ރަޖީވް.
21 ޖުލައި 2020 - 08:05
ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ސެން ބޮލީވުޑަށް ނުކުންނަން ނިންމައިފި އެވެ.
އޭނާގެ އަލަތު ފިލްމަކީ ދާދި ފަހުން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށް، ފިލްމު ޕްރޮޑަކްޝަނަށް ނުކުތް އެކްޓަރު ވިވެކް އޮބެރޯއީގެ ފިލްމު ކުންފުނި އޮބެރޯއީ އޮމެގާ އެންޓަޓައިންމަންޓުން ހަދާ ފުރަތަމަ ފިލްމު "އިތީ: ކޭން ޔޫ ސޯލްވް އޯން މާޑާ؟" އެވެ.
މި ފިލްމުން ރަޖީވް، 36، ފެންނާނީ ރޯހިތު ވަރްދާން ކިޔާ ކެރެކްޓާއަކުންނެވެ. ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އިތީ" ގައި ވިވެކް ކުޅޭނީ ޕްރަބޫ ސިންގް ކިޔާ ކެރެކްޓާއެކެވެ. އަންނަ މަހުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވާ އިރު، މި ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ ވިޝާލް މިޝްރާ އެވެ.
ރަޖީވް ބުނީ "އިތީ" އިން ލިބުނު ކެރެކްޓާ އަކީ ވަރަށް ޝައުގުވެރި ރޯލެއް ކަމަށާއި އޭނާގެ މެކްސިމަމް ފިލްމަށް ދޭނެ ކަމަށެވެ. އަދި އެކްޓިން އަށް ނުކުންނަ އިރު، ދައްތަގެ އިރުޝާދުތަކާއި ނަސޭހަތާއި ތަޖުރިބާގެ ބޭނުން ވެސް އަމިއްލަ ކެރިއަރުގައި ހިފާނެ ކަމަށް ބުންޏެވެ.
Welcoming @RajeevSen11 as #RohitVardhan in @ItiTheFilm family! Good to have you on-board, brother!#Iti #CanYouSolveYourOwnMurder@mandiraa_ent @mishravishal #PrernaVArora @IKussum @girishjohar pic.twitter.com/aONvZOx42Y
— Vivek Anand Oberoi (@vivekoberoi) July 20, 2020
ރަޖީވަކީ ޓީވީ ބަތަލާ ޗާރޫ އަސޯޕާގެ ފިރިމީހާ އެވެ. އެ ދެ މީހުން ކައިވެނުކުރީ މިދިޔަ އަހަރު އެވެ. އެކަމަކު ކައިވެނީގައި ކުނިޖެހި އެ ދެ މީހުން މިހާރު ދިރިއުޅެމުން އަންނަނީ ވެސް ވަކިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ރަޖީވް ބޮލީވުޑަށް ނުކުންނަ އިރު، މިސް ޔުނިވާސްގެ ތާޖް ވެސް ހާސިލުކޮށްފައިވާ ސުޝްމިތާ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އެކްޓިން އަށް ނުކުތީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރި ވެބް ސީރީޒް "އާރިއާ" އިންނެނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބް
21 July 2020
މީހާގެ ހުނަރެއް ނެތިއްޔާ ކުރި ޔަކަށް ނުދާނެ އޭގެ މިސާލަކީ ްަބީޝޭކް ބައްޗަން , މިހާރުވެސް އަބީޝެކް އަށްވުރެ ގިނަ ފިލްމް ލިބެނީ 70 އިން މަތީގެ ބައްޕަ އަށް އަނެއްކާ ރާޖް ކަޕޫރުގެ ދަރި ރަޖީވް ކަޕޫރަށް ބަލާ ދެތިން ފިލްމެއް ލިބުނީ ނުފޫޒުގަދަ ސްޓާރުންގެ ދަރިންވިޔަސް ހުނަރެއް ނެތިއްޔާ ފިލްމެއް ނުލިބޭނެ
ގެދާނޯމޮސް
23 July 2020
ތިކަން އެންމެ ބޮޑަށް ވިސްނެނީ އަމީތާބް ގެ އަންހެން ދަރިންނަށެވެ.