މިއަދު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް (ވ) އާއި އެމްޓީސީސީގެ އެމްޑީ އާޒިމް (ކ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެމްޓީސީސީ
18 ޖުލައި 2020 - 18:19
ނައިބު ރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ނައިބު ރައީސް ފައިސަލްގެ އިތުރުން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ މެމްބަރުންނާއި ހދ. ހަނިމާދޫ ދާއިރާގެ މެމްބަރު ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޓީސީސީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ނައިބު ރައީސަށް އެރުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
އެމްޓީސީސީން ބުނީ މި ބައްދަލުވުމުގައި، އެ ކުންފުނިން ކުރިއަށް ގެންދާ ފުވައްމުލަކުގެ އެތެރޭގެ މަގުތަކާއި ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރި ކަމަށެވެ. އެ ކުންފުނިން މަޝްރޫއުތައް ހިންގަނީ ފެންވަރު ރަނގަޅުކޮށް، ބާރު ސްޕީޑުގައި ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސަށް އެމްޑީ އާޒިމް ދެއްވި ކަމަށް އެމްޓީސީސީން ބުނެ އެވެ.
ނައިބު ރައީސް، ފައިސަލް، އެމްޓީސީސީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޓީސީސީ
ހަނިމާދޫ މަގުތައް ލެވެލް ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ނިމިފަ އެވެ. މި މަޝްރޫއަށް 46.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު، މަސައްކަތް ނިންމަން 240 ދުވަސް ނަގާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު މި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، އެ މަސައްކަތް ފަށަން ކުރަން ޖެހޭ ޕްލޭނިންގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
18 July 2020
ކޮބާ ކުޅުދުއްފުށި ސޯސަންގޯޅިޔައް ވެލި އަޅައިދެނީ ކޮންއިރަކުން ތާރުނޭޅިޔަސް ވެލި އަޅައިދީ ހިނގާ ބިނގާއުޅެވޭނެވަރު ކޮއްދީ މި ހާރު ކޮންބާރެއް ނުލިބެނީ ކައުންސިލުގަ މިވާ ހަކަ ނުދައްކާ ދުވަ ހެއްނުދާނެ މިކަން ހައްލުކުރޭ ވައްކަންކުރާ ޕާޓޭންގެ ހާލި ނައްތާލާ މަގުން ފުލުހުންނައް ޕެޓްރޯލު ކުރަމުން ދުއްވޭ ވަރުކޮއްދީ
އަބޫބަކުރުބެ
18 July 2020
ނައިބު ހާދަ ޒަމާންކޮށްލާފައޭ މިދައްކާލީ. އެންމެފަހުން މަށަށް މީނާ ފެނުނީ ޓިޝޫބޮނޑިއަކުން ބޯޅަކުޅޭންހުއްޓާ.