12 ޖުލައި 2020 - 08:16
ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ އަގުބޮޑު މާސްކްތަކެއް އިންޑިއާގެ ގުޖްރާތު ސްޓޭޓްގެ ސޫރަތުގެ ގަހަނާ ފިހާރައަކުން ވިއްކަން ފަށައިފި އެވެ.
އެތަނުން ވިއްކާ މާސްކްގެ އަގުތައް އުޅެނީ ދޮޅު ލައްކަ ރުޕީސް އާއި 4 ލައްކަ ރުޕީސް (1،996 އާއި 5,322.07 ޑޮލަރު) އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ޖަވާހިރު ޖެހި މާސްކް ވިއްކާ ފިހާރައިގެ ވެރިޔާ ދީޕަކް ޗޯކްސީ ބުނި ގޮތުގައި އެ ޒާތުގެ އަގުބޮޑު މާސްކް ހަދައި ވިއްކަން ފެށީ ލޮކްޑައުންގެ ތެރޭގައި ކައިވެނިކުރި ދެ މީހެއްގެ ކައިވެނީގެ ހެދުމާ އެކު ބޭނުންކުރަން ހެދުމާ ގުޅޭ ގޮތަށް ޖަވާހިރު ޖެހި މާސްކަށް އޯޑަރުކޮށް، ބޭނުންކުރި ފަހުން އޭގެ ޑިމާންޑް ބޮޑުވާން ފެށުމުންނެވެ.
Gujarat: A jewellery shop in Surat is selling diamond-studded masks ranging between 1.5 lakhs to 4 lakhs. Owner of the shop says, "As lockdown was lifted, a customer who had a wedding at his home came to our shop & demanded unique masks for bride & groom." #COVID19 pic.twitter.com/Oz5ShitRKj
— ANI (@ANI) July 10, 2020
"އެހެންވެ ގަބޫލުކުރެވޭ ހާއްސަ ހަފުލާތަކަށް ވީހާ ވެސް ޗާލުކޮށް މާސްކް ހަދަން މިހާރު މީހުން ބޭނުންވާކަން،" އޭނާ ބުންޏެވެ. "ޑިމާންޑް ބޮޑުވަމުންދާ ވަރަކަށް އަހަރެމެން މި މަސައްކަތް ފުޅާ ވެސް ކުރާނަން."
ޗޯކްސީ ބުނިގޮތުގައި ޖަވާހިރު ޖަހައިގެން މިހާރު އެކިއެކި ފަރުމާތަކަށް މާސްކް ތައްޔާރުކޮށްގެން އަންނަނީ ވިއްކަމުންނެވެ. އަދި ޖަވާހިރުގެ ގޮތުގައި ދެ ވައްތަރެއް ބޭނުންކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން ރަން ވެސް ހިމަނައިގެން މާސްކް ޒިނަތްތެރިކުރަން ބޭނުން ކުރަނީ ސާފު ޖަވާހިރުގެ އިތުރުން އެމެރިކަން ޑައިމަންޑެވެ.
"ރަނަކަށް އަހަރެމެން މީގައި ބޭނުން ކުރަނީ ޔެލޯ ގޯލްޑް." އޭނާ ބުންޏެވެ. "އަދި ކަސްޓަމަރަކު ފަހުން ބޭނުންވެއްޖެ ހިނދެއްގައި މާސްކްގައު ހުންނަ ޖަވާހިރާއި ރަނުން އަހަރެމެން އިތުރު ގަހަނާތަކެއް ވެސް ހަދައިދޭން ވާނީ ނިންމާފައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
12 July 2020
4 ލައްކަ ރުޕީސް އިން ގުޖުރާތުގެ މަގުމަތީގައި އުޅޭ 18،000 ވަރަކަށް ފަޤީރުންގެ 1 ދުވަހުގެ ކެއުން ހަމަޖެއްސޭނެ! އެއީ 6000 ފަޤީރުންނަށް 1 މަސްދުވަހު ކާންދޭނެ ފައިސާ!
ކަސަބު
12 July 2020
ސޫރަތަކީ ކުޑައިރުގެ ހަނދާން އާލާވާ ސަހަރެއް. އެސަހަރަކީ ޖަވާހިރު ނަގާ ސަހަރެއް. ޖަވާހިރުން ތިހަދާ މާސްގެ ރައްކާތެރިކަން ހުންނާނީ އެން 95 އެން 99 އާއި ސާރޖިކަލް މާސްއާއެއްވަރަށް