މާލެ: ޖުލައި 20، 2017- މަދްރަސަތުލް އަރަބިއްޔާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
21 ޖުލައި 2020 - 14:14
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން، އެ ކޮމިޝަނުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުލައިމާނާ އެކު، އެ ކޮމިޝަނުގެ ހަތަރު މެމްބަރަކު ވަކިކުރަން ކަނޑައަޅައި މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އިރު، އަނެއް ތިން މެމްބަރުން ވަނީ ކުރިން އިސްތިއުފާ ދެއްވައިފަ އެވެެ. އެހެންވެ، ކޮމިޓީގެ ރިޕޯޓް ފާސްކުރީ ސުލައިމާން ވަކިކުރަން ރައީސަށް ލަފާއަރުވާ ގޮތަށެވެ.
އެންއައިސީން ސުލައިމާން ވަކިިކުރަން ރައީސަށް ލަފާއަރުވަން މިނިވަން މުއައްސަސާތަކުން އެކުލަވައިލި ރިޕޯޓް ފާސްކުރީ މިއަަދުގެ ޖަލްސާގައި ބައިވެރިވެވަަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
އެންއައިސީ އާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެވެ.
ދެވަނަ ސަބަބެއް ކަމަށް ރިޕޯޓުގައި އޮތީ، މާލޭގެ ގެެއެއްގެ ތެރޭގައި ފުލުހުން އާއްމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ނުބެލި ދިގުލައިގެން ދިއުމެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެންއައިސީގެ ހިދުމަތް މެދު ނުކެނޑި ދެވޭނެ ގޮތުގެ ތަފްސީލު ހޯދަން ކޮމިޓީން އެދުނު ކަމަށާއި އެ މައުލޫމާތު ވެސް ނުދޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެންއައިސީގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނުން މެމްބަރަކު ވަކިވާނެ އެއް ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވުމެވެ. މިނިވަން މުއައްސަސާތަކުގެ ރިޕޯޓް މިއަދު ފާސްކުރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވދާޅުވީ އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެންއައިސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ގައި އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫބެއްޔާ
22 July 2020
ތިޔަ ސުލެއިމާނު އެއް ތިޔަ ކަމިޝަނެއްގައި ބަހައްޓައިގެން ދައުރު ދެބައިވީމާ މަމެންގެ ޑިމޮކްރެސީގެ ބާނީންތައް ތިބި މަޖިލީހަށް ރޭކާލީ. މަމެން މިއުޅެނީ އިންސާފުގެ ނަމުގައި ކޮންމެވެސް އެހެން ކަމެއް ތައާރަފު ކުރެވޭތޯ އާއި ވެރިކަމުގެ ގޮނޑި ކޮންމެވެސް ގޮތަކުން ލިބޭނެ މޮޅުގޮތެއް ރާވާލެވޭތޯ
ބައިޓަނު ހަމނުވާ
22 July 2020
ސުލައިމާނުމެން ތިބޭކަންވެސް މިއެނގުނީ ވަކިކުރަން މައްސަލަ ވެއްދީމަ ވިންދު ނުޖަހާ ތަން އޮތީ ބޮއްސުންލާފައޭ
ޒަންޖަބީލް އަލީ
22 July 2020
ބޮޑާ ކަމާ ކިބުރުވެރިކަމުގެ ލާމަސީލު. ހިތްނުބައި ހަސަދަވެރި ނުބައިމީހެއް. ހަމަބިމަށް ތިރިވާނެކަމަށް ހީކުރަން.
އަލީގެ މަލީ
21 July 2020
މަޖިލިސް މެމްބަރުން ވަކިކުރަން އޮތީ ކޮންގޮތެއްދޯ
ބޮލަކަށް4000
21 July 2020
ނޭޝަނަލް އިންޓަރގްރިޓީ ކަމިޝަނާ އެންޓިކަރަޕްޝަން ކަމިޝަނާ ވަޒީފާއާ ބެހޭ ޓަރައިބިއުނަލްއާ ލޭބަރ ރިލޭޝަން އޮތޯރިޓީ އެއްނަމުގަ 4 ތަން
@ބޮލަކަށް
22 July 2020
ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަލާއިރު މި 2 ތަނަކީ އެއްބާވަތެއްގެ މަސައްކަތް ހުރި 2ތަން ކަމަށްވާތީ މި 2 ތަން އެއްކޮށްލުން އަދި ލޭބަރ ރިލޭޝަންއާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އެއްކަމެއް ކުރާ 2 ތަން އެއްކޮށްލުން މިތަންތަން އެއްކޮށްލާ ކުރެވޭ ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި ޚަރަދުތައް ކުޑަވާނޭ މަގުން ކަންކުރަމުން ގެންދިޔުން ރައްޔިތުންގެ ބޭނުންތަކަށް ފައިސާ ހުންނާނީ މިތަންތަން އެއްކޮށްގެން ޚަރަދު ކުޑަކޮށްގެން
ޚަންދު
21 July 2020
ތިޔައީ ހަމަ ލޭ ސުލޭމާނެކޭ ބުންޏަސް ގޯހެއް ނުވާނެ. އަގޮޓީގެ އެހަކަށްވެސް ކިރިޔާ ފުދޭނީ.
މުން
21 July 2020
ހާދަ ގަޓްސް ނެތޭ. އަހަރަކަށްފަހު އަހަރެއް ފާއިތުވާއިރުވެސް ސަރުކާރުގެ އެތެރެ ހަށި ސާފުކޮށްލަން ކއްސާލާނެވަރުވެސް ސަރުކާތުގަ ނެތީތޯ. ބޯހަލާކު
ޝަފާ ޝަފާ
21 July 2020
ޖިހާދަށް ރައިސްކަން ހަމަޖައްސަވައި ދެއްވާ
އުދުހޭ
21 July 2020
ސުލެއިމާނު ދުނިޔޭގަ އެބަހުންނެވި ދެއްތޯ؟ ނުފެންނަނީ ބައްލަވާނެ މައްސަލައެއް ނެތީމާބާ؟
ހުސެނ
21 July 2020
އަދި އަވަހެއްނޫންތަ.... މިސަރުކާރު އައިފަހުން މިހާރު ދައުރު ދެބައި ވީ... އިންސާފު ހޯދާ ދޭން ވެރިކަން ހޯދި މިސަރުކާރުގެ ކަންކަން މާ ލަހޭ މިހިގާލެއް...