12 ޖުލައި 2020 - 08:03
ކޮވިޑް-19 ގެ ސަބަބުން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެފަދަ މީހުންގެ ހާލަތު ރަނގަޅުކުރަން އެމެރިކާގެ 16 ސްޓޭޓަކުން ފަށާފައިވާ މަސައްކަތްތަކަށް ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ ތިން މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
މީގެ ކުރިން ވެސް އޭނާ ވަނީ ކޮވިޑް ތެރޭގައި އެކި ފަންޑްތަކަށް ބޮޑެތި އަދަދަކުން ފައިސާ ހަދިޔާކޮށްފަ އެވެ.
އެމެރިކާގެ 16 ސްޓޭޓެއްގެ 11 މޭޔަރަކު އިސްނަންގަވައިގެން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ވަނީ، ވަޒީފާ ގެއްލި، ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ މީހުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ހާއްސަ ސްކީމްތަކެއްގެ ދަށުން އުޖޫރައެއް ދޭން ނިންމައިފަ އެވެ.
$3M to @MichaelDTubbs and @mayorsforagi for #guaranteedincome programs in cities across the country. This is one tool to close the wealth and income gap, level systemic race and gender inequalities, and create economic security for families. #UBIhttps://t.co/1APG505xZH
— jack (@jack) July 9, 2020
މި ސްކީމްގެ ދަށުން، ރައްޔިތުންނަށް ކުރިން ލިބެމުން ދިޔަ އަސާސީ މުސާރަ ދެމެހެއްޓެނިވި ގޮތަކަށް ދެވޭނެ ގޮތްތަކެއް ފަހިކުރުމުގެ މަސައްކަތް މޭޔަރުން އިސްކޮށް ތިއްބަވައިގެން ގެންދަވަނީ ކުރައްވަމުންނެނެވެ.
މޭޔަރުން ވިދާޅުވި ގޮތުގައި ޔުނިވާސަލް ބޭސިކް އިންކަމް (ޔޫބީއައި) އާ އެއްގޮތަށް ކުރިއަށް ގެންދާ ސްކީމްގެ އަމާޒަކީ ރައްޔިތުންނަށް "އާމްދަނީ ކަށަވަރުކޮށް" ދިނުމެވެ.
މި ސްކީމަށް ތިން މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައި، ޑޯޒީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި އެހީ އަކީ އެކި ފެންވަރުގައި ކުރިމަތިވެފައިވާ ހާލަތްތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ކުރިއަށް ދެވޭނެ އެއް ގޮތް ކަމަށެވެ.
މި ސްކީމް ތައާރަފުކުރުމަށް އިސް ނެންގެވީ ކެލިފޯނިއާގެ ސްޓޮކްޓަންގެ މޭޔަރު މައިކަލް ޓަބްސް އެވެ. އޭނާ އަކީ 2018 އިން ފެށިގެން މިފަދަ ސްކީމެއް ތަޖުރިބާ ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ސްޓޮކްޓަންގެ 125 ރައްޔިތަކަށް އަންނަނީ ކޮންމެ މަހަކު 500 ޑޮލަރު ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
12 July 2020
ފައިސާ ހުރިމީހުން ހޭދަކުރާށެވެ. އަހަރެމެން ރާއްޖޭގެ ބޮޑެތި މިލިއަނަރުން މިކަންތަކުގާ ވީ ވަރަށް ދެރަވަރު ބަޔަކަށް. އެމީހުންނަށް އެހީވާން ރައްޔިތުން ނުކުންނަންވެއްޖެ މިހާރު!
2000
12 July 2020
މަ ހީކުރީ ރިޒް ކުންފުންޏަށް ދިނީ ކަމަށް.. ދީބަލަ ރިޒް ކުންފުންޏަށް ލާރިކޮޅެއް