ޚަބަރު / ރާއްޖެ-އިޒްރޭލް

އިޒްރޭލާ ދެކޮޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައުދު، ގަރާރާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލަން ގޮވާލުމާ އެކު ފަލަސްތީންގެ ރައްޔިތުންނަށް ދޭ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް، އެ އަނިޔާތައް ހުއްޓާލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ ވެރިރަށަކީ ގުދުސް ކަމަށް ރާއްޖެ އިން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. ފަލަސްތީންގެ ބިންތައް އިޒުލޭރުން ފޭރިގަތުމަކީ ސުލްހަވެރި، ވަކި ދެ ދައުލަތެއް ގާއިމްކުރަން އޮތް ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ ބައިވެރިވެފައިވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއިލުން ބޯ ނުލަނބާ މައްސަލައިގައި އެ ގައުމު ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލުމަކީ ވެސް މުހިންމު ކަމެއް،" ގަރާރު ހުށަހަޅުއްވަމުން ސައުދު ވިދާޅުވި އެވެ.

ދިވެހިން އެދެނީ އިޒްރޭލާއި ފަލަސްތީން ވެސް އޮތުން: ނަޝީދު

ސައުދު އެ ގަރާރު ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭން ކުރިންސުރެ ވެސް އެދެނީ އިޒުރޭލާއި ފަލަސްތީން ވެސް ގައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެއީ ކުރީންސުރެ އެ މައްސަލާގައި ރާއްޖޭގެ ރަސްމީ ސްޓޭންޑް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ރާއްޖެ އާއި އިޒުރޭލާ އޮތް ސިޔާސީ ގުޅުން ދިވެހި ރާއްޖޭން ސަސްޕެންޑް ކުރީ. ކަނޑައެއް ނުލާ. [ކުރީގެ ބޮޑުވަޒީރު އަދި ރައީސް] އިބްރާހިމް ނާސިރު އިޒްރޭލްގެ ސަރުކާރަށް ލިޔުއްވާފައިވާ ސިޓީއެއް ރައީސް އޮފީހުގައި ވާނެ. މިސިޓީގައި އެ ގުޅުން އޮތް ގޮތް އެންމެ ފަހުން ނިމުނުއިރުގައި އޮތް ގޮތް ބަޔާން ކޮށްދީފައި ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިފަހުން ވެސް ފަލަސްތީންގެ ބިންތަކެއް އަތުލަން އިޒްރޭލުން މަސައްކަތް ފެށި ކަމަށެވެ. އެކަމާ ފްރާންސާއި އިނގިރޭސީން އިޒްރޭލާ އެއްބަސް ނުވުމުން އެކަން ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ދާދި ފަހުން އިޒުރޭލްގެ ސަރުކާރުން ފަލަސްތީންގެ އިތުރު ބިން އިޒުރޭލްގެ ބިމުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ދެވުނު އިންޒާރެއް މި ގަރާރު އަޅުގަނޑުމެންނަށް ލިބިގެން އައިއިރުގައި ބައިނަލްއަގުވާމީ މަޝްރަހުގައި މިދެންނެވި އިންޒާރު ވަރަށް ހޫނުކޮށް ބަހުސް ކުރެވެމުން ދިޔަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފަލަސްތީންގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދަތުރު ކުރެވެން ފެށުމާ އެކު އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

23 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭ ރައްޔިޔުން

12 May 2021

"ދިވެހިން އެދެނީ އިޒްރޭލާއި ފަލަސްތީން ވެސް އޮތުން" ނަޝީދު ނަޝީދު ކަލޭ ދެކޭހާ ގޮތަކީ ރައްޔިތުން ދެކޭގޮތެއް ނޫން؟؟

The name is already taken The name is available. Register?

މިވަރެއްނެތް

23 July 2020

އިޒްރޭލް ފަޅޯ ރާއްޖޭގައި ވަރަށް ހިނގާ. އިޒްރޭލްގެ އުފެއްދުމެއް ކަމަށްވާ "ވައިބާރ" އެޕްވެސް އެހާމެ މަޤްބޫލު. އަދި ހަމަ އެހެންމެ އިޒްރޭލުގެ "ފައިވަރ.ކޮމް" ވެބްސައިޓުންވެސް ދިވެހިން އެހާމެ ޚިދްމަތް ހޯދާ. ޖޯޑަނާއި މިސްރުގެ ލޭބަލް ޖަހާއިގެން ރާއްޖެއެތެރެކުރާ އިޒްރޭލުގެ އުފެއްދުންތަކަކީ އެންމެން ދަންނަ ސިއްރު. އިޒްރޭލުގެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޑޮލަރު ބޭނުންކުރަންވެސް ހަމަ އޯކޭ! މަމެން ދެފުށްކެހެރީބާ ނުވަތަ ގަމާރީބާ؟

The name is already taken The name is available. Register?

ދޫނިފުށި

21 July 2020

ސައުދު ދެންހުށަހަޅާބަލަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމުން ދުރުކުރާނެ ގަރާރެއް. ތިމަޖްލީހަށް ނުކުރެވޭނެކަމެއް ނޯންނާނެނު. ދޯ!

The name is already taken The name is available. Register?

ކޮތަރު

20 July 2020

ތިގަރާގު ފާސްކުރިޔަސް އެވެރިންނަށް ހީވާނެތަ ކަހަރުވަކެކޭވެސް...!؟

The name is already taken The name is available. Register?

8965

21 July 2020

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލިހުން ނިންމާ ނިންމުމަކާ ދެކޮޅެއް ނުހެދޭނެ. ނޭޓޯއަށްވުރެވެސް ވަރުގަދަ މިލިޓަރީ ފޯސްއެއް ދިވެހިރާއްޖޭގައި އޮންނާނެ. އެތަނަށްގޮސް ދެގައުމު ވަކިކޮން، ކަންމުޑިޖަހާ ދެބައިމީހުންނަށް ބޭނުންވާ ގާނޫނުތައް ހަދާދީފަ ދެބައިމީހުންނަށް ބޭނުންވާނެ އިގްތިޞާދީ މަސްރޫއުތަށް ހިންގޭނެގޮތް ހަދައިދީ ސްކޫލްތަކާ ހޮސްޕިޓަލްތަކާއި އާއްމުތަންތަން ހަދާފަ ސުޕަނޭޓޯ ފޯސް އެނބުރި އަންނާނީ. އެހާވެސް ބާރުގަދަ ތަނެއް މަޖްލިހަކީ.

The name is already taken The name is available. Register?

ޙިނި

20 July 2020

އަމިއްލަގައުމުގެ މީހުނައް ކަމެއް މަގުފަހިކުރުމައް ކަމެއް ނުކޮއްދެވޭތާ، އަމިއްލަމީހާ ފަލަސުރުހީ އަޅަން ފަލަސްތީނުމީ ހުނައް ކޮން އުދަގުލެއްތިކުރަނީ

The name is already taken The name is available. Register?

ތަކުރުބެ

20 July 2020

ދެން ޔަމަނޯ؟ ސައުދީ ސަރުކާރުން ލާރި ދީފަ މިސްކިތެއް އެޅީމަ ޔަމަނުގެ އެ ހިންގާ ޤަތުލުޢާއްމު އޯކޭ؟؟؟؟ މީ އަދި މުސްލިމުން މުސްލިމުންނަށް ދޭ އަނިޔާ.

The name is already taken The name is available. Register?

ރޮމާނަ

20 July 2020

ޔަމަން ތަޅާބޭލިޔަސް ހައްޕުކިޔަން ޖެހޭނި. މިސަރުކާރުވެސް ފެށުނު އިރު އަންނި ގެންގޮސް ހައްޕު ކިޔުއްވާފަ ދޫކޮށްލީ.

The name is already taken The name is available. Register?

ގުދުގުދާ

20 July 2020

މިއީ ވެފައިވާ ވައުދުތައް ނުފުއްދާ! މީހުންގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލުމަށް ޖަހާ މަޅިއެއް! މާލޭ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދީ! އެހެން ނޫނީ ދެން ވޯޓެއް ނުލިބޭނެ!

The name is already taken The name is available. Register?

އތނ

20 July 2020

ފަލަސްތީންގެ ހަލަތާ މެދު ވަރަށް ދެރަވޭ... ފަލަސްތީން އާ އެކު

The name is already taken The name is available. Register?

ބޮލިއަޖާއިބު

20 July 2020

ފަލަސްތީނުގެ ރައްޔިތުންނަކީ އެމީހުންގެ ގެދޮރުން ބޭރުކުރެވިފައިވާ ބައެއް. އެމީހުން ބޭނުންވަނީ އެހެންޤައުމުތަކަށް ހިޖުރަކުރާކަށްނޫން. އެމީހުން ބޭނުންވަނީ އެމީހުންގެ އަމިއްލަ ބިން އަނބުރާހޯދުމަށް. ތިޔަ އުޅެނީ އިމިގްރޭޝަން ޤާނޫނު ބަދަލުކުރުމުގެ ހުއްޖަތަކަށް މިކަންހަދަން. އަދި މިކަން މިކުރަނީ ފަލަސްތީނު ރައްޔިތުން މިޤައުމަށް ގެންނާށޭ ކިޔައި، ޤާނޫނު ބަދަލުކޮށް އޭގެ އަނެއްދުވަހު އިންޑިޔާމީހުން މިޤައުމަށް ގެނެސް ވަޒަންވެރިކުރުވުމަށް.

The name is already taken The name is available. Register?

އެފޭ

20 July 2020

https://gulfnews.com/world/mena/google-apple-criticised-for-removing-palestine-from-maps-but-did-they-really-do-so-1.7267 މީ ކަންބޮޑުވާން ޖެހޭ ކަމެއް. ވުޖޫދުންވެސް ގެއްލުވާލަން ރާވައިގެން ކުރިއަށް ގެންދާ ކަމެއް މީ. ފަލަސްތީނަށް ހެވެއް އެދެންޔާ އެމީހުންގެ ހައްގުގަ އަޑު އުފުލާ ދެއްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454