ޚަބަރު / ނިއުމަތު ޝަފީގު (އޮމްބަޑްސްޕާސަން)

އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރައްވައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ، ނިއުމާތު ޝަފީގު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާއަކީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގުގެ ދައްތަ އެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަން ކުރުމަށްޓަކައި ރައީސް ހުށަހެޅުއްވުމުން އޭނާގެ ނަން މިިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ރާއްޖޭގައި ޕްރީ ސްކޫލުތައް ގާއިމްކުރުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން ނިއުމާތަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން ޑިގްރީ އަދި ހަމަ އެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ނިއުމާތު މިހާރު ހުންނެވީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރަކަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކޮށްފައި ވަނީ މިދިޔަ އަހަރެވެ. އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރާ ބޭފުޅަކަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލިހުން ވަނީ މިދިޔަ މޭ މަހު ފާސްކޮށްފަ އެވެ.

13 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޓ

23 July 2020

މަގާމަކީ ކޮންމެހެން ވަކ ކަމެއް ކުރިއަރުވައި ހުއްޓުވައި ގައުމަށް ލާބަ އެއް ހޯދުމާކުރާކަމެއް ނޫން. ވަީފާއެއްދޭން ކުރާކަމެއް.

The name is already taken The name is available. Register?

ގޯސް

23 July 2020

މިއީ ހަމަ ބޭކާރު މަގާމުތައް. މިފަދަ މޮޅުނަންކިޔާ ކިތައް މަގާމުއެބަހުރި.އެކަމަކު ވަނީ ކޮންފައިދާއެއް. މިއީ ނަޝީދުމެން މިގައުމު ދަރަނިވެރިކުރަން ކުރާކަމެއް.

The name is already taken The name is available. Register?

ޛޖޖޖޖ

23 July 2020

ދަރަނިވެގެންގޮސް ބޯހިކޭއިރުވެސް ފާޑުފާޑުގެ ނަންނަމުގައި މަޤާމުހަދާ މީހުންލާށެވެ. ކޮމިޝަންތަކުގެ އަދަދު ހަމަގަެިމުވެސް މީހަކަށް ގުނާލާކަށް ފަސޭހައެއްނުވާނެއެވެ. މިއިން ކޮންމެ މަޤާމަކަށް މަހަކު 60 ހާސް ޚަރަދުވެއެވެ. ޔާމީން ދުވަސްވަރު އަހަރަކަށް 21 ބިލިޔަނުން ހިންގި ސަރުކާރު މިހާރު ހިންގެނީ އަހަރަކު 45 ބިލިޔަނަށެވެ. ބޮޑުވަރެއް ނޫންހެއްޔެވެ؟؟؟

The name is already taken The name is available. Register?

ޢަނީ

23 July 2020

ކުޑަކުދިންގެ ހައްގުއާއި ވަކާލާތުކޮށް ހިމާޔަތް ކުރާނެ ފަރާތްތައް މަދީތޯ؟ ޖެންޑާ މިނިސްޓްރީއެއް އެބައޮތް. ސިފައިންއެބަތިބި. އެންޖީއޯތަށް މަދެއްނޫން. ޔުނިސެފްގެ އޮފިހެއްރާއްޖޭގަ އެބަހުރި. މިއީ ވަޒީފާއެއް ނުދެވި ހުރި ރައްޓެއްސަކަށް ކޮއްދިން ކަމެއް.ރައްޔިތުންގެ ލާރީގަކުރާ ބޭކާރު ހަރަދެއް!

The name is already taken The name is available. Register?

ދަލޭކާ

23 July 2020

ކިތައް ކުދިން ތިބޭބާ އަދި އެކުދިން ތަރުބިއްޔަތު ކުރެވިފައި ވަނީ ކިހާ މަތީ ފެންވަކަށް ތޯ ބަލާން ދެން ބެނުންވަނީ..

The name is already taken The name is available. Register?

މުރުޝިދު

23 July 2020

ހަމަ ދިވެހި ނަމެއް ނުލިބުނީ ބާ... އެހާ ފަގީރުވީތޯ ދިވެހި ބަސް.. އިނގިރޭސް ނަން މިކިޔަނީ އެމީހުންގެ މީހުންނަށް ޚިދުމަތްކުރަން ނޫންބާވައޭ ހިތަށް އަރާ.. ޔަހޫދީ އެޖެންޑާހިންގަން އެމީހުން އަތުން ލާރި ހޯދުމަށް އުފައްދާ އެޖޭންޓުން ކަމަށްވެސް ހީވޭ. ނޫނަމަ ދިވެހީންގެ ޚިދުމަތުގައި ދިވެހިރާއްޖޭގައި ހުންނަ މީހަކަށް އިގެރޭސީ ނަން ކިޔަނީ..؟

The name is already taken The name is available. Register?

ފިފުޓީ ސިކުސް

23 July 2020

މިމަގާމަށް އެންމެ ރަގަޅުމީހާބާ؟؟؟؟؟؟؟؟؟

The name is already taken The name is available. Register?

ބޯގަޅި

23 July 2020

މާފުށީގެ މިސަރުކާރައް ބަލަދުއަރާނެ، ދެންކިހި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެނެތް ގޯސްވާނީ؟.

The name is already taken The name is available. Register?

ފިފްޓީފައިވް

23 July 2020

ޕާޓީ ކުލަ އެބަ ހުރި. އޯކޭވާ އެންމެ ބޮޑު ސަބަބު.

The name is already taken The name is available. Register?

މުބީނު މާރނީ

23 July 2020

ތިރީގައިވާ ޢަޙްމަދުބޭ އަށް. ތިޔަހެން ބުނަން ހެޔޮނުވާނެ. ރާއްޖޭގެ "ކުޑަކުދިންގެ ޖިންސީ ގޯނާ" ކަންތައް މިއުޅެނީ ކޮންޓްރޯލް ނުވެގެން. ނިޢުމަތު އަކީ ޖެންޑަރ މިނިސްޓަރ ކަން ދިނަސް ހިންގޭނެހާ ހީވާގި، މުރާލި، ތަޢުލީމީ ބޭފުޅެއް.

The name is already taken The name is available. Register?

ކޮމެންޓޭ1

23 July 2020

ދެން ޖެންޑަރ މިނިސްޓަރު ކަން ދިނީމަ ނިމުނީނު. ކޮންމެ ކަމަކަށް ދިހަ ބާރަ މަގާމު އޮންނަން ޖެހޭތަ

The name is already taken The name is available. Register?

އަހުމަދުބޭ

23 July 2020

ފާޑެއްގެ ނަމެއްކިޔައިފައި އަނެއްކާ މަގާމެއް ހަދައިފަ ރައްޔިތުންގެ ލާރި ތަޅައި ހުސްކުރަނީ، ތިޔައީ ނަމެއްގައި އުފެއްދި މަގާމެއް ކުރެވޭނެ ނުވަތަ ރައްޔިތަކަށް ވާނެ ފައިދާއެއް ނޯންނާނެ

The name is already taken The name is available. Register?

♤♤♤♤

23 July 2020

100% ހެޔޮ ވާހަކައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454