ލ.ފޮނަދޫގެ މަގު އެއްވަރު ކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:އެމްޓީސީސީ
14 ޖުލައި 2020 - 11:13
ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 59 ޕަސެންޓު މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ތެރެއިން، މަގުގައި ހުރި ގާތައް ނެގުމާއި މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ އެވެ. މިއީ ގާތްގަނޑަކަށް 3.5 ކިލޯ މީޓަރު ސަރަހައްދެކެވެ
މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެމްޓީސީސީން ލ.ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން 26 ގަ އެވެ.
ފޮނަދޫގެ އިތުރުން އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގުތައް ހެދުމާއި އެއާޕޯޓްތައް ތަރައްގީ ކުރުން ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަބޭ
14 July 2020
ކުރީގެ ސީއީއޯ ޝާހުގެ މަސައްކަތް.
ދ.ކުޑަހުވަދޫ
14 July 2020
އިބްރާހީމް މުޙައްމަދު ސޯލިހް ކުޑަހުވަދޫއަށް ކެމްޕޭނަށް އައިސްފައި ވި ވައުދަކީ "ކުޑަހުވަދޫ ބާކީ ހުރި މަގުތަކުގައި ތާރުއެޅިގެންދާނެ". ހީވަނީ ގުދުރަތުން ވެގެން ދާނެކަމެއްހެން. 02 އަހަހަރު ނިމުނީ. އަދި ހަމަ އެއްކަމެއްވެސް ނެތް. އެކަމަކު ކުޑަހުވަދޫ އެމްޑީޕީ މީހުން ތިބެނޭ އަތް ޖަހަން. އެމްޑީޕީ މީހަކު ބުނި އަޑުއެހިން ޔާމީން ސަރުކާރުގައި ކުޑަހުވަދޫ ބިން ހިއްކާނީ ތުވާށަކުންނޭ އަދި މަގުމަތީގައި ފެން ބޮޑުވެފައި އޮތީމައި ބުނި ތާރުތައް އޮތީ ދިޔާވެފައޭ. މިހާރުފެނޭތަ؟
ރަންނަ
14 July 2020
ވައުދުވަނީ 5 އަހަރަށް. 2 އަހަރޭ ކިޔައިގެން އަދި ތިވަރުވާކަށް ނުވޭ
ާަަައަދުރޭ
14 July 2020
100% އޭ ނުޖެހީ؟
Ahmed Nasheed Hussain
14 July 2020
އަޅެ ފޮނަދު މަގު އެހެންގޮތަކުން ނުހެދިއްޔާ މަގުފުޅާ ޓިނުއަޅައިގެންވެސް އެރަށުމަގުތަށް ހަދާނިންމާނެ. ބަލަ މިހާރުވެސް މުޅީ ރާއްޖޭގަ ކުރާ ހުރިހާ ތަރއްޤީގެ މަސައްކަތަށް ލާރި އެހޯދަނީ ޖަލުގައި ޔާމީޏު އިނދެގެން ހިލޭއެހީގެ ގޮތުގަ ޗައިނާއިން. އެހުރިހާ ލާރީގެ ހިސާބު ކިތާބު އެ ބަލަހައްޓަނީ މަގުފުޅާޓިނުގެ ވެރިޔާ ދެނަމްބަރުގެ ވެރިޔާ ހުނިގޮޑީގެ ވެރިޔާ މަޝްހޫރު ޓީނުއަދުރޭ، އެހެންވިއްޔާ ފޮނަދޫ ގެ މަގުތަށް ނިންމުން މިހާރުވެސް ލަސްވެއްޖެ ދޯ
Sivaraj Nagaraj
14 July 2020
ބޯކޮށް ހެޔޮކޮށް
ފޯކަލް ޕޮއިންޓު
14 July 2020
މަގުހަދާނެ ފެން ހިންދޭނެ ގޮތެއް ނޯންނާނެ ފެންނުހިންދުމުގެ ސަބަބުން ކާނުގަ މަދިރި ގިނަވެ ރަށުގަ ބަލިމަޑުކަން ގަސްއިންދަން ޖާގަ ހަދާފައެއް ނުހުންނާނެ މިހުރީ ތިހިންގާ މަޝްރޫޢުތަކުގެ ފޭރާމުގެ ހުރި ގޮތަކީ މިކަންކަން ބަލާ ކަށަވަރުކުރޭ ތިޔައީ ރައްޔިތުންގެ ޓެކްސް ފައިސައިން ކުރާ މަސައްކަތް
ރަންނަ
14 July 2020
މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ރަދީފްއޮފިޝިއަލް
14 July 2020
ދާއިރާގެ މެމްބަރު ޖެހޭނެ މެޑަލް ޖަހާލަން.ހެހެހެހެހެހެ