ރޭގެ މެޗުގެ ތެރެއިން މެސީ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
01 ޖުލައި 2020 - 09:27
ބާސެލޯނާ (ޖުލައި 1) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ 2-2 އިން އެއްވަރުވި މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކެރިއަރުގެ 700 ވަނަ ގޯލް ޖެހި ނަމަވެސް މި މެޗުން ދެ ޕޮއިންޓް ގެއްލުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ބާސެލޯނާ އަށް ހާސްކަމާ ކުރިމަތިލާންޖެހިއްޖެ އެވެ.
ރޭ ބާސެލޯނާ އަށް މޮޅުނުވެވުމުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރަން ރެއާލް މެޑްރިޑަށް ވަނީ ފުރުސަތު ލިބިފަ އެވެ. ރެއާލް މި ވަގުތު އެއް ވަނައިގައި އޮތީ 32 މެޗުން 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 33 މެޗުން 70 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް 33 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ބާސެލޯނާ އިން ފަހަކާ ޖެހެންދެން އެއް ވަނައިގައި އޮތް ނަމަވެސް، ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން ފަށައިގެން ކުޅެ ތިން މެޗަކުން އެއްވަރުވުމުން ލީޑު ގެއްލުނީ އެވެ.
ބާސެލޯނާ އަށް ރޭގެ މެޗުގައި ލީޑު ލިބުނީ އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މެޗުގެ 11 ވަަނަ މިނިޓްގައި މެސީ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޮސްޓާ ފައިގައި ޖެހިފައި ބޯޅަ ބައިކޮޅަށް ވަނީ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ސައުލް ނިގޭޒް އެވެ. މިއީ އެތުލެޓިކޯގެ ޔަނިކް ކަރަސްކޯ އަށް ބާސެލޯނާގެ އާޓޫރޯ ވިޑާލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ކޮސްޓާ ޖެހި ޕެނަލްޓީ ބާސެލޯނާ ކީޕަރު ޓާ ސްޓެގެން މަތަކުރި ނަމަވެސް އޭނާ އެ ބޯޅަ ހުއްޓުވީ ކުރިއަށް ޖެހިގެން ހުރެ ކަމަށް ބަލައި އަލުން ޖަހަން ދިނުމުން ސައުލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
އަލުން ލީޑުނަގަން ބާސެލޯނާގެ ލިއޮނަލް މެސީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާ އަށް އަލުން ކުރިހޯދައިދިން ލަނޑު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީ އަކުން މެސީ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި މެސީ ކާމިޔާބުކުރި މި ޕެނަންކާ ޕެނަލްޓީއާ އެކު ކެރިއަރުގައި 700 ވަނަ ގޯލް ހަމަކުރީ އެވެ. މި ޕެނަލްޓީ އަކީ އެތުލެޓިކޯގެ ފިލިއްޕޭ ބާސެލޯނާގެ ނެލްސަން ސެމޭޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މިހާތަނަށް 700 ގޯލު ހަމަކޮށްފައިވަނީ ހަތް ކުޅުންތެރިއެކެވެ. އޭގެތެރެއިން މިހާރު ކުޅެމުން އަންނަނީ މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ 726 ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ ގޯލު ޖެހި ލިސްޓުގެ ކުރީގައި އޮތީ ޗެކް-އޮސްޓްރިއަންގެ ކުރީގެ ތަރި ޖޯސެފް ބިކޭން އެވެ. އޭނާ ވަނީ ކެރިއަރުގައި 805 ގޯލު ޖަހައިފަ އެވެ.
އެތުލެޓިކޯ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ ވެސް ޕެނަލްޓީ އަކުން ޖެހި ގޯލަކުންނެވެ. މެެޗުގެ 62 ވަނަ މިނިޓްގައި މި ޕެނަލްޓީ ކާމިޔާބުކުރީ ސައުލް އެވެ. މި ޕެނަލްޓީއާ މެދު ބާސެލޯނާ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެއީ ކަރަސްކޯ އަށް ސެމޭޑޯ ފައުލުނުކުރާ ކަމަށް ބުނެ އެވެ.
މެޗުން މޮޅުވާން ބާސެލޯނާ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެންމެ ރަނގަޅު އެއް ހަމަލާ ފޮނުވާލީ ވިޑާލް އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެންގެ މަގާމާ މެދު ސުވާލު އުފެދިފައިވާއިރު، ރޭގެ ނަތީޖާއާ އެކު އޭނާ އަށް އޮތް ޕްރެޝަރު ވެސް އިތުރުވާނެ އެވެ. މެޗަށް ފަހު ސެޓިއެން ބުނީ ކުޅުންތެރިން އަދިވެސް ތިބީ އެކުގައި މިކަން ކުރެވޭތޯ މަސައްކަތް ކުރަން ކަމަށެވެ.
"ކުޅުންތެރިންގެ ރޫހު އެބައޮތް މަސައްކަތްކުރަން. އެކަމަކު އަހަންނާ ބައްދަލުކޮށްފައި ބޯޑު މެމްބަރުން ދެއްކި ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކަތަކަކަށް ނުވެދާނެ. އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކަތަކެއް ކަމުގައި ނުދެކެން،" ސެޓިއެން ބުންޏެވެ.
އެތުލެޓިކޯ ދޫކޮށް މި ސީޒަނުގައި ބާސެލޯނާ އަށް ބޮޑުއަގުގައި ގެނައި އެންޓޮއިން ގްރީޒްމަން ރޭގެ މެޗުގައި ކުޅެން އެރީ ފަހު ވަގުތުކޮޅުގަ އެވެ. ސެޓިއެން ބުނީ އެއީ ޓެކްޓިކަލް ނިންމުމެއް ކަމަށާއި ފުރުސަތު ލިބޭނީ އެ އިރެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަަނީީ
01 July 2020
ދުނިޔޭގެ އެންމެ ގަދަފަދަ ކްލަބް ބާރސާ ހާހެއްނުވާނެ. ޖަސްޓް ޗިލް.
ރަދީފްްއޮފިޝިއަލް
01 July 2020
މަ އިއްޔެ ބުނީމެއްނު މެޗު ނިންމާފަ ސަޕޯރޓްކުރާ ޓީމެއް ބުނާނަމޭ. އަސްލު ދެ ޓީމަށް އެއްވަރަކަށް ސަޕޯރޓްކުރީ. މިފަހަރު ބޭނުންވަނީ ރެއާލް ލީގު ނަގަން. ދެން ބާރސާ ދެވަނަ، އެތްލެޓިކޯ 3ވަނަ. އެހެންވެ އެގޮތަށް ސޕޯރޓްކުރީ.
ނިއުމާ
01 July 2020
ރެއާލް ފޭނުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން.ރަދީފަށް ލަނޑުދޭން އުޅެނިކޮށް ނުބައި އެކައުންޓަކުން ކޮމެންޓްކުރެވުނީ.ކެކެކެކެ.
ލޯންްސްޓަރ
01 July 2020
ނަމަނަމަ އަނގައިން ދެރަނުވާތި
ނިއުމާ
01 July 2020
ކޮންގްރާ މަގޭ ފެވަރިޓްސްގެ ފެވަރިޓް 02 ކްލަބް އެޓުލެޓިކޯ އަދި ބާސާ.އެހެންނަމަވެސް ރެއާލްގެ ފަހަތުން މި 02 ކްލަބް އަންނާނީ.ރެއާލް އެއީ މަގޭ ފެވަރިޓް ކްލަބް.ސެލެބްރޭޓް ކުރަން ރެޑީގަ މި އިނީ.ސައިކަލް ވެސް ފޮހެގެން.
ރަދީފްްއޮފިޝިއަލް
01 July 2020
ސޮރީ ނުބައި އެކައުންޓަކުން ލޮގިން ވެގެން ކޮމެންޓް ކޮށްލެވުނީ. ހެހެެހެ
ހިސޭ
01 July 2020
ޕެނަލްޓީއަކުން 700 ހަމަވީ، އެވެސް އެތައް ޒަމާނެއް ފަހުން. ޕެސީ
ރަދީފްއޮފިޝިއަލް
01 July 2020
@ހިސޭގެ ކޮމެންޓް ސިފަވަނީ ހަސަދައިން ފުރިގެންވާ ކޮމެންޓެއްގެ ގޮތުގަ.(ރޮނާލްޑޯ 700 ގޯލް ހަމަކުރީ 973 މެޗުން.މުއްދަތު:18 އަހަރު. 2019-2001). [މެސީ 700 ގޯލް ހަމަކުރީ 862 މެޗުން. މުއްދަތު:17 އަހަރު. 2020-2003). 02 ކުޅުންތެރިންވެސް އެއީ ވަރަށް މޮޅު 02 ކުޅުންތެރިން.އުފާކޮށްބަލަ އަހަރުމެންގެ ޖެނެރޭޝަނުގަ މިކުޅުންތެރިންގެ ކުޅުން ފެންނަކަމަށްޓަކައި.ވަރަށް ސަލާމް ބްރަދާ.#ޕުތަމެދްރިދް #ވިސްކައެލްބާސާ
ހިސޭ
01 July 2020
699 އިން 700އަށް ދާން ވާހަކަ ބުނީ. ހަސަދައެއް ނޫން. ރޮނާލްޑޯ އާ ޕެނާލްޑޯއޭ ކިޔާ ދިމާކުރާ ބަޔަކު މެސީ 700ވަނަ ލަނޑު ޕެނަލްޓީއަކުން ހަމަކުރީމަ އެކަން މާ މޮޅުކަމަކަށް ހެދުން ސަޅި ވަރަށް
އަންނި
01 July 2020
މެސީ އެންމެ ފަހުން ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑަކީ ޕެނަލްޓީ. ނަމަނަމަ ޕެސީއޭ ނުކިޔާތި ބާރސާ ކުދިން ދެރަވާނެ.
ނޫސްކިޔާ މީހެއް
01 July 2020
ކޮމެންޓްކުރަން ގިނައިން މިތިބީ ކޮހުންތަކެއް.އިއްޔެ މެންދުރު ފުޓްބޯޅަ ބަލަން ފެށީމަ ވާނެގޮތްތިވަނީ.ޕެނަލްޓީކިކް ގޯލް،ހެޑާގޯލް،ބައިސިކަލްކިކް،ސިޒާކިކް،އޮލިމްޕިކް ގޯލް އަދި ބެކް ހީލް ފަދަ އެތައް ގޯލެއް ހުރޭ.ނޭނގޭ އަނދިރިކަމެއްގެ ތެރޭގަ ތިބެ ކަލޭމެން އެންމެން ކޮމެންޓްތިކުރަނީ.ފޮތް ކިޔައިގެން ދަސްކުރަން ދޭބަލަ.އެކަކު އަނެކަކަށް ދިމާކުރުމުގަ ކަލޭމެން ތިވަގުތު ހޭދަކުރަނީ ކީއްކުރަން؟ފުޓްބޯލް އެއީ އެންމެން އެއްގަލަކަށް އަރުވަން ދުނިޔޭގަ އެންމެ މަޝްހޫރު ވެހިކަލް.ކަލޭމެން ތިއުޅޭ ފާޑުން ދުނިޔޭގެ ފުޓްބޯޅައަށް ވެސް ހުތުރު.މަމިދަނީ ދާން.ބޯ ހަލާކު.(އެއްވެސް ކްލަބެއްގެ ފޭނެއް ނޫން - ނިއުސް ކިޔާ މީހެއް)
އަސްލު ހަގީގަތް
01 July 2020
ލޮލް. ކަލޭމެންގެ ހީރޯ ނެގި 950 ހަށްވުރެ ގިނަ މެޗު 700 ގޯލް ހަމަކުރަން. އަނެއްކާ އޭނަޔަކީ ކަލޭމެން ބުނާގޮތުން ގޯލް މެޝިނެއް. ދެން އެއްކަލަ ކަމެއްނުވާ ސޮރު 700 އެހަމަކުރީ ކަލޭމެންގެ ހީރޯޔަށްވުރެ 100 ޔަށްވުރެ ގިނަ މެޗު މަދުން ކުޅެގެން. ދެން އެސިސްޓާއި އެހެން ސްކިލްސްތަކުގެ ވާހަކަ ދަށްކާކަށްނެތިން.