ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއައި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަަކަދައްކަވަނީ.
20 ޖުލައި 2020 - 12:31
ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ތައުލީމީ ބިލުގައި އޮތް މާއްދާ އަށް ގުރުއާން ކްލާސްތައް ވެސްް އިތުރުކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.
ތައުލީމީ ބިލުގެ ކޮމިޓީ މަރުހަލާ ނިންމުމަށް ޓަކައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަަރު ވިދާޅުވީ ރަޖިސްޓްރީވެ، ލައިސަންސް ހޯދަން ޖެހޭނީ ތައުލީމީ ބިލުގެ 38 ވަނަ މާއްދާގެ (ށ) ގައި ސްކޫލްތަކުގެ ޓީޗަރުން ކަމަށް އޮތް އޮތުން ބަދަލުކޮށް ގުރުއާން ކްލާސްތައް ވެސް އެ މާއްދާގައި ހިމަނަން އެދިވަޑައިގަންނަވާ ކަމަށެވެ.
ތައުލީމުގެ ބިލުގެ 38 ވަނަ މާއްދާގައި އޮތް ގޮތުން އެ ބިލް ގާނޫނަކަށް ވާތާ ތިންް މަސްދުވަހުގެ ތެރޭގައި ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެެ މާއްދާގެ (ށ)ގައި މިހާރު އޮތީ ސްކޫލް ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންްސް ދިނުމުގެ އުސޫލެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
"ތިރީސް ފަސް ވަނަ މާއްދާ އަށް އިތުރުކޮށްލަން އަޅުގަނޑު ހުށަހަޅަން ގުރުއާން ކްލާސްތައް. ގުރުއާން ކްލާސްތައް ހިމެނިފައި ނެތީމާ،" އައިޝަތު އަލީ ވިދާޅުވި އެވެ.
ތައުލީމީ ބިލަށް ގެންނަން އެޑިއުކޭޝަނުން މިއަދު ހުށަހެޅި އެހެން ބަދަލުތަލުތަަކުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަަވައިދުތައް ހަދަން މިހާރު ދީފައިވާ ހަމަސްް ދުވަހުގެ ބަދަލުގައި އެ މުއްދަތު އެއް އަހަރަށް ދިގުކުރުން ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ ހަދަން ޖެހޭ ބައެއް ގަވައިދުތަކަށް ބޭނުންވާ ފަަންނީ ގާބިލުކަން މިނިސްޓްރީގައި ނެތް ކަމަށާއި ބައެއް ކަންތައްތަައް އައުޓްސޯސް ވެސް ކުރަން ޖެހޭ ކަމަށެވެ.
"ހަމަސް ތަންކޮޅެއް ކުރު. އެއީ ވަރަށް ގިނަ އުސޫލުތަކަކާއި ގަވައިދުތަކެއް، ހަގީގަތުގައި އެކްސްޕަޓީސް ވެސް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެން ޖެހޭނީ ބައެއް އެއްޗިހި އައުޓްސޯސް ކުރަން،" އައިޝަތު އަލީ ވިދާޅުވިި އެވެ.
ތައުލީމީ ބިލުގައި އެޑިއުކޭޝަން މިނިސްޓްރީން ހަދަން ކަނޑަައަޅާފައިވާ ގަަވައިދުތަކާއި އުސޫލްތައް ހެދުމަށް ފަހު ސްކޫލްތަކާއި ތައުލީމު ދޭ އެހެން ތަންތަން އެ ގަވައިދުތަކުގެ ދަށުން އަލުން ރަޖިސްޓްރީވާން ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން ވެސް އޭނާ ހުށަހެޅުއްވި އެވެ.
ތައުލީމީ ބިލަށް މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ހިޔާލު ވަނީ ހޯދައިފަ އެވެ. އެ ބިލަށް މަޖިލީހުން އާއްމުންގެ ހިޔާލުވެސް ފުޅާ ދާއިރާއެއްގައި ހޯދި އެވެ. ބިލް ދިރާސާ ކުރާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްްދުﷲ މިއަދު ވިދާޅުވީ ބިލް ދިރާސާކޮށް ރިޕޯޓް ފައިނަލް ރިޕޯޓް ތައްޔާރު ކުރެވޭ ވަރަށް ބިލުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލްދަސްތާ4
20 July 2020
ގުރުއާން ކުލާސްތަކުގެ ބަދަލުގައި ޓިއުޝަންދޭ ކުލާސްތަކުގައި ކިޔަވާދޭ ޓީޗަރުން ހިމަނާގޮތަށް އޮތުމުން ފުޅާދާއިރާއެއްގައި ޓީޗަރުން މޮނިޓަރ ކުރެވޭނެ. މިހާރު ތިޔަ ވިދާޅުވާގޮތުން ލައިސަންސް ނެތް މީހަކު ހިސާބު ޓިއުޝަން ދީފާނެ. އެކަމަކު ގުރުއާން ޓިއުޝަންދޭ ޓީޗަރުގެ ލައިސަންސް އޮންނަންޖެހޭ. މީ ދިމާނުވޭ
ބަނިއާދަން
20 July 2020
ދެން ކޮބަޔޯ ޓިއުޝަން ކުލާސްތަކުގެ ޓީޗަރުން ޤުރުއާން ކުލާސްތަކިގެ ޓީޗަރުން ރަޖިސްޓަރީކުރާނަމަ މި މީހުންވެސް ކުރަންޖެހޭނެ.
ދީދީ ޑީ
20 July 2020
ރަނގަޅު ކަންތައް ތި ހުންނަނީ ޚިތާނު ކުރަންވެސް ހުއްދަ ހޯދަން ޖެހޭނެ
ހަނުހުންނަ މީހާ1
20 July 2020
ބިލް އޮތުން ރަގަޅު، ލައިސަންސްދިނުންވެސް ރަގަޅު އެކަމަކު މަހަކު 9000 ރުފިޔާ ލިބޭ ޓީޗަރުން ދެއިރުކާ ބޭހެއްހެން ލައިސަންސް އާކުރަން / ނަގަން 2000 ރުފިޔާ ދައްކަން ޖެހެނީނަމަ މިހާރު ތިބި ޓީޗަރުންވެސް ވަޒީފާއިން ވަކިވާނީ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ މުދައްރިސުންނަށް ރަގަޅު އުޖޫރައެއް ދީ ޒުވާން ޓީޗަރުން އުފެއްދޭތޯ މަސައްކަތް ކުރުން މާ ބުއްދިވެރި. މިހާރު ތިބި ޓީޗަރުންގެ 80% އެއީ 40 މަތީ މީހުން.
ލަދު ދޯ
20 July 2020
" އެ ބިލަށް މަޖިލީހުން އާއްމުންގެ ހިޔާލުވެސް ފުޅާ ދާއިރާއެއްގައި ހޯދި އެވެ." ކޮން ގޮތަކަށްތޯ؟ ބައްދަލުވުމުގަ ތިބީ 15 ވަރަކަށް މީހުން. ގިނައީ ދައުވަތު ދީގެން ގެންގޮސްތިބި ވަކި އަނގައަކުން ވާހަކަދައްކާ ޒާތު މީހުން.
ހަސަން ފިކުރީ
20 July 2020
އަމިއްލައަށް އެރޭ މަޖްލިހަށް ދިޔައިންތަ؟ ދިޔައީމާ ނުވެއްދީތަ؟!!