ޚަބަރު / ފްލެޓް

ހިޔާ މަޝްރޫއުގައި ތާއްޓެއް ނުވަން، ލިސްޓު މި މަހު ނެރެން ފަށާނެ: އަސްލަމް

މާލެ: ޖޫން 24، 2020: ހިޔާ ފްލެޓުތައް މީޑިއާ އަށް ދައްކާލުން: ފްލެޓުތަކުގެ މަސައްކަތް 90 ޕަސެންޓް ވަނީ ނިމިފައި، މި އަހަރު ފަހުކޮޅު ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެޗްޑިސީން ބުނޭ. ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓުގައި މި ސަރުކާރުން ތާށިވެފައި ނެތް ކަމަށާއި ފްލެޓް ލިބޭ މީހުންގެ ލިސްޓްތައް މި މަސް ނިމޭއިރު އިއުލާން ކުރަން ފަށާނެ ކަމަށް ވިދާޅުވެ ފާޑުކިއުންތަކަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ރައްދު ދެއްވައިފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި 25 ބުރީގެ 16 ޓަވަރު ނިންމަން ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. ކުރީގެ ސަރުކާރު ބަދަލުވި އިރު އެ ފްލެޓްތައް ދޫކުރުމާ ގުޅޭ ބޮޑެތި ޝަކުވާތަކެއް ހުއްޓަސް މި ސަރުކާރުން ވައުދުވީ ހައްގުވެރިން ހޯދައި ވީހާވެސް އަވަހަކަށް ފްލެޓްތައް ނިންމައި ހަވާލުކުރާނެ ކަމަށެވެ. ފްލެޓް ނިމޭނެ ކަަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެކި ތާރީޚުތަކެއް ވެސް ދިނެވެ.

ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ބުނާ މައްސަލަތައް ބަލައި ހައްގުވެރިން ހޯދަން ވަކި ކޮމިޓީއެއް އެކުލަވާލައިގެން ފޯމުތައް ޗެކްކުރާތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފި އެ މަސައްކަތް ނުނިމުގެ ކަންބޮޑުވުން އޮތްއިރު، ފްލެޓްތައް ނިންމުމާ ގުޅޭ ގޮތުން ވެސް ސަރުކާރުން ދައްކާ ވާހަކަ ތަފާތެވެ. އެންމެ ފުރަތަމަ ނިންމީ އެއީ ދިރިއުޅެން އެކަށީގެންވާ ސައިޒަށް ވުރެން ކުޑަ ހާސްކަން ބޮޑު ތަންތަނަށް ވާތީ، ސްޓްރަކްޗާ އަށް ބަދަލު ގެނެސް ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރާށެވެ. ވަކި ހިސާބަކުން މި މަޝްވަރާތައް މަޑުޖެހި، މި ސަރުކާރުން ދެން އިއުލާންކުރީ ފިނިޝިން ނުނިންމައި ހަވާލުކުރަން ކުރީގެ ސަރުކާރުން ނިންމާފައިވާ ފްލެޓްތައް ފުރިހަމަކޮށްފައި ހަވާލުކުރާށެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގާނެ ކަން ވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިއުލާންކުރި އެވެ.

އެކަމަކު އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ލަސްވުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް އަވަހަކަށް އެ ފްލެޓްތައް ހަވާލުކުރުމަށް ފިނިޝިން ވެސް ނުނިންމައި ދިނުން ކަމަށެވެ. އެ ފްލެޓްތައް ދޫނުކޮށް ތިބެން ސަރުކާރުން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު އަސްލަމް ނޫސްވެރިންނަށް މިއަދު ވިދާޅުވީ ފިނިޝިން ނުނިންމައި ވެސް ފްލެޓްތައް އަދި ހަވާލުކުރަން އަށް މަސް ނަގާނެ ކަމަށެވެ. އެއީ، ފެނާއި ކަރަންޓް ޚިދުމަތް ގާއިމްކުރަން ނަގާ މުއްދަތެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފްލެޓްތައް ލަސްވުމުގައި ސަރުކާރުގެ އިހުމާލެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ސަރުކާރުން ވައުދުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުން ލަސްވެ، ހިޔާ ފްލެޓްތަކާ ގުޅޭ އެކި ވާހަކަތަކުގައި ސަރުކާރު ތާށިވެ، ދޫކުރުން ލަސްވާ މައްސަލައިގައި އާއްމުންގެ ކަންބޮޑުވުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ "ސަރުކާރުން ކަމެއް ލަސްކުރީ ނޫން" ކަމަށެވެ. ޕްރޮޖެކްޓް އުޅެނީ ތާއްޓެއްގައި ކަމަށާއި ފްލެޓްތައް ނިންމަމުން އެ ދަނީ އެކަން ކުރަން ތިބި މީހުން ކަނޑައަޅާ މުއްދަތަށް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ކަމެއް ލަސްކުރީކީއެއް ނޫން. ޕްރޮޖެކްޓް ހިނގާ ސްޕީޑުގައި ޕްރޮޖެކްޓާ އެކީގައި ކަންތައްތައް ދާނެ ވަރު އަޅުގަނޑު މި [ފްލެޓްތައް ނިމެން އަށް މަސް ނަގާނެ ކަމަށް] މި ދެންނެވީ. --އަސްލަމް

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑާ އެކު ހަތަރު މަސް މި މަޝްރޫއުގައި ވެސް ގެއްލިގެން ހިނގައްޖެ އެވެ. އާ ތާރީޚެއްގެ ގޮތުގައި މިއަދު އިއުލާން ކުރެއްވި އަށް މަހަކީ ކޮންޓްރެކްޓަރާ އެކު މި ސަރުކާރުން މަޝްވަރާކޮށް ދެވޭނެ އެންމެ ކުރު މުއްދަތެއް ކަަމަށް އެއްބަސްވީ ތާރީޚް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުގެ ތެރޭގައި ތެދެއް ވިސްނުމެއް ގެންގުޅުނު ދޮރު ހަރުކޮށް ޓައިލްސް ޖަހާ ބޮކި ހަރުކޮށް ތަންތަން ހަވާލުކުރަން. އެހެން ނަމަވެސް އެއީ އޮރިޖިނަލީ ކޮންޓްރެކްޓުގައި އޮތް ގޮތެއް ނޫން. އެހެން އޮއްވައި އެކަން ކުރުމަށް ވުރެން ފަހުން ވިސްނުނީ ނުކުރުމޭ އެންމެ ރަނގަޅީ. އެއީ، އެކަން އެގޮތަށް ކުރާ ނަމަ، މިހާރު ވާވަރަށް ވުރެން ލަސްވާނެ.

ފްލެޓްތައް ނިންމަން އަދި އަށް މަސް ނަގާނެ ކަމަށް މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވި އިރު ފްލެޓްތައް ދައްކާލަން ނޫސްވެރިން ދެވަނަ ފޭހަށް ގެންގޮސް އެޗްޑީސީން އެންމެ ފަހުން ބުނެފައި ވަނީ މި އަހަރުގެ ފަހުކޮޅަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެ އެވެ.

ފްލެޓް ހައްގުވާ ލިސްޓު ސެޕްޓެމްބަރުގައި އިއުލާންކޮށް ނިމޭނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމުލާފައިވާ ކަން ހިސާބުތަކުން ދައްކަ އެވެ. މީގެތެރެއިން 21،000 ފޯމު ފްލެޓް ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ޓަވަރުތަކެއް: ދެ ވަނަ ފިޔަވަހީގައި އަޅާ 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އަސްލަމް ވިދާޅުވީ ކޮމިޓީން މިހާރު އަންނަނީ ދިރިއުޅުމުގެ ހާލަތު ބަަލަން ގޭގެއަށް ޒިޔާރަތް ކުރަމުން ކަަމާށާއި މިހާތަނަށް 40 ޕަސެންޓް ގޭގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ބާކީ ހުރި 60 ޕަސެންޓް ގެތަކުގެ ހާލަތު ބެލުމަށް ފަހު، މި މަސް ނިމޭއިރު ލިސްޓް އާއްމުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ކޮމިޓީން އަޅުގަނޑު ގާތު އެބަ ވިދާޅުވޭ ޖުލައި މަސް ނިމޭހާ ތަނުން ފެށިގެން ކެޓަގަރީތައް ވަކިވަކިން އިއުލާން ކުރަން ފަށާނެކަން. މުޅި މަސައްކަތް އެކީގައި، ހުރިހާ ކެޓަގަރީ 6،720 ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު އެކީގައި އިއުލާންކޮށް ނިމޭނީ ސެޕްޓެމްބަރާ ހަމައަށް ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވީ މީހުންނަށް ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ދީފަ އެވެ. އެކަމަކު ފޯމުތައް ވަކިވަކިން ޗެކްކޮށް، ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ.

ކުރީގެ ސަރުކާރުގެ ލިސްޓާއި ފްލެޓް ލިބުނު ކަމުގެ ކަށަވަރުކަމަށް ދޫކޮށްފައިވާ ލިއުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ ކޮމިޓީން ކުރިއަށް ގެންދަނީ މުޅިން އާ އިވެލުއޭޝަނެއް ކަމަށެވެ. ކޮމިޓީގެ މަސައްކަތްތައް ގެންދަނީ އެ ލިއުމާއި ލިސްޓަށް ބަލައިގެން ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

29 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 3%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިލިވަގު (ވާރގޯ)

07 July 2020

މި ސަރުކާރަށް ވަރަށް ވިސްނޭ. 2023 ވަނަ އަހަރުގެ ވޯޓަށްވާއިރަށް ފްލެޓްތައް ދެވެނިކޮށް އޯ.ކޭ ވާނެ.

The name is already taken The name is available. Register?

ޖޯން

07 July 2020

ދެން ތިބޭ މީހުނަކީ މޮޔައިން ކަމަށް ދެކުނީމަ ކަމަކު ނުދާނެ. ފްލެޓްތައް އެތެރޭގަ ވައިރުކޮށް މީޓަރުހަރުކޮށް ފެންހޮޅި އަޅާ ނަރުދަމާ ހުރީނިމިފަ. އެކަންކޮށް ނިންމިތާ ކިތަންމެ ދުވަހެއް. ނުވެފަ މިއޮތީ ފޭސް 1 ހުރަސްކޮށް ފޭސް 2 ކަށް ގެންދަން ޖެހޭ މައި ކޭބަލާ ފެންހޮޅި. މީއިމާރާތް ކުރާ މީހުން ބެހޭވެސް ކަމެއް ނޫން. އިމާރާތް ކުރަމުން ދިޔަ އިރު ޕެރަލަލްކޮށް ސަރުކާރުން ކުރަން ޖެހޭ ކަމެއް. ނުވެ އޮތްކަން ރޭކާލީމަ ޓައިލްސް ދޮރު ކޮތަރު މިހުރިހާކަމެއް މިއަންނަނީ

The name is already taken The name is available. Register?

ދޮން މަނިކު

06 July 2020

7000 ފްލެޓް އެޅުމަށްވުރެ 7000 ފޯމް ވެރިފައި ކުރުން މިސަރުކާރަށް ބޮޑު. ދެން ކީއްކުރާނީ؟

The name is already taken The name is available. Register?

ހުޅުދާން

06 July 2020

މިމީހުން ދެއިރު ދެދަޅަޔަށް ފާޑުފާޑުގެ ލިސްޓް ހަދައި އުނިމީހުން ހަމަކޮށް ހަމަމީހުން އުނިކޮށް މިހަދަނީ ބަލަ އެއީވެސް ކުރެވޭ ޝަރީއަތެއް ނޫންތަ؟ ހަމައެކަނި އިންސޯފު ދޭތަނަކީ ކޯޓެއްނޫނޭ.ތިޔަ ޒާތުގެ ނިންމުންތަކަކީވެސް ހަމަ ޖަވާބުދާރީވާން ޖެހޭނެ ނިންމުންތައް. އެހެންކަމުން ގޮތް ކަނޑަޅައިގެން ނަރަކައަށް ދެ ގުެޫޕްގަ ހަމައެކަނި ކޯޓުތަކުގެ ފަޑިޔާރުންގެ އިތުރުން މިބައިމީހުންވެސް ހިމެނެންޖެހޭ. ޢެންނޫންނިއްޔާ ފުލެޓް ލިސްޓަށް އަރުވާނީ ހިތައް އެރިބަޔަކު.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

06 July 2020

ލިސްޓު އެމްޑީޕީ ހަރުގޭގަ އެބައޮތް. ވަަރައް އަވަހަ އިއުލަން ކުރާނެ.

The name is already taken The name is available. Register?

ހަމަތެދެއްމިބުނީ

06 July 2020

ހޮޓާ ރެސްޓޯރެންޓް އަދި ކަންމަތީފިހާރަ ފަދަ ކުދި ވިޔަފާރިތައް ބަންގްލަދޭޝްގެ ބޭފުޅުން އަތްދަށުވެފައިވުމުން ، އެތަންތަނުގެ ފައިދާގެ ގޮތުގައި ލިބޭ ފައިސާ ޑޮލަރަށް ބަދަލުކޮށް ގައުމަށް ފޮނުވަމުން ދާތީ ރާއްޖެއިން ބޭރުވާން ނުޖެހޭ އެތައް ބޭރުފައިސާއެއް ރާއްޖެއިން އެބަ ބޭރުވޭ. ސިއްރުގައި ކުރާ ކަމެއް ނޫން ކޭޝިއަރުންނަށްވެސް އެމީހުން ، ސޭޓުންނަށް ވެސް އެމީހުން . ގާނޫނާއި ގަވާއިދު ތަންފީޒުކުރެވޭނަމަ ފާޅުގައި އެފަދަ ކަންކަން ކުރާކަށް ނުކެރޭނެ!

The name is already taken The name is available. Register?

އެހެންތޭ

06 July 2020

ހިޔާ މަޝްރޫއުގައި ތާއްޓެއް ނުވަން، ލިސްޓު މި މަހު ނެރެން ފަށާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިނަމަ ވެސް ދެން އިތުރަށް ތިޔާ ލިސްޓް އިއުލާން ކުރަން ނުޖެހޭނެއޭ ސަބަބަކީ ސަރުކާރުގެ ގެޒެޓް ގައި މިހާރު ތިޔާ ލިސްޓް ވަނީ އިއުލާން ކޮށްފައޭ ސަރުކާރު ބަދަލުވި ނަމަވެސް ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަން ބާތިލް ނުކުރެވޭނެއޭ މިސަރުކާރަށް އެހެންކަމަށްވާނަމަ ކުރީ ސަރުކާރުގައި ކުރި ކައިވެނި ތައް ވެސް އަލުން ޖެހޭނީ ތަމެންގެ ވެރިކަމުގައި އަލުން ކުރަންތޭ

The name is already taken The name is available. Register?

ވަރަ

06 July 2020

ހިޔާފުލެޓް ލިބޭނެ ކަން ކަށަވަރުވާކުދިން މިހާރުވެސް ތިބޭނެ އަތް މައްޗަށްނަގައިގެން މީކޮންކަހަލަ އިންސާފެއް ފުލެޓްބޭނުން . މީހަކު ހުރިނަ މަ އައިޑީކާޑް ވިއްކާލާ ސޭލް އައިޑީކާޑް . ޕާޓީއަށް ކުރާތާއީދު ވަނީއިންތިހާއަށް ދަށަށް ގޮސް ދެންއޮތީ އައިޑީކާޑުން ކުޅުން . . ފުލެޓް ކުޅިއާ އައިޑީކާޑް ކޮތަރު ކޮށިވެސް ބޭނުން . ފުލެޓް ލިޔުން ދޫކުރޭތޯ ކޮތަރު ކޮއްޓޭ ކިޔަސް އެކަކުވެސް ލިޔުން ހަވާލެއް ނުކުރި. އިތުރު ލިސްޓެސް ރައްޔިތުން ވާނުވާގަ .

The name is already taken The name is available. Register?

ަަަަަ

06 July 2020

ދެން މި މީހުން ހަދާ ލިސްޓްގަ ވަކި ކޮން އިތުބާރެއްތޯ އޮތީ. ހަމަ މި މީހުންގެ މީހުންނަށްދޭނީ. ރައްޔިތުންތިބޭނެ ގުބޯހެދިފަ.

The name is already taken The name is available. Register?

ޙަބީބު

06 July 2020

ޔާ މިންސަރުކާރުންވެސް ގެޔައް އައިސް ހާލަތު ބަލައިފި މިސަރުކާރުންވެސް ހާލަތު ބަލައިފި މިފަސްއަހަރު ދިޔުޅި ނުދަން މަ ތިދީބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454