މިނިސްޓަރު ފައްޔާޒް: އަތޮޅު ތެރޭގެ ރަށްރަށުގައި ޓޫރިޒަމް ބިމު ކުއްޔަށް ބަދަލު ގެންނަން ވަނީ ނިންމަވާފައި -- ފޮޓޯ/މިހާރު
20 ޖުލައި 2020 - 20:40
އަތޮޅުތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުއްޔަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމަށް އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހަޅަނީ އައްޑު އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓްތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ އިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި އަކަމީޓަރަށް ހަ ޑޮލަރު ނެގުމަށެވެ.
To encourage tourism in the north/south we are proposing to amend tourism land rent for resorts in far regions as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn- 2$/ SQM (cap 800k)
HA, HDh - $4 / SQM (cap 1m)
Sh, GA, GDh, Th, L- $6 / SQM (cap 1.5m). This will definetely boost investment in these atolls.
ފައްޔާޒްގެ ޓްވީޓް
ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ކަނޑައެޅުމުގެ އިތުރަށް ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
To boost local tourism land rent to be charged on built-up area in inhabited islands as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn - USD 1 / SQM (cap 400k USD)
HA, HDh - USD 2 / SQM (cap 500k USD)
Sh, GA, GDh, Th, L - USD 3 / SQM (cap 800k USD)
Other atolls - USD 4/ SQM (cap 1m USD)
ފައްޔާޒްގެ ޓްވީޓް
ޓެކްސް ފިޔަވައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުލިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
21 July 2020
ތިއަކީ އިންސާފެއްނޫން ފުއަމުލަކާ އައްޑޫގަ ދެޑޮލަރުނަގާފަ ހއ. ހދ، ލައްހަރުޑޮލަރުނެގުން ! އެއީ ކޮންސޫލަކުންތޯ ހއ. ހދ. ވަކި އައްޑުއައްވުރެ ޓިކެޓު ދުކައިރި ނިސްބަތުން އަގުހެޔޮނުވާއިރު
ރުޅި
21 July 2020
ރާއްޖޭގައި އޮތް 1 ޕަސެންޓްގެ ބިންކޮޅު ވިއްކާ ހުސްކުރޭ. މިމީހުންނަށް ނުވިސްނޭ ފަތުރުވެރިކަން ނޫން އެހެންކަމެއްކުރާކަށް. އެކަމަކު ފަތުރުވެރިކަމަކީ އެންމެ ނާޒުކު އިގްތިސޯދު. ކޮވިޑް އައިމަ އަހަރެން ހީކުރީ މި މީހުންނަށް އެއްޗެއްވިސްނި އާމްދަނީ ހޯދާނެ އައުގޮތްތައް ހޯދާނެކަމަށް.
ސާހުގަހުރަވާން
21 July 2020
ހަމަހަމަތާއި އިންސާފު ކޮބައިތޯ؟ ބައެއް ތަންތަނުން 2 ޑޮލަރު އަނެއްބައި އަތޮޅުން 6 ޑޮލަރު؟ ތިއީތޯ އެޖެންޑާ 19 ގެ އަސްލު ސިފައަކީ
ހަލާލު ޓުވަރިޒަމް
21 July 2020
ޓޫރިސްޓުންނަށް ދިނުމުގެ ނަމުގައި ރާއްޖެއަށް ބަނގުރާ އެތެރެކޮށް ބަނގުރާ ވިއްކުމަށް ހުއްދަދެވިފައި އޮންނަ ގަވާއިދު އުވާލައި އެކަން ހުއްޓަންވެއްޖެ، ގައިމު ބަނގުރާ ނުވިއްކިޔަސް ރަށްރަށަށްވެސް ޓޫރިސްޓުން އެބައާދޭ، އެމީހުން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތިކަން ދެކެން، ބަނގުރާ ނުބޮވުނަސް ފަތުރުވެރިން އަންނަ އައުން މަދެއް ނުވާނެ، އޫރުމަސްވެސް އޮތީ ހަމަ މިހެން
އިޔައްޕެ
21 July 2020
ތިއީ ކޮން ރިސާޗެއްގެ މައްޗަށް ބިނާކޮށް ބުނި އެއްޗެއްތޯ؟ ތިދާއިރާގައި އުޅޭ މީހެއްގެ ހައިސިއްޔަތުން ތީ ދޮގެއްކަން އެނގޭތީ އަހާލީ.
ހަކީމް
21 July 2020
މީރަނގަޅު ނިންމުމެއް ... އެކަމަކު ހަމަ މިބީދައިން އެހެން ސިނާއަތް ތަކަށްވެސް ނިސްބަތުން ލުއިލިބެން ޖެހޭނެ. ދަނޑު ބިން ، އައިސް ޕްލާންޓް ، ގާމެންޓްސް ، މަސް ކާރުހާނާ .. މީހުސް ބިމުކުލި ދައްކަން ޖެހޭ ވިޔަފާރިތަށް.
ޢިބޫ907
21 July 2020
މިއީ މަަކަރުވެރި ރޭވުމެއް.އުތުރު ގެއަތޮޅު ތަކުގެ މީހުނަށް ކުރާޖެއްސުމެއް ރާއްޛެގައި ހުރިހާ ހިސާބެއްގައި ވެސް އަމަލު ކުރަން ވަނީ އެއް އުސޫލަކުން ތިޔަބޭނުންވެގެންއުޅެނީ އައްޑޫ އާއި ފުވައްމަކުން ބިންވަކިބަޔަކު ގެބޭނުމައް އަގު ހެޔޮ ކޮއް ދޫކުރަން ފައްޔާޒު އަކީ ކޮރަޕްޓް މީހެއް
މޮޔަ ސޮރު
21 July 2020
އައްޑޫއަށް ޓްއަރިޒަމް ގެންދަން ނޫޅެނީ ސަރުކާރުގެ ޕްލިސީގެ ތެރެއިން. ބ.ކުޑަރިކިލި ވަށައިގެން ހުރީ ރިސޯޓްތައް. ރިސޯޓުގެ ސަޕްލައި ދޯނިތައް އަޅަނީ އެރަށުގެ ފަޅުގައި. ބަނދަރު ބޭރު ތޮށިގަނޑު ހަލާކުވެފައި 04 ވަރަކަށް އަހަރު، ބުނެބަލަ ރިސޯޓުގެ މަންފާއެއް ރައްޔޮތިންނަށް އެބަވޭތަ. ސަރުކުކާރަށް އިގޭ ދެކުނަށް ޓުއަރިޒަމް ފުޅާވެއްޖެނަމަ ރައްޔިތުން އެއިގެ މަންފާ ހޯދާނެކަން. އެހެންވެ ގަސްތުގައި ދެކުނަށް ޓްއަރިޒަމް ފުޅާނުކުރަނީ
ޫއަޒް
21 July 2020
ފައްޔާޒުގެ ބެސްޓީ އުޅެނީ ޏ ގަ ގެސްޓުހައުސް އަޅަން. ދެވަނަ ޕެބަލްސް ޔޯ ލަ. ތިޔަހެންވެ ތިޔަ ދެ އަތޮޅުގެ ބި މު ކުލި އެހެން އަތޮޅުތަކަށްވުރެ ކުޑައީ. ފައްޔާޒު ހިތުން ދިވެހިން މީ ކޮސްބަޔެއް. ދެއްތޯ؟ ޢަންނާނެ ދުވަހަށް ތިޔަ މަގާ މުން މީހާ ދާނެ. ޙަހަހަހަ
އޮނަރަބްލް އަފީފު ދީދީ
21 July 2020
އުތުރުގެ ޑޮމެސްޓިކް ހަބަކީ ހަނިމާދޫ ކަމުގައިހަދާ ކުޑަހުވަދޫން ފެށިގެން އުތުރަށްހުރި ހުރިހާ އެއަރޕޯޓް ތަކާއި މާލެއާއި ގުޅުވާލަދޭނީ ހަނިމާދޫން ކަމުގައި ހައްދަވާ. # ހަމަ މިގޮތަށް ދެކުނުން ތިމަރަފުށި، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ އަދި ކައްދުއިން މާލެއަށް ކުރާންޖެހޭ ދަތުރު ތަކުގެ ހަބަކީ ގޭން ގަމުގައި ކަޑައަޅާ. # މިބަދަލުގެ ގެނައުމަށް މާލެއިން ގަމަށް އަދި މާލެއިން ހަނިމާދުއަށް އެއަރބަސް ބާއްވާ. މިއީ މޯލްޑިވިއަން ބަޤުރޫޓްނުވެ ސަލާމަތްކުރަން ވެސް ކޮންމެހެން ކުރާންޖެހޭކަމެއް.
މޮޔަކ
21 July 2020
ހާދަ ހަމަ ނުޖެހޭ ވާހަކަ ދައްކާ ސޮރެކޭ އަފީފުދީދި، މި އުޅެނީ އެއާބަސް ނުދުއްވިގެންތަ....ކަން ކަމުގެ ދެކޮޅުބަލާފަ ކޮމެންޓް ކޮށްބަލަ. މިވާނީ މޯލްޑިވިއަންގެ އުޅޭ އަލީއަށް
އޮނަރަބްލް އަފީފު ދީދީ
21 July 2020
މޮޔަކ އަށް: ފުރަތަމަ ތަނުގެ މުވައްޒަފުންގެ ޙައްޤަށް އަރައިގަތުން ހުއްޓާލާ. މޮޔަކ ހީކުރީ އެއަރބަހަކީ މޯލްޑިވިއަންގައި އެކަނި ހުންނަ އެއްޗެއްކަމަށްތަ؟ ގަމަށް އެއަރބަސް ދަތުރުކޮށް ގަމުގައި ޑޭޝް ފްލައުޓެއް ބާއްވައިގެން ދެކުނުގެ އެހެން އެއަރޕޯޓް ތަކަށް އެތެރޭގެ ދަތުރު ކުރާން އެދެނީ ތިޔަ ކުންފުނި ހިންގާމީހުން ކުރާ ބޭކާރު ޙަރަދު ހުއްޓުވާ ކުންފުނި ބަޢުރޫޓް ވުމުން ސަލާމަތް ކުރަންއެދޭތީ. # މިހެން ހެދުމުން އޮޕަރޭޝަނަލް ކޮސްޓް ކުޑަކުރެވި ކުންފުންޏަށްލިބޭ ފައިދާވާނެ.
ޖިހާދު - ނިލަންދޫ
21 July 2020
މޯލްޑިވިއަންގެ އުޅޭ އަލީއޭ ކިޔައިގެން ކޮން ބޭކާރު ވާހަކައެއް ދައްކާކަށް. ކަލޭ އުޅޭގޮތްވެސް ވަކި ރަނގަޅުތަ ؟
މޯޑް
21 July 2020
ޅޮސް އުނދޯޔަށް ރައްޔިތުން އަރުވައިގެން ކިހާދުވަހަކު ހެއްލޭނެބާ!!!