މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެންއައިސީގެ މެމްބަރުން. --ފޮޓޯ/މަޖިލިސް
08 ޖުލައި 2020 - 14:00
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެމްބަރުން މަގާމުން ވަކިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ހަތަރު މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ޚަދީޖާ އަބްދުﷲ އެވެ. މިއީ، ކުރީގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރުންނެވެ.
އެންއައިސީގައި ފަސް މެމްބަރުން ތިއްބަވާއިރު މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދެވެ.
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅުއްވައި ކޮމިޓީން ނިންމީ އެ ހަތަރު ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިފައިވާ ކަމަށް އެ ކޮމިޓީ އަށް ފެންނަ ކަަމަށެވެ. އެހެންކަމުން އެ ހަތަރު މެމްބަރުން ވެސް މަގާމުން ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މި މައްސަލަ ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.
އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.
ފުލުހުންގެ މައްސަލަތައް ބަލާ އެންއައިސީގެ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރިއިރު، އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
ވަކިވަކި ފުލުހުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް އެންއައިސީ، ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި ނުހިނގާ ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ސިފަކުރައްވައިފަ އެވެ.
އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިރޯ
08 July 2020
ޔާމީ ސަރުކާރުން އައްޔަން ކުރި މީހަކު އެއްވެސް ތަނެއްގައި ބަހައްޓާއިގެން މިސަރުކާރެއް ނުހިންގޭނެ
ޢިބޫ789
08 July 2020
ތިޔަކަން ތިޔަގޮތައް ކުރާނެކަން ޔަގީންވި ރޯޔަލް ރޭޕް ކޭސް މަސްއަލަ ތަހުގީގު ކުރުމައް ބޭނުންވާލިޔުންތައް ޕޮލިހުން ނުދިންވާހަކަ ދެއްކި ހިސާބުން. .... ޕޮލިހުންގެ ތަޖުގީގައް މިސަރުކާރުން އަދި 19 ރައްޔިތުން މަޖިލސް އިން ހުރަސް އެޅި ކަމުގެ ސާބިތު ހެކި ތިޔަފެންނަނީ
ޑަބިޔާ
08 July 2020
ރަގަޅުކުރަން ލަސްވެސް ވެއްޖެ. އެކަމު އެންމެފަހުންވެސް އެތަނަށް ތިޔަލީ ރީތަޔަރޑް ކާނަލް އަކީ ތަހްޤީގް އަދި ޤާނޫނީ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް. އެއީ ސިފައިންގެ ކޯސްޑްގާޑް ކެޕްޓަންއެއް. ކިތެންމެ ގިނަދުވަހު މަތީ ރޭންކެއްގައި އުޅުނަސް ދާއިރާގެ އެއްވެސް ތަޖުރިބާއެއްނެތި ކިހިނެއްތޯ ކަންކަން ރަގަޅުކުރާނީ.
ކުޑޭޑޭ2
08 July 2020
ޤާނޫނަކުން އެތަށް ބައިވަރު މަސްއޫލިއްޔަތެއް ހަވާލުކޮށްފައި އޮތް އިރު އޭގެ ތެރެއިން އެއްވެސް ކަމެއް ރަގަޅަށް ނުކޮށް، މުސާރަނަގައިގެން ގޮނޑީގައި ތިބުންނޫން އިތުރުކަމެއް ނެތް. ފެންވަރު ނެތްތާ އެކަން ގަބޫލުކުރާ މީހަކުވެސް ނެތް. އަވަހަށް ވަކިކުރަންވީ.
ނާތެދެއް
08 July 2020
ސުލެއިމާން އަކީ ވަރަށް ކަރަޕްޓް މީހެއް
އިބްޝާ .
08 July 2020
ލަސްވެއްޖެ.. ތި ސުލޭމާނަކީ ބަގާވަތްކުެި ދުވަހު ބަގާވަތްކުރި ފުލުހުންނަށް ހިއްވަރުދީ އަތްޖަހަން ހުރިމީހެއް..
ދޮންތުއްތު
08 July 2020
އޭނ. ބަގާވަތްކުރި ދުވަހޭ؟ ތިޔައީ އަހަރުން ދުށްދުވަހެއްނޫން. އެހެނެއްކަމަކު، ރައީސަކު އިސްތިއުފާދިން ދުވަހެއް ހަނދާންވޭ. އެކަމަކުވެސް ކޮމެންޓުގެ ފުރަތަމަބަޔަށް ތާއީދު. ބަރުހެލިކޮށްއުޅޭ ކޮމިޝަންތައް ނިދިންހޭލާ ޒިންމާތައް އަދާކުރަން ލަސްވެސްވެއްޖެ. މޮނިޓަރކޮށް ގައިޑުކޮށްދޭންތިބި ބަޔަކު އިސްލާހުވެގެން ދަށުން މަސައްކަތްކުރާ ބަޔަކު އިސްލާހުވާނީ.
ފޮނިޓައްޕު ހަސަނު
08 July 2020
މިސަރުކާރުގެ ދައުރު ދެބައިވި އިރުވެސް އަދިވެސް ޔާމީނުގެ ސަރުކާރުން އައްޔަނުކޮށްފައިވާ ތިކަހަލަ ކިތައްމެ މީހުންނެއް ތިބޭނެ. ދެރަކަމަކީ ތިވަރު ސްޕީޑެއްގައި ސަރުކާރު ހިންގާނަމަ ހުދު އެމްޑީޕީގެ މެމްބަރުން ވެސް ހަޖޫޖަހާނެ.
ރަދީފްއޮފިޝިއަލް
08 July 2020
ވަޒީފާ ދޭންޖެހޭ އެތައް މީހުންއެބަތިބި.ލިސްޓްގަ ތިބި މީހުންނަށް ވަޒީފާގެ ސްލޮޓްތައް ދެވޭނީ އެއްބަޔަކު ވަކިކޮށްގެންތާ.
69658
08 July 2020
ޕާޓީ އެކްޓިވިސްޓުން ނޫން އިލްމީ ޤާބިލް ހިންގުމުގެ ހުނަރު ހުރި ހިންގުމުގެ ދާއިރާއިން މަތީ ތައުލީމި ލިބިފަތިބި މީހުން ތި މިއައްސަސާތަކަށް ވެރިންގެ ގޮތުގައި ލާބަލަ. އޭރަށް ތަންތަން ހިނގާނެ.
ފަހުދު
08 July 2020
ބިނާކުރެނިވި އެއްވެސް ކަމެއް މި ސަރުކާރު އައިފަހުން އަދި ނުކުރެވޭ. ބަލައިލި ކޮންމެ ދިމާލަކުން މި ފެންނަނީ ވީރާނާ ވެގެން ދާތަން.