ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް--
02 ޖުލައި 2020 - 10:56
މިދިޔަ މަހުގެ ކަރަންޓު ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެ މައްސަލަ ބަލައިދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޭގެ ވަގުތެއްގައި މީކާއިލް ފޮނުއްވި ސިޓީގައި ބުނެފަައިވަނީ ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތައް އެ ދާއިރާގެ ރައްޔިތުންގެ ފަަރާތުން ލިބެމުންދާ ކަމަށެވެ. އަދި ލޮކްޑައުންގެ ކުރީގެ މަސްތަކާ އަޅާ ބަލާއިރު ވެސް މިދިޔަ މަހުގެ ބިލް ބޮޑުކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ ރައްޔިތުންނަށް މާލީ ގޮތުން ދަތި ދުވަސްވަރަކަށް ވެފައި ކަރަންޓު ބިލް ބޮަޑުވި ސަބަބެއް ބަލަން ޖެހޭ ކަމަށް ވެސް މީކާއިލް ވަނީ ސިޓީގައި ވިދާޅުވެފަ އެވެ. އެގޮތުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ.
މިދިޔަ މަހުގެ ކަރަންޓު ބިލް ކުރީ މަސްތަކާ އަޅާ ބަލާއިރު ދެ ގުނަ އަށް ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާތައް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑު ކަމަށް ދައްކަނީ އޭޕްރިލް އަދި މެއި މަހު ސަރުކާރުން ދިން ސަބްސިޑީ މިދިޔަ މަހު ނުލިބޭތީ އެވެ. އަދި އެހެން މަސްތަކާ އަޅާ ބަލާއިރު ލޮކްޑައުންގައި ތިބެން ޖެހުމުން ފާއިތުވި ތިން މަހު ކަރަންޓު ބޭނުން ކުރި ވަރު އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
02 July 2020
ކަރަންޓްބިލް ވަރަށް ބޮޑު. އެކަން އެހެންވީ ގޮތެއް ސާފުކޮށްދޭން ސްޓެލްކޯއަށް ގޮވާލަން. ސަބުސިޑީ އާއި ބިލް ބޮޑުވުމާއި ނޭންގޭހާ އަހަރެމެން ގަމާރެއްވެސް ނޫން. ކަންމިހެން އޮތަސް ކޮންމެ ކަމަކަށް އަތް ބާނާހެން މިކަމަށް ވެސް މަޖިލީހުން އަތްބާނަށް އުޅުމަކީ ހިތާމަހުރި ކަމެއް. ސްޓެލްކޯ އަކީ ސަރުކާރު ކުންފުންޏެއް. ސަރުކާރަށް ހައްލު ހޯދެންވާނެ..
އުދުހޭ
02 July 2020
ކަރަންޓް ބިލް 3 ގުނަ ވީމަ ވައްކަން ކުރިޔަސް އެނގޭނެ ދޯ؟
ބަދޫރާ
02 July 2020
މުގުނީ!!!! ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ރަނގަޅަށް ނުދެވެންޏާމު އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
02 July 2020
ކޮބާ ޕޮލިސް؟ މިހާރު މަޖުލީހުން ހުރިހާކަމެއް ބަލަހައްޓަންޏާ ކައިކައިގެން ޕޮލިހުން ތިބޭނީނު.
ޞޭކާރުބަހުސެއް
02 July 2020
އަނެއް ގޮތަކީ ކަރަންޓު ދޫކުރާ ބާރުމިން ދައްކޮށްފި ނަމަ ތެޔޮހަރަދު ކުޑަވާނެ.. އެކަމު މީޓރުގެ ހިގުން އަވަސް ވާނެކަމަށް ކަމާބެހޭ ކަމާބެހޭ ބޭފުޅުން ވިދާޅުވެ..އެހެން ވެއްޖެނަމަ މީ ބޮޑު ޖަރީމާއެއް.. މީޓރު ތީނީ ދިމާލަށް ފެންނަން.. ބިލު ތިއޮތީ ހުރިހާ ތަފްސީލާއެކު.. ދޭތި އަޅާކިޔާލީމަ ފުރިހަމަ ޖަވާބު ލިބޭނެ.. ރީޑިންގާ ބިލުގެ މައަސަލައެއް އޮތްކަމަށް އެއްވެސް ބޭފުޅަކު ބުނެފަ ނެތް.. ތި ކުޑަކުރަން ސަބްސިޓީ އަނެއްކާވެސް ދިނުންނޫން އެހެން ގޮތެއް ނޯންނާނެ..
ފާތުން
02 July 2020
އަޅޭ. ކޮންތާކުން ވިސްނައިގެން ނެރޭ ވާހަކަ އެއްތަ ތިއީ. ފެންތަ އެއީ؟
ޙިނި
02 July 2020
ކަމެއް ކުރަން ކެރެންޏާ އެމްޑީޕީ ނެމިފެސްޓޯ ގަ ހުރިކަންކަން އަދި ރައީސް އަދި އެމްޑީޕީއިން ވައުދުވި ކަންކަން މަޖުލިހައް ހުޝައަޅާބަލަ. ދުވަސްތައް ފާއިތުވަނީ ސަރުކާރައް 2 އަހަރުވަނީ އިސާހިތަކު ދޮރުންދޮރައް ވޯޓުހޯދަން ދާންޖެހިފަ އޮންނާނީ.
ފަހުދު
02 July 2020
މިއަދު ހޭލިއިރު މިގެގެ އެއް ބިތުގަ އެބައިން ހިމަރެންދެއް ލާފަ. މިކަން ހިނގާދިޔަގޮތް މަޖިލީހުގެ ހިމަ ރެންދު ތަކާއި ބެހޭ ކޮމެޓީއިން ބަލައި ދެއްވުން އެދެން.
ގިއޮލޮޖި
02 July 2020
ވާގޮތަކީ އެމްޑީޕީއާ މުއައްސަސާތަކާ މާބޮޓު ގުޅުމެއްނޯނާރީ އެތަންތަނަން ލާފަތިބޭވެރިން މިހަދާގޮތަކީ އެމްޑީޕީ އަށް ރައްޔިތުން ނަފްރަތު އުފެއްދުމަށް ކުރާކަންތަން މިފެނިގެން މިދަނީ ޖޫރިމަނާތައްވެސް އެވަރު
ހުދު ފޮށާ
02 July 2020
މިގޭ ކުކުޅު ބިސްނާޅާ ތާ 1 އަހަރުވެއްޖެ.. މަޖިލީހުން މިކަން ބައްލަވާދެއްވަން ވީނޫންތޯ..؟ ތީ ހުރިހާ މައްސަލަ ބަލާ ތަންވިއްޔާ.. ކުރާނެ ނުކުރާނެ ކަމެއް، ހަމަޔެއް ލަމައެއް.. ގޮތެއް ފޮތެއް.. ނޭގޭ ގޭ ގަމާރުން ތަކެއް އެއްތަނަކަށް އެއްވެ ބާރު ލިބުނީމަ ވާނީ މިކަހަލަ ގޮތެއް..
ވަފާ
02 July 2020
ތިއީ ތިތަނަށް ވައްދަން ޖެހޭ މައްސަލައެތޯ؟ ސްޓެލްކޯގެ ބިލުގަ އިންނާނެ އެންމެ ފަހުގެ ރީޑިންގ އާ އެރީޑިންގ ނެގި ތާރީޚް. ސްޓެލްކޯގެ ބިލު ބޮޑު ކުރެވޭނެ އޮންނާނީ ދެ ގޮތެއް. އެއީ ޗާޖްކުރާ ރޭޓް ބޮޑުކުރުން ނުވަތަ ރީޑިންގ މަތިކޮށްގެން. ޗާޖްކޮށްފައިވާ ރޭޓް މަތިނަމަ ބިލު ބަލައިލީމަ އެގޭނެ. ރީޑިންގ މަތީ ކޮށްފަވާނަމަ އޭގެ މާނައަކީ ރީޑިންގ ނެގި ދުވަހުގެ މާފަހުންނޭ އެރީޑިންގ މީޓަރުން ދައްކާނީ. މިދެ ކަމަކީ ވެސް އަމިއްލައަށް ވެރިފައި ކުރެވޭނެ ކަންތައް.