05 ޖުލައި 2020 - 08:06
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު "ސަޅަކް 2" ގެ ޕޯސްޓަރުގެ މައްސަލާގައި ބަޓް އާއިލާ އަށް ދައުވާކޮށްފި އެވެ.
އުއްތަރު ޕްރަދޭޝްގެ ސިކަންދަރުޕޫރަށް ނިސްބަތްވާ އަޗާރިއާ ޗަންދުރާ ކިޝޯރު ޕަރްޝާރު ކިޔާ މީހަކު ޕޯސްޓަރުގެ މައްސަލާގައި ދައުވާކުރަން ނިންމީ އޭގައި ހިންދޫ ދީނުގެ ހާއްސަ މަގާމެއް ދީފައިވާ އަދި އެ ދީނުގެ މީހުންގެ ހާއްސަ ރަމްޒެއްގެ ގޮތުގައި ދެކޭ މައުންޓް ކައިލާޝް ޕޯސްޓަރުގައި ހިމަނާފައިވާތީ އެވެ
ޕޯސްޓަރުގައި ފިލްމު ނަން ދޭހަވާ ގޮތަށް މަގެއް ދައްކާއިރު، މަގުގެ އެއްފަރާތުން މައުންޓް ކައިލާޝް ފެންނަން ހުރެ އެވެ. މި މައްސަލާގައި ކިޝޯރު ބުނީ ޕޯސްޓަރުގައި ކައިލާޝް ދެއްކުމަކީ ހިންދޫ ދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ.
އެހެންވެ މި މައްސަލާގައި ވަނީ ދައުވާކުރަނީ ފިލްމުގެ ޑައިރެކްޓަރު މަހޭޝް ބަޓާއި އޭނާގެ ދަރިފުޅު އަދި ބަތަލާ އާލިއާ ބަޓާއި "ސަޅަކް 2" ގެ ޕްރޮޑިއުސަރު އަދި މަހޭޝްގެ ކޮއްކޮ މުކޭޝް ބަޓްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ކޯޓަށް ހުށަހެޅި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އުއްތަރު ޕްރަދޭޝްގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓްގައި އަންނަ ބުދަ ދުވަހަށް މިހާރު ވަނީ ތާވަލު ވެސްކޮށްފަ އެވެ. ކައިލާޝްގެ ފަރާތުން މި މައްސަލާގައި ވަކާލާތުކުރަނީ ސޯނޫ ކުމާރު ކިޔާ މީހެކެވެ.
"ސަޅަކް 2" އަކީ 22 އަހަރު ފަހުން މަހޭޝް އެނބުރި ޑައިރެކްޝަނަށް އައި ފިލްމެވެ. އަދި މި ފިލްމަކީ 1991 ގައި އޭނާގެ ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭ ދަތާ އެކު އޭނާ ގެނެސްދިން "ސަޅަކް" ގެ ސީކްއެލްއެކެވެ. "ސަޅަކް 2" ގައި ވެސް އެ ދެ ތަރިން ހިމެނެ އެވެ. އަދި ފިލްމުގެ ކާސްޓްގައި އަދިތިޔާ ރޯއި ކަޕޫރް ވެސް ހިމެނެ އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ފިލްމު ޕްރިމިއާކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
06 July 2020
މިމީހުން މިމީހުން ގެ ދީނުގައި ހާދަ ގަދަޔަކަށް ހިފަހައްޓައޭދޯ ދިވެހިންނަށް ދިވެހިން އުޅޭ ދީނުގައި ސާބިތު ވެވޭބާ އޭ ހިތަށް އަރަނީ
އަލީ ދީދީ
05 July 2020
ހިންދޫ ދީނަށް ފުރައްސާރަ ކުރީކަމަށް ބުނެ ތިމީހުންގަޔަށް ވަޅި ހަރަން ނޫނީ ބޯ ބުރި ކުރަން ޖެހޭ ކަމަށް ބުނެ ބަޔަކު ނުނުކުމޭބާ.
އަލްޖިބްރާ
05 July 2020
ހިންދީ ފިލްމު ތަކުގައި ގެރި ، އެތް ، ރާމާމަކުނު ފަދަ ޖަނަވާރުން ދެއްކުމަކީ ހިންދީ ދީނަށް ފުރައްސާރަ ކުރާ ކަމަކަށް ނުވީ ކީއްވެތަ ؟ އެއީ ކަލޭމެން އަޅުކަން ކުރާ ޖަނަވާރުންނެއް ނޫންތަ ؟ ކަލޭމެން ތީ ބޯހަމަޖެހޭ ބައެއް ނޫން !
މޮހިތު
05 July 2020
މިއީދެން ވަރަށް ހަމަޖެހޭ މީހެއް!
ސްރީލަންކާ
06 July 2020
އިންޑިއާ މީހުން ނަކީ ދެން މާ ގަދަ ބައެއް .. ބުދާ ގެރިއާ އެއީ ކަލާންގެ ކަމަށް ދެކޭ ބަޔެއް ކިހިނެތް ބޯހަމަޖެހޭނީ..
Mogombo
06 July 2020
ކަލޭމެން ގާ އުކާ ބޯތަޅަނީ ކީއްވެ
ރޯސް
06 July 2020
ގާ އުކަނީ އަޅުކަންކުރާތީއެއް ނޫން އިނގޭތޯ