ލައިފްސްޓައިލް / ދިރާސާ

2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި

ޕްލާސްޓިކް ކުނިމަދުކުރަން މިހާރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ނަމަ 2040 އާ ހަމައަށް އަންނަ އިރު މުޅި ދުނިޔޭގައި ޕްލާސްޓި ކުނީގެ އަދަދު 1.3 ބިލިއަން ޓަނަށް އަރާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގއި ބުނިގޮތުގައި ޕްލާސްޓިކް ކުނީގެ މައްސަލަ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ އިރު، މީގެ ނުރައްކާ އެއްގަމުގެ އިތުރުން ކަނޑުފަޅަށް ވެސް ވަރަށް ބޮޑެވެ. އަދި ފަހަކަށް އައިސް ޕްލާސްޓިކް ކުނިބުނި ކަނޑުފަޅުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޮތް ނުރައްކާ ވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.

ދިރާސާ ހެދި އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީގެ ޓީމްގައި ހިމެނޭ ޑރ. ކޯސްޓަސް ވެލިޒް ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކުންޏާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް ކުރުން އަދިވެސް ލަހެއް ނުވެ އެވެ. އެހެންވެ މިހާރު މިހާރަށް ވެސް މަސައްކަތް ފަށައި ގަނެ، "ޓެކްނޮލޮޖީ އާއި ވަސީލަތްތަކާއި ފުރުސަތުތަކުގެ ބޭނުން ހިފަން ފަށަންވެއްޖެ" ކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތަށް ދޭންވާ ސަމާލުކަން ނުދީ ފަރުވާ ކުޑަކޮށްލައިފި ނަމަ ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ބޮއްސުންލައިގެން ހިނގައިދާނެ." ކޯސްޓަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްލާސްޓިކް ކުނީގެ މައްސަލައާ ބެހޭ ގޮތުން ހެދި މި ދިރާސާ އަކީ މިކަމާ ބެހޭ ގޮތުން މިހާތަނަށް އެންމެ ސާފު މަންޒަރެއް ދައްކުވައިދޭ ދިރާސާ ކަމަށެވެ. އެހެންވެ އެއްގަމާއި ކަނޑުފަޅަށް ދިމާވެދާނެ ނުރައްކަލަކާ ދޭތެރޭ މުޅި ދުނިޔެ ހޭލަންވެއްޖެއް ކަމަށް ކޯސްޓަސް ވިދާޅުވި އެވެ.

ދިރާސާ ހަދާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޕްލާސްޓިކްގެ އުފައްދާ މިންވަރާއި ބޭނުންކުރެވޭ މިންވަރާއި އެ ތަކެތި ނައްތައިލުމަށް ކުރެވޭ މަސައްކަތްތަކަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު އެއް ކަމަކީ މިހާރުގެ ހާލަތަށް ބަލާ އިރު ޕްލާސްޓިކާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމެވެ.

އެހެންވެ މިކަންކަމަށް ބިނާކޮށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ގޮތްތަކާއި ރައްކާތެރި ގޮތުގައި ޕްލާސްޓިކް ނައްތައިލުމާއި ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ހައްލަކަށް މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.

"އެ އަމާޒަށް މަސައްކަތްކުރަން ފަށައިފި ނަމަ ދެހާސް ސާޅީހާ ހަމައަށް އަންނަ އިރު ކަނޑަށް އުކާލެވޭ ޕްލާސްޓިކްގެ ނިސްބަތް އަށްޑިހަ ޕަސަންޓް ދަށްކުރެވިދާނެ،" ދިރާސާ އަށް ފަންޑްކުރި އެމެރިކާގެ ޕިއު ޗެރިޓަބަލް ޓްރަސްޓްގެ ފަރާތުން ވާހަކަ ދެއްކެވި ވިނީ ލޯ ވިދާޅުވި އެވެ.

ޕްލާސްޓިކާ ދެކޮޅަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކެއް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިކަންކަމެވެ.

* ޕްލާސްޓިކް އުފެއްދުމާއި ބޭނުންކުރުން މަދުކުރުން

* ޕްލާސްޓިކްގެ ބަދަލުގައި ކަރުދާހާއި ކޮމްޕޯސްޓަބަލް މެޓީރިއަލްތައް ބޭނުންކުރުން

* އުފެއްދުންތައް ރިސައިކަލްކުރެވޭ ބާވަތްތަކުން ޑިޒައިންކުރުމާއި ޕެކްކުރުން

* ދަށް/މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކުނި ނެގުމުގެ މަސައްކަތް ފުޅާކުރުން

* ރައްކާތެރި ގޮތުގައި ރިސައިކަލްނުކުރެވޭ 23 ޕަސަންޓް ޕްލާސްޓިކް ނައްތައިލަން ފެސިލިޓީތައް ގާއިމުކުރުން

* ޕްލާސްޓިކް ކުނިބުނި (އެހެން ގައުމުތަކަށް) ބޭރުކުރުން މަދުކުރުން

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންފަސޭހަ

26 July 2020

އަމިއްލަ ސިއްހަތަށް ޓަކައި މާސްކއ އަޅަން ދެކޮޅު ހަދާ ގައިދުރު ކުރަން ބޭނުން ނުވާ ކަންފަސޭހަ މީހުންގެ ދުނިޔެއެެއް ގައި މާދުރު މުސްތަޤުބަލެއްގާ ދުނިޔެ އޮންނާނެ ހާލަތަށް ވިސްމާނެ ބާއެވެ.ހާޓް އެޓެކް ޖެހި ނުވަތަ ޕެރރަލައިޒް ވެ ކުޑަކޮށް ރެކަވަރީ ވެލާއިރަށް ސިގެރޭޓް ބައި ބޭނުން ގޮތަކަށް އުޅޭ މީހުން ވެސް ވަނީ ގިނައެވެ. އެހާވެސް އިންސާނުންގެ ކެެއްތެރި ކަމާ ވިޔާނުދާ ކަންބޮޑެވެ

The name is already taken The name is available. Register?

ޖޭ ދޮން

26 July 2020

އަހަރަރުނެން(މިހާރު މިތިބި މީހުން) ދިރި އުޅެން ފަސޭހަ އަކަށް މިދުނިޔެ ހަލާކު ކޮށްލާފައި ދިޔާމާ އަހަރެމެން ދަރިން، ކާފަ/ މާމަ ދަރިން، މުނި ކާފަ/ މުނިމާމަ ދަރިން ދުނިޔޭގައި އުޅޭނީ ކޮންފަދަ މުސީބާތެއްގެ ތެރޭގާ ބާއެވެ.މަ ހިތަށް އަރައެވެ.މިހާރު ދުނިޔޭގައި މިއޮތް ޖީލަކީ ދުނިޔޭގެ ތިމާވެއްޓަށް އެއްމެ ގެއްލުން ދޭ ޖީލެވެ. ހެޔޮ ނުވާނެ ތިހެން ނުހައްދަވާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454