10 ޖުލައި 2020 - 11:59
އައްޑު އަށް މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އައްޑޫ މަރަދޫ، ލިންކު ރޯޑާ ދިމާލު މޫދުން މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ސަބަބުން މުޅި އެ މަގުގައި ފެން ބޮޑުވެ ދަތުރު ކުރަން ވެސް ވަނީ އުނދަގޫ ވެފަ އެވެ.
#adducity maradhoo ah udha arany #climatechange @ibusolih @MvCrisis @MoEnvmv @AdduCityCouncil @SobeAbdulla pic.twitter.com/2ZplHS5Rfl
— ifuham (@ifuham2) July 10, 2020
އައްޑޫ ސިޓީ މަރަދޫއަށް އުދަ އަރަނީ
އުދައިގެ ސަބަބުން އާންމުންގެ ގެދޮރަށް ގެއްލުން ލިބިދާނެތީ އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ސިޓީގެ ރައްޔިތުން އަންނަނީ އެދެމުންނެވެ.
މިހަފުތާގެ ކުރީކޮޅުން ފެށިގެން ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ.
މެޓުން މިއަދު ބުނީ ރާއްޖެއާ ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މެޓުން ބުންޏެވެ.
"ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑު ވެގެންދާނެ ކަމަށް ބެލެވޭ،" މެޓުން ނެރުނު އިއުލާނެއްގައި ބުންޏެވެ.
Addu ah udha aramun dhanee. Mee Maradhoo aai vee kolhun negifaivaa manzarei. Aamun ge gedhoraai mudhalah vamun dhaa gellun tha kuda kurumah eheetherikan beynun vey. @PoliceMv @MNDF_Official @MariyaDidi pic.twitter.com/IaAWTY7yXw
— Ali Nizar (@DhekunuNizar) July 10, 2020
އައްޑޫއަށް އުދައަރާތީ ގެއްލުން ކުޑަ ކުރުމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރާ އަލީ ނިޒާރު އެދި ކުރެއްވި ޓްވީޓް
މި ދުވަސްވަރު ރާއްޖެ އަށް އެންމެ ދިޔަ ވަރު ބޮޑުވާނެ ކަމަށް ލަފާ ކުރެވެނީ ހަވީރު އެވެ. އެހެންކަމުން ހަވީރު ވަގުތު އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުނެ އެވެ.
"ހާއްސަކޮށް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި މޫދަށް އެރި އުޅުއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން. އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ވެސް ވިސްނެވުން އެދެން،" މެޓުން ބުންޏެވެ.
Baeh rahrah lonuganduge adiyah! Adhives udha araane!
The most trusted news source in the Maldives
Mihaaru
މިހަފްތާ ކުރީކޮޅުގައި ބައެއް ރަށްރަށަށް އުދަ އެރުން
މިދިޔަ އަންގާރަ ދުވަހު ވަނީ ގދ. ތިނަދު އަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އުދަ އެރި ގިނަ ރަށްރަށުން ބުނީ ރަށް ގިރުމަކީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި ބޮޑަށް އުދަ އަރަނީ ވެސް ގިރަމުން ދާ ސަރަހައްދުތަކުން ކަމަށް އެ ރަށްރަށުގެ ކައުންސިިލްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
10 July 2020
ރަށު ފަރުގެ ކޮޅާ ޖެހެންދެން ރައް ހިއްކާލާ، އޭރުން ދެން ތިބޭނީ ކަމެއް ވޭތޯ ބަލަން، ކަންޑު އޮންނާތީ އުދައަރަނީ، ބިން ހިއްކައިގެން ކަންޑު ކުޑަކުރާ ވަރަކައް އުދަ އެރުން ކުޑަވާނެ
ގެދޮރު ނެތް މާލޭމީހާ
10 July 2020
ފެންނަ ފެނުމަށް ހީވަނީ ސުނާމީއަރާހެން. ފުރިގެން ބަނޑުންވާ ގޮތަށް އެ ވަނީ. ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ވެސް ވެދާނެ. އެންމެހާ ނުރައްކާތަކުން މީސްތަކުން ސަލާމަތް ކުރައްވާށި
މުށާސީ2020
10 July 2020
ކޮމެންޓް ކުރާ ބޭފުޅުންނަށް ދަންނަވާލަން. އިތުރަށް ކޮމެންޓް ނުކުރައްވާ. ރައްޔިތުންގެ މަޖިލީހުން ކޮމިޓީން ގަރާރުން މިކަން ބަލާނެ، ބަހުސްކުރާނެ، ހާޒިރުކުރާނެ. ވެދުން.
ާއެންޑިޔޫ
10 July 2020
ތި އުދަވެސް އަރާފަ ގޮސްދާނެ..
ގަފޫރާ
10 July 2020
ކޮބާ އައްޑޫ ސިޓީ މޭޔަރ. އިރު މެދުން ލަނބާއިރު ވެސް ބޯ ހިއްލާވެސް ނުލާ.
1311
10 July 2020
ޑިޒައިން މައްސަލައެއްގެ ސަބަބުން މިތަނަށް އުދައަރަނީ
ފުރެންޑު
10 July 2020
ތީ ކުރީސަރުކާރުގެ މައްސަލައެއް.
މުޑަހަންޖާ
10 July 2020
ތިޔައީ ދުނިޔޭގަވެސް އޮތް މެއިންޓަނަންސް ފްރީ ހަމައެކަނި މަގު، އެހެންވީމަ އަރާ އުދައެއް އަރާފަ ދިޔައިމަ ދުއްވަމުންދާންވީ.
ކުޑަހަނދި
10 July 2020
އެވަރުންވެސް ދުއްވަން ޖެހޭނީ ފާސްޓް އެންޑް ފިއުރިއަސް ފިލުމުތަކުގަ ދުއްވާހެން! އައްޑޫގަ އުޅޭ މީހުން އެއީ ވަރަށް ބިޒީ ބައެއް. އެންމެ ސިކުންތެއްވެސް ގެއްލިގެން ކަމަކު ނުދާނެ. އެހެންވެ މަޑުން ދުއްވޭކަށް ނޯވޭ!
މުޑަހަންޖާ
10 July 2020
އެހެންވީމަ ބާރަށް ދުއްވަންޏާ މަގު މަރާމާތުކޮށްގެންނުވަނީތާ، އެކަމަކު ކަލޭ ބަލާބަލަ ކ.މާލޭ މަގުގަ އެހެންތޯ އެކަން އޮތީ، ދަވާދުލާމީހުން 24 ގަޑިއިރު އެކަމުގަ، ފޫޓަކުން ފޫޓަކުން 6 ވައްތަރު ކެމެރާ، އެތަންމިތާ ޓުރެފިކު ފުލުހުން، އެއްކޮޅުން އަނެއްކޮޅަށް ލައިޓުޖަހާ އަލިކޮށްފަ، ދުއްވާލެއް އެންމެ ތަންކޮޅެއްވެސް މަޑެއްނޫން.
ޒުވާނާ.
10 July 2020
ހިއްކަން ނުވާތަންތަން ހިއްކާތީ ވާހާގޮތްގޮތް ގުދުރަތީ ނިޒާ މައް ބަދަލު ގެނެސް މާ މޮޅު މަގެއް ހަދައިގެން ތާހިރު ވެއްޖެބާ ދެންވެސް މަގު ދެބުރިކޮއް ފެރީގަ ދެވޭގޮތް ހަދާ
ވިސްނާލުމަށް އެދެމޭ
10 July 2020
އެހެންވެދޯ އިންޑިޔާ ކަނޑުގަ ބާނިހެދުނީ...??
މ×ަ،ގ
10 July 2020
މިދެން މާ މޮޅު މީހެކޯލަ