ފުވައްމުލަކު: އެރަށު ކޯޓުގެ މެޖިސްޓްރޭޓަކު ވަނީ ސަސްޕެންޑް ކޮށްފައި -- ފޮޓޯ/ދި އެޑިޝަން
05 ޖުލައި 2020 - 19:07
ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ދެ މަހަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ މެޖިސްޓްރޭޓް މުލްހާއާ މެދު އެ ކޮޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެ މައްސަލަ ތަހުގީގު ކުރަމުންދާ މުއްދަތުގައި އޭނާ މަސައްކަތަށް ނިކުންނަ ނަމަ ތަހުގީގަށް އެޅިދާނެ ހުރަސްތަކަށް ރިއާޔަތްކޮށް، އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.
ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުގައި މެޖިސްޓްރޭޓް މުލްހާއާ ބެހޭ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެގޮތުން ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާ އެކު، ފަނޑިޔާރަކު ބާއްވަން ނުޖެހޭ ގުޅުންތައް ބޭއްވުމާއި ޖިންސީ ގޯނާގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އެހެން މެޖިސްޓްރޭޓަކު އިތުރު ކޮށްފައި ވަނިކޮށް އެ އަމުރު މުރާޖާކުރި މައްސަލަ އަކާއި ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވުމުގެ އިތުރުން ފުލުހުން ހިންގި ތަހުގީގަކަށް ހުރަސް އަޅައި، ހެކި ނައްތާލަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ހިމެނޭ ކަމަށް ޖޭއެސްސީން ކުރިން ބުނެފައިވެ އެވެ.
ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓަކު ސަސްޕެންޑް ކުރިއިރު، ގިނަ އަދަދެއްގެ ފަނޑިޔާރުން މައްސަލަ ޖޭއެސްސީން މިހާރު ވެސް ދަނީ ބަލަމުންނެވެ. އަދި ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ވަކިކުރަން ވެސް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށިއެތެރެމީހާ
05 July 2020
ސިޔާސީ ގޮތުން އާއިލާއަށް ބިރުދެއްކުމުގެ އަމަލެއް. ޢިލްމީ ގާބިލު ޒުވާން ކަނބަލަކު މައިންނަފައިންގެ ސިޔާސީ ފިކުރު ހުރިގޮތުން ގުރުބާންކުރުމުގެ އިތުރުން އަބުރު ކަތިލުމުގެ ހަޑި މުޑުދާރު އަމަލެއް
ސިޔާސީހާސަރޭ
05 July 2020
ސިޔާސީ މަންފާއަށް ތަޖުރިބާނެތް ކަމަަށް ޤާބިލްނޫން މީހުން ތަންތަނަށްލާންވީމާ އާޙިރުގައި އެގެއްލުވާލެވެނީ އެމީހާގެ މުޅި މުސްތަޤްބަލެވެ! ފަނޑިޔާރު ރަނގަޅަކީނޫން، އެކަަމަކު ޖޭއެސްސީން ވަކިބަޔަކަށް އަމާޒުކުރާކަން ފާހަގަވޭ! މިއީވެސް ރ.ޔާމީނަށް އިންތިޙާބު ގެއްލުނުފަހުން ހުވާކުރި ފަނޑިޔާރެއް! ކިރިޔާ 2 އަހަރުވާނީ ވަކީލަކަށްވިތާންވެސް ފަނޑިޔާރަކަށްވީއިރު! އެކަމަކު ކީއްވެ ވަކިބަޔަކު ؟ ވަކިކުރުން މާއައުލާކަންބޮޑުމީހުން މިހާރު ތިބީ މާމަތީ މަޤާމްތަކުގަ!
އަދި ރޯނެ އެވެ.
05 July 2020
ފަނޑިޔާރުނަށް ބިރު ދެއްކުމާއި އަނިޔާވެރި ފިޔަވަޅު އެޅުމުގައި ދުނިޔޭގައި ވެސް އެއްމެ ކުރީގައި އުޅޭ ސަރުކާރެވެ.މިއީ ބައިނަލް އަޤުވާމީ ބެސްޓް ޕްރެކްޓިސް އެއް ނޫނެވެ.