މީހަކު ސިނގިރެޓް ބޮނީ.
16 ޖުލައި 2020 - 07:22
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ކަންކަމާ ހެދި، ދުންފަތުގެ އިސްތިއުމާލުކުރުން އިނގިރޭސިވިލާތުގައި ހުއްޓައިލި މީހުންގެ އަދަދު މިލިއަނަކަށް ވުރެ ގި ކަމަށް ޗެރިޓީއެއް ކަމަށްވާ އެކްޝަން އޮން ސްމޯކިން އެންޑް ހެލްތު (އޭޝް) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.
އެ ސާވޭގައި ބުނީ ކޮވިޑާ ހެދި، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިިލި މީހުންގެ ނިސްބަތް 41 ޕަސެންޓަށް އަރާ ކަމަށެވެ. އަދި މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ވަބާއާ ދުރަށް އެންމެ ގިނަ ބަޔަކު ދިޔަ ފުރަތަމަ ފަހަރު ކަމަށް ވެސް އޭޝް އިން ބުންޏެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހިމެނެ އެވެ. އަދި މި ބަލި ފެތުރެން ފެށުމާ އެކު ސިއްހީ މާހިރުން އަންނަނީ ދުންފަތާ ދުރުވުމަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ.
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އިން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލާ ނިސްބަތާ ބެހޭ ގޮތުން 2007 އިން ފެށިގެން ކުރިއަށް ގެންދާ ސާވޭއެއްގެ ނަތީޖާ އަށް ބަލާ އިރު މި އަހަރުގެ ޖޫން މަހާ ހަމައަށް އައި އިރު، މިއީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި މީހުން އެންމެ ގިނަ އަހަރެވެ.
Terry Craggs, Newcastle, quit smoking after spending time in hospital on oxygen.
— ASH (@ASH_LDN) July 15, 2020
"[The pandemic] is more of an incentive to stay off them, even though it's more difficult at the moment because of the stress," he told the BBC.https://t.co/I1ubPe0uAU pic.twitter.com/ecfp77N1aW
އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލުކުރާ 10،000 މީހެއްގެ އެ އާދަތަކާ ގުޅޭ މައުލޫމާތު، އޭޝް އާއި ޔޫގަވް އިން އެޕްރީލް 15 އިން ޖޫން 20 އަށް އެއްކޮށްގެން ބެލި އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފަ އެވެ. އަދި މިކަމުގެ ސަބަބެއް ކަމަށް އެ މީހުން ބުނެފައި ވަނީ ސިއްހީ މައްސަލަތައް ކުރިމަތިިވުމާއި އެކަހެރިވެގެން ތިބެން ޖެހުމުން ދުންފަތާ ދުރުކޮށް ދިނުމާއި ކުރިން ކުރާ ގޮތަށް ދުންފަތުގެ އިސްތިއުމާކުރުމުގެ މާހައުލެއް ނެތުމެވެ.
New @ASH_LDN and @UCLBehaveChange figures show a million people have stopped smoking since #COVID19 hit! Biggest fall in smoking in a decade #QuitforCovid #Smokefree2030https://t.co/akBwQosg1Z
— ASH (@ASH_LDN) July 15, 2020
އޭޝްގެ ޑިރެކްޓަރު ޑެބޯރާ އާނޮޓް ވިދާޅުވި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުންނަކީ އެ އާދައާ ދުރަށް ދާން ބޭނުންވި ނަމަވެސް ހުއްޓައިލަން އުނދަގޫ ބައެއް ކަމަށެވެ.
"އެކަމަކު އަހަރެމެންނަށް ފާހަގަކުރެވުނު ކަމަކީ މި ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ދުންފަތާ ދުރަށް ދާން މަގުފަހިކޮށްދީ އެކަން ކާމިޔާބުވިކަން،" އޭނާ ވިދާޅުވި އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މޯހުންގެ ގޮތުގައި މިދިޔަ އަހަރު ރެކޯޑް ކުރެވިފައިވާ މީހުންގެ އަދަދަކީ ހަތް މިލިއަނެވެ.
އެހެންވެ މި ވަބާއާ މީހުން ދުރުކުރުން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދެ އެވެ. އޭޝް އިން މިހާރު އަންނަނީ އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާއާ ގުޅިގެން ދުންފަތާ މީހުން ދުރުކުރުމަށް ހާއްސަ ކެމްޕޭނެއް ލޯންޗްކުރަން ތައްޔާރުވަމުންނެވެ. މި ކެމްޕޭން ހާއްސަ ކުރާނީ އެ ގައުގައި އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާކުރާ މީހުން ތިބި ސަރަހައްދުތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
16 July 2020
ރާއްޖޭގަ ތިއާ މުޅިން އިދިކޮޅު! ދުންފަތާ ރަލުގެ ޑިއުޓީ ކުޑަކޮށް އިތުރަށް ބޯން ސަރުކާރުންވެސް ދެނީ ހިއްވަރު. ދުންފަތުގެ އިސްތިއުމާލު ނުކުރިޔަސް ދުންފަތުގެ ވިހަ ދުމުން ސަލާމަތް ވެވޭކަށްނެތް. ދެރަކަމެއް!
ފާރަގެމަ
16 July 2020
ސަރުކާރުން ހޮޓާކެފޭ ތަކައް ހުއްދަ ނުދީ ހިފަހައްޓާލިނަމަ ނިމުނީ.ސިގަރޭޓް ބޯން ބޭނުންވާ ކެފޭތަކައް މަހަކު 100000 ރުފިޔާ ދައްކާ ގޮތައް ލައިސަންސް ދީ ތަނުގެ ނަންބޯޑުގަ ހުއްދަ ދިންކަން އެނގޭގޮތައް ހުރީމަ ނިމުނީ.
ރިޔަނަަ
16 July 2020
މާލޭގައި އެއްމެ ކިއު ދިގު ފިހާރައަކީ ޓްރޭޑް ސެންޓަރު ކުރިމަތީހުންނަ ސިގިރޭޓް ހޯލްސޭލް ކުރާ ފިހާރަ.
ބަސް
16 July 2020
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ %100 ގެއްލުން ހުރި ކަމެކޯ. އިވޭ އަޑުތަކުން ހުރިހާ ފެންވަރެއްގަ ހުރިހާތަނެއްގަ މި ހުއްޓުވަން މަސައްކަތްކުރެޔޯ. ހަގީގަތަކީ އެއްވެސްބަޔަކު ހުއްޓުވާކަށް ނޫޅޭ. ލިބޭ ފައިދާ ބޮޑުކަމުން. ވިއްކައިގެން ކުންފުނިތަކަށް. ޓެކުހުން ސަރުކާރުތަކަށް. އަރަބި ގައުމުތަކަށް އެކަނި މެލްބަރޯ ވިއްކައިގެން އެމެރިކާއަށް އަހަރަކު 7 ބިލިއަން އާނ 7 ބިލިއަން ޑޮލަރު ފައިދާވޭ. މިދުނިޔޭގެ އެންމެ ބޮޑު ނުބައިބަޔަކީ ވިޔަފާރި. ވިޔަފާރިވެރިން.