރުވުން. އެކަމް މި ބޮޑެތި މީހުން މި މަޤާމުތަކުގައި ތިބެގެން ކުރާ ކަމެއް ނުފެނޭ.

The name is already taken The name is available. Register?

ކޮރަލް

05 June 2021

ޑްރަގް ވިއްކާ އަދި ބޯ ބައެއް މީހުން އެންޑީއޭ ކޮންޓްރޯލް ކުރާތީ ވާކަމެކެވެ. އެމީހުންގެ ބާރު ކަނޑުވާލަން ޖެހެ އެވެ. ނޫނީ ހައްލެއް ނެތެވެ.

The name is already taken The name is available. Register?

ފަޒީލް

05 June 2021

އާއިލާއެއްގެ ތެރޭ މަސްތުވާ މީހަކު ހުރުމަކީ މުޅި އާއިލާ އެކަމުގެ ތަކްލީފް އުފުލަންޖެހޭ ކަމެއް..އިއްޔެވެސް އެންޑީއޭއަށް ގުޅީމަ ކޮވިޑް ވީމަ ގެންދެވޭނެ ގޮތެއް ނެތޭ ފަރުވާއަށް..އަދި އާއިލާއިން އެދުނަސް ނުގެންދެވޭނޭ..މަސްތުވާ މީހާ ރުހުމުގައި ގެންދެވޭނީ މަދު މީހަކު..ގިނަ މީހުން ދަނީ ކުށެއްގައި ބެދުމުން އެކަމުން ސަލާމަތްވާން ރިހެބްގައި 6މަސް ހޭދަކޮށްލަން.އެކަން އިނގޭނެ އެންޑީއޭއަށްވެސް..ރިހެބުން ބޭރުވުމާއިއެކު އަލުން ފަށާނެ..

The name is already taken The name is available. Register?

ގަބޯ

05 June 2021

ޢެން.ޑީ.އޭގެ މަސަލައަކީ އޮފިސްތެރޭގަ އޮނަ ބައި ބައިވުން ވެރިން އަދި މުވަޒަފުން މެދުގައި އޮންންވީ އިހްތިރާމް ނުބާއްވާކަން ވަރަށް ރަނގަޅަށް ފެނޭ އަދި ނުވި ތާކަށް އޮފިސް އިދާރީ ހިނގުން ހަރުދަނާ އުސޫލް އަދި ޒަމާނީ ގޮތަށް ބަދަލް ކުރަން ބޭނުން ނުވާ މުވައްޒަފުން ތިބިކަން އަޅުގަނޑު ފާހަގަކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454