ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމަށް ފަހު ގާނޫނީ ވަކީލުންތަކެއް އެ ރަށުގައި ތިބި ބިިދޭސީންނާ ވާހަކަ ދައްކަނީ.
19 ޖުލައި 2020 - 11:29
ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ހިންގި ޕްރޮޖެކްޓެއްގައި މަސަައްކަތް ކުރި ބިދޭސީންނަށް މުސާރަ ނުދިނުމުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީންގެ ވަކީލުން ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އަށާއި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.
ވަކީލުން އިއްޔެ ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ހަމަނުޖެހުމަށް މަގުފަހިކުރަން ބޮޑުފިނޮޅުގެ ސީލް މޯލްޑިވްސް އިން ބިދޭސީންނަށް ބިރު ދައްކަން ގިނަ ކަންތައްތަކެއް ކުރި އެވެ. އެކަމަކު އެއީ ކުރިން ވެސް ސީލް އިން އިންކާރުކޮށްފައިވާ ތުހުމަތެކެވެ.
ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުމާ ހަމަ އަށް ކަންތައްތައް ހިނފައިވާ ގޮތް ކަމަށް ބުނާ ޓައިމްލައިނެއް ވަކީލުންގެ ބަޔާނުގައިވެ އެވެ. އެ ޓައިމްލައިންގައިވާ ގޮތުން މައްސަލަ ފެށުނީ މުސާރައިގެ މައްސަލައިގައި މެއި މަހުގެ 16 ވަނަ ދުވަހު ބިދޭސީން ކުރި މުޒާހަރާއަކާ ހިސާބުންނެވެ. ބޮޑުފިނޮޅުގައި ސީލްގެ ފަރާތުން ހުންނަ އިސް މީހާ އެ މުޒާހަރާއާ ގުޅިގެން ބިދޭސީންނަށް އިންޒާރުދީ، ކާން ވެސް ނުދޭނެ ކަމަށް ބުނި ކަމަށާއި ހަމަނުޖެހުން ހިންގާ ކަމަށް ބުނެ އެ ދުވަހު ވެސް ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބިދޭސީންގެ ވަކީލުން ތުހުމަތު ކުރެ އެވެ.
މައްސަލަ ގޯސްވީ މުސާރަ ނުދީގެން ކަމަށް ވާއިރު އެއީ އެއްބަސްވުމުގައި އޮންނަ ގޮތުން، ރިޒް ކުންފުނިން ކުންފުނިން ކުރަންޖެހޭ ކަމެކެވެ. އެކަމަކު މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒުން ހަމަނުޖެހުންތަކަށް ފަހު ބުނަމުން އަންނަނީ އެއީ ސީލް އިން މުސާރަ ދޭ ބައެއް ކަމަށެވެ. މުސާރަ އަދި ކޮއްތު ފައިސާ ކޮންމެ މަހަކު ސީލް އިން ރިޒަށް ފޮނުވުމުން އެ ކަންކަން ކުރަނީ ރިޒް ކުންފުނިން ކަމަށް ވިޔަސް ސީލް އިން ބުނެފައިވަނީ އެގޮތަށް ފޮނުވި ފައިސާގެ އަދަދު ޕްރޮޖެކްޓުގެ އަގަށް ވުރެ ވެސް މިހާރު އިތުރުވެފައިވާ ކަމަށާއި ހަވާލުކުރި މަސައްކަތް ވެސް ނިމިފައި ނުވާތީ އިތުރަށް ދޭންޖެހޭނެ ފައިސާއެއް ނުހުންނާނެ ކަމަށެވެ.
އެންމެ ފުރަތަމަ ކުރި މުޒާހަރާގައި ވެސް ސީލްގެ މުދަލަށް ގެއްލުން ލިބިފައި ވާތީ އެކަން ސިޓީއަކުން އަންގައި ހަމަނުޖެހުން ހިންގި ބިދޭސީން ރަށުން ބާލަން ސީލް އިން އޮތީ އަންގައިފަ އެވެ. އެއީ ވެސް އެއްބަސްވުމުގެ ދަށުން ސީލް އަށް އޮންނަ އިހުތިޔާރެކެވެ.
މުސާރަ ނުލިބިގެން ފުރަތަމަ ކުރި މުޒާހަރާ އަކީ ހަމަނުޖުހުމެއް ކަމަށް ފުލުހުންނަށް ރިޕޯޓްކުރުުމުން ފުލުހުން އެރަށަށް ގޮސް މައްސަލަ ބަލައި ހަމަނުޖެހުމެއް ނުހިނގާ ކަމަށް ނިންމުނުން އެކަން ގަބޫލު ނުކޮށް އަލުން ރިޕޯޓްކުރި ކަމަށް ވަކީލުން ބުނެފައިވެ އެވެ. އެންމެ ފުރަތަމަ ތުޅާދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅުމުން އެކަން ބަލާފައި ވަނިކޮށް އޭދަފުށީ ޕޮލިސް ސްޓޭޝަނަށް އަލުން ރިޕޯޓް ކުރި ކަމަށާއި އޭގެ ފަހުން ބޮޑުފިނޮޅުގައި ތިބި ސީލް މޯލްޑިވްސްގެ ވެރިން ދެއްކި ބިދޭސީއަކު ފުލުހުން ހައްޔަރު ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ސީލް މޯލްޑިވްސް އިން ބިދޭސީންނަށް ބިރު ދައްކައި މަރުގެ އިންޒާރު ދީ ބިދޭސީންނަށް ހަމަލާދޭން ގޭންގު ބަޔަކު ބޮޑުފިނޮޅަށް އަރުވަން މަސައްކަތްކުރި ކަމަށް ވެސް ވަކީލުން ސީލްގެ މައްޗަށް ތުހުމަތުކުރި އެވެ.
ސީލް މޯލްޑިވްސް އަށް ކޮށްފައިވާ ތުހުމަތުތަކުގެ އިތުރުން ވަކީލުންގެ ބަޔާނުގައި ފުލުހުންނަށް ވެސް ތުުހުމަތުތައް ކޮށްފައިވެ އެވެ. ފުލުހުން ވަކީލުންނަށް ގުޅައި ބިރު ދެއްކި ކަމަށާއި ރައްކާތެރިކަމަށް އެދުމުން ރައްކާތެރިކަން ފޯރުކޮށް ނުދިން ކަމަށް ވެސް ތުހުމަތު ކޮށްފައި ވެ އެވެ.
ބަންދުގައި ތިބި ބިދޭސީންގެ ލޯޔަރުން މިހެން ބުނި ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބިދޭސީންނާ ހަވާލާދީ މީޑިއާ އަަށް ދިން މައުލޫމާތުގައި މިފަދަ އެއްވެސް ތުހުމަތެއް ނެތެވެ. ޕީއައިއެލްސީގެ ވަކީލުންނަށް ބިދޭސީން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ މީހުންގެ ޝަކުވާ އަކީ ބޮޑުފިނޮޅަށް އެމީހުން ގެންދިޔަ ރިޒް ޕްރައިވެޓް ލިމިޓެޑުން މުސާރަ ނުދިން ކަމުގެ ޝަކުވާ އެވެ.
ޕީއައިއެލްސީގެ ބޯޑު މެމްބަރު، އަދި ގާނޫނީ ވަކީލް، އަބްދުﷲ ނާހިދު، އޭޭރު ވިދާޅުވީ އެ ރަށުގައި މި ވަގުތު ވެސް 170 ބިދޭސީން ތިބިއިރު އޭގެ ތެރެއިން ގިނަ މީހުންނަށް ހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށެވެ. ބައެއް މީހުންނަށް މުސާރަ ނުދޭތާ އެ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ޕީއައިއެލްސީން މިހާރު ވަނީ ބިދޭސީންނަށް މުސާރަ ހޯދައިދޭން ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞޒބސގ
19 July 2020
ހަހަހަހަ ސުނާނާއެއްނު. ރަތްލާޖެހި އެމްޑީޕީމީހެއްވީމަ ބަލާނީވެސް އެމްޑީޕީމެންބަރުހިމާޔަތްކުރެވޭތޯ ދޯ.
Dhaadhey
19 July 2020
އަހަރެމެންނަށް ކުރިންވެސް އެނގޭ ހިލޭސާބަހަށޭ ކިޔާފައި އަވަސްއަވަހަށް އެތަނަށް ތޮރުފިގަތީ ތިމައްސަލަ ރިޒާގެ ކޮޅަށް އަނބުރާލަން ރާވައިފަވާ ރޭވުންގަނޑެއްގެ ދަށުންކަން. މިހާރު އެއޮތީ އެކަން ހާސިލުކޮށްފައި. ދެން ރިޒާއަތަކުން މަސައްކަތު މީހުންނަށް ލިބޭނޭ އެއްވެސް އެއްޗެއް ނޯންނާނެ.
ބިސްމީހާ
19 July 2020
ކޮބާތަ އޭނަގެ ކޮޅަށް މައްސަލަ ނިމިފަ؟
ބޮޑުމީހާ
19 July 2020
ރޯޔަލް ރޭޕްކޭސްގަ ވެސް ކުށްވެރިވީ ފުލުހުންނާއި ނޫސްތައް. މިފަހަރުވެސް އެމްޑީޕީ މީހާ މި ސަލާމަތްވީ! އެމްޑީޕީ މީހާ ނުބެދޭނެ
ހަސަނު1
19 July 2020
ވަކީލުންނަކީ ތެދު ހަދާ ބަޔަކަށް ބަދަލުވީ ކޮން އިރަކުތޯ؟ އެއިރަކު ފައިދާވާކޮޅަކަށް އެމީހުުން ވާހަކަދައްކާނީ. މީ ހަގީގަތް. އެމީހުން ބޭނުންވާގޮތަށް ގާނޫނުބޭނުންކޮށްގެން ދޮގު ތެދަށް ބަދަލުކޮށް ތެދު ދޮގަށް ބަދަލު ކުރުން އެއީ އެމީހުންގެ ވަޒީފާގެ ބަޔާން.
ލޯޔަރު
19 July 2020
ޕީ.އެލް.އައި.ސީ ގެ ވަކީލުންނާއި ސީލްގެ ވަކީލުންނަކީ އެއްބައެއް (.) މަޞްލަޙަތު ފުށުއެރުން ވަރަށް ބޮޑު (.) ސީލްގެ ވަކީލުން ޕީ.އެލް.އައި.ސީގެ ތޮފި އަޅައިގެން ބިދޭސީންގެ މައްސަލައިން އެމީހުން ބޯ ދަމައިގަންނާނެ ގޮތަކަށް ވަނީރާވާފައި (.) ސީލްގެ ވަކީލުންގެ ގޮތުގައިތިބެ ސިއްރު އެޖެންޑާއެއްގެ ދަށުން ޕީ.އެލް.އައި.ސީ ގެ ނަމުގައި ބިދޭސީންނާއި ބައްދަލުކޮށް އެމީހުން ވާހަކަ ދައްކަންވީގޮތް ކިޔައިދީ، މުޅިމައްސަލަ މިހާރުއޮތީ އާރ.އައި.އެކްސް ނަމަަށް އަނބުރާލާފައި.
ޙަސަން.
19 July 2020
އެމްޑީޕީ އިންސާފު
ހަސަބު
19 July 2020
މުސާރަ ނުދިނުން އަދި ނުދިނީ ކޮންމެބަޔަކުކަމުގައި ވިއަސް މުސާރަ ހޯދަންއެދި މުޒާހަރާ ކުރެވުނަސް ތަކެއްޗަށް ގެއްލުން ދީގެންނުވާނެ. އެއީވެސް ގޯހެއް. މިއީވެސް ގޯހެއް.