18 ޖުލައި 2020 - 08:02
ކޮރޯނާވައިރަހުގެ ސަބަބުން އިނގިރޭސި ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒް (ބީއޭ) ގެ ދަތުރުތައް ހުއްޓި ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށް އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ބޮއިން 747 މަރުކާގެ މަތިންދާބޯޓްތައް ބޭނުންކުރުން ހުއްޓައިލަން ނިންމައިފި އެވެ.
ބީއޭ އިން ކުރިން ނިންމާފައި އޮތީ އެ މަރުކާގެ ބޯޓްތައް ބޭނުންކުރުން 2024 ގައި ހުއްޓައިލާށެވެ. ނަމަވެސް އަލުން ދަތުރުތައް ފަށާއިރު ބޮއިން 747-400 މަރުކާގެ ބޯޓްތައް ބޭނުން ނުކުރަން ނިންމީ މިއީ ވަރަށް ޒަމާންވީ މުސްކުޅި މޮޑެލްއަކަށްވެފައި، އެ މޮޑެލްގެ ބޯޓްތަކުގައި ދަތުރުކުރަން ފަސިންޖަރުން ވެސް މިހާރު އެހާ ގަޔާނުވާތީ އެވެ.
ބީއޭގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ފްލީޓްގައި ހިމެނޭ ބޮއިން 747ގެ ބޯޓްތައް ބޭނުންކުރުން ހުއްޓައިލުމަށް ފަހު، އެ އެއާލައިންގެ އަމާޒަކީ އެއާބަސް އޭ350 އާއި 787 ޑްރީމްލައިނާ ނުވަތަ ބޮއިން 777ގެ މަރުކާގެ ބޯޓުތައް ބޭނުންކުރުމެވެ.
I had the most amazing 13-years flying the @Boeing 747-400. So sad confirmation that won’t be coming back into service where I work. It will be sorely missed from the skies across the world.
— Scott Bateman MBE (@scottiebateman) July 16, 2020
THE QUEEN IS DEAD, LONG LIVE THE QUEEN!!!#AvGeek #aviation #boeing #aircraft #QOTS pic.twitter.com/WPZB3QOgyY
އިންޓަނޭޝަނަލް އެއާލައިންސް ގްރޫޕް (އައިއޭޖީ) ގެ ދަށުން ހިންގާ ބީއޭގެ ފްލީޓްގައި ހިމެނޭ މަތިންދާބޯޓްގެ 10 ޕަސެންޓަކީ މި ވަގުތު ބޮއިން 474 އެވެ. އެއީ 31 ބޯޓެވެ. އަދި ބީއޭ އަކީ ޖަމްބޯ ޖެޓް އޮޕަރޭޓްކުރާ އެންމެ ދުވަސްވީ އެއާލައިން ވެސް މެ އެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި އެ މަރުކާގެ ބޯޓުތައް ބޭނުންކުރުން އެއްކޮށް ހުއްޓައިލުމެވެ.
"ހިތާމައާ އެކު ނަމަވެސް ކަށަވަރުކޮށްދޭން އޮތް ކަމަކީ އަހަރެމެންގެ ފްލީޓްގައި ހިމެނޭ ބޮއިން 747 ބޭނުންކުރުން ހުއްޓައިލަން ނިންމި ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ބީއޭ އިން ބޮއެން 747 މަރުކާގެ ބޯޓްފަހަރު ބޭނުންކުރަން ފެށީ ހިދުމަތަށް ނުކުތުމާ އެކީގަ އެވެ. އެ އެއާލައިން ވުޖޫދަށް އައީ މާޗް 31، 1971 ގަ އެވެ.
އެ އެއާލައިނުން ބުނި ގޮތުގައި އެ މަރުކާގެ ބޯޓްތައް ބޭނުންތައް ހުއްޓާލައި، އެ ނޫން މަރުކާގެ ބޯޓްތައް ބޭނުންކުރަން ފެށުމަކީ ހަރަދާއި އޮޕަރޭޝަނަށް ވެސް އިތުރު ލުއިތަކެއް އަންނާނެ ކަމަށެވެ. އެހެންވެ "އައުޓްޑޭޓެޑް" މަރުކާއެއް މި ޒަމާނަށް އެކަށީގެން ނުވާ ކަމަށާއި ބޭނުން ވަނީ ވީހާ ވެސް ބޮޑަށް ތެލުގެ ހަރަދު ވެސް ކުޑަ، ތިމާވެއްޓާ ރައްޓެހި ޒާތުގެ ބޯޓް ކަމަށް ބުންޏެވެ.
ބީއޭ އިން ވަނީ 2050 ހަމައަށް ދާންވާއިރަށް ޒީރޯ-ކާބަން އެމިޝަނަށް ވެސް އަމާޒު ހިފައިފަ އެވެ. ދުނިޔޭގެ 183 މަންޒިލަކަށް ދަތުރުކުރާ ބީއޭގެ ފްލީޓްގައި 278 ބޯޓް އޮވެ އެވެ.
ބޮއިން 747 މަރުކާގެ ބޯޓްފަހަރު ބޭނުން ކުރަން ހުއްޓައިލުމަށް ފަހު، އެ ބޯޓްތައް ރިސައިކަލްކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ބީއޭ އަކީ އިނގިރޭސިވިލާތުގައި އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އެއާލައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްރޯ
18 July 2020
މުސްކުޅި މަރުކާއެއް. 1969 ގެ އުފެއްދުމެއް. ބޮއިން ދެމި އޮންނަން ކުރާ މަސައްކަތް އެހާ ކާމިޔާބު ކަމަށް ނުވޭ. މިހާރު ގެ ބޯޓަކީ އެއަރ ބަސް. މިހާތަނަށް ބޮއިން ދެމިއޮތީ ސައޫދިއަރަބިއާ ގެ އެހީތެރިކަމާއެކު. ބިލް ކްލިންޓަން ގެ ދައުރުގެ ކުރީކޮޅު ރަސްގެފާނަށް އާދޭސްކޮށްގެން ބޮޑު އަދަދެއްގެ އޯޑަރު ނަގައިގެން. ސައޫދީ އެއަރލައިނަށް އެއިރު ބޭނުން ނުވާވަރަށް އޯޑަރު ހެއްދި.
ކިހާ ދެރަ
18 July 2020
ތަންތަނަށް(ޗުއްޓީ) ދާހިތުން ތިއްބާ މި ޚަބަރު ފެނިފައި ކިޔާލުމުން "ކުޅު ދިޔާ" ވެއްޖެއެވެ.