ބަހާދުރު: ކަރަންޓީން ފެސިލިޓީއަކުން ފިލި ބަންގްލަދޭޝް ފިރިހެނެއް -- ފޮޓޯ: ފުލުހުން
20 ޖުލައި 2020 - 11:50
ކޮވިޑް-19 އިން ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ ފެސިލިޓީއަކުން ފިލި ބިދޭސީއަކު ފުލުހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ބަންގްލާދޭޝް މީހެއް ކަމަށްވާ ބަހާދުރު ފިލި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ.
ބަހާދުރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފުލުހުންނާ ހިއްސާކުރަން ވަނީ އެދިފަ އެވެ.
ކޮވިޑް-19 މާލެއިން ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޕްރިލް މަހުގެ 15 ގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކުގައި ކޮވިޑް-19 އެންމެ ގިނައިން ފެތުރުނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ތަންތަނުގެ އެވެ. އެފަދަ ތަންތަނުން ބިދޭސީން ނުކުތުން މަނާކޮށް ކަރަންޓީނުކޮށްފައި ވަނިކޮށް ވެސް ބައެއް މީހުން ފިލި އެވެ.
ރާއްޖެއިން 2،966 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، އޭގެ ތެރެއިން 1،365 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
ލޮކްޑައުން އަށް ފަހު މާލެ ސަރަހައްދު އަލުން ހުޅުވާލުމުން މި ބައްޔަށް މިހާރު ގިނައިން ޕޮޒިޓިވް ވަނީ ދިވެހިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާވިސްނާ
08 September 2020
ޜާއްޖޭގައި މިއޮތް ތާކުންތާނުނުޖެހޭ ގަވާއިދުތަކަކީ ތިމީހުން ހޯދަން ފަސޭހަވާނެ ކަމެއްނޫން.
--- ހަސީނާ ދައްތާ
20 July 2020
ބަންގާޅީން ރާއްޖެ އަށް އައިސް ފިލާތީ އެމީހުން އެރައިވަލްވާ އިރު ކޮންމެ މީހެއްގެ ފައި ބުޑުގާ ޓެގު އަޅުވަ ބަލަ/؟
ރިއަލް މުގާބޭ
20 July 2020
މީނަ އަށް ރެސިޑެންސް ވިސާ ދޭން ފެނޭ، އޭރުން ނޯ މަޒުމޫނުގަ ލިޔެފަ އިނީ ނުފިލާނީ
ައަހުމަދު
20 July 2020
މިބަންގާޅިންނަކީ އެއްވެސްގޮތެއްފޮތެއް ހުންނަ ބައެއްނޫން ، މިސޮރު ޑީޕޯރޓް ކޮށްލާ އަނބުރާ ނާދެވޭގޮތަށް ، މީނަޔަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކާނެއެއްޗެއްނެތޭ ކިޔާފައި ، މީނަޔާހުރެ ކިތައްމީހުން ނުރައްކަލުގެ ތެރެއަށް އެދިޔައީ، އެކަމަކު މިޤައުމުގެ ރައްޔިތެއްވިއްޔާމުން މިހާރު ޖޫރިމަނާކޮށްފައި ދައުވާވެސްކުރަން ފޮނުވާފައި މިހާރުވަނީ މީމިޤައުމުގެ ހާލަތަކީ ..
އެދުރުކަލޭފާނު
20 July 2020
އެދުރުކަލޭފާނު ކައިރީ ބުނެބަލަ ހަދާށޭ މަޖިލިސް ކޮމިޓީއެއް ބަނގާޅުން ބަލަހައްޓަން
ޙިނި
20 July 2020
ތި ބަންގުލަދޭޝް ބޭފުޅާ ހޯދެވުނީމަ އާންމު ސިއްހަތައް ނުރައްކާ ކޮއް ފިލީމަ ޑީޕޯޓު ކުރެވޭނެބާ ނުނީ އަޅާނުލާ އެއްކަމެއްވެސް ނުކުރާނީތޯ