ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު: އެލައިޑާ ދެކޮޅަށް ދައުވާކުރަން އޭނާގެ ޔޮޓް ޓުއާސް ކުންފުނިން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
20 ޖުލައި 2020 - 21:44
އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސް ފައިސާ ދިނުން ލަސްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑް އިންޝުއަރެންސާ ދެކޮޅަށް ދައުވާ ކުރަން ޔޮޓް ޓުއާސް އިން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި އެ ކުންފުންޏަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމާ ގުޅިގެން ޔޮޓް ޓުއާސް އިން އެސްޓީއޯ އާއި އެ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ އެލައިޑަށް ފޮނުވި ސިޓީގައިވަނީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޔޮޓް ޓުއާސް އިން ހުށަހެޅި އިންޝުއަރެންސް ކްލެއިމް ބަލައިނުގަތް މައްސަލާގައި އިންސާފު ހޯދަން ފަސް އަހަރު ހޭދަވި ކަމަށެވެ. އަދި ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރަން އެދުމުން ވެސް އެލައިޑުން އެކަމަށް ދެކޮޅު ހަދައި، އެ ކުންފުނީގެ ހައްގު ނުދިނުމުގެ ސަބަބުން ފަސް އަހަރު ވަންދެން އެ ރިސޯޓުން އެއްވެސް އާމްދަނީއެއް ނުލިބުނު ކަމަށް ޖާބިރު ސޮއިކުރައްވާފައިވާ އެ ސިޓީގައިވެ އެވެ.
އެހެންވެ، އެ މުއްދަތުގައި ރިސޯޓް ބަންދުކޮށްގެން ތިބެން ޖެހުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑާ ދެކޮޅަށް ދައުވާ ކުރާނެކަން ސިޓީގައި ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
22 July 2020
މިޖާބިރު އިލްމެއް ނެތަސް އެއުޅޭ ޕީއެޗްޑީ މަތިމައްޗަށް ހަދައިގެން އުޅޭ މީހުންނަށް ނުކުރެވޭ ކަންތައްތައް މިކޮށްލަނީ. ބިޔާދޫއަށް ބިޑްކޮށްގެން އެބިޑް އެވޯޑް ނުކުރުމުގެ ދައުވާކޮށްގެން ކުޑަވިލިގިލި ސަރުކާރުން އަތުލި، އެމްޓީޑީސީގެ ހެރެތެރު ކުއްޔަށް ނަގައިގެން ކުލި ނުދައްކައި 7 މިލިއަން ޑޮލަރު އަތުލި، ސަރުކާރަށް ޕްރެޝަރު ދީގެން ބޮޑު މޮހޮރާ އަތުލި. މިފަހަރު އެލައިޑުން 22 މިލިއަން ޑޮލަރު މިއަތުލީ.
ވަފާ
21 July 2020
ޖާބިރާއެވެ. ތިމާ ކޮޅަށް ސިވިލް ކޯޓުން މައްސަލަ ނިމުނަސް މާ ބޮޑަށް ނުފުއްޕާށެވެ. އަދި ހައިކޯޓާ ސުޕްރީމް ކޯޓުގެ މަރުހަލާވެސް އޮތީ އެވެ. އާޚިރުގަ ނިމޭއިރު ތި 22 މިލިއަން ޑޮލަރު ޖާބިރު އެލައިޑަށް ދޭންވެސް ޖެހިދާނެ ތޯއްޗެކެވެ.
ޖު މުހޫރީ މައިދާނުން
21 July 2020
އިންސުއަރެންސް ބަދަލުދެވޭވަރު ހުންނަންޖެހޭ. އިންޝުއަރ ކުރަންޖެހޭ އެކަމަކު ބަދަލުދޭންވީމާ، ބަދަލުނުދީވޭތޯ ހުރިހާ ކޮޅެއް ބަލާ
ރުޅި
21 July 2020
ޖާބިރަކީ މުޅިންވެސް ބަދަލުހޯދުމުގެ ވިޔަފާރިކުރާމީހެއް. އެހެން ވިޔަފާރިއެއްގައި އޭނާ ކާމިޔާބެއްނޫން. އަކަމަކު ބަދަލު ހޯދުމުގެ ވިޔަފާރި ހަމަ ހަބޭސް. މުޅިންވެސް މީނާ ކުރަނީ ޓެކްސް ނުދައްކާ ކުރާ ވިޔަފާރި.
އެޑަމް
21 July 2020
ޖާބިރު މިފަހަރުު ތިޔައިންސުއަރެންސްކުންފުނިން ބޮޑުމޮހަރާހަދާނެރުފިޔާހޯއްދަވާނެ ޖާބިރަކީ ހިސާބުއިލްމައްއަރާހުރިބޭފުޅެއް,އެމަނިކުފާނު,ސޫޓު,ތުުރުކުރައްވައިގެން,މަޖިލިހައްދަނީވެސް ކޯޓުކޮޅުގެ އެތެރެޖީބުގައިބޭނުންފުޅުވާހުރިހާއެއްޗެއްގެންގުޅުއްވާތީކަމައްޚަބަރުލިބޭ އެއީއެއްޗެއްގެއްލިދާނެކަމައެކަމަކު ނަސީދުކަހަލަގާތްރައްޓެއްސަކައްދައްކާލަފާނެކަންނޭގެ!!
ކްއިކްގަން މުރުގަން
21 July 2020
މިނަގެ ނިމުން ދާނީ ކިހިނެއްބާއޭ ހިތައްއަރާ މަ.
ނާނާ
21 July 2020
ދެރަކަމެއްނު ދައުލަތަށް ޓެކްސް ނުދައްކާ މަކަރު ހަދައިގެން އުޅޭމީހަކަށް މިގައުމުގެ ކޯޓްތަކުން ބަދަލުދޭން މިނިންމަނީ ކީވެބާ ؟ އަނެއްކާ އެއްކަލަ ލާރިގަނޑުގެ ބަދަލެއްބާ؟
ހުސެން
21 July 2020
22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިމިވަނީ 19 ޖުލައި 2020 ގައިކަމަށްވުމުން ތިޔަ ލާރި ނުދީ އަދި ލަހެއްނުވޭ، ކޯޓުގައި މައްސަލައެއް ކުރިޔަށް ދަނިކޮށް އެމައްސަލައާ ގުޅޭފައިސާއެއް ދައްކާކަށްނުޖެހޭނެ، އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެއްފަރާތުން ބޭނުންވިޔަސް އެގޮތަށް އެއްބަސްވުމާ ނުވުމަކީ މައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ އިހުތިޔާރުގައިއޮތްކަމެއް!
ވަހީދު
21 July 2020
ދޮންކަލޯ އަދި އެއްފަހަރު ހަބަރު ކިޔާލަބަ. ގަމާރުކަމާއެވެ
ހުސެން
21 July 2020
@ވަހީދު، ؟؟ ކޮމެންޓުގެ ކޮން ވާހަކައެއްތޯ ހަބަރާނުގުޅެނީ؟ ފެންވަރެއްހުރިއްޔާ ރިޕުލޭކޮށް ހާމަކޮށްލަދީބަލަ
ގާފަރު ކަޅު އުބުޝޭމް
21 July 2020
ކާށިދޫ ގާފަރު މީހުންނަށް ކޭބަލްކާރު އަޅާދޭނެ ކަމަށް ބުނެ އޮޅުވާލި މައްސަލާގައި ބަދަލުގެ ގޮތުގައި ޖާބެ އަތުން 50 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލައެއް އެބަ ވައްދަން ކޯޓަށް
ހަސަނު
21 July 2020
5 އަހަރު ކޯޓުގާ މައްސަލަ އޮތީމާ އެއީ ކޯޓުގެ ސަބަބުން ލިބުނު ގެއްލުމެއް ނޫންތަ؟؟