މާސްކާ ނުލައި ދޮންބިލެއް ހަލީމް ބަހުސް ކުރައްވަނީ--
30 ޖޫން 2020 - 11:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ބައިވެރިވެ ވަޑައިގަންނަވާއިރު ކައިރީގައި އެހެން މެންބަރަކު ނެތް ނަމަ މާސްކް ނެގުމުގެ ހުއްދަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުއްދަ ދިން އިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މެންބަރުން މާސްކް އަޅަން އޮތީ އަންގައިފަ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަން ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވީ ފަހުން ލިބުނު އިރުޝާދަށް ބަލާއިރު ގާތުގައި މެމްބަރަކު ނެތް ނަމަ މާސްކް ނާޅުއްވައި މެމްބަރުންނަށް ވާހަކަ ދެއްކެވޭނެ ކަމަށެވެ.
ނަމަވެސް އެއީ ކޮން ތަނަކުން ދިން އިރުޝާދެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
Mask alhaigen vaahaka dhekkun membarunnah faseyha kamakah nuvi
The most trusted news source in the Maldives
Mihaaru
މާސްކާއެކު ވާހަކަ ދައްކަން ފަސޭހަ ކަމަކަށް ނުވުން
ނަޝީދު މިހެން ވިދާޅުވުމުން ވެސް ބައެއް މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވީ މާސްކް އަޅުއްވައިގެންނެވެ. ރިޔާސަތުގައި އެންމެ ވަކިން އިންނަވަނީ ނަޝީދު ކަމަށް ވިޔަސް އެ މަނިކުފާނު ވެސް މާސްކެއް ނުނަންގަވަ އެވެ.
މާސްކް ނާޅުއްވައި އެންމެ ފުރަތަމަ ބަހުސް ކުރެއްވީ ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ގާސިމެވެ. އޭގެ ފަހުން އެހެން ބައެއް މެމްބަރުން ވެސް އެގޮތަށް އަމަލުކުރެއްވި އެވެ.
ކޮވިޑް-19 ފެތުރޭތީ ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލުމަށް ފަހު މިދިޔަ މަހުގެ 26 ގައި ޖަލްސާތައް ތަޅުމުގައި އަލުން ފެށިއިރު މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވަން ޖެހުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭރު ވެސް މެމްބަރުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ނަޝީދު އޭރު ވިދާޅުވީ އެޗްޕީއޭ އިން އިރުޝާދު ދީފައިވަނީ ހުރިހާ މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވަން ޖެހޭނެ ކަމަށެވެ.
ފޯރިގަދަކޮށް ބަހުސް ކުރައްވާ މެމްބަރުންނަށް މާސްކް އަޅުއްވައިގެން ވާހަކަ ދެއްކެވުން ފަސޭހަ ކަމަކަށް ނުވެ އެވެ. އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މާސްކް ކައްސާލައިގެން ނޭފަތުން ތިރިއަށް ސޮއްސާލުމެވެ.
ކުރިން އެއް މެންބަރު އަނެއް މެންބަރަކާ ކައިރީގައި ތިއްބަވައި ބަހުސްކުރެއްވި ނަމަވެސް މެމްބަރުން މިހާރު ވެސް ތިއްބެވީ ދުރުދުރުގަ އެވެ. މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަ ދިނީ ރައްކާތެރިކަމުގެ ގޮތުން މިފަދަ ފިޔަވަޅުތައް އެޅުމަށް ޝަރުތުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދާނީ
30 June 2020
ކޮޔަރއެއްގަ މާސްކް ނޭޅުމުން ބަޔަކަށް ކޮވިޑް އެރިގޮތުގެ ވާހަކަ ހަނދާންވަނީ. މަޖްލިސް އޭސީކޮށްފަ ހުންނަނަމަ މާސްކްނާޅާ އެންމެން ޖޯޝުގަ ރުޅިގަދަވެގެން ވާހަކަ ދެއްކީމަ ވާނެގޮތް ހިތަށްއަރަނީ.
ޅަބޭ
30 June 2020
ދެން ކަލޭމެން އެންމެން އެކަކު އަނެކަކުގައިގަ ބައްދާ ބަގުޑިބައްދާ މާރާމާރީ ހިންގުންވެސް ހުއްދަ.
އިބޭ
30 June 2020
މެމްބަރުގައިގަ ބަގުޑިބައްދައިގެން ތަޅުމުން ނެރިފަ އެކަކުވެސް ނޭގެ އަތްދޮވުނުކަމެއް އަދި ލައިގެން ހުރި ހެދުން ބާލާ ފެންވެރިކަމެއް މަޖްލިސްތެރޭ. ދެން ކޮން މާސްކެއް އަޅާކަށް.
ބައިރަހާ
30 June 2020
ޢެޗްޕީއޭ ގެ ވެރިކަންވެސް މީނަޔަށް ލިބުނީތޯ؟ މީނަގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާނދޭވެ.
އާދިލު
30 June 2020
ތީވާ ވެރިއެއް ކިޔޭނުކިޔޭ އެއްޗެއް ބުނެވޭ އެއްޗެއް ޚުދު އަމިއްލަޔައްވެސް ނޭގޭ ތީނަ ރަނގަޅުވާނީ ހަމަ މަގުމަތީގަ ދުވަން ބަހައްޓަން އޭރުން ބައެއފަހަރަށް ގޮވާނެ ރަނގަޅު ވާހަކަ ތައްވެސް
މުހައްމަދު
30 June 2020
އެކަމަކު ރައީސް އިންނަވަނީ މާސްކު އަޅުއްވައިގެން
ކޮވިޑް19
30 June 2020
7 އުޑްމަތިން ބާވާލެއްވިއަސް އަމަލުނުކުރޭ އެކަމު އއެޗްޕީއ އިން އެންގީމާ އަމަލުކުރޭ. އެޗްޕއޭ އޮތީ އަޅުވެތިކަމެއްގައި
މޮލިކިއުލް
30 June 2020
ކެއްސާ ކިނބިހި އަޅާއިރު ޑްރޮޕްލަޓްސް 3 މީޓަރ ނުވަތަ 9.8 ފޫޓަށް ބުރައިގެންދާކަމަށް ރިސާޗުން ދައްކާ!
4ކަށިމަތި
30 June 2020
އެއީ ބުއްޅަބޭގެ އަމިއްލަ އިރްޝާދުލް އަނާމު.
ހޮނު
30 June 2020
ކައިރީގައި މެމްބަރަކު ނެތަސް ވާހަކަ ދައްކާއިރު އަގައިން ނުކުންނަ ތިކިތައް ޖެހިގެން ހުންނަ މޭޒާ ހިސާބަށް ފޯރާނެއެވެ. އެ މޭޒުގައި އަނެއް މެމްބަރު އައިސް އަތް އަޅަނީއެވެ. ކޮވިޑް ފެތުރޭގޮތުން މިއީވެސް ނުރައްކަލެކެވެ.
ކޮރޯނާ
30 June 2020
ކޮންމެ މެމްބަރަކަށް ވަކިން މޭޒް ހުންނަނީ... ސާފޭސްގަ ހުންނަ ވައިރަސް އަކީ ވަކި ވަގުތެއްފަހުން ނެތިދާއެއްޗެއް.
ދެއްވަދޫ
30 June 2020
ތި ބޭފުޅުންނަކީ ބޮނޑިވެގެން އުޅުއްވިޔަސް މާސްކް އަޅަންޖެހޭ ވަރަށްވުރެ މަތީގައިވާ ބައެއް ! އިމްތިޔާޒުން ފުރިގެންވާ ބައެއް !